15 ފެބުރުއަރީ 2025 - 12:37
ރޯދައާ ދިމާކޮށް އެސްޓީއޯއިން ބާޒާރަށް ނެރޭ ފިޔާ ކިލޯއެއް އުޅޭނީ 16ރ. އަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯއިން ބުނީ ކިލޯއެއް 16ރ. އަށް އުޅޭ އިރު 25 ކިލޯގެ ފިޔާ ބަސްތާއެއް ލިބޭނީ 350ރ. އަށް ކަމަށެވެ. އަދި 10 ބަސްތާއަށް ވުރެ ގިނައިން ގަންނަ ނަމަ، ބަސްތާއެއް 340ރ. އަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެސްޓީއޯގެ ފިހާރަތަކުން މި އަގުތަކުގައި މިހާރު ފިޔާ ލިބޭނެ އެވެ.
ބާޒާރުގައި މިވަގުތު ފިޔާ ކިލޯއެއް އުޅެނީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ.
އެސްޓީއޯއިން ދުރާލައި ފިޔާ ބާޒާރަށް ނެރުނީ، ރޯދަމަހު ފިޔާ އަކީ އެންމެ ޑިމާންޑު ބޮޑު އެއް ބާވަތަށް ވާތީ އޭގެ އަގު ބާޒާރުގައި ކޮންޓްރޯލު ކުރުމުގެ ބޭނުމުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން މިހާރު ވަނީ ކާއްޓާއި ލުނބޯ ވެސް ބާޒާރަށް ނެރުމަށްޓަކައި ސްޓޮކް ރާއްޖެއަށް ގެނެސްފަ އެވެ. މި ފެށޭ ހަފްތާގައި އެ ތަކެތި ބާޒާރުން ލިބޭނެ ކަމަށް އެެސްޓީއޯއިން ބުންޏެވެ. އެސްޓީއޯ އިން ވިއްކާ ކާށި ލިބޭނީ 5ރ. އަށެވެ.
އެހެން އަހަރުތަކާ ހިލާފަށް އެސްޓީއޯއިން މިއަހަރުގެ ރޯދައަށް ހާއްސަކޮށް ބާޒާރަށް 24 ބާވަތެއް ގެނެސް ކޮންޓްރޯލު އަގުތަކެއްގައި ވިއްކާނެ އެވެ.
1. އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު 2. ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ 3. ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކަޑް ބީންސް، ގެރިކިރު ދަޅު 4. ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަން ފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައްސާށޭ
15 February 2025
ބޭރު ގައުމު ތަކުން ލޯން ނަގައިގެން އެލޯން ގެ ދަށުން ވެސް މަސައްކަތް ކުރަންވީ ސަރުކާރުގެ ކުންފުނި އެމްޓީސީސީ މެދުވެރިކޮށޭ ޗައިނާ އިން ލޯން ނަގައިގެން މާލޭގެ އިރުމަތީ ފަރާތު ކަނޑާއި ފަރު ހިއްކާލާ އެތަނުގައި 100 ބުރީގެ ހޮޓާ ތައް އަޅަން ބޭރުގެ އިންވެސްޓަރުންނަށް ބިން ވިއްކާލާށޭ 100 އަހަރަށް އެއިރުން އެތަނުގައި އިންޓަރނޭޝަނަލް ހޮޓެލް ޗެއިންސް ތަކުން ހޮޓާ ތައް ހިންގާނަމަ އަބަދުވެސް ގެސްޓުން އެހޮޓާ ތަކުގައި ތިބޭނެ އެއިރުން ޑޮލަރު މާރުކުރާނެއޭ އެމެން
ވިސްނާށޭ
15 February 2025
ރާއްޖޭގައި މާލެ ސަރަހައްދުގައި އަމިއްލަ ކުންފުނި ތަކުން ވިޔާފާރި އުސޫލުން ދަނޑުވެރިކަން ކުރަން ތިލަފުށި ގާތު އޮތް ފަޅު ހިއްކާ މާލެ ސަރަހައްދުގެ ވިޔާފާރިވެރިންނަށް އެބިންތައް ވާރޓިކަލް ފާރމިންގް ހަދަން ބިންތައް 1000 އަހަރަށް ކުޑަ ކުއްޔަކަށް ދޭށޭ އެއިރުން ދެން ރާއްޖެ އަށް ކޮމޯޑިޓީސްގެ އެއްވެސް ތަރުކާރީ އާއި އަދި މޭވާފެ ބާވަތް ތައް އެތެރެ ކުރަން ނުޖެހޭނެއޭ ރާއްޖެތެރޭ މީހުން ގޮވައިގެން ދަނޑުވެރިކަން ރާއްޖެތެރެއަކު ނުވާނެއޭ އިރުނާރައޭ 12 ޖަހާއިރު
ޙަމަ ބުނެލީ
15 February 2025
ހުރިހާ ވިޔަފާރިއަކަށްވެސް އެސްޓީއޯ ގޮތަށް ޑޮލަރު ލިބޭނަމަ ހަމަ ތިއަގުގަ މުދާ ގެނާނެ.
ކަތްދައްތަ
15 February 2025
މިވެރިކަމުގެ ކުރިން އެސްޓީއޯއިން ފިޔާ ވިއްކީ 200އަށް ބަސްތާ. ކިލޯ 10 އަކަށް ލިބޭނެ. މިވެރިކަމުގަ ފިޔާވެސް ރޯދައާ ދިމާކޮށް 350ރ މިހެދީ.
ވަނީވަނީވަނީއޭ
15 February 2025
މީ އެސްޓީއޯ އިން ހަނޑޫ ހަކުރު އަދި ފުށް ވިއްކާ އުސޫލުން ވިއްކަން ޖެހޭ އެއްޗެކޭ މާލެ އަށް ގެންނަ ހުރިހާ ކޮމޯޑިޓީސްގެ ބާވަތް ތަކަކީ އަމިއްލަ ވިޔާފާރިވެރިން ބޮޑު ކަޓް ލައިގެން ވިއްކަން ޖެހޭނެ އެއްޗެއް ނޫނޭ އެކަން ކުރަން ޖެހޭނީ އެސްޓީއޯ އިންނޭ އެސްޓީއޯ އިން މިކަން ދެން މެދުނުކެނޑި ކުރާށޭ އެއިރުން މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދީ ލޭންޑް ސްކޭޕް މުޅިން މަތީ ހަރުފަތަކަށް ގެންދިޔަ ކަން ދިވެހި ރައްޔިތުންނަށް އިހްސާސް ވާނެއޭ ޑޮލަރު މިހާރު ތިޔާގި
އަޒްލީލް
15 February 2025
ކާސިވެސް 5 ރ އަށް. ފިޔާ ކޮލޯއެއް 16ރ. އުފާވެއްޖެ ނިކަން.
މާރިޔާ މުހައްމަދު
15 February 2025
އިބޫ ވެރިކަމުގަ އެއްވެސް އަހަރެއްގަ މިހާ އަގުހެޔޮކޮށް ފިޔާ ނުލިބޭ. މިއަދު މިއޮތީ އަސްލުވެސް ހެޔޮ ވެރިކަމެއް
އަސްނާދު
15 February 2025
އެމްޑީޕީ ކުދިންނަ ވަރަށް އުދަގޫވާނެ މިކަން ހަޖަމްކުރަން. ދެން ރޯދަ ހިފާ އަޅުކަން އިރުކޮށްލާ. ހެހެ
އޮނަރަބުލް އަފީފްދީދީ
15 February 2025
ރައީސް މުއިއްޒް ރައްޔިތުން ބިކަވިޔެކަ ނުދޭނެ. ބަލަން ތިބޭ. މަމިބުނީނު
އައިމިނާ
15 February 2025
ހުޅުމާލޭގަ ފިހާރައެއް ނުހުޅުވޭތޯ.