އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކުރުމަށް އެ ކުންފުންޏާއި ފެނަކައާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު.-- ފޮޓޯ؛ މިފްކޯ
15 ފެބުރުއަރީ 2025 - 17:36
ފެނަކަ ކޯޕަރޭޝަންގެ ދަށުން ރަށްރަށުގައި ހިންގަމުން އައި އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް މިއަދު ބަދަލުކޮށްފި އެވެ.
ސަރުކާރުގެ މަސް ކުންފުނިން ބުނީ، ފެނަކަ ކޯޕަރޭޝަންގެ ދަށުން 14 ރަށެއްގައި އޮޕަރޭޓްކުރަމުން އައި އައިސްޕްލާންޓުތަކާ މިއަދު މިފްކޯ އިން ހަވާލުވެފައިވާ ކަމަށެވެ.
އެއީ، ހއ. އިހަވަންދު އާއި ނ. ޅޮއްސާއި ރ. އަލިފުށްޓާއި ބ. ތުޅާދު އާއި ފ. ނިލަންދު އާއި ތ. ހިރިލަންދު އާއި ގއ. ދާންދު އާއި ގއ. ދެއްވަދޫ އާއި ގއ. ގެމަނަފުށްޓާއި ގއ. ކޮލަމާފުށްޓާއި ގދ. ފަރެސްމާތޮޑާ އާއި ގދ. ފިޔޯރީ އަދި ސ. ހިތަދޫގައި ހުންނަ އައިސްޕްލާންޓެވެ.
މި އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކުރުމަށް އެ ކުންފުންޏާއި ފެނަކައާ ދެމެދުގައި މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ގދ. ފަރެސްމާތޮޑާގައި ހިންގާ އައިސްޕްލާންޓުތައް މިފްކޯއާ ހަވާލުކުރުން.-- ފޮޓޯ؛ މިފްކޯ
މި ހުރިހާ އައިސްޕްލާންޓެއް ވެސް އޭގެ ފުލް ކެޕޭސިޓީގައި އޮޕަރޭޓްކުރުމަށް މިފްކޯގެ އިންޖީނިއަރުންނާއި ޓެކްނިކަލް ޓީމުން އެ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިފްކޯ އިން ބުނީ މިއީ އެ ކުންފުނިން ދެމުން އަންނަ ހިދުމަތުގެ ފެންވަރު މަތިކުރެވޭނެ ނިންމުމެއް ކަމަށާއި މަސްވެރިންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ފެނަކަ އިން ހިންގާ އައިސްޕްލާންޓުތަކަށް އަބަދު މައްސަލަ ދިމާވެ، އައިސް ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިން ވަރަށް ގިނައިން ކުރެ އެވެ. ފެނަކަ އިން ކުރިން ބުނެފައިވާ ގޮތުގައި، އެ މައްސަލަ ބޮޑުވެފައި ވަނީ އައިސްޕްލާންޓުތައް މަރާމާތުކުރުމުގެ ފަންނީ ގާބިލުކަން އެ ކުންފުނީގައި ނެތުމުންނެވެ. އެހެންވެ، ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން އެ ތަންތަން މިފްކޯގެ ދަށަށް ބަދަލުކުރަން ނިންމީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
16 February 2025
ދޮންމީހިން ކުންފުނިތަކުގެ ބޮޑުންނަށް ލީމަ ނަތީޖާ ކިހިނެތްބާ؟ މުސަަރަދީފަ އެއްޗެއް އޮވޭބާ؟ ހަންކުލަ ދޮނެއްކަމަކު ކޮރަޕްޓް ނުވާނެ ކަމަށް ބަލައިގެން ނުވާނެ. ތަޖުރިބާ އިން މިބުނީ.
ބޮޑުބެގެ ބެއްޔާ
16 February 2025
މަ ދުއްވާ ސައިކަލު އެހެންމީހެއްގެ ނަމަށް ބަދަލުކޮށްފިއްޔާ އޭތި ބަދަލުވާނެތަ ބެންޒު ކާރަކަށް؟
އަލީސް
16 February 2025
ނޫން ނުވާނެ. އެކަމަކު ސައިކަލުގެ އަޑީތެޔޮ އޭ ބަދަލުކުރަން ޖެހޭ އެއްޗެއްކަން އެނގޭ މީހަކާ ހަވާލުކޮށްފިއްޔާ ހަލާކުނުވެ ގެންގުޅެވޭނެ.
އަސްތާ
16 February 2025
ހާދަ ގިނަ ގއ ގެ ރަށްތަކުގަ އައިސް ޕްލާންޓް ބަހަށްޓާފަ މިހިރީ. ތިއިން ތަނެއްގަ ބަންގާޅީން ނޫނީ ނޫޅޭ. ހުރިހާ އެންމެން ހުޅުމާލޭގަ، އެކި ފްލެޓް ތަކުގަ. އެނގިގެން މިބުނަނީ.
ސާޖިދާ
16 February 2025
ބައެއް ރަށްރަށުގެ އިންޖީނުގެތައް ވެސް މިފްކޯ އަށް ބަދަލުކުރަންވީ. ދެންހުރި އިންޖީނުގެތައް ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްފަ އުމްރާގެ ކަންތައް ފެނަކައާ ހަވާލުކުރުން ކިހިނެތްވާނެ؟
އާޒސިމް ރިޒާ
16 February 2025
ހިގަހިގާ ހުރި ތަންތަން މިދިޔަ ސަރުކާރުން ބަދަލްކުރީ. އެއްވެސް ވަރަކަށް ނުހިގާ އެ ބަދަލަށް ފަހު
އަކްޝަމް މުހައްމަދު
16 February 2025
ކުރިންވެސް މިކަން އޮންނަންވާނީ މިހެން.
އައުޒަމް
16 February 2025
ބަރާބަރު. މީ ހަމަ މިކަން އަބަދުވެސް އޮންނަން ޖެހޭ ކަމެއް.
ބަދަ
16 February 2025
ކާގޭގަ ހުރިތަކެތި ބަދިގެޔަށް ބަދަލު ކޮއްފި
އުދުހޭ
15 February 2025
އައިސްޕްލާންޓްތަށް މިހާރު 3 ފަށް ނުވޭތަ؟ ހާދަ ވަރަކަށޭ
ފަހަތައްއަޅާފިޔަވަޅު
15 February 2025
މިފަހަކަށް އައި ސަރުކާރުތަންކުން ވަރަށް ފޯރީގަ ކުރާކަމެއްތީ، ދައުލަތުގެ އެއްފަރާތާ އަނެއްފަރާތާއެކު ފާޑުފާޑުގެ އެގްރީމެންޓްތަކުގަ ސޮއިކޮށް ފޮޓޯޖެހުން.