ޕީއެސްއެމުން ގެނެސްދޭ "އަހާ" ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
15 ފެބުރުއަރީ 2025 - 23:43
މި އަންނަ ރޯދަ މަހަށް ބާޒާރުގައި ތަކެތީގެ އަގު ބޮޑުކުރާ ނަމަ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށާއި އަގު ބޮޑުވެއްޖެ ނަމަ ކަންކުރާނެ ގޮތުގެ ސިޔާސަތެއް އެކުލަވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ސިލްސިލާކޮށް ގެނެސްދެމުން "އަހާ" ފޯރަމްގެ މިރޭގެ ޕްރޮގްރާމްގައި ސައީދު ވިދާޅުވީ މި އަންނަ ރޯދަ މަހު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވިޔަ ނުދީ، ރައްޔިތުންގެ ޖީބަށް ލުއިފަސޭހަ ވާނެ ގޮތަށް އަގުތައް ކޮންޓްރޯލް ކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިހާރު ވެސް މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަ މަހަކީ ތަކެތީގެ އަގުތައް ރާއްޖޭގައި އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރެވުނު ރޯދަމަސް ކަމަށެވެ. އޭރު އެކަން އެގޮތަށްވީ ރައީސް އޮފީހުގައި އެކަމަށް ހާއްސަކޮށް ކޮމިޓީއެއް އުފައްދައި، ކަމާބެހޭ އިދާރާތައް ގުޅިގެން ކުރި ގިނަ މަސައްކަތްތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
ވޯލްޑް ބޭންކުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާންމުކުރި ރިޕޯޓަކާ ހަވާލާދީ ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިންފްލޭޝަން ރޭޓް މި އަހަރުގެ މިހާތަނަށް ދާއިރު ހަތް ޕަސެންޓް ހުރަސްކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް އިންފްލޭޝަން ރޭޓް އަދި އެ މިންވަރަށް މައްޗަށް އަރާފައެއް ނުވެ އެވެ. ވޯލްޑް ބޭންކުން އެގޮތަށް ލަފާކޮށްފައި ވިޔަސް، ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު، ރާއްޖޭގެ އިންފޭޝަން ރޭޓު ތިން ޕަސެންޓުން ދަށުގައި މެނޭޖް ކުރެވެމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.
އެކަން އެގޮތަށް ކުރެވުނީ ރައީސް ބޭނުންފުޅުވި ގޮތަށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ސިޔާސަތެއް ސަރުކާރުން އެކުލަވާލުމުން ކަމަށް ސައީދު ވިދާޅުވި އެވެ.
ޕީއެސްއެމުން ގެނެސްދޭ "އަހާ" ފޯރަމްގައި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ސައީދު ވިދާޅުވީ އެ ސިޔާސަތުގެ ދަށުން ބާޒާރުގައި 183 ބާވަތެއް އަގު ކޮންޓްރޯލް ކުރަން ލިސްޓެއް ހިމަނާފައިވާއިރު، އޭގެ ތެރެއިން 54 ބާވަތަކީ ސީދާ ރޯދަ މަހު އަގުތައް ހިފެހެއްޓުމަށް އެ ލިސްޓުގައި ހިމަނާފައިވާ ބާވަތްތައް ކަމަށެވެ.
މާކެޓުގައި އެއްވެސް ބާވަތެއްގެ މުދަލެއް އަގު އުފުލިގެންދާ ނަމަ އަޅުގަނޑުމެން އިންޓަވީން ކުރާނަން. އެއީ ޗޮއިސްްއެއް ނޫން، ކުރާނެ: ސައީދު، އިކޮނޮމިކް މިނިސްޓަރު
"މާކެޓުގައި އެއްވެސް ބާވަތެއްގެ މުދަލެއް އަގު އުފުލިގެންދާ ނަމަ އަޅުގަނޑުމެން އިންޓަވީން ކުރާނަން. އެއީ ޗޮއިސްްއެއް ނޫން، ކުރާނެ،" ސައީދު ވިދާޅުވި އެވެ.
"އަސާސީ ބާވަތްތަކުގެ މުދާ އާންމު ރައްޔިތުން ހޯދުމުގައި ދަތިވާނެ ހުރިހާ ކަމެއް، އިރާދަކުރެއްވިއްޔާ ގޮންޖެހުންތަކުގެ ތެރެއިން ވެސް މި ދަނީ ހައްލުކުރަމުން. ދާއިރުގައި ރައީސުލްޖޫމްހޫރިއްޔާ ވެސް ބޭނުންފުޅެއް ނުވޭ، މާލެ އާއި ރަށްރަށުގައި މި ދެންނެވި ބާވަތްތަކުގެ އަގު ބޮޑުވެގެންދާކަށް."
ސައީދު މިގޮތަށް ވިދާޅުވިއިރު، ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ވަނީ އަގު ހެޔޮކޮށް ކާއްޓާއި ފިޔާ ވިއްކަން ފަށައިފަ އެވެ. މާރުކޭޓުގައި މިހާރު ކާށީގެ އަގު ހުރީ 10ރ. އާއި 25ރ. އާ ދެމެދުގަ އެވެ. އެކަމަކު، އެސްޓީއޯ އިން ނިންމާފައި ވަނީ 5ރ. އަށް ކާއްޓެއް ވިއްކާށެވެ. އަދި ފިޔާ ކިލޯއެއް 16ރ. ވިއްކަން ވަނީ ނިންމައިފަ އެވެ. ބާޒާރުގައި މިވަގުތު ފިޔާ ކިލޯއެއް އުޅެނީ 25ރ. އާއި 30ރ. އާ ދެމެދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަްމސޮް
16 February 2025
ޢާއްމުން ކުރާ ވިޔަފާރި ސަރުކާރުން ކުރުމަކީ ރަނގަޅުކަމެއްނޫން. ރޯދަމަހަކީ އެންމެ ބޮޑަށް ވިޔަފާރިއަށް ފައިދާ ލިބޭ މަސް.
އިހްސާސް
16 February 2025
ސައީދޫ ހުއްދަ ނުނަގާ ކޮފީ ސައި އަދި ލުއިކާނާ ވިއްކަމުން އަންން ވިޔަފާރިތަކާ މެދު ނިކަން ފިޔަވަޅު އަޅާބަލަ. ހުޅުމާލެ ފޭސް 2 ގައި ބޯކޮށް އެކަންކުރޭ. އެމީހުނަށް ހީވަނީ އެޗްޑީސީއިން ތަން ކުއްޔަށް ދިނީމައި ވިޔަފާރި ކުރެވޭނެއޭ ހުއްދަ ނުނަގާވެސް.
ހުސީނު
16 February 2025
ކުލިވެސް ހިމަނަދީ، އޭރުން ދޯ ރާއްޖެތެރޭ މީހަކަށް ފައިދާއެއް ވާނީ
ކޮރޮކަލި
16 February 2025
ބްރޯ. ޗެކް ކޮށްބަލަ ފޭސްޓޫގައި ހުންނަ ބައެއް ފިހާރަތަކުގައި ވިއްކަން ހުންނަ އަސާސީ މުދަލުގެ އަގު.
ރާވެރިބެ
16 February 2025
ރޯދައާ ދިމާކޮށް އާދަޔާ ޙިލާފަށް ބާޒާރުގަ އަގު ބޮޑުވެދާނެ ކަމަށް ކަފާކުރެވޭ ތަކެތި އެސްޓީއޯ އިން ކުރީބައިގަ ގެނަސް މާކެޓް ފްލަޑް ކޮށްލުން އަޅަންޖެހޭ ފިޔަވަޅަކީ! އޭރުން އަގުތަށް ދަށަށް ދާނެ. އިންޒާރު ދިނުމަކުން ހައްލުނުވާނެ.
އަލްޖިބްރރާ
16 February 2025
ސައީދޫ. މުދާ އުފުލާ އުޅަނދުތަކަށް ވަކި ގަޑިއެއް ހަމަ ޖައްސާކަށް އަދިވެސް ނުވޭތަ؟ ކުނިއުކަން ވަކި ގަޑިއެއް ހަމަޖައްސާކަށް ނުވޭތަ؟މިއަށްވުރެ ބިން ބޮޑެެތި ގައުމުތަކުގައިވެސް އެކަންކަމަށް ވަކި ގަޑިތަކެއް ކަނޑައަޅާފަހުރޭ.
މަހޭން
16 February 2025
މީނަ ހިޓްލަރަށް ދޫނުދޭ
ހޔބޖުޖު
16 February 2025
ގިނަ ދިވެހި ވިޔަފާރިވެރިންނަކީ ތިޔަ ހީކުރާހާ ބަހުލޫލު ބައެއް ނޫން.. އެހެން ދެން ބައެއް ފަހަރު ރޯދަމަހު އެއްޗެއް އަގުބޮޑުކޮށްލިޔަސްް..............
މަހޭން
16 February 2025
ކޮންތާކު!...ހާމާނު އަތުން ދަރިވަރުވީ ދޯ
ސައީދު އަލީ
16 February 2025
ކޮންމެ ބޭފުޅަކުވެސް އައިޑީކާޑާއި ޕާސްޕޯޓް، ފޯނުބިލާއި ފެންބިލް އަދި ކަރަންޓުބިލް ހިފައިގެން އެސްޓީއޯއަށް ދިއުމުން 5 ރުފިޔާގެ މަގުން ކާއްޓެއް ލިބޭގޮތަށް ހަދަންވީ. އެމީހަކީ ރާއްޖެތެރެއިން އައިމީހެއްނޫންކަމާއި މާލޭގައި ދިރިއުޅޭ މީހެއްކަން ސާބިތުކޮށްދޭން ދެ ހެކިވެރިންވެސް ގެންދަންވާނެ. ކާށި ދޫކުރާނީ މަތީގައިވާ ލިޔުންތައް ގެންނަ މީހުންގެ ތެރެއިން މާލޭގެއެއްގައި ރަޖިސްޓްރީ ވެފައިވާ ނުވަތަ ކުއްޔަށް އުޅޭކަމުގެ އެގްރިމެންޓް ދެއްކުމުން އެފަރާތަކަށް.
އަސްލަމްް
16 February 2025
ޒަރޫރީ ކާބޯތަކެތި ވަކި ވަގުތެއްގައި އިންފްލޭޓް ކުރުމަކީ ގޯހެއް. އަބަދުވެސް ވިއްކާއަގަށްވުރެ ކުޑަކޮށް އިތުރުވިޔަސް ނުކަތާވަރަށް އަގުބޮޑުވުމަކީ ސަރުކާޜުން އެކަމަށް އިންޓަފިޔާކުރަން މަޖުބޫރު ކަމެއް.