އައްޑު އަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރުމަށް މިރޭ ބޭއްވި ހިތަދޫ ބްރާންޗުގައި ބޭއްވި ހަފުލާގައި އެ ބޭންކުގެ ސީއީއޯ ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: ބީއެމްއެލް
16 ފެބުރުއަރީ 2025 - 21:54
ރާއްޖޭގެ ގައުމީ ބޭންކު ބީއެމްއެލްގެ މި ކާމިޔާބީގެ ދަތުރުގައި އައްޑުއަކީ ހާއްސަ މަގާމެއް ލިބިފައިވާ ތަނެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ބީއެމްއެލް އިން ޔޫއެސް ޑޮލަރު އޭޓީއެމް އައްޑު އަށް ތައާރަފު ކުރުމަށް ބޭއްވި ހަފުލާގަ އެވެ.
އައްޑޫ ހިތަދު އަށް އުފަން ޝަރީފު ވިދާޅުވީ، ޔޫއެސް ޑޮލަރުގެ ހިދުމަތަކީ އައްޑު އާއި އައްޑޫގެ ރައްޔިތުންނާއި ބީއެމްއެލްއާ ދެމެދު އޮތް ދުވަސްވީ ގުޅުމުގެ ލާމަސީލު ރަމްޒެއް ކަމަށެވެ.
"އަތޮޅުތަކުގައި އަޅުގަނޑުމެންގެ ފުރަތަމަ ގޮފި ހުޅުވީ އައްޑޫގައި. މިއަދު އައްޑޫ ސިޓީއަކީ ތިން ބްރާންޗާއި ނުވަ އޭޓީއޭމާއި ކޮންޓެކްޓް ސެންޓަރާ އެކު މާލެ ފިޔަވައި ބީއެމްއެލްގެ އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ތަން ވެސް މެ،" ހިތަދޫ ބްރާންޗުގައި ބޭއްވި ހަފުލާގައި ސީއީއޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޔޫއެސްޑީ އޭޓީއެމްގެ ހިދުމަތް އައްޑު އަށް ތައާރަފު ކުރުމަކީ، އެ ސިޓީގެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބީއެމްއެލް އިން އެޅި އިތުރު ފިޔަވަޅެއް ކަމަށެވެ. އެ ހިދުމަތާ އެކު، ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތަކުން ބޭރުގައި ވެސް ޔޫއެސްޑީގެ މުއާމަލާތް ކުރެވޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"މިއީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ހިދުމަތެއް. މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމާއި އަދި ބައެއް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ ސަރުކާރުގެ އެހީތެރިކަމާ އެކު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުގެ ދަށުން ހިންގޭ ޕްރޮޖެކްޓެއް،" ޝަރީފު ވިދާޅުވި އެވެ.
"އެހެންކަމުން ބޭންކު އޮފް މޯލްޑިވްސް ރައްޔިތުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް ފަސޭހަކޮށްދިނުމަށް ދެއްވާ އިރުޝާދަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން."
ޔޫއެސް ޑޮލަރު އޭޓީއެމް އައްޑު އަށް ތައާރަފު ކުރުމަށް މިރޭ ބޭއްވި ހަފުލާގައި ބައިވެރިވި ބައެއް މީހުން ހިތަދޫ ބްރާންޗުގެ ބޭރުގައި މަޑުކޮށްލައިގެން.---ފޮޓޯ: ބީއެމްއެލް
ޝަރީފު ވާހަކައިގައި ބީއެމްއެލް އިން ދާދި ފަހުން އިއުލާންކުރި ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ބީއެމްއެލްގެ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައި ދިނުމުގެ ގޮތުން ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމާއި މަރާމާތުކުރުމަށް ދޫކުރާ ފައިނޭންސަށް ގެނައި ބަދަލެވެ. ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސުން މިހާރު ފްލެޓާއި އެފާޓްމަންޓްގެ އިތުރުން ބިން ގަނޭވެނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"މިގޮތުން އެޕާޓްމެންޓް ނުވަތަ ބިމުގެ އަގު ތިން މިލިއަނަށް ވުރެ ބޮޑު ނުވާ ނަމަ އަމިއްލަ އަށް އިންވެސްޓް ކުރަންޖެހޭ އަދަދު 10 ޕަސެންޓަށް މި ވަނީ ދަށްކުރެވިފައި. ބާކީ 90 ޕަސެންޓު ބޭންކުން ހަމަޖެހޭނެ. ބިމުގެ އިތުރުން ގަރާޖާއި ޕާކިން ސްޕޭސް ގަތުމަށް ވެސް މި ފައިނޭންސިންގެ ބޭނުން ކުރެވޭ ގޮތަށް މިވަނީ ހަމަޖައްސާފައި. ފަންސަވީސް އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން އަނބުރާ ދެއްކުމުގެ ފަސޭހަކަން ވެސް ލިބިގެންދާނެ،" ސީއީއޯ ވިދާޅުވި އެވެ.
މިގޮތުން ކައުންސިލް އިން ކުއްޔަށް ދީފައިވާ ބިންތަކުގައި ވެސް ގެސްޓް ހައުސް އެޅުމަށް ލޯނު ނެގިދާނެ،"--- ޝަރީފު
ޝަރީފު ވިދާޅުވިގޮތުގައި، ގެދޮރު އިމާރާތް ކުރުމަށް އިތުރު ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންގެ އަދަދު ދެ މިލިއަން ރުފިޔާ އަށް އިތުރު ކުރުމާ އެކު، ލޯނު ޝަރުތުތައް ވެސް މިހާރު ވާނީ ލުއިކޮށްފަ އެވެ. ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު ވެސް ވަނީ 15 އަހަރުން 20 އަހަރަށް އިތުރު ކޮށްފައި ކަމަށާއި ގެދޮރު އިމާރާތް ކުރުމުގެ ބޮޑެތި މަޝްރޫއުތަކަށް ދޫކުރާ ފައިނޭންސިން މިހާރު 45 މިލިއަން ރުފިޔާއާ ހަމައަށް ލިބޭނެ. ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިޔަފާރީގެ އުސޫލުން އިމާރާތް ކުރުމަށް ނަގާ ރިއަލް އެސްޓޭޓް ފައިނޭންސިން އަށް ވެސް އަމިއްލަ އަށް އިންވެސްޓް ކުރަންޖެހޭ އަދަދު 20 ޕަސެންޓަށް ވަނީ ކުޑަކުރެވިފައި. އަދި ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު މި ވަނީ 20 އަހަރަށް ދިގުކުރެވިފައި،" ޝަރީފު ވިދާޅުވި އެވެ.
ތިން ވަނަ އަށް ސީއީއޯ ފާހަގަކުރެއްވީ ގެސްޓް ހައުސް ފައިނޭންސިންގެ އުސޫލަށް ގެނައި ބަދަލެވެ. އެއީ ޓޫރިޒަމް ފައްކާ ވުމުގެ ފުރުސަތު އޮތް އައްޑު އަށް ވެސް މުހިންމު ކަމެއް ކަމަށާއި އިމާރާތްކުރާ ގެސްޓް ހައުސް މޯގޭޖް ކުރުމަށް ފަހު، އިތުރު ރަހުނަކާ ނުލައި އެ ޕްރޮޖެކްޓްގެ 70 ޕަސެންޓާ ހަމަޔަށް މިހާރު ފައިނޭންސިން ހަމަޖެހޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"މިގޮތުން ކައުންސިލް އިން ކުއްޔަށް ދީފައިވާ ބިންތަކުގައި ވެސް ގެސްޓް ހައުސް އެޅުމަށް ލޯނު ނެގިދާނެ،" ސީއީއޯ ވިދާޅުވި އެވެ.
މި ބަދަލުތަކުގެ ތެރެއިން ބައެއް ބަދަލުތައް ފަރުމާ ކޮށްފައި ވަނީ ހާއްސަކޮށް އައްޑޫ ސިޓީ ފަދަ ސިޓީތަކުގައި، ގެދޮރުވެރިކަން ހޯދުމަށް އެހީތެރިވުމަށާއި ގެސްޓް ހައުސް އިމާރާތް ކުރުމަށާއި ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތުތައް ލިބޭނެ ފަދަ ގޮތަކަށް،"--- ޝަރީފު
އޭނާ ވިދާޅުވީ، އާންމު ވިޔަފާރިތަކަށް އެހީތެރިވުމަށް "ވާކިން ކެޕިޓަލް ފައިނޭންސިން" ވެސް މިހާރު ވަނީ ހުޅުވާލާފައި ކަމަށެވެ.. ހާއްސަކޮށް ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތުތައް ވެސް ވާނީ ލުއިކޮށްފައި ކަމށް ވިދާޅުވި އެވެ.
"މި ބަދަލުތަކުގެ ތެރެއިން ބައެއް ބަދަލުތައް ފަރުމާ ކޮށްފައި ވަނީ ހާއްސަކޮށް އައްޑޫ ސިޓީ ފަދަ ސިޓީތަކުގައި، ގެދޮރުވެރިކަން ހޯދުމަށް އެހީތެރިވުމަށާއި ގެސްޓް ހައުސް އިމާރާތް ކުރުމަށާއި ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތުތައް ލިބޭނެ ފަދަ ގޮތަކަށް،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކެކެވެ.
"އަޅުގަނޑުމެންނަކީ ތިޔަބޭފުޅުންގެ ކުރިއެރުމުގެ ބައިވެރިއެއް. އަޅުގަނޑުމެން ތައާރަފުކުރާ ކޮންމެ ހިދުމަތަކާއި ގެންނަ ކޮންމެ ބަދަލަކީ އެއް މަގުސަދަކަށްޓަކައި ކުރާ ކަމެއް. އެއީ ތިޔަބޭފުޅުންނަށް އިތުރަށް ހިދުމަތް ކުރުން. ތިޔަ ބޭފުޅުންގެ ތަރައްގީ އަށް އެހީވެދިނުން،" ސީއީއޯ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2 މަސް ޑިޕޮޒިޓް
17 February 2025
މާލޭމީހުންގެ ކުލީގެ ވިޔަފާރީގައިވެސް.
ޢަބްދުލް ޙަދީ މުޙައްމަދު ކަރީމް
17 February 2025
ރ.އަތޮޅު ދެކުނުގައި ގާތްގަނޑަކަށް 15 ރިސޯޓު އްޕްރޭޓްކުރަމުންދޭ މިހާރުވެސް. އެކަމަކު ޑޮލަރު މުޢާމަލާތުކުރެވޭނެ އިންތިޒާމެއްނެތް. ހުރިހާކަމެއް އައްޑޫ ހިތަދޫ ހދ ކުޅުދުއްފުށީގަ ކުރުމަކުން އަދި ނިމުނީކީނޫން.
ޅަވިޔަނި އަތޮޅު
17 February 2025
އަޅުގަނޑުވެސް ތާއީދުކުރަނީފުރަތަމަ އިސްކަންދޭންޖެހޭނީ ޓޫރިޒަމް އިން އެންމެ ގިނަ އިންކަމް ލިބޭ އަތޮޅުތަކަށްކަމަށް،
އިސްމާޢީލް ޙަސަން
17 February 2025
ރ.މީދޫ ކައިރީ 12 ވަރަކަށް ރިސޯޓު މިހާރުވެސް އޮޕަރޭޝަންގައި އެބައޮތް. ވަރަށްގިނަ މުވައްޒަފުންގެ އުއްމީދެއް މިހާރުހުރި ބޭންކު އޮފް މޯލްޑިވްސްގެ ބުރާންޗުގައި ޑޮލަރު އޭޓީއެމް އެއް ބަހައްޓައިދިނުން. މިފަދަ ޚިދުމަތްތަކަށް އިސްކަން ދިނުމުގައި ރަށްރަށުގެ ކުރީގެ މަޝްހޫރު ނަމަށް ނުބަލައި ޚިދުމަތް ލިބިގަންނަން ތިބި ކަސްޓަމަރުންނަށް ބަލައިލުން ރަނގަޅުކަމަށްވެސް ފެނޭ.
މަނީ
17 February 2025
ކޮންމެ މަހަކުވެސް ދިވެއްސަކަށް 100 ޑޮލަރ ބޭނުކުން ނެގޭގޮތް ހަދައިދިނުން ކިހިނެއްވާނެތޯ، (ރާއްޖޭން ބޭރަށް ނުދިޔަޔަސް)
ކޮތަރޭ
17 February 2025
ޑޮލަރު އޭޓީއެމުން ޑޮލަރު ނަގައިގެން ބްލެކު މާކެޓުގައި ވިއްކާ މީހުން ދެން ގިނަވާނީ. އޭޓީއެމް ގިނައިން ހުންނާނީ ޑޮލަރު ހުސްވެގެން ހިދުމަތް މެދުކެނޑިފައި. މާ ރަނގަޅުވާނެ ބޭންކުން ފަސޭހައިން ޑޮލަރު ލިބޭނެ ގޮތް ހެދީމަ. ނުވަތަ ރާއްޖެން ބޭރަށް ދާ މީހުންނަށް ޓިކެޓަކަށް 500 ޑޮލަރު ދިނުމުގެ ބަދަލުގައި އިތުރު ކޮށްދިނީމަ
އަލީސޭ
17 February 2025
ބީއެމްއެލްގެ ކާމިޔާބީގެ ދަތުރުގައި އައްޑުއަކީ ހާއްސަ މަގާމެއް ލިބިފައިވާ ތަނެކޯ، އެކަމަކު 1983 ވަނަ އަހަރު ހުޅުވުނު ބޭންކުގެ ޑޮލަރ އޭޓީއެމް މި ހުޅުވުނީ 2025 ވަނަ އަހަރު ...... އޯ ޕްލީޒް
ސާބަސް1
17 February 2025
ޖޭ ވީ ދޯ
ަސދފ
17 February 2025
ޗިޕު ޖަހަން ނޫޅޭތި..
ސހސހސހ
17 February 2025
ޕޯޑިއަމެއް ފެނުނީމަ އެއްޗެކޭ ކިޔަން ޖެހޭތީ ކިޔަނީ ދޯ؟ ޑޮލަރު އޭޓީއެމް އަކުން އައްޑޫ މީހުން ކުރާނެ ކަމެއް ނެތް. ރިސޯޓް ގަނޑުވެސް ބަންދުކޮށް އައްޑޫ މީހުން ބިކަކޮށްލީ. ދެން ތި ޑޮލަރު އޭޓީއެމް އަބަދުވެސް ޑައުން ފޯ މެއިންޓެނެންސްގައި ހުންނާނީ!
އަޅި އަލީ
17 February 2025
ގިނަ ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ ޑޮލަރުގެ ބުލެކްމާކެޓަށް ހުޅުވޭ ދޮރެއް! ދުނިޔޭގެ ކޮން ގައުމެއްގާތޯ ބޭރުފައިސާ ނެގޭ ގޮތައް އޭޓީއެމް ބަހައްޓަނީ!
ހަމްދާ
16 February 2025
އަޅެ ފަހެ ކިތައް ޑޮލަރު ދުވާލަކަށް ނެގޭބާ.
ބަރަކޫޑާ
16 February 2025
ހެހެ، މިހުންނަނީ މައުމޫނުމެން ކޮންމެ 5 އަހަރަކުން އިންތިހާބު ކާރިވީމާ ދެއްކިކަހަލަ ވާހަކަ.