ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ވަނީ ބަންދުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
17 ފެބުރުއަރީ 2025 - 09:36
ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ކައިރީގައި ކިސަޑު ޖަމާވެފައިވާތީ އެ ސަރަހައްދު ބަންދުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ރަސްފަންނުގެ މޫދަށް އެެރޭ ސަރަހައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ހިސާބެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާ ކަމަށެވެ.
އެހެންވެ، ކިސަޑުތައް ނަގައި ބީޗަށް ވެލި އެޅުމުގެ މަސައްކަތް މިއަދު ހެނދުނު 9:00 ގައި ފަށާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ އެ މަސައްކަތް ފެށިގެން ކުރިއަށް ގެންދާ މުއްދަތުގައި މަސައްކަތް ނިމެންދެން އެތަން އާންމުންނަށް ބަންދުކޮށްފައިވާ ކަމަށެވެ. އެކަމަކު، އެކަމަށް ކިހާ މުއްދަތެއް ހޭދަވާނެ ކަމެއް ނުބުނެ އެވެެ.
ރަސްފަންނުގެ މޫދަކީ ކަސްރަތު ކުރާ މީހުން ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ކްލާސްތައް ބާއްވާ ތަނެކެވެ. އާއިލާތަކުން ވެސް މި ސަރަހައްދަށް މޫދަށް ގޮސް ހަދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލެއިން
17 February 2025
ތި އުވާލަން ވެފައި އޮތް ތަނެއް ބަދިގެއް ވަރު ތަނެއްގަ އަދި މެދުގައި ފާޑެއްގަ ޕަވިލިއަންއެކޭ ކިޔާ އެއްޗެއް އަޅާފައި ކޮން ހަޑިއެއް ހާވާކަށް ބުރިޖުންލާފައި ހުޅުމާލެއަށް ވެސް ދެވޭނެގޮތް އޮއްވަ
ހޮޓްކިންގ
17 February 2025
ތިތަނުގެ މޫދުގައި ފާވަސް ދުވާތީ ގައިގާވެސް އެވަސްހުންނަނީ ހިފާފަ. އަނެއް މައްސަލައަކީ މޫދުވިނަ ފެޅުމާއި ވިތަތަކުގެ ތެރޭގައި "ރޯނު" ނަމަކަށް ކިޔާ ވާބުރިއެއްހެން އޮންނަ ދިރޭ ސޫތްޕެއް ވަރަށް ގިނައިން އޮވޭ. އެއީ ފައިގައި އޮޅުމުން އެލާޖިކްވާ އެއްޗެއް. އެ މޫދުގައި ހުރި ގިނަ މައްސަލަތައް އުފެެނީ އެތަނުގެ ބަންދު ބޮޑުވެފައި އޮޔާއި ރާޅުގެ އަސަރު ކުޑަވުމުން. އެކަން ހައްލު ކުރެވޭނެ ސިކުނޑިއެއް އެކަމާ އުޅެގެން ހައްލުވާނީ.
ގަޅިކަން
17 February 2025
ފުރަތަމަ ދުވަހު މޫދުކޮނުން ތޯއޮތީ!! ކޯދިނޭސަންކިޔާ އެޗެށް އޮންނަ އެޗެއް ކަން އެގޭބާ!!!
އާސިޕެ
17 February 2025
އީ.އައި.އޭ ރިޕޯޓްކޮބާ. ކިސަޑު ޖަމާނުވާނޭގޮތަކަށް ތިކަން ނުކުރެވޭނެތަ.
ހަވަރު
17 February 2025
އީއައީއޭ ރިޕޯޓު ހޯދަބަލަ. ތިތަން ހެދި އިރުވެސް ތިހެން ވާނެ ކަމަށް ވަނީ. އޭރުގެ ހައުސިންގ މިނިސްޓަރ އަށް އެނގިލައްވަޔޯ މި ތަނަށް ކޮންމެ އަހަރަކުވެސް މި މައްސަލަ ދިމާވާނެ ކަމާއި، ކޮންމެ އަހަރަކުވެސް އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރަންޖެހޭނެ ކަމަށް. އޭރު ސަރުކާރު ތެރޭގަ ތިބި އެންމެން ދަންނަ ބޮޑުސިއްރެއް
ޑރ ވާންޗޯ
17 February 2025
އީއައިއޭ ރިޕޯޓުގެ މައްޗަށޭ ކިސަޑުއަރާފައެއޮތީ، ދެން ކޮނެގެން ކިސަޑުނަގައިގެން ދޯއެފެންނާނީ!!.
މޫދު
17 February 2025
އަދި މިއަދު 10:00 ޖެހިއިރަކު އެތާކު އެއްވެސް ކަމެއް ނެއް.
ޭައަލްޓިކޯ
17 February 2025
ކިސަޑުވެގެން ނޫން ޙަމަ އަނިޔާ ވެރިކަން އިސްކުރަނީ
މޯޑުބޭ
17 February 2025
އަނިޔާވާނެ އަނިޔާ ވާގޮތަށް އުޅެންޏާ