ރަސްފަންނު: އެތަން މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 ފެބުރުއަރީ 2025 - 13:21
ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި އެތަންތަނުގެ ރީތިކަން އަނބުރާ ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކު ދަނީ ވީރާނާވަމުން ކަމަށެވެ.
އެ ދެ ތަނަކީ ވެސް ތޮއްޖެހިފައިވާ މާލޭގައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާ ލިބޭ ދެ ތަން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ، އަދި ކުރިއަށް ވުރެ ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އެ ތަންތަނަކީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ހަދާފައިވާ ދެ ތަނެކެވެ.
ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރަން. ދެ ތަންވެސް ދަނީ ވީރާނާވަމުން. މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން. މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް…
— Dr Mohamed Muizzu (@MMuizzu) February 14, 2025
ރަސްފަންނު ހިމެނޭ ގޮތަށް ސުނާމީ ބިނާ ސަރަހައްދު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ސުނާމީ ބިނާ ކައިރިން ވެސް ބޮޑު ބައެއް އޮތީ ގަނބައިގެންފަ އެެވެ.
ސަލްޓަން ޕާކާއި ރަސްފަންނު ސަރަހައްދު މަރާމާތު ނުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެ ތަން މަރާމާތު ނުކުރެވި އޮތީ މާލޭ ސިޓީ ކައުންސިލާއި އެމްޓީސީސީއާ ދެމެދު ދެބަސްވުންތަކެއް އުފެދިގެންނެވެ.
މާލޭ ސިޓީ ކައުންސިލުން ބުނާ ގޮތުގައި ޕާކުތަކާއި މައިޒާންތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވިޔަސް ރަސްފަންނު މަރާމާތު ކުރަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފަ އެވެ. އެތަނުގައި ހިންގާ ކިއޮސްކަކީ، އެ ސަރަހައްދު މަރާމާތު ކުރާތީ އޭގެ ބަދަލުގައި އެމްޓީސީސީ އަށް ދީފައިވާ ތަނެކެވެ.
ކައުންސިލުން ބުނީ މަރާމާތު ކުރުމުގެ ބަދަލުގައި އެ ތަނުގައި ޖެހޭނީ އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރަން ކަމަށާއި އެކަމަކު އެކަން ކުރާނެ ބަޖެޓެއް ސިޓީ ކައުންސިލްގައި ނެތް ކަމަށެވެ.
އެ މައްސަލަ ބޮޑުވި ދުވަސްވަރު އެމްޓީސީސީން ބުނީ ހަޓުތަކާއި ބާބަކިއު އޭރިއާ އަދި މަސްބާނާ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުން އެ ތަން މަރާމާތު ކުރުމަށް ސިޓީ ކައުންސިލްގެ ހުއްދައަށް އެދިފައިވާ ކަމަށާއި އެކަމަކު އެ ހުއްދަ ނުލިބޭ ކަމަށެވެ.
އެހެންވެ އެ ކަންކަމާ ހުރެ، އެތަން މަރާމާތު ކުރުމުގެ މަސައްކަތް އޮތީ ނުކޮށެވެ.
ރަސްފަންނާއި ސަލްޓަން ޕާކަކީ ހަފްތު ބަންދު ދުވަސްތަކުގައި ގިނަ ބަޔަކު އާއިލާތަކާ އެކު ގޮސް ހަދާ ދެ ތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނާލް
16 February 2025
އަޒާން އާ ހަވާުކޮއްލާ!
އަހުމަދުއީ
15 February 2025
ބުޅާތައް އަދިވެސް މަގުމަތީގައި. މުއިއްޒު ވިލިނގިލީގަ އަޅަންބުނި ފެސިލިޓީ ނޭޅިގެންބާ މިކަންނުވެގެން މިއުޅެނީ،
ޚުސްރޫ
15 February 2025
ޑްރާމާ ކުއީން. ކާކު؟
ލަގަބު
16 February 2025
ކިންގެއްނޫންތޯ؟
ދޮންބެގެ މަންޖެ
15 February 2025
ޕާކުތަކާއި، މޫދަށްއެރޭ ސަރަޙައްދުތައް ތަރައްޤީކުރަން ބޮޑު ހޭދައެއްކުރާއިރު، އެތަންތަން ބަލަހައްޓާ މަރާމާތު ކުރާނެ ޕްލޭނަކާއި ބަޖެޓެއް ނެތި ޚިދުމަތަށް ހުޅުވާލުމަކީ ގިނަ ސަރުކާރުތަކުން ކޮރަޕްޝަންގެ ބޭނުމުގައި ހިންގާ ޖަރީމާއެއް. މުޅިތަން އެކު އެކީ ހަލާކުވީމާ، އަނެއްކާ ބޮޑު ހޭދައެއްކޮށް، ކަޓުނަގާ ޑީލަކުން އެހެން ބަޔަކަށް، އެހެން ޑިޒައިނަކަށް ތަރައްޤީކުރުމަށް ހުޅުވާލަނީ. މަރާމާތު ނުކުރަނީ ގަސްތުގަ ކަޓުނަގަންވެގެން.
858844848
15 February 2025
ތިތަންތަން މެއިންޓެއިންކުރުމައްވުރެ ބޮޑުއިސްކަމެއްދެނީ ލާރިޖީބައްއެޅޭނެ ގޮތެއް ސަރުކާުގެ އެކިމަގާމުތކުގަ ތިބިމީހުން
ދައިގަންނަގުރާ
15 February 2025
މި ގައުމުގަ ހިތާމަ ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި. ހަމަ އެކަނި ޕާކުގަނޑެއްގެ ހާލަތު ދެރަވެގެން ހިތާމަކުރަން ޖެހޭކަމަށް ވަންޏާ ފުކެއް ދެރަވަރު. ހިތާމަކުރަން ޖެހޭ ކަންކަމުތެރޭ ވީލް ޗެއާ އެންބިއުލާންސް ނެތުން، ސޭލީން ފުޅި އޯޓީސީކޮށް ނުލިބުން، ބޭސް ދަތިވުން، އިދާރާތަކުން ޖަވާބުދާރީވުން ލަސްވުން … މިއީ ދެރަވާންޖެހޭ ލިސްޓުގެ ބައިކުޅަބައި. އާން ދެން އެއޮތް ދަރަންޏަކީ ވެސް ދެރަވާންޖެހޭ ކަމެއް.
ޟމމމ
15 February 2025
ވީލްޗެއަރ އެންބިއުލަންސްގަ ގައިމު އަހަރެން މަންމަ ހޮސްޕިޓަލުން ގެއަށް ގެނައީ. އެވެސް އައިޖީއެމްއެޗް.
ދައިގަންނަގުރާ
15 February 2025
މުޅި މިގައުމުގަ އޮންނަނީ އެންމެ ވީލް ޗެއަރ އެމްބިއުލާންސްއެއް ކަމަށްވަނީ. އެވެސް އެއީ ކޮލިގޭ މީހުން މޮޑިފައިކޮށްގެން އެބޭފުޅުންގެ މަންމާފުޅަށްޓަކައި ބޭނުން ކުރި އެއްޗެއް ހަދިޔާ ކުރީމަ އޮތް އެއްޗެއް. ސަރުކާރުން ކޮށްދިން ކަމެއް ނޫން. ދެން މިރަށަށް ލިބޭހާ އެމްބިއުލާންސްއަކީ ޖަޕާނު ސަރުކާރުން ހަދިޔާ ކުރާ ވޭންތައް. ފުލުހުންނަށްވެސް ކާރު ހަދިޔާ ނުކުރާނަމަ އެމީހުން އުޅޭނީ ހިނގާފަ ކަންނޭގެ.
ދެރަހާލު
15 February 2025
ގައުމުގެ ހާލަތު ފެނިފައިވެސް ރޮވޭ.
15 ބުޅާ ކޮންސަލްޓަންޓު
15 February 2025
މާލޭ ސިޓީ 15 ބުޅާ ކޮންސަލްޓަންޓުންނަށް މުސާރަދީފައި ބަޖެޓުގައި ބާކީއެއްޗެއް ނޯވޭ
އަ ދު ރޭ
15 February 2025
ވައުދުތަށް ފެނިފަ ކީރިތި ނުކުރެއްވޭތޯ ؟
އަހަންމަ
14 February 2025
އިތުރު ވައުދު ނުވެ ކުރިން ވެފަ ހުރި އެންމެ ވައުދެއްވެސް ފުއްދޭތޯ ބަލާބަލަ ފުރަތަމަ.