17 ފެބުރުއަރީ 2025 - 11:50
ލަންޑަން (ފެބްރުއަރީ 17) – މެންޗެސްޓާ ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ ކަންބޮޑުނުވާ ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ޔުނައިޓެޑް ރޭ ބަލިވީ 1-0 އިންނެވެ. އެއީ މި ސީޒަނުގައި އެ ޓީމު ބަލިވި 12 ވަނަ މެޗެވެ. ޓީމު އޮތީ ލީގު ތާވަލުގެ 15 ވަނައިގައި ރެލިގޭޝަން ޒޯނާ ކައިރީގަ އެވެ.
އަމޯރިމް ބުނީ ވަޒީފާގެ ކަންބޮޑުވުމަށް ވުރެ ތާވަލުގެ ފަހަތަށް އަނެއްކާވެސް ސޮއްސާލުމުން އޭނާ މާ ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
"އެކަމަކާ އަހަރެން ކަންބޮޑެއް ނުވޭ،" ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އެކަމާ ނުވިސްނަންތޯ ސުވާލު ކުރުމުން އަމޯރިމް ބުންޏެވެ.
ނޮވެމްބަރު މަހު ޔުނައިޓެޑްގެ ވަޒީފާއާ ހަވާލުވި އަމޯރިމްގެ ކޯޗުކަމުގެ ދަށުން ލީގުގައި ކުޅުނު 14 މެޗުގެ ތެރެއިން އަށް މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.
"ބަލިވާން އަހަރެން ނަފުރަތު ކުރަން. އެކަމާ އަހަރެން ކަންބޮޑުވަނީ،" ސްޕޯޓިން ލިޒްބަންގައި ކާމިޔާބު ހޯދި ކޯޗު ބުންޏެވެ.
"އެހެންކަންކަމަކާ އަހަރެން ނުވިސްނަން. އަހަރެން މިތާ މިހުރީ އަހަރެންގެ ކުޅުންތެރިންނަށް އެހީވާން. އަހަންނަށް އެނގޭ އަހަރެންގެ ހާލަތު. އަހަރެންގެ ވަޒީފާ ވެސް. އަހަރެންގެ މަސައްކަތާ މެދު އަހަންނަށް އިތުބާރު އެބައޮތް. އަހަރެން ކަންބޮޑުވަނީ ލީގު ތާވަލުގައި އަހަރެމެން އޮތް މަގާމާ މެދު. އަހަންނާ މެދު އަހަރެން ކަންބޮޑެއް ނުވޭ."
ޖޭމްސް މެޑިސަންގެ ލަނޑުން ޓޮޓެންހަމް މޮޅުވި މެޗަކީ ނޮވެމްބަރުގެ ފަހުން އަމިއްލަ ދަނޑުގައި ލަންޑަނުގެ ޓީމުން މޮޅުވި ފުރަތަމަ މެޗެވެ.
ރޭގެ މޮޅާ އެކު ޓޮޓެންހަމް ވަނީ 12 ވަނަ އަށް ޖެހިލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާގެ
17 February 2025
ޕްރިމިއަރ ލީގް މި ސީޒަންގެ މެންޔޫ ކުޅެންޖެހޭ ބާކީ 13 މެޗްގެ ތެރެއިން ، އަޅުގަނޑުގެ ދިރާސާ ދައްކާ ގޮތުން އަދި 06 މެޗުން މެންޔޫ ބަލިވާަނެ ކަމަަށް ބެލެވެނީ. އެހެން ވީމާ ލީގްގެ 16 ވަނައިގަ މެންޔޫ ނިންމާލާނީ..ރެލިގޭޓް މިފަހަރު ނުވާނެ. އެކަމަކު، ޗެންޕިއަންސް ލީގް ނޫނީ ޔޫރޮޕާ ލީގް ކުޅުމުގެ ފުރުސަތު އަދި އެބައޮތް.
ކޮންޓޭ
17 February 2025
ރެލިގޭޓް ވިއްޔާ ރަނގަޅީ
އަމޯރިމް
17 February 2025
ކަލެއަށް ރަނގަޅުހާ ގޮތެއް ވާކަށް ނުޖެހޭ
ލެއްގިކޮމިޝަނަރ
17 February 2025
މެންޗެސްޓާ އުނައިޓެޑްގެ ހާލަތާމެދު ހަމްދަރުދީވަން. ކޮންމެމީހަކު ކޯޗުކަމާ ހަވާލުވިޔަސް ޔުނައިޓެޑްގެ ހާލަތަކަށް ބަދަލެއްނާދޭ. ކުލަބުގެ މެނޭޖުމެންޓުގެ ހިންގުމުގެ ވަރަށްބޮޑެތި މައްސަލަތަކެއް އުޅޭތީ މިހާދެރަ ނަތީޖާތަކެއް މިނިކުންނަނީ. މިހާރު ޔުނައިޓެޑަށް އިސްކަންދަރު ސުކޫލްވެސް ބަލިނުކުރެވޭނެ. އަވަސް ފިޔަވަޅުތަކެއް އަޅާ ކުލަބު ހަމަމަގަށް ނޭޅުވެއްޖެނަމަ، އަންނަ ސީޒަނުގަ ތިކުލަބު ޕުރިމިއަރ ލިގުން ރެލިގޭޓު ނުވާނެގޮތެއް އެއީ ނެތްގޮތެއް.