ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
17 ފެބުރުއަރީ 2025 - 17:39
އައްޑު އާއި ރާއްޖޭގެ އެހެން ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ އިން އިހުމާލުވެފައިވާ ކަމަށް ބުނެ، އެ މައްސަލާގައި އެސްއޯއީ ކޮމިޓީ އަށް ފެނަކައިގެ އިސްވެރިން ހާޒިރުކުރުމަށް މައްސަލަ ހުށަހެޅުއްވީ ހިތަދޫ މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާނެވެ.
އެކަމަކު، އެ މައްސަލާގައި މިއަދު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތައް ރާވާފައިވާ ގޮތް ރޭ ފެނަކަ އިން ނެރުނު ބަޔާނެއްގައި ހިމަނާފައިވާތީ އެ ބޭފުޅުން ހާޒިރުކުރަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.
ކޮމިޓީގައި މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ފެނަކައިގެ މެނޭޖްމަންޓް އެކި ފަހަރު މަތިން ބަދަލުވެފައިވާ ކަމަށާއި މި ފަހުން ބަދަލުވި މެނޭޖްމަންޓާ އަދި ކޮމިޓީން ބައްދަލުކޮށްފައި ނުވާ ކަމަށެވެ.
އެހެންވީމަ، އެ މެނޭޖްމަންޓްގެ އަމާޒެއް އޮންނާނެ ކަމަށާއި ވާރުތަކުރި ހާލަތެއް ވެސް ވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެނަަކައިގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް، އައްޑޫގެ ހަގީގީ މަންޒަރު ސާފުކުރައްވަން ޖެހޭ ކަމަށެވެ.
"އެހެންވީމާ އަސްލު ހަގީގީ މަންޒަރު އެނގެން ޖެހޭ. އައްޑޫގައި މި ވެގެން އުޅެނީ ކީއްކަން. ކޮންމެ ބަޔަކު އައިސްފައި އެތައް ހަރަދެއް ކޮށްފައި އެ ހަރަދުގެ ތެރެއިން ފައިސާއެެއް އެ ތަނުގެ މެނޭޖްމަންޓުގެ ޖީބަށް ގޮސް ކަން ނުވެ މި އޮންނަނީ. އައްޑޫ ރައްޔިތުންނަށް މި ލިބެނީ ނަގުލުގެ ހިމަކޮޅު،" ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
ނާޒިމް ވިދާޅުވީ ދޭތެރެ ދޭތެރެއިން އައްޑޫގެ ކަރަންޓުގެ މައްސަލަ ފެންމަތިވަމުން ދާއިރު ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކުގެ ހާލަތު އެހާ ދަށްވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ބޮޑު އާބާދީއެއް އޮންނަ، އަދި ފައިދާވާނެ ތަނެއް ކަމަށާއި އެ ތަނުން ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެ ކޮމިޓީގައި ބައެއް މެމްބަރުން ވަނީ ރޯދަމަސް ބޯމަތިވެފައިވާއިރު، އައްޑޫގެ އިތުރުން އެހެން ރަށްރަށުގައި ވެސް ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާތީ އެ ކަމަށް ފެނަކަ އިން ވަމުންދާ ތައްޔާރީތައް އެނގުން މުހިއްމުކަން ފާހަގަކުރައްވައިފަ އެެވެ.
ކޮންމެ ބަޔަކު އައިސްފައި އެތައް ހަރަދެއް ކޮށްފައި އެ ހަރަދުގެ ތެރެއިން ފައިސާއެެއް އެ ތަނުގެ މެނޭޖްމަންޓުގެ ޖީބަށް ގޮސް ކަން ނުވެ މި އޮންނަނީ. އައްޑޫ ރައްޔިތުންނަށް މި ލިބެނީ ނަގުލުގެ ހިމަކޮޅު،"--- ނާޒިމް
ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވީ ފުވައްމުލަކަކީ ވެސް ކަރަންޓުގެ މައްސަލަ ބޮޑު ރަށެއް ކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް ނުކޮށްފި ނަމަ ރޯދަމަހުގެ ތެރޭގައި ރައްޔިތުންނަށް ބޮޑު ތަކުލީފެއް ކުރިމަތިވާނެ ކަމަށެެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
އޭނާ ވިދާޅުވިގޮތުގައި، ފުވައްމުލަކުގައި އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ކުރެވުނަސް އެ މަސައްކަތް ވެސް މިހާރު އޮތީ ހުއްޓިފަ އެވެ. އަދި ޓްރާންސްފޯމަރުތައް ވެސް ވަރަށް ބޮޑަށް ބާވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލަ އެކި ފަހަރު މަތިން ފެނަކައިގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރެއްވިޔަސް އެކަމަށް ދާއިމީ ހައްލެއް ނުލިބި އޮތުމުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެކި ދާއިރާތަކުގެ މެމްބަރުން ވަނީ އެ ބޭފުޅުން ނިސްބަތްވާ ރަށްރަށުގައި ވެސް ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާތީ ފެނަކައިގެ ބޭފުޅުން ހާޒިރުކުރާއިރު އެކަންކަމުގައި ވެސް ސުވާލު ކުރެވޭ ގޮތަށް މައްސަލަ ކުރިއަށް ގެންދަން ހުށަހަޅުއްވައިފަ އެވެ. ކޮމިޓީން ފާސްކުރީ ވެސް އެގޮތަށް ކުރިއަށް ގެންދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާ
18 February 2025
މިއީ ސަރުކާރުގައި އިޚްލާސްތެރިކަމެއް ނެތްކަން ވަރަށް ރަނގަޅަށް ސަބިތުވާނެ ކަމެކެވެ. މަޖިލިސް ޢައުލަބިއްޔަތު ދީގެން ވަކިވީ ކޮންކަމެއްތޯއެވެ؟ ރައްޔިތުންގެ ކަންކަމާއި ގުޅުންހުރި ކުންފުނިތަކުގައި މިތިބީ ކުނިބުންޏެވެ ސަރުކާރުން މަޤަމުތަކަށަ ލައްވަނީ މިފަދަ ބޭފުޅުންނެވެ.
ސުރުޚީ
17 February 2025
މިހެން ތަޅުވަތަޅުވާ ތިބޭނީއެވެ. ގިނަ ރައްޔިތުން ކަނު އަނދިރީގަައި ރޯދަމަސް ނިމޭނެއެވެ. ފެނަކަވެރިން ބޮޑު މުސާރަ ނަގައިގެން ގެއަށްދާނެއެވެ.
ދަރު
17 February 2025
ކޮންމެ ތަނަކަށް ގެންދިޔަޔަސް އެއްކަމެއް އެބަވޭތޯއެވެ؟ އެބަޔަކަށް ކުރަން ނޭގޭ ކަމެއް ނުކުރެވޭނެއެވެ.
ސިމާ
17 February 2025
މަޖިލީހުން ކޮންމެ ކަމެއް ކުރިޔަސް ފެނަކައިން ކުރާކަމަކަށް ބަދަލެއް ނާންނާއެވެ. ފެނަކަ ހިންގަން ތިބި މީހުން ބަދަލުވިޔަސް ކުރަނީ އެއްކަމެކެވެ. ވީކަމަކީ ކުރިނަށްވުރެން ގޯސްކޮށް އެކަން ކުރުމެވެ.
ކާ
17 February 2025
މަޖިލީހުގެ އޮތީ ސަރުކާރުގެ ޢައުލަބީއްްޔަތެވެ. ފެނަކަ ފަދަ ކުންފުނުތަކަށް އެއްވެސް ތަޖުރިބާއެއް ނެތްވެރީން ލައްވަނީ ސަރުކާރުންނެވެ. ދެން މިޖައްްސަވަނީ ކޮންހާ ސަކަރާތެއް؟ރައްޔިތުން ތިބެންވީ ކަނު އަނދިރީގައެވެ. ވެރިކަން ހަވާލުކޮށް މަޖިލީހުގެ ޢައުލަބީއްޔަތު ދިނީމައި މިއަދު ރައްޔިތުން މިތިބެން ޖެހެނީ އެއްމެ އަސާސީ ބޭނުންތަށްވެސް ނުފުދިފައެވެ. މިއީތޯ ތިޔަ ވިދާޅުވާ އިޚްލާސްތެެރި ކަމަކީ؟؟
ރާސްޕަރީ
17 February 2025
ފެނަކަ ފަދަ ކުންފުނިތަށް ހަލާކުކުރީ ސަރުކާރުތަކުންނެވެ. އެއިރެއްގައި އޮންނަ ސަރުކާރެއްްގެ ބޭނުމަށް އަދި އެެއިރެއްގައި ފެނަކައިގެ ހުންނަ ވެރިމީހަކު ކޯޕަރޭޓް އުސީލުން ބޭރުން އެތެއްކަމެއް ހިންގައެވެ. މިކަން ހުއްޓޭނީ ފެނަކައަށް ކަމުގެ އިލްމު ހުރި ތަޖުރިބާ ހުރި މީހަކު ސަރުކާރުން ލައިގެން ރަނގަޅު ނިޔަތުގައި އެކަން ކުރުމެވެ.
ދޭސީ
17 February 2025
ތިޔަމައްސަލައިގެ އަސްލަކީ ފެނަަކަ ހިންގާން މިސަރުކާރުން ގަސްތުކުރާ ގޮތާއި އަދި ސަރުކާރުގެ ޚިޔާލު އެކިއިރު އެކިގޮތަށް ހުރުމެވެ. އެއްފަހަރު އެސްޓީއޯގެ ދަށަށް، އަނެއްފަހަރު ސްޓެލްކޯ އަނެއް ފަހަރު ހަދާނެ ގޮތެއް ނޭގުމެވެ. ސަރުކާރުގެ ވިސްނުން އެއްގޮތް ނުވެ، ފެނަކައިގެ މެނޭޖްމަންޓަށް އެކިއިރު އެކި މީހުން ލަމުން އުޅުމުގެ ނަތީޖާއަކީ، ފެނަކައިން ފޯރުކޮށްދޭ ޚިދުމަތަށް ބުރުއެރުމެވެ.
ހިލަ
17 February 2025
ފެނަކައަށް ދިމާވެގެން އުޅޭނީ ހިންގާން ނޭގިގެން ދިމާވެގެން އުޅޭ މައްސަލައެވެ. އެކަމުގެ ހައްލު އޮތީ ސަރުކާރުގައެވެ. މަޖިލީސް މެންބަރުންނަށް މިކަން އެެއްމެ ރަނގަޅަށް އެނގޭނީ.
ސައިމަނު
17 February 2025
ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުގެ ކޮމިޓީއަށަ ހާޒިރުކޮށް ޑްރާމާ ކުޅުމުގެ ބޭނުމަކީ ކޮބާ؟ ސަރުކާރުން ފެނަކަ އަދި ސްޓެލްކޯ ފަދަ މުޢައްސަސާތަކަށް ވެރިންނޭ ކިޔާފައި ކަމާއި ގުޅުންނެތް އަދި ތަޖްރިބާނެތް މީހުން މިލައްވަނީ! މިބޭފުޅުން ވިދާޅުވަމުން އެގެންދަވަނީ ރައީސް ވިދާޅުވީމައި ތިމަންނާމެން ޗެލެންޖަކަށް ނެގީއޭ މަޤާމު، ކީއްވެހޭ ނުވާންވީ؟؟ މިކަހަލަ ކަންތަށް ކުރައްވާފާއި ދެން ކީއްކުރަން ކަމަށްތޯ އިއްޒަތްތެރި މަޖިލީހުން މިއުޅެނީ؟؟
ޖަހާލް
17 February 2025
ފެނަކަ ކީއްކުރަން ހުރިހާ ކުންފުނިތަކެއްވެސް ގެންނަންޖެހޭ..އެމްއެމްއޭގެ ވެރިންވެސް ގެންނަންޖެހޭ ގައުމުއޮތް ހާލަތު ބަލަންޖެހޭތާ..