އެމްކިއުއޭގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވާހަކަ ދައްކަވަނީ
18 ފެބުރުއަރީ 2025 - 16:55
ރާއްޖޭގައި ގެންދަން ހުއްދަ ދީފައިވާ ޕްރޮގްރާމްތައް ބޭރުގައި ހިންގަމުންދާ ކަމަށާއި އެކަމަކު އެ ތަންތަނުން ދޭ ސެޓްފިކެޓު ބަލައިނުގަންނާނެ ކަމަށް އެމްކިއުއޭ އިން މިއަދު ބުނެފި އެވެ.
އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ހިންގަން ހުއްދަ ދީފައިވާ ޕްރޮގްރާމްތައް ބައެއް މަރުކަޒުތަކުން، ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް އަދި ސެޓްފިކެޓު ދީފައިވާކަމަށް ބޭރުގެ ބައެއް އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެމްކިއުއޭއިން އެކްރެޑިޓުކޮށްފައިވާ ޕްރޮގްރާމްތައް ހިންގާފައިވަނީ އެ އިދާރާ އިން ގަބޫލުނުކުރާ ބޭރުގެ މަރުކަޒުތަކުގައި ކަމަށް ވެސް ބުންޏެވެ.
އެހެންވެ، އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކޯސްތަކުން ދޭ ސެޓްފިކެޓުތައް ބަލައިނުގަންނާނެ ކަމަށް ބުންޏެވެ.
"މި ނޫން ގޮތަކަށް ސަނަދު ދެވުމުގެ ސަބަބުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ގިނަ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. އަދި މި ގެއްލުމުގެ ޒިންމާ އެމްކިއުއޭ އިން ނުނެގޭނެ ވާހަކަ ދެންނެވީމެވެ،" އިއުލާންގައި ވެ އެވެ.
އެ އޮތޯރިޓިން ވަނީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ހިންގުމަށް އެދިފަ އެވެ.
ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ކޯސްތައް ހިންގުމަކީ މަތީ ތައުލީމަށް ލިބޭ ކުރިއެރުމެއް ކަމަށް ގަބޫލުކުރާތީ، އެކަމާ ގުޅުން ހުރި އުސޫލެއް ހަދަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްއަލީ
19 February 2025
އެމްކިއުއޭ އުވާލާ އެއްވެސް ބޭނުންތެރި ކަމެއް ކުރާ ބަޔެއް ނޫން.
ނުފޯރާ
19 February 2025
ބޭރުގެ ސެޓްފިކެޓެއް ގަބޫލުކުރެވޭ ތަނެއްނޫން. ތިޔަ އެއްޗެއް ބޭރުގައި ކިޔަވައިދެވެނީކީނޫން. ހ، ށ، ނ ގައި ގައުމު ހިފެހެއްޓިފަ އޮތުމަކީ އުގެނުމަށް މިކަހަލަ ހުރަސް އަޅާ މުއައްސަސާތައް. ލައިސަންނޯ ކިޔައި ޢިލްމީ މީހުން ހުއްޓުވާ އޮފީސްތައްމިއީ
ނާޑުވާ
19 February 2025
ޑޮކްޓަރުންނަށް ލިޔެދޭންވީ ބޭސް މަޖުބޫރު ކުރިވި ގޮތަށް ކިތަންމެ ފެންވަރު ދަށަސް ވަކިބަޔަކު ކައިރިން ކިޔަވަން މަޖުބޫރު ކޮށްފަ މިއޮތީ.
ސުބުޙާނަﷲ1
19 February 2025
ދިވެހިރާއްޖެމީ ކޮންމެ ކަމަކުން އައުގޮތް ނެރޭބައެއް. ކޮންމެ ތަނަކު ހުރެ ކިޔެވިއްޔާ ކޮބާ މައްސަލަޔަކީ ސޭމް ކޮންޓެންޓް ދެއްތޯ މުހިއްމުވާނީ. މ. އަތޮޅުގައި ހިންގަން ހުއްދަ ދީފައި އޮތް ކޯހެއް އަނެއްކާ އައްޑޫގައި ހިންގައިގެން މައްސަލައެއް ނުޖެހޭނެބާ؟ ހުއްދަތައް ބަހާލަން ފެންނަނީ އެކި ޒޯންތަކަށް. އޭރުންތާ މީހުންނަށް ބަލާ ބޮޑުވާނީ ކަމެއް ރަނގަޅަށް ކުރަން. އަޅުގަނޑު ހިތަށްއަރާ ކޯއްޗެއް ކިޔަވާފަ ބާއޭ މިހެން މި ރައުޔު ނެރެނީ. ވ ސަލާމް
ސުބުޙާނަﷲ
19 February 2025
މެޑާމް ތި ވަރަށް ގޯސްވީ. އަނެއްކާ ރާއްޖެ ކަހަލަ ހޫނު ޤައުމަކު ހިންގަން ހުއްދަދީފައި ހުރި ކޯސްތަކެއް ފިނި ޤައުމުތަކަށް ކިހިނެއް އެޕްލައިވާނީ ދެއްތޯ؟ އަޅުގަނޑުވެސް ކިޔެވީ ލަންކާއިން އިނގިރޭސި ވިލާތުގެ ކޯހެއް. ގްރަޖުއޭޝަނަށް ދިޔައީވެސް ސީދާ ޔޫކޭއަށް. އެ ބޭފުޅުންނަކަށް މައްސަލަޔަކަށް ނުވޭ. އަޅުގަނޑުމެން ޔޫކޭގައި ކިޔަވާ ކުދިންނާ ޑިސްކަސްވެސް ކުރަން ބައެއް އެސައިންމެންޓްތަކުގައި. ހަމަ ސީދާ އެކައްޗެއް ދެނީ. ދިވެހިރާއްޖެމީ ކޮންމެ ކަމަކުން އައު ގޮތް
މާކުންބޭބެ
19 February 2025
އެމް.ކިއު.އޭ އަކީ ބޮޑު ޖޯކަކަށް ވެއްޖެ، ދުނިޔޭގެ އޮތްހާ ޔުނިވަރސިޓީ ކޯސްތަކެއް ތިތަނަކަށް މޮނީޓަރއެއް ނުކުރެވޭ އެއީ ވާނެ ކަމެއްނޫން. ކޮލިފިކޭޝަން އެސެސެސް ކުރާނެ ރަނގަޅު ފްރޭމްވޯކެއް ހެދީމަ ނިމުނީ. ކިޔަވައިދޭ ކޯސް ކިތައްމެ ދިގުދެއްމިޔަސް، އޭގެ ކޮލިޓީ ރަނގަޅެއްނުވޭ.
ޑޮކްޓާރ. ބަނާނާ
19 February 2025
ދިވެހިރާއްޖޭގެ މަތީ ތައުލީމު އެއީ މިހާރު ބޯޑު ޖޯކެއް! ތިޔަ ކޮލެޖު ތަކުން ނާއި ޔުނިވަރސިޓީ ތަކުން ކިޔަވައިގެން ނިކުމެ ވާހަކަ ދައްކަނީ ދެބަހުން. ފަރަންޖީ ބަހުން ނުވަތަ ދިވެހި ބަހުން ރީއްޗަށް ވާހަކަ ދައްކަން ނެގޭ. ޑައުޓަރ ކިޔާ ތަނަކަށް މިކިޔަނީ " ޑައުގަޓާރު" އަޅުގަޑު " ވަޑައި ގަންނަވަނީ." !!. މިއޮތީ ހާލަތު .!! ޢަދިވެސް އޯލަވަލް ފެންވަރު ނެތް ބަޔަކަށް ޑިގުރީ ތައް ދެއްވާ!!!! ޥ ސަލާމް
ހުއްދަ
19 February 2025
އެއްތަނަކަށް ހުއްދަ ދެއްވާފައި އޮތިއްޔާ އަނެއް ތަނެއްގައި އެކޯސް ހިނގީމާ ފެންވަރަށް ބަދަލެއް އަންނަނީތޯ؟ ކޮސް ވާހަކަ ނުދައްކަވާ.
ހުއްދަ އަށް
19 February 2025
ވިސްނަވާ މިގޮތަށް. ދުނިޔޭގެ ފިނި ހިސާބުގަނޑުގައި އުޅޭ މީހުން އެ ލާކަހަލަ " ކެހެރީގެ ފޭރާމާއެކީ ތުރުތުރުލަމުން" އެމީހުން އެހެދުމުގައި ކިހިނެއްތޯ މި ރާއްޖޭގައި އުޅޭނީ. ހޫނުވެގެންގޮސް އަނބުރައިވެސް ގަނެފާނެ ދެއްތޯ! މީ އެކަހަލަ ކޯސްތަކެއް. މީއްޗިހި އެ ބޭފުޅުން އެޕްރޫވް ކުރައްވަނީ ވަރަށް ބޮޑަށް ވެދަރ ކަންޑިޝަންއަށް ބައްލަވާފައި. އަދި މީގައި ބަލާނެ އެ ޤައުމަކުން ލިބެން ހުންނަ ފެނުގެ ކޮލިޓީއަށްވެސް.އެހެންވީމަކިހިނެއްތޯ އެކޯސްތައް ބޭރުޤައުމަކު ހިންގާނީ.
ބޮޑުބެގެ ބެއްޔާ
19 February 2025
ރާއްޖޭގެ ބައެއްކޮލެޖުތަކުން އޮންލައިންކޮށް އެބަ ކިޔަވަދޭ ބޭރުމީހުންނަށް އެމީހުންގެ ގައުމުގަ ތިބެގެން ކިޔެވޭގޮތަށް. ކާކުތަ މިކަންތައްތައް ބަލަނީ؟ އެނގުނަސް ފިޔަވަޅެއް އަޅަންކެރެނީ؟
ރާވެރިބެ
18 February 2025
ކުރަިބައިގަ ދުރާލާ ހުއްދަ ނަގަން ޖެހޭ ކަންކަން އެގޭނެ ގޮތެއް ވާނެބާ! ހުރިހާ ކަމަކަށް ހުއްދަ ހޯދަން ޖެހޭނަމަ ކައިބޮއި އުޅެން ވެސް ހުއްދަ އެއް ނަގަން ޖެހިދާނެތާ.
ސިއްތި
18 February 2025
ނުޖެހޭނެ. އެކަމަކު ކިޔަވައިދެންޏާ ހުއްދަނަގަންޖެހޭނެ. އެއީ ކުޑަކަމެއްނޫން. ކާއެއްޗެއް ކައި.