ރ. މަޑުއްވަރި
18 ފެބުރުއަރީ 2025 - 17:57
ރ. މަޑުއްވަރި އަށް އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އުފުލަންދޫ އަދި އެ އަތޮޅު މީދު އަށް ތާވަތާ ސަރުކާރުން ދޫކޮށްފި އެވެ.
މަޑުއްވަރީގެ ބައެއްގެ ގޮތުގައި އުފުލަންދޫ އަދި މީދޫގެ ބައެއްގެ ގޮތުގައި ތާވަތާ ހަމަޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ. އެގޮތަށް ހަމަޖައްސަވައި ނެރުއްވި ގަރާރު މިއަދު ވަނީ ގެޒެޓުކޮށްފަ އެވެ.
މިދިޔަ ޖެނުއަރީ މަހު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މަޑުއްވަރި އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީދު އާއި މަޑުއްވަރީގެ އިހުތިސާސްގެ ތެރެއަށް އެ ދެ ފަޅު ރަށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މީދު އާއި މަޑުއްވަރީއަކީ ވެސް ޖާގައިގެ ދަތިކަން ބޮޑު ދެ ރަށެވެ. އެހެންވެ، އެ ދެ ފަޅު ރަށް، މީދު އާއި މަޑުއްވަރި އަށް ހަމަޖެއްސުމުން، އެ ތަނުގައި އިގްތިސާދީ މަސައްކަތްތައް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެއާ އެކު ރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވެސް ކުޑަ ހައްލެއް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
19 February 2025
ދެން ތިޔަދެރަށްވެސް ފާޚާނާކޮށްލަންވެސް ބޭނުންކުރެވޭނީ ބްރިޖްވެސް އަޅާދިނީމަދޯ!!!.
މުހައްމަދު.
19 February 2025
ދެން އިން ދެރައްވެސް ފެންނަގޮތައް ފޮޓޯ ލީނަމަ ވަރައް ސަޅިވީސް މެޕްސް ނުބަލާ ވީސް
ހުސެން ވަހީދު
19 February 2025
މިކަން ރައީސް މުއިޒް ނުކޮށްދޭނެޔޭ ކި އެމްޑީޕީ މީދޫ މީހުން އިއްޔެއިން ފެށިގެން އެބަތިބި ސައިލެންޓްގައި ހެހެ
ޒީނާ މުހައްމަދު ހަމީދު
19 February 2025
މީދޫ ހުރިހާ ރައްޔިތުންގެ ނަމުގައި އަދުގެ ރައީސް އަށް ފައްފަށުން ޝުކުރިއްޔާ
ދިހާމް ހުސައިން
19 February 2025
ޖެނުއަރީގައި ގޮސް ވި ވައުދު ރައީސް ފެބްރުއަރީގައި މި ކޮށްދިނީ. މީ ވެރިންނަކީ.
އޮނަރަބްލް އަފީފް ދީދީ
19 February 2025
ތިޔައީ ގާނޫން އަސާސީގެ 12 ވަމަ މާއްދާއަށް ރިޢާއަތް ކޮށް ޏ. ގެ ދަށަން ބަލާނަމަ ވަރަށް ހެއްވާ ކަމެއް. ތިޔައުސޫލުން ރަށް ތަ ދޭތެރޭ ތަފާތު ކުރުމާއި ނަސްލީ ފަރަގު އުފެދި ލިގާޔަތުގެ ދަށުން ބުރަހެލި ކަން އާލާވާނެ. މިނޫން ގޮތަކަށް ތިކަން ކުރަން ރައީސް އަށް އިރުޝާދު ދެން.
ބަރުބާދު
21 February 2025
ލިޔާގަތުގެ ފެންވަރުނެތީމަ ގާބިލިއްޔަތަށް ފައިންއެރިފަތިބޭ އޮނަރަބްލް ގިނަވިވަރަކަށް ގައުމުވާނީ ފަސާދަ.
އުމީ
19 February 2025
ގދ. ތިނަދޫ ގެ ބައެއްގެ ގޮތުގައި، ގދ. ކާޑެއްދޫ ހަދައި ދެއްވައި، ބްރިޖަކުން ގުޅާލަ ދެނީ ކޮންއިރަކުތޯ ؟
ސަމަދު މުހައްމަދު
19 February 2025
މަނިކުފާނު ތި ހޯދެއްވީ މަޑުއްވަރީ ރައްޔިތުންގެ އިތުބާރު.
ހަސަން ނިހާމް
19 February 2025
ރައީސް މުއިއްޒްއަކީ ވައުދު ފުއްދަވާ ރައިސްއެއް.
ކޮއިމަލާ ކަލޯ
18 February 2025
ކީއްވެހޭ ރަސްގެތީމަށް އަނގޮޅެތީމާ ވާދޫ ނުދެނީ.. ރަސްގެތީމުގަ ރަސްކަންކުރިއިރު އެރަށްތަކަކީ ރަސްގެފާނުގެ މިލްކެއް.