ނާޒްލީން އަދި ރިންޒީ. މި ދެ ބޭފުޅުން ހިންގަވަމުން ދިޔަ ސްކޫލު ވަނީ ބަދަލުކޮށްފައި.
19 ފެބުރުއަރީ 2025 - 12:43
ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު އަމީނިއްޔާ ސްކޫލަށް އަދި އަމީނިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި މިހާތަނަށް ހުންނެވި ނާޒްލީން ވާފިރު ކަލާފާނު ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެ މިނިސްޓްރީން އަންނަނީ ސްކޫލުތަކުގެ ވެރިންނަށް ވެސް ބައެއް ބަދަލުތައް ގެންނަމުންނެވެ. އޭގެ ތެރެއިން، މި ދޮޅު އަހަރުގެ ތެރޭގައި މާލޭގެ ފަސް ސްކޫލެއްގެ ޕްރިންސިޕަލުން ބަދަލުކޮށްފައިވެ އެވެ.
އެންމެ ފަހުން ބަދަލު ގެނައީ ހިރިޔާ ސްކޫލާއި އަމީނިއްޔާ އަދި ކަލާފާނު ސްކޫލަށެވެ.
ސްކޫލު ހިންގުމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ރިންޒީ ހިރިޔާގެ ޕްރިންސިޕަލްގެ މަގާމާ ހަވާލުވެވަޑައިގަތީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްކަމާއި ސުޕަވައިޒަރު އަދި ޓީޗަރުކަން ކުރައްވައިފަ އެވެ.
ތައުލީމީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ ރިންޒީ ހިރިޔާގައި މަސައްކަތްކުރައްވާނެ އެންމެ ފަހު ދުވަހަކީ މިއަދެވެ. މާދަމާ އަމީނިއްޔާ ސްކޫލާ އޭނާ ގުޅިވަޑައިގަންނަވާނެ އެވެ. އެކަމަކު، އެ ސްކޫލަށް އަދި ޕްރިންސިޕަލެއް އައްޔަން ނުކުރެ އެވެ.
އަމީނިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް ހަވާލުވެވަޑައިގެންނެވުމާ ހަމައަށް ނާޒްލީން ހުންނެވީ ކަލާފާނުގެ ޕްރިންސިޕަލަށެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލަށް 10 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު މާދަމާ ކަލާފާނު ސްކޫލަށް މަސައްކަތްކުރައްވަން ނުކުންނަވާނެ އެވެ.
ނާޒްލީންގެ ތައުލީމީ ހިދުމަތުގެ 35 އަހަރުގެ ތެރެއިން ގިނަ ދުވަސް ހޭދަކުރައްވާފައިވަނީ ވެސް ކަލާފާނުގަ އެވެ. އޭގެ ތެރެއިން، އޭނާ ވަނީ 2009 އިން ފެށިގެން 2015 އާ ހަމައަށް އެ ސްކޫލުގެ ޕްރިންސިޕަލްކަން ކުރައްވައިފަ އެވެ. އޭގެ ކުރިން ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމާއި ސުޕަވައިޒަރުކަން އަދި ޓީޗަރުކަން ކުރެއްވި އެވެ.
ކަލާފާނު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު ހުސްވީ، އެ ޒިންމާތައް ފުރުއްވަމުން ގެންދެވި ރަހުމާ އަބްދުއްރަހުމާން މިދިޔަ މަހު ރިޓަޔާ ކުރެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫސީދިބެ
20 February 2025
މިތާސްކޫލްތަކުގެ ޕްރިންސިޕަލްބަދަލު ނުވެގެން ވާހަކަ ތިދައްކަނީ އައްޑޫސްކޫލެއްގަ ރަސްކަންކުރައްވާ ޕްރިންސިޕަލްއާއި އެބޭފުޅާގެ އަނބިކަބަލުން އަދި ބެސްޓްފްރެންޑް ކުޅޭޑްރާމާ އެނގޭނަމަ ބުނާނެ ނޫނޭ އަލްހަމްދުލިﷲއޭ ހަތަރުއަހަރުވެގެންމިދަނީ ސްކޫލަށް ބޭނުންގަޑިއެއްގަ ވަދެލާފަ މުޅިތާގަ ފަތަރާސީވެލާފަ އަނެއްކާ އެނައްޓާލީ. އެތާއުޅޭ އެންމެނަށް މިކަންއެނގޭ އެކަމަކު އަނބިގޮއްޔެއާއި ބެސްޓްފްރެންޑަށް އޮންނަ ހާއްސައިނާޔަތްނެތަސް ނިސްބަތުން އުޅެންފަސޭހަވީމަތިބެނ
ރުކްރުކް
21 February 2025
އައްޑޫސީދިބެ ދާންވީނުން ކިޔަވާދެން. ނުބެހޭ ކަންކަމާ ބެހެންނޫޅެބަލަ.
މަންސޫރު
20 February 2025
އަހަރެން ޕާޓީ ބަދަލުކުރީމަވެސް މިރަށު ސްކޫލް ޕްރިންސިޕަލް ބަދަލެއް ނުވި!
ކާބީލާ އަލިމަނިކު
20 February 2025
އަހްމަދިއްޔާގެ ޕްރިންސިޕަލް ބަދަލުކުރަން ކެރޭނީ ކޮން މިނިސްޓަރަކަށްބާ؟ މަޖިލީހުގައި މަސައްކަތް ކުރަނީ ނަމުގައި ސްކޫލު ހިންގަނީ. އަހަރު ނިމިގެންދާއިރު ކުދިންނަށް ފެނިނުލާ. މުޅިން ގައުމުން ބޭރުން ދަތުރުކުރުމުގައި.
ސަލީމާ އަހްމަދު
20 February 2025
އޭނާ ނޫނީ އެހެންތަނެއްގައި ފުލްޓައިމް މަސައްކަތްކުރާ ޕްރިންސިޕަލަކު މި ރާއްޖޭގައި ނުހުންނާނެ.
ލައިން
20 February 2025
ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ބަދަލު ކުރަން ޖެހޭ.... ސްކޫލަކަށް ވުރެން ބޮޑަށް އަމިއްލަ ޑިކްޓޭޓަރޝިޕް އެއް ހިންގާ ސްކޫލެއް... 40 އަހަރު ފުރޭތީ ސޯޝަލް މީޑިއާގަ ޖެހި ސަކަރާތުން އިންގޭ ދޯހަޅިކަން... އިމޯޝަނަލް އިންޓެލިޖެންސް ރަގަޅު ޕްރިންސިޕަލެއް ބޭނުން....
ޔޫސުފު
19 February 2025
ކެރޭނެބާ އަރަބިއްޔާ ޕްރިންސިޕަލް ބަދަލުކުރަން؟؟؟
ބޮލެއް
20 February 2025
ތިވާހަަކަ ނުދައްކަމާ.. ތިއީ ވާނެ ކަމެއް ނޫން.. ޢަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ހަމައެކަނި ކުރަން އޮންނަ ކަމަކީ ވައިބަރ ގުރޫޕުގައި "ވެދަ އަޕްޑޭޓް ކުރުން"
ޟމމމމ
19 February 2025
ތިގޮތަށް އަހަރެމެން ރަށުގެ ސްކޫލްގެ ޕްރިންސިޕަލް ބަދަލުކޮށްދޭނަމަ، ހާދަ އުފާވީހޭ. ދަރިވަރުންގެ ޙައްޤުގައި. ރަށުގެ ޙައްޤުގައި. ޤައުމުގެ ޙައްޤުގައި.
ފެއާރިީ
19 February 2025
ރެހެންދި ސްކޫލް ވުޖީދަށް އައިއްސުރެ އެ ސްކޫލުގައި ހުރީ ނާޒިމް ޕްރިންސިޕަލަކަށް.. ހަމަ ބުނެލީ..
ނުކުޅެވޭނެ
20 February 2025
ނުކުޅެވޭނެ. އޮޅިގެން ތިއުޅެނީ. އެއީ ހުރިހާ ސަރުކާރަކަށް ފިޓް މީހެއް. މިދިޔަ ސަރުކާރުގައި، އެއްވެސް އެޕްލިކޭޝަނެއް، ވާދަވެރިކަމެއް ނެތި މިނިސްޓްރީގެ ފްލެޓް ހުރީ އަމިއްލަ ނަމަށް ބަދަލުކޮށްފަ. މިސަރުކާރަށް އަމުދުން ގުޑުވާނުލެވޭނެ. ރައީސްގެ ބސެޓް ފެރެންޑަށްވެސް ނުކުޅެވޭނެ މީހުންތިބޭ. ތިޔައީ އޭގެން އެކެއް. ހަމަ ބުނެލީ..
ގުދުގުދުލީބެއްޔާގެ ތެދުބަސް
19 February 2025
މިސަރުކަަރު އައިފަހުން ކަމަކަށްމިއޮތީ ކުޅިބައި އެނބުރުން. އެއުޅޭ ފިނޭންސު ޝަފީގުވެސް މަހަކުތަނަކަށްމަހަކުތަނަކަށް. ދައުރު ނިމެންވާއިރަށް ފަސްދޮޅަހަކަށްތަނުގާ އޭނާވެސް ނާންބުރާނެކަމެއް ނޭންގޭ.
ދޮން
19 February 2025
ބައު އޮޑިތައް އެހެލާ ޒަމާނީ އައު އޮނޑިތައް ކަނޑަށްބާލާ ދުއްވާލަށް ފުރުސަތު ދިނުން މުހިއްމު ، ޒަމާނީ ތައުލީމްވަނީ ޓެކްނޮލިޖީ އާއި އެކު ބަދަލުވެފައި ، ޓެކްްނޮލޮޖީ އާއި ފަރިތަ ޒުވާނުންނަށް ސުކޫލުތަށް ހިންގަން ހަވާލުކުރައްވާ ،
ކަޅު
20 February 2025
އޭރުން ވެރިންނާއެކު އަނގަމަޖާކުރާ، ރާއްޖެއަށްލިބޭހާ ދަތުރު އެމީހުންނާއެކު އަޗާތަޅާ ގާލްސް ގްރޫޕް ފަނިވާނެ. އެކަމެއް ނުކުރާނެ.
އިހްސާސް
19 February 2025
ރިންޒީ އަކީ ހިތްހެޔޮ ކަމާއެކު ވާހަކަ ދައްކަން ނުދަންނަ ޕުރިންސިޕަލެއް.
ބެލެނިވެރިން
20 February 2025
ޜަނގަޅު ވާހަކައެއް