ބިސް ކޭސްތަކެއް ޕިކަޕަކުން ބާލަނީ. އެސްޓީއޯއިން ވަނީ ބިހައި އަލުވި ވިއްކަން ފަށާފައި -- ފޮޓޯ: މިހާރު
19 ފެބުރުއަރީ 2025 - 13:14
ކުރިއަށް އޮތް ރޯދަމަހަށް އެސްޓީއޯ އިން ބިހާއި އަލުވި ވެސް ބާޒާރަށް ނެރެ، ވިއްކަން ފަށައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ، ބިސް ކޭހެއް މި ވަގުތު ވިއްކަނީ 320ރ. އަށް ކަމަށެވެ. އެއީ ބިހެއް 2ރ. ގެ ރޭޓުންނެވެ. އަދި އަލުވި ކިލޯއެއް 18ރ. އަށް ވިއްކާ އިރު އަލުވި ބަސްތާއެއް އެސްޓީއޯއިން ވިއްކަނީ 310ރ. އަށެވެ.
އެ ދެ ބާވަތް ވެސް ހޯލްސޭލްކޮށް ލިބެން ހުންނާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖު ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިންނެވެ. ރީޓެއިލްކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އެ ބާވަތްތައް ވެސް މިހާރު ލިބޭނެ އެވެ.
އެސްޓީއޯ އިން ރޯދަމަހަށް ހާއްސަކޮށް 24 ބާވަތެއް އިމްޕޯޓު ކުރެ އެވެ. އޭގެ ތެރޭގައި ފިޔާ، އަލުވި އަދި ބިސް ވެސް ހިމެނެ އެވެ. އެއީ ކުރީގެ ރޯދަމަސްތަކުގައި ވެސް އެސްޓީއޯ އިން ބާޒާރަށް ނެރޭ ބާވަތްތަކެވެ.
އެސްޓީއޯއިން ބުނީ ރޯދަމަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށް ވާތީ، އެ ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އެސްޓީއޯ އިން ބުނީ، ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން، އެ ކުންފުނިން ވިއްކާ އަގަށް ވެސް ބަދަލު ގެންނާނެ ކަމަށެވެ. ހާއްސަ ހާލަތްތަކުގައި ވަކި ސަރަހައްދުތަކެއްގެ ބާޒާރައް އަންނަ ބަދަލުތަކާ ގުޅިގެން އެސަރަހައްދެެއްގައި ވިއްކާ އަގައް ބަދަލު ގެންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެކަމަކު، އާންމު ހާލަތުގައި އެސްޓީއޯގެ ހުރިހާ ރީޖަނަލްތަކެއްގައި ވެސް ލިބެން ހުންނާނީ އެއް އަގެއްގަ އެވެ.
އެސްޓީއޯ އިން މިހާރު ވަނީ ފިޔާގެ އަގު ވެސް ހެޔޮކޮށްފަ އެވެ. ކުރިން 16ރ. އަށް ކިލޯއެއް ވިއްކި ނަމަވެސް، މިހާރު އެ ފިހާރައިން ކިލޯއެއް ވިއްކަނީ 14ރ. އަށެވެ. އަދި ފިޔާ ބަސްތާއެއް ވިއްކަނީ 310ރ. އަށެވެ.
އެ ބާވަތްތަކުގެ އިތުރުން އެސްޓީއޯ އިން މިހާރު ވަނީ ކާއްޓާއި ލުނބޯ ވެސް ބާޒާރަށް ނެރެ، ވިއްކަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
19 February 2025
އެ ކުންފުނިން މިއަދު ބުނީ، ބިސް ކޭހެއް މި ވަގުތު ވިއްކަނީ 320ރ. އަށް ކަމަށެވެ. އެއީ ބިހެއް 2ރ. ގެ ރޭޓުންނެވެ. ބިސްކޭހެއްގައި 210ބިސް ކަމަށްވާއިރު އަހަންނަށް ވަނީ 420ރ ބިހެއް 2ރ ގެމަގުން
އަހުމަދޭ
19 February 2025
ރޯދަ މަހު އާދަޔާ ޚިލާފަށް ކައްކާ ކެއުމަށް މި ގެންގުޅޭ އާދަ ދޫކޮށްލާކަށް ނުވޭތަ؟ ހީވާ ކަހަލަ ރޯދަ މަހަކީ ކައިބޮއެ ހަދަން އޮތް މަހެކޭ. އަދި އެވެސް 90% އިސްރާފު. ހަގީގަތަކީ ރޯދަމަހު ވަކި އެނޫން މަހަކަށްވުރެ ކެއުމުގެ މިންވަރު އަދި ޚަރަދު އިތުރު ވެގެން ނުވާނެ. އެކަމަކު ކީއްކުރާނީ، ދިވެހީން، ދިވެހީންގެ ގޮތުގައި.
ތުނިޔަ
19 February 2025
ރޯދައަށް ނެރެންބުނި ފްލެޓް ލިސްޓް ކޮބާ؟ ލިސްޓް ވީހިސާބެއް ބައްކަވާދެއްވުން އެދެން "މިހާރުގެ" ނޫސްވެރިން.
ލަބީ
19 February 2025
ސަބްސިޑައިސްކޮށް, ވިއްކާތިކަހަލަ ކޮންމެ އެއްޗަކައްވެސް, އައި ޑީ ކާޑު ބަލާލުން ވަރަށްމުހިންމު....... އެހެންނޫނީ, އަސްލު މަގުސަދު ގެއްލުނީ.....
މަޖަން
19 February 2025
މިހާރުވެސްރެޑުވޭވްގައި ބިހެއް 1ރ ނުވަދިހަލާރިއަށްލިބޭ އަލުވި 18 ރުފިޔާއަށްކިލޯ ފިޔާ 16 ރުފިޔާއަށްރެޑުޥޭވްލިބޭ
ގރތރތރތ
19 February 2025
ކުނި ބިސް ފުރީ ރޯދަމަހު ކޮންލެވޭ ވަރުގެ އުރައްޕެއް ހުރި ވެރިއަކު އަދި ނާދޭ> މިހާުރުވެސް ކިލާ ރަހަލާ ބިސް ވިއްކަން ފަށައިފި. އަޅެ މިއީ ރާއްޖޭގައި އުފެއްދޭނެ އެއްޗެއް. ކީކޭ ދެން ބުނާނީ!
އޮނަރަބްލް މަގުފާރަ ވެރިޔާ
19 February 2025
ރައްޔިތުންނަށް އަގުހެޔޮކޮށް ދޫކުރާ ކާޑުގެ ބާވަތްތައް ރިސޯޓުތަކާ އެކި ވިޔަފާރިތަކަށް ގަޑު ކޮށް ގަނެގެން އެ ތެރެ އެތެރޭން ވަލު ދޮރާށި ގުދަނުން ނެރި ވިއްކާތޯ ފާރަވެރި ވާނެ ބަޔަކު ވެސް ތިބެންޖެހޭނެ ، އެހެން ނޫނީ ނިކަމެއްޗަކަށް ކިއުޖެހިގެން ވެސް ކާޓެއްގެ މިންވަރު ވެސް ނުލިބޭނެއެވެ
ދޮގުހަދާ ސަރުކާކު
19 February 2025
ކޮބާހޭ ފުލެޓު ލިސްޓު!
ކެކެ
19 February 2025
ކޮއްކޮ ހަމަތަ. ކާކަށް ފެންނާނެ ކަމަށް މިިތާ ތިޔަ ކޮމެންޓް ތިކުރަނީ. ތަންފުކެއް ބޮޑަށް ގަމާރީ، އުތަ؟