ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާއެއްގެ ތެރެއިން: ގޮނޑި ގެއްލޭ މާއްދާ ބާތިލްކުރުމުގެ މައްސަލައިން ޑިމޮކްރެޓްސް ވަނީ ބޭރުވެފައި - ފޮޓޯ: މިހާރު
19 ފެބުރުއަރީ 2025 - 13:58
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ވަނުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ހުށަހެޅުމަށްފަހު އެ މައްސަލައިން ބޭރުވެއްޖެ އެވެ.
ގާނޫނުއަސާސީ އަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލް ކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެ މައްސަލައަށް ތަދައްހުލުވުމަށް އެމްޑީޕީގެ އިތުރުން ޑިމޮކްރެޓްސް ޕާޓީން ވެސް ހުށަހެޅި އެވެ.
ސުޕްރީމް ކޯޓުން ބުނީ ތަދައްހުލްވުމަށް ޑިމޮކްރަޓްސް ޕާޓީން ހުށަހެޅި ލިޔެކިޔުންތައް ފުރިހަމަ ކުރަން އެ ކޯޓުން އެ ޕާޓީއަށް އެންގުމުން އެކަން ފުރިހަމަ ކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި މި ހަފުތާގައި ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި އެ ޕާޓީގެ ފަރާތުން ބައިވެރިވެފައެއް ނުވެ އެވެ.
އެ މައްސަލައިން ޑިމޮކްރެޓްސް ބޭރުވެފައި ވާއިރު، އެ ޕާޓީގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދާދިފަހުން ވިދާޅުވެފަ އެވެ. އިންތި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ހެދުމާއި އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުން ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ.
އެކަމަށް ބާރު ދެއްވުމުގެ ގޮތުން އެމެރިކާގެ މިސާލެއް ވެސް ގާނޫނީ ވަކީލް އިމްތިޔާޒު ދެއްކެވި އެވެ. އެއީ ބަނގުރާ މަނާކޮށް، އެމެރިކާގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް ފަހު ކަންވީ ގޮތެވެ. ބައެއް ރައްޔިތުންނަށް އެއީ މިނިވަން ކަމަށް ހުރަސްއެޅުން ކަމަށް ބެލެވުނު ނަމަވެސް، އެ އިސްލާހު އެގޮތުގައި އޮތްހާ ހިނދަކު އޮތީ ގާނޫނުއަސާސީގެ ބައެއްގެ ގޮތުގަ އެވެ.
އެކަން ބަދަލުކުރީ އެމެރިކާގެ ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގާނޫނު ހަދާ މަޖިލީހުން ގެނައުމުންނެވެ.
"...މާނައަކީ ގާނޫނުއަސާސީ ހެދުމާއި އިސްލާހު ކުރުމުގެ ބާރު އޮތީ ހަމައެކަނި ގާނޫނު ހަދާ ބާރަށް ކަން،" އިމްތިޔާޒު ވިދާޅުވި އެވެ.
ނަމަވެސް، މިއީ މުޅި ޑިމޮކްރެޓްސް ޕާޓީގެ ވިސްނުމެއް ނޫނެވެ. އެ ޕާޓީގެ ބައެއް މެންބަރުން "މިހާރު" އަށް ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހަސަން ލަތީފް ހުންނެވިއިރު، ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް އެ ޕާޓީން ވަނުމަށް ނިންމި ނިންމުން އަދިވެސް އެގޮތުގައި ދެމި އެބައޮތް ކަމަށެވެ.
ޑިމޮކްރެޓްސް ޕާޓީން ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ބަޔާނެއް ވެސް ނެރެނެވެ. އަދި އެ ބަޔާނުގައި އިސްލާހު ބާތިލް ކުރަން ކޯޓަށް ހުށަހަޅަން ތާއިދުކުރާ ކަން ވެސް އޭރު ހާމަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޖެންޑާ
20 February 2025
ތިއުޅެނީ ހަމައެކަނި މަޖިލީހުން ބޭނުންގޮތަކަށް ގާނޫނުއަސާސީއާއި ކުޅޭނެ ފުރުޞަތު ހޯދަން. އޭރުންތާ ތިމާމެންގެ އަނދިރި އެޖެންޑާތައް މިގައުމަށް ގެނެވޭނީ. ހިލާ އެކަމެއް ނުވާނެ އއ. ސްޕުރީމް ކޯޓުން އެއޮތީ މައްސަލަ ބެލޭނެކަމަށް ނިންމާފައި. ދެން އެއަށް ތަބާވޭ!
ބޮޑު
19 February 2025
ބައްލަވާ ސުޕްރީމް ކޯޓުން ޤާނޫނެއް ހަދާކަށް ޤާނޫން އިޞްލާޙު ކިރާކަށް ނޫޅޭ. މާނަކުރުމަކީ އެކޯޓަށް ކުރެވިދާނެ ކަމެއް.
ޢަލީ ކުރުސީ
19 February 2025
އެއްވެސް ގޮޑިއެއް ނުލިބުނު ބަޔަކު ރަގަޅުވާނީ ގޮނޑީގެ މައްސަލަތަކާއި ވީހާވެސް ދުރުގައި އުޅުން!
ގެދާނޯމޮސް
19 February 2025
ހާދަ މާނަ ފުން ލޯގޯއެކޭ ދޯއެވެ!
މައިކާލޯސް
19 February 2025
މިވެސް ޕާޓީއެއްތަ؟
އޮނަރަބްލް އަފީފު ދީދީ
19 February 2025
ޕާޓީގެ ޓިކެޓްގައި ނިކުމެ އިންތިޙާބު ކާމިޔާބުކުރިޔަސް ފްލޯރ ކުރޮސްކުރުމަކީ ރައްޔިތުން އިންތިޙާބުކުރާ މެންބަރަށް އޮންނާންޖެހޭނެ ޙައްޤެއްކަމަށް The Democrats އަޑު އުފުލައިފިނަމަ އެކަން ވެގެންދާނީ އާރާއި ބާރުވެރިކަމުގެ ދަހިވެތިކަމަށްޓަކާ އެމްޑީޕީގެ މައްޗަށް ވެރިވެގަތް މީހުން އެމީހުން ކުރިންދެއްކި ވާހަކަ ބޮލާލާ ޖަހާފައި، ރާއްޖޭގެ ވެރިކަން Parliamentary System އަށް ބަދަލުކުރުމަކީ އެއްވެސް ދުވަސް ވަރެއްގައި ރުހުނު ކަމެއްނޫން ކަމަށް ބުނުންފަދަ ކަމަކަށް.
ވޯލް
19 February 2025
އިންތި ޤާނޫނު އަސާސީގެ ވާހަކަ ދައްކާއިރު،ޤާނޫނު އަސާސީގެ އެންމެ ޙާއްސަ ކަންކަމުގައިވާ ޑިމޮކްޜެޓިކް ހަމަ އަމަލު ނުކުރެވުން. އިންތި ބޭނުން ނުވީމަ، ލިޔުން ފުރިހަމަ ނުކުރީ. ވޯޓެއް ނަގާ މުޅި ޕާޓީ ބޭނުންވަނީ ކޮންގޮތެއް ތޯ ބެލުމުގެ ޤާބިލުކަން ނެތް.
ގޮއްޑިގެއްލޭ
19 February 2025
ސަރުކާރަށް ވިކުނީ .
ޓުއްޓޯންބެ
19 February 2025
ޕާޓީގެ މިހާރުގެ ލީޑަރޝިޕް އަމާޒު ލާ ހޫރޭ.
ޢޮނަރަބަލް ކުރުސީ ބެއްޔާ ގެ ބަކުރޭ
19 February 2025
،"ސުޕްރީމް ކޯޓުން ބުނީ ތަދައްހުލްވުމަށް ޑިމޮކްރަޓްސް ޕާޓީން ހުށަހެޅި ލިޔެކިޔުންތައް ފުރިހަމަ ކުރަން އެ ކޯޓުން އެ ޕާޓީއަށް އެންގުމުން އެކަން ފުރިހަމަ ކޮށްފައިނުވާ ކަމަށެވެ." ލިއުންތައް ހުށަނޭޅި މުއްދަތު ފަހަނައެޅީ...... އާ ލީޑަރޝިޕްގެ ދޯދިޔާކަން .