ދުނިޔެ

ވައުދާ ޚިލާފުވުމުގައި މިވަރެއް ނެތް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން، ޔަހޫދީ އިޒްރޭލާ އެކުގައި އެންމެ ފުރަތަމަ ސުލްހައިގެ މުއާހަދާއެއް ގާއިމުކުރީ މިސްރުންނެވެ. ދެ ގައުމުގެ ދެމެދުގައި، އޮކްޓޫބަރު 6-25، 1973 ގައި ކުރި ވަރުގަދަ ހަނގުރާމައަށް ފަހު، ދެ ގައުމުން ސުލްހަ ގާއިމުކުރީ ސެޕްޓެމްބަރު 17، 1978 ގަ އެވެ.

ކޭމްޕް ޑޭވިޑް މުއާހަދާގެ ނަމުން މަޝްހޫރުވި ސުލްހައިގެ އެ އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގެ އަސްކަރީ ތިލަފަތަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެމެރިކާގެ ފުރިހަމަ މަދަދާ އެކު، އިޒްރޭލަކީ މެދުއިރުމަތީގެ އެންމެ ބާރުގަދަ ގައުމަށް ވެގެން ދިޔައިރު، ދެ ވަނަ ގައުމުގެ ގޮތުގައި ގުނެނީ މިސްރެވެ. މި ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރެވުމަކީ، އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ކުރިއެރުމަށް، އެ ދެ ގައުމަށް ވެސް ލިބުނު ފުރުސަތަކަށްވި އެވެ.

މި މުއާހަދާއަކީ މިސްރާއި އިޒްރޭލާ ދެމެދުގައި ސޮއިކުރި ސުލްހަނާމާއެއް ކަމަށް ވިޔަސް، މި މުއާހަދާގައި ފަލަސްތީނުގެ ބިމުގެ މައްސަލަ ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި މިސްރާ އިންވެގެން އޮތް، ފަލަސްތީނުގެ ޣައްޒާ އާއި ޖޯޑްންއާ އިންވެގެން އޮތް ހުޅަނގު އައްސޭރި ވަކިން ހާއްސަކޮށް ފާހަގަކޮށްލެވެއެވެ.

އެކަމަކު، މި މުއާހަދާގެ ދަށުން އިޒްރޭލުން ފުރިހަމަ ކުރަންޖެހޭ އެންމެ މުހިންމު ކަންތައް އިޒްރޭލުން ފުރިހަމައެއް ނުކުރެ އެވެ. އިޒްރޭލާއި އަރަބީންނާ ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުންތަކާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާއި އދ. ގެ އާންމު މަޖިލީހުގެ ގަރާރުތަކުގައި އިޒްރޭލަށް ގޮވާލާފައިވާ އެންމެ މުހިންމު ކަމަކީ 1967ގެ ހަނގުރާމައިގައި އިޒްރޭލުން ހިފި ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ސިފައިން ބާލައި އެ ބިންތައް މިނިވަންކުރުމެވެ.

އޭގެ ތެރޭގައި އިރުމަތީ ގުދުސް އާއި ޣައްޒާ ވެސް ހިމެނެ އެވެ. ޣައްޒާއަކީ ފަލަސްތީނާއި މިސްރު ގުޅޭ ސަރަހައްދީ ރޮނގުގައި، އެއް ގައުމުން އަނެއް ގައުމަށް ވަދެވޭ ގޮތަށް އޮންނަ ސަހަރެކެވެ. އެހެންކަމުން، މި ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންތައް ބެލެހެއްޓުން އޮންނަނީ ޣައްޒާ ފަޅިން ފަލަސްތީނަށާއި ސައިނާ ފަޅިން މިސްރަށެވެ.

އިޒްރޭލުގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ގާޒާގެ އިމާރާތެއް ފާސްކުރަނީ.

ނަމަވެސް 2007 ވަނަ އަހަރު ފަލަސްތީނުގައި އޮތް އާންމު އިންތިޚާބުގައި، އޭރުގެ ވެރިކަން ކުރި ފަތަހް ޖަމާއަތުގެ މައްޗަށް އޭރުގެ އިދިކޮޅު ހަމާސް ޖަމާއަތް ކާމިޔާބު ހޯދައި ވެރިކަމަށް އައުމާ ގުޅިގެން، އިޒްރޭލުން މުޅި ޣައްޒާ ހިސޯރުކުރި އެވެ. ނަތީޖާއަކަށްވީ، ޣައްޒާ އިން މިސްރަށް އަދި މިސްރުން ޣައްޒާ އަށް ވަދެ ނުކުތުން، އިޒްރޭލުގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިޔުމެވެ.

އޮކްޓޫބަރު 7، 2023 ގައި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު ހަނގުރާމަ ފެށުމާ ހަމައަށް ވެސް ޣައްޒާ އެ އޮތީ އެ ގޮތުގަ އެވެ. މި ހަނގުރާމައިގައި އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކުގައި ޣައްޒާ ސުންނާފަތިކޮށްލައި، ޖެނުއަރީ 2025 ގައި ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތް ނަމަވެސް ޣައްޒާ އަދިވެސް އޮތީ އިޒްރޭލުގެ ހިސޯރުގަ އެވެ.

މިސްރާއި އިޒްރޭލާ ދެމެދު ގާއިމުކޮށްފައިވާ ސުލްހައިގެ އެއްބަސްވުންތަކުގެ އެންމެ މުހިންމު އެއް ކަމަކީ، މިސްރާއި ޣައްޒާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި މިސްރުން ވެސް އަދި އިޒްރޭލުން ވެސް އަސްކަރީ އެއްވެސް ހަރަކާތެއް ނުހިންގުމެވެ. އެކަން ކަށަވަރު ކުރުމުގެ ގޮތުން، މިސްރާއި ޣައްޒާ ގުޅޭ ސަރަހައްދުން ޣައްޒާގެ ތެރޭގައި، 14 ކިލޯމީޓަރު ދިގު އަދި 100 މީޓަރު ފުޅާ ސަރަހައްދެއް (ޕިލަޑެލްފީ ކޮރިޑޯ ނުވަތަ މިޙްވަރް ސަލާހުއްދީން) ކަނޑައަޅާފައިވެ އެވެ. މިހްވަރު ސަލާހުއްދީންގެ އުތުރުގައި އޮތީ ފަލަސްތީނުގެ ޣައްޒާ އެވެ. ދެކުނުގައި އޮތީ މިސްރުގެ ސައިނާ އެވެ.

ނަމަވެސް، އޮކްޓޫބަރު 2023ގެ ހަނގުރާމައިގައި އިޒްރޭލުން ވަނީ، މިހްވަރު ސަލާހުއްދީން، އިޒްރޭލުގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސް، އިޒްރޭލުގެ ޓޭންކުތަކާއި ބަރު ހަތިޔާރުތައް އެތަނަށް ޖަމާކޮށްފަ އެވެ. މިއީ 1979ގެ ކޭމްޕް ޑޭވިޑް ސުލްހަނާމާ އާއި ދެ ވަނަ އޮސްލޯ މުއާހަދާ (1995) އާ ވެސް ކަނޑައެޅިގެން ޚިލާފު ކަމެކެވެ.

ޣައްޒާ ސުންނާފަތި ކުރަމުން ދިޔަ އިރު، އިޒްރޭލު ސިފައިން މިހްވަރު ސަލާހުއްދީންގައި ގާއިމުވެ ތިބެން ފެށުމާ އެކު، މިސްރުން ކަންބޮޑުވުން ފާޅުކުރި އެވެ. ނަމަވެސް ޔަހޫދީ ދައުލަތުން ކަހާ ތަން ހިރުވައި ވެސް ނުލި އެވެ. ބުނާ ކަހަލަ އެވެ؛ ޖެހޭނީ ހަޅޭއް ލަވަލަވަ ތިބޭށެވެ. އަހަރެމެން ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރާނަމެވެ. ހުއްޓުވޭނެ ބަޔަކު ވެސް ނުތިބޭނެއެވެ.

ނަމަވެސް 2007 ވަނަ އަހަރު ފަލަސްތީނުގައި އޮތް އާންމު އިންތިޚާބުގައި، އޭރުގެ ވެރިކަން ކުރި ފަތަހް ޖަމާއަތުގެ މައްޗަށް އޭރުގެ އިދިކޮޅު ހަމާސް ޖަމާއަތް ކާމިޔާބު ހޯދައި ވެރިކަމަށް އައުމާ ގުޅިގެން، އިޒްރޭލުން މުޅި ޣައްޒާ ހިސޯރުކުރި އެވެ. ނަތީޖާއަކަށްވީ، ޣައްޒާ އިން މިސްރަށް އަދި މިސްރުން ޣައްޒާ އަށް ވަދެ ނުކުތުން، އިޒްރޭލުގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިޔުމެވެ.

އެއީ، ރަނގަޅު ވާހަކައެކެވެ. އެއީ ޔަހޫދީންނެވެ. ވަޢުދާ ޚިލާފު ވުމުގައި އެއަށް ވުރެ މަތީ ރެކޯޑެއް އޮތް ބަޔަކު ހަމަ ގައިމުވެސް މި އުޑު ދަށަކު ނުތިބޭނެ އެވެ. މި އުންމަތުގެ މާތް ނަބިއްޔާއާ އެކުގައި ގާއިމުކުރި ސުލްހަނާމާ އަށް އިހްތިރާމް ނުކުރި ބަޔަކު، އެހެން ބަޔަކާ އެކު އެއްބަސްވާ ސުލްހައިގެ މުއާހަދާއަކަށް އިހްތިރާމް ކުރާނެ ހެއްޔެވެ؟ އެއީ، ދާވޫދުގެފާނާއި އީސާގެފާނުގެ ދޫފުޅުމަތިން މާތް ﷲ އެ ބަޔަކަށް ލަޢުނަތް ލެއްވި މީހުންނެވެ.

ނަމަވެސް، އިޒްރޭލުން މިއަދު ހަޅޭއްލަވަމުން މުޅި ދުނިޔޭގައި އަޑު ފަތުރަމުން އެދަނީ، މިސްރުން ސުލްހައިގެ އެއްބަސްވުމާ ޚިލާފުވަމުންދާ ވާހަކައެވެ. އެއީ ޣައްޒާގެ އިމާ ކައިރިން ސައިނާގެ ބިމުގައި މިސްރު ސިފައިން ގާއިމުވެ ތިބެން ފެށުމާ ގުޅިގެންނެވެ.

އެ ފިޔަވަޅު އަޅަން މިސްރަށް މަޖުބޫރު ކުރީ އިޒްރޭލުންނެވެ. އެއީ މިސްރާއި އިޒްރޭލާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ޚިލާފަށް، މިހްވަރު ސަލާހުއްދީންގައި އިޒްރޭލު ސިފައިން ތިބެން ފެށުމުންނެވެ. އޭގެ އިތުރުން، ޣައްޒާގެ ރައްޔިތުން އެ ބިމުން ނެރެ، މިސްރުގެ ބިމަށް ފައްސައިލަފާނެ ކަމުގެ ނުރައްކާ، ދުވަހުން ދުވަހަށް ބޮޑުވަމުން ދާން ފެށުމުންނެވެ.

މިސްރުގެ ސިފައިން ފުރިހަމަ ހަތިޔާރާ އެކު ސައިނާގައި ތިބުމަކީ، އިޒްރޭލުގެ އަމަލުތައް މިހާރު ހުރި ގޮތަށް ބަލާއިރު، މިސްރުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ. އެމެރިކާ އާއި އިޒްރޭލުގެ އަމާޒަކީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން، ގަދަކަމުން އެ ބިމުން ނެރެ މިސްރަށާއި ޖޯޑަން އަށް ފައްސައިލުމަށް ފަހު، މަތީ ފަންތީގެ ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި، އެމެރިކާ އިން އެ ބިން ތަރައްގީ ކުރުމެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި، މިސްރަށާއި ޖޯޑްން އަށް އެތައް ފިއްތުންތަކެއް ކުރިމަތި ކުރާނެ ކަމަށް، ސީދާ ޓްރަމްޕު ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، އެމެރިކާ އިން މިސްރަށް މިހާރު ދެމުން އަންނަ އަސްކަރީ އެހީތައް ކަނޑައިލުމެވެ.

އިޒްރޭލުން ބުނާ ގޮތުގައި ސައިނާގައި މިސްރު ސިފައިންގެ އަސްކަރީ ހަރަކާތްތައް މިހާރު އިތުރުވެފައި ވަނީ، އިޒްރޭލުގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާތެރި ދަރަޖައަކަށެވެ.

ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސުލްހައިގެ މުއާހަދާއާ ޚިލާފުވީ މިސްރެއް ނޫނެވެ. މެއި 7، 2024 ގައި އިޒްރޭލު ސިފައިން މިހްވަރު ސަލާހުއްދީން ނުވަތަ މިހްވަރު ފިލަޑެލްފިޔާ ހިފުމަކީ، އޭގެ ޒާތުގައި ސުލްހައިގެ މުއާހަދާތަކުގެ ބާރު ކަނޑުވައިލުމެވެ. ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން، އެ ސަރަހައްދުން އިޒްރޭލު ސިފައިން ފޭބުމަށް ބައިނަލްއަގުވާމީ މުޖްތަމައުން ވެސް ތަކުރާރުކޮށް ގޮވައިލި އެވެ.

އެކަމަކު، މިއަދާ ހަމައަށް ވެސް އިޒްރޭލު ސިފައިން އެ ގޮވައިލުންތަކަށް ދިނީ ބީރު ކަންފަތެކެވެ. އޭގެ ބަދަލުގައި އެ ސަރަހައްދުގައި އިޒްރޭލުގެ ދިދަ ނަގައި، ސިފައިންގެ ޗެކްޕޯސްޓުތައް ގާއިމުކޮށް، އިޒްރޭލުގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަ ތަނެއްގެ ގޮތުގައި މިހާރު އޮތީ ކަނޑައަޅައި ނިންމައިފަ އެވެ.

މިހާ ފާޅުކަން ބޮޑު ގޮތެއްގައި، ސުލްހައިގެ މުއާހަދާއާ ޚިލާފުވެގެން އޮވެ، އެހެން ގައުމުތަކުން ވައުދަށް ކަމޭ ނުހިތާ ވާހަކަ ދެއްކުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. މިސްރުން ސައިނާގެ ބިމުގައި ކިތަންމެ ގިނަ އަސްކަރީ ހަރަކާތެއް ހިންގިޔަސް، އަދި ކިތަންމެ ގިނަ ހަތިޔާރެއް އެ ބިމަށް ޖަމާ ކުރިޔަސް، ބައިނަލްއަގުވާމީ ގާނޫނުތަކުން ވެސް އަދި އެހެން ހަމައަކުން ވެސް އެކަން ކުށްވެރިއެއް ނުކުރެވޭނެ އެވެ.

އިޒްރޭލުގެ ކަންތައް ހުރީ މިއާ މުޅިން ޚިލާފަށެވެ. ޣައްޒާ އަށް އަރައި ތިބި އިޒްރޭލު ސިފައިންނަކީ އިސްތިއުމާރީ ސިފައިންނެވެ. ޣައްޒާއަކީ އިޒްރޭލުން ގަދަބާރުން ހިފައި އަޅުވެތި ކޮށްފައި އޮތް ފަލަސްތީނުގެ ބިމެކެވެ. އެ ބިމުގެ މައްޗަށް އިޒްރޭލަށް ސިޔާދަތީ ބާރެއް ނެތެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުންނާއި ސުލްހައިގެ މުއާހަދާތަކުން ވެސް، އިޒްރޭލަށް އެ ބާރެއް އިޚްތިޔާރެއް ނުލިބެ އެވެ.

އޮކްޓޫބަރު 2023 ގެ ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމުގައިވާ ގޮތުން ވެސް، މިހްވަރު ސަލާހުއްދީނުން އިޒްރޭލު ސިފައިން ފައިބަން ޖެހެ އެވެ. ޖަނަވަރީ 19، 2025 ގައި އަމަލުކުރަން ފެށި އެ އެއްބަސްވުން ބުނާ ގޮތުން، އެއްބަސްވުމަށް އަމަލު ކުރަން ފަށާތާ 50 ދުވަހުގެ ތެރޭގައި އިޒްރޭލު ސިފައިން މިހްވަރު ސަލާހުއްދީނުން ފައިބަން ޖެހޭނެ އެވެ.

ފަލަސްތީނުގެ ޣައްޒާގެ އުތުރު ސަރަހައްދަށް އާންމުން އެނބުރި ދިއުމުގެ ހުއްދަ ދިނުމުން އެ ސަރަހައްދަށް ވަންދަން ގިނަ ބަޔަކު ދަނީ.-- ފޮޓޯ: އޭއެފްޕީ

ޣައްޒާއާ ކައިރިން ސައިނާގެ ބިމަށް މިސްރު ސިފައިން ޖަމާކުރަމުންދާ ކަމަށް އިޒްރޭލުން ދައްކާ ވާހަކައަކީ މިހްވަރު ސަލާހުއްދީނުން ނުފައިބަން ވެގެން އިޒްރޭލުން ދައްކާ ބަހަނާއެކެވެ. ސައިނާގެ ބިމުގައި މިސްރު ސިފައިން ހަރަކާތްތެރިވަމުން ދަނީ، އެ ސަރަހައްދުގެ ކަންތަކަށް ފާރަލުމަށް، އދ.ގެ ސަލާމަތީ މަޖިލީހުގެ ބެލުމުގެ ދަށުން ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިންނެވެ.

މިސްރު ސިފައިންގެ ހަރަކާތްތަކަށް ފާރަލައި ބަލަމުންދާ، އދ.ގެ އެތައް ޖަމިއްޔާއެއްގެ އޮބްޒާވަރުން އެ ސަރަހައްދުގައި ތިބެ އެވެ. ނަމަވެސް، މިސްރު ސިފައިން ސުލްހައިގެ އެއްވެސް އެއްބަސްވުމަކާ މިހާތަނަށް ޚިލާފުވި ކަމަކަށް، އެއިން އެއްވެސް އިދާރާއަކުން ނުބުނެ އެވެ.

އިޒްރޭލުން ބުނާ ގޮތުގައި މިސްރު ސިފައިން ޣައްޒާ ކައިރީގައި ތިބުމަކީ އިޒްރޭލަށް އޮތް ބޮޑު ނުރައްކަލެކެވެ. އެހެން ކަމަށްވާ ނަމަ އިޒްރޭލު ސިފައިން މިސްރާ އެހާ ކައިރީގައި ބަރު ހަތިޔާރާ އެކުގައި ތިބޭ އިރު، އެއީ މިސްރުގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލަކަށް ނުވާނެ ހެއްޔެވެ؟

ދެ ގައުމުގެ ތާރީޚަށް ބަލާއިރު ވެސް، އެހެން މީހުންނަށް އަދާވާތްތެރިވުމުގެ ދިގު މާޒީއެއް އޮތީ އިޒްރޭލުގަ އެވެ. ގަތުލުއާންމުތައް ހިންގުމާއި ބިންތައް ފޭރުމާއި ލާއިންސާނީ ޖަރީމާތައް ހިންގުމާއި ސްކޫލްތަކާއި ހޮސްޕިޓަލުތަކާއި މިސްކިތްތަކާއި ފައްޅިތަކަށް ބޮން އެޅުމުގެ ރެކޯޑެއް އޮތީ ވެސް އިޒްރޭލުގަ އެވެ. ވީ އިރު، ނުރައްކާތެރިކަން އޮތީ ކޮން ގައުމެއްގެ ފަރާތުން ކޮން ގައުމަކަށް ހެއްޔެވެ؟

12 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލާމަސީލު

20 February 2025

އިޒްރާއިލް މައިތިރިވާނީ ދުނިޔޭގެ ހުރިހާ މުސްލިމް ގައުމުތަކަށް އިޒްރާއިލްގެ ޔަހޫދީން ވަނުން މަނާކޮށް އެމީހުން އެކަހެރި ކޮށްގެން.

The name is already taken The name is available. Register?

ޙ. ޙުސައިން

20 February 2025

އެމީހުންނީ އަބަދުވެސް ވައުދާއި ޚިލާފްވާނެ ބަޔެއްކަން އަހަރުމެންނަށް އެނގޭ، ނޭނގޭ ކަމަށް ހަދަނީ ގައުމުތަކުގެ ވެރީން ހާއްސަކޮށް އިސްލާމީ ގައުމުތަކުގެ.

The name is already taken The name is available. Register?

ލޫލާ

20 February 2025

މީ ޔަހޫދީންގެ ނަމުގަ އުޅޭ އެއަށް ވުރެ ނުބައި ބައެއް

The name is already taken The name is available. Register?

އަބުދުލް ޤާދިރު

20 February 2025

މުއިއްޒު

The name is already taken The name is available. Register?

ބޯކިބާ

20 February 2025

"އެއީ(ޔަހޫދީންނަކީ) ދާއޫދުގެފާނާއި އީސާގެފާނުގެ ދޫފުޅުމަތިން މާތްﷲ އެބަޔަކަށް ލައުނަތް ލެއްވި މީހުންނެވެ." މި ޖުމްލަ މިގައުމުގަ އުޅޭ ޒަޔަނިސްޓު ސަޕޯޓަރުންނަށް ހަޖަމު ކުރެވޭނެބާ.؟؟

The name is already taken The name is available. Register?

ސަލާމު އަޙްމަަދު

20 February 2025

ތިޔަ އިސްރާޢީލުންގެ ކަންކަން ހުންނާނެ ގޮތް މީގެ އެތައްސަތޭކަ އަހަރު ކުރިން ވަނީ އަންގަވާފަ. ތިމީހުންނަކީ ހެޔޮ އެއްގޮތެއްވެސް ނެތްބައެއް. މަންނައެއް ސަލްވާ ދެންވެސް ދެއްވި ނިޢުމަތްތަކެއް ކަމަކު ނުދިޔަ.

The name is already taken The name is available. Register?

ކަލޯބަލޯ

20 February 2025

މިތާ މިއުޅެނީ ގިނައިން ޒަޔަނިސްޓުން ބަނީ އިސްރާއީލުންނެއް ނޫން..

The name is already taken The name is available. Register?

ހިސާބު ކިތާބު

20 February 2025

ފިރުއައުނު +ހާމާން = ނަތަންޏާހޫ

The name is already taken The name is available. Register?

ފޫހި

20 February 2025

ނަތަންޔާހޫގެ ނިމުން އަވަސްކޮށްދެއްވާންދޭވެ. އެއީ ވޭންދެނިވި ނިމުމެއްކަމުގައި ލައްވާ އެމެރިކާއާއި އިޒްރާއީލް ބަލިކަށިނިކަމެތި ބައެއްގެ ގޮތުގައި ލައްވާންދޭވެ.

The name is already taken The name is available. Register?

މާހިރު

20 February 2025

ވަޢުދާ ޚިލާފުވާ ވާހަކަ ދެއްކުމަށްވުރެ ކުށެއްނެތް އެތައްބަޔަކު މަރާފައިވާ ބޮޑު މުޖުރިމެއްގެ ގޮތުގައި ނަތަންޔާހޫ ފާހަގަ ކުރެވެއެވެ. ދުނިޔޭގައި އިންސާފު ޤާއިމް ކުރެވޭނަމަ އެމުޖުރިމު ކަލޭގެއަށް މަރުގެ އަދަބު ދޭންޖެހިފައިވާތާ ކިތައްމެ ދުވަހެކެވެ.

The name is already taken The name is available. Register?

ދިދަޔާ ވާހަކަދެއްކި މީހާ

20 February 2025

މަ ސްކްރޯލްކުރަމުން ދަނިކޮށް ފުރަތަމަ ފެނުނީ ހެޑްލައިން، ދެން ފޮޓޯ ފެނުނީމަ އެނގުނީ އެހެން މީހެއްގެ ވާހަކަކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454