ޚަބަރު / މީރާ

މިދިޔަ މަހު ދައުލަތަށް އެއް ބިލިއަން ރުފިޔާ ލިބުނު

މީރާއިން ބަޔަކަށް ޚިދުމަތް ދެނީ: ލިބުނު އާމްދަނީގެ ބޮޑު ބަޔަކީ ޖީއެސްޓީ-- ފޮޓޯ/މިހާރު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އަރާ ކަމަށް މީރާ އިން ބުނެފި އެވެ.

މީރާ އިން ބުނި ގޮތުގައި އެއީ މިދިޔަ މަހު ލިބޭނެ ކަމަށް އެ އޮތޯރިޓީން ލަފާކުރި އަދަދަށް ވުރެ 15 ޕަސެންޓް އިތުރު އަދަދެކެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އަދަދަށް ވުރެ ކުޑަ އަދަދެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އަދަދު އިތުރުވީ އިކުއިޒިޝަން ކޮސްޓްގެ ގޮތުގަ އާއި ކޮންވާޝަން ފީ އާއި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އޭރު ލިބުމުން ކަމަށް މީރާ އިން ބުންޏެވެ.

މިދިޔަ މަހު ލިބުނު އެއް ބިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބަޔަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ލިބުނު ފައިސާ އެވެ. ޖީއެސްޓީގެ ގޮތުގައި 638 މިލިއަން ރުފިޔާ ލިބުނު އިރު ދެ ވަނަ އަށް އެންމެ ބޮޑު އަދަދެއް ލިބުނީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) އިންނެވެ. ބީޕީޓީން 136 މިލިއަން ރުފިޔާ ލިބުނު އިރު ގްރީން ޓެކްސް އިން 64 މިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 45 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ލޭންޑް އިކުއިޒިޝަން ފީ އާއި ކޮންވާޝަން ފީގެ ގޮތުގައި 24 މިލިއަން ރުފިޔާ ލިބުނުއިރު އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 93 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު ލިބުނު ފައިސާގެ ތެރެއިން 632 މިލިއަން ރުފިޔާއަކީ އެމެރިކާ ޑޮލަރުން ލިބުނު ފައިސާ ކަމަށް މީރާ އިން ބުންޏެވެ. އެއީ 41 މިލިއަން އެމެރިކާ ޑޮލަރެވެ.

8 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 10%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚިޔާލް123

13 March 2017

މިއެއްބިލިއަން ލިބިގެން މިއަދު ދިވެހިސަރުކާރު ފަޚްރުވެރިމިވަނީ މިވަގުތު ތިޔަސަރުކާރުން އެންމެ ރުޅިއަރާ މިހައިގެ ސަބަބުންނެވެ.

The name is already taken The name is available. Register?

ފޮނިކަލޯ

13 March 2017

ބަލަ، ތިނަގަނީ ހަމަ ނިކަމެތި ރައްޔަތުން އަތުން ނެގޭ ފައިސާކޮޅު ތިކަމާ މާހިތްމޮޅުވެ ދުވާލަކު އެއްފަހަރު ފާޑު ފާޑުގެ ބަޔާންނެރުން ތީ މާމޮޅުކަމެއްނޫ އަދިވެސްބަލާބަލަ ވިޔަފާރި ވެރިޔަކު ކޮޅާލެވޭތޯ މާމޮޅައް ހިސާބުދަންންބަޔެކޯ.......÷

The name is already taken The name is available. Register?

އަލީޝާކިރު

13 March 2017

މާދަމާ ސްޓެލްކޯ އިންވެސް ފަޚުރުވެރިކަމާއެކު ބުނާނެ، ކަރަންޓްގެ އަގައް ގެނައި ބަދަލާ ގުޅިގެން ސަރުކާރަށް މަހަކު 30 މިލޔަން ރުފިޔާ އިތުރައް ހޯދައިދީފީމޭ.

The name is already taken The name is available. Register?

އަލީ

13 March 2017

ކިތަންމެ ފައިސާއެއް ލިބުނަސް ވަރިހަމަ ރައްޔިތަކަށް ވީ ލުޔެއް ހަމަ ހަރާން ރައްޔިތުންނަށް ދަތިކުރިވަރުވީ ބޮޑު

The name is already taken The name is available. Register?

ޕޕޕ

13 March 2017

ފަހުރުވެރިވުން ހައްޤު. އެހެންޏާ މީ އެމީހުން ކަންނެއްޔަށް ގޮސްގެން ދައުލަތައް ހޯދައިދޭ ފައިސާވިއްޔަ..މިވަބާއިން އަޅަމެން ސަލާމަތް ކުރަށްވާށި.

The name is already taken The name is available. Register?

އަލިކަތީބު

13 March 2017

މިދިޔަމަހު 1 ބިލިޔަން ރުފިޔާ، އޭގެ ކުރީމަހު 2.2 ބިލިޔަން ލިބުނު. އެކަމަކު މިދިޔަަމަހު 2.1 ބިލިޔަން ރުފިޔާގެ ޓީބިލް ވިއްކި. ކޮންތާކަށްބާ މިހުރިހާ ލާރި ވަންނަނީ؟؟ނަގާވަރަށް ލޯން ނަގާ އެވަރުންވެސް އޮންނަނީ ދެކޮޅު ނުޖެހިގެން ރައްޔިތުންއަތުން ކޮންމެސް އެއްޗެކޭކިޔާފަ ލާރިތަކެއް ނަގަންޖެހިފަ.

The name is already taken The name is available. Register?

އަޔަންމޭން

13 March 2017

ބިލިޔަނުން އާމްދަނީ ލިބުނު ވާހަކަ ދައްކާއިރު ކިތައް ވިޔާރިއެއް އިނދަ ޖައްސާލާފަތޯ ތިޔަ ބޮޑާވަނީ...

The name is already taken The name is available. Register?

ހުސައިންގެ ދަރި

12 March 2017

މީރާއިން 2 ބިލިއަން ލިބިގެން އެކަން ފާހަގަކުރަން ބޮޑު ޕާޓީއެއް ބޭއްވި. ސުވާލަކީ ރައްޔިތުން ފައިސާގެންގޮސް ދިނީމާ އެ ބަލައިގަތުން އެއީ މީރާކުރި މާ މޮޅު ކަމަކަށް ވަނީ ކީއްވެހޭ؟ އެކަން މޮޅު ކަމަކަށް ވާނަމަ އެމް.އެމް.އޭ އަދި އެނޫންވެސް ބޭންކުން އެތަކެއް ބިލިއަނެއް ދުވާލެއްގެ މައްޗަށް ނަގާނެ. އެހެންވީމާ އެކަން ފާހަގަކުރުން އައުލާކަން ބޮޑި ކޮންބަޔަކަށްބާ؟ ޖަސްޓް ސޭއިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454