ޕޮލްކޯގެ އޮފީސް
20 ފެބުރުއަރީ 2025 - 12:49
ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތަށް ގެނައި ވެހިކަލްތަކުގެ ތަފްސީލުތައް ހިއްސާކުރަން މަޖިލީހުން އެދިއްޖެ އެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީގައި ވަނީ ބްލޫސް ހައުސިން ޕްރޮޖެކްޓުގެ މަސައްކަތްތަކަށް 2014-2017 އަށް ރާއްޖެއަށް އެތެރެކުރި އުޅަނދުތަކެއްގެ މައުލޫމާތުތައް، އަންނަ އަންގާރަ ދުވަހުގެ ކުރިން ހިއްސާކުރަން އެދިފަ އެވެ.
އޭގެ ތެރޭގައި 2014 ވަނަ އަހަރު އެތެރެކުރި ކްރޭނަކާއި ދެ ވައްތަރެއްގެ ދެ ވޭނަކާއި ޖެހިގެން އައި އަހަރު އެތެރެކުރި ދެ ސައިކަލު އަދި 2016 ވަނަ އަހަރު ގެނައި ކާރުގެ ތަފްސީލު ހިމެނެ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު އެތެރެކުރި ސައިކަލަކާއި ތިން ޓަވަރު ކްރޭން އަދި 14 ކްރޭން ލޮރީގެ މައުލޫމާތުތައް ވެސް ހޯދަން އެދިފައިވެ އެވެ.
މަޖިލީހުން ހޯދަން އެދުނީ އެ އުޅަނދުތައް ރާއްޖެއަށް އެތެރެކޮށްފައިވާ ބޭނުމާއި އެ އުޅަނދުތައް ރަޖިސްޓްރީކޮށްފައިވާ ފަރާތް އަދި އެ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއް ފުލުހުންގެ އިދާރާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަމަ އެ އުޅަނދުތަކުގެ ތަފްސީލު ހިމެނެ އެވެ.
އެ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ކާރަކީ ކޮން ބޭނުމެއްގައި އެތެރެކޮށްފައިވާ ކާރެއްކަން އަދި އެ ކާރު އޮތީ ކޮން ފަރާތެއްގެ ބެލުމުގެ ދަށުގައިކަން އަދި އެ އުޅަނދުތަކުގެ ރަޖިސްޓްރީ ކޮޕީތައް ފޮނުވައިދިނުމަށް ވެސް އެދުނެވެ.
"ބްލޫސް ހައުސިން"ގެ ނަމުގައި ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން ހުޅުމާލެ 1 ގައި އިމާރާތްކުރި ފްލެޓް މަޝްރޫއުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށް އޮޑިޓު އޮފީހުން ވަނީ މިދިޔަ މަހު ރިޕޯޓު ނެރެފަ އެވެ.
ރިޕޯޓުގައިވާ ގޮތުން ފްލެޓް މަޝްރޫއުއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވާއިރު 355 މިލިއަނުގެ ގެއްލުން ވެފައިވެ އެވެ.
އޭގެ އިތުރުން މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބޮޑެތި ބަދަލުތައް ގެނައުމާއި ކޮންޓްރެކްޓަރުން ނިންމާ މަސައްކަތްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ފުލުހުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތް ފަށައިފައި ވަނީ 2013 ގަ އެވެ. އޭރު ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ނޫމަޑި ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނޫމަޑިން ކޮންޓްރެކްޓަ ފައިނޭންސް ކުރާ އުސޫލުންނެވެ. އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެގްރިމެންޓް ޖެނުއަރީ 27، 2016 ގައި ބާތިލް ކުރި އެވެ.
ދެން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދެވުމުން އެއްބަސްވުން އުވާލީ އެވެ. އޭގެ ފަހުން އެ ފްލެޓްތަކުގެ މަސައްކަތްކުރީ އަަމިން ކޮންސްޓްރަކްޝަނުންނެވެ. އެކަމަކު 2022 ގައި އެ މަޝްރޫއު އެއްކޮށް ނިންމަން އޮތަސް ފަހުން ނިންމީ މުއްދަތު އިތުރުކޮށްދީގެންނެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި ތިން ކޮޓަރީގެ 361 ފްލެޓުގައި މިދިޔަ އަހަރުން ފެށިގެން ފުލުހުން އަންނަނީ ދިރިއުޅެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯހަރު
25 February 2025
ސިފައިންގެ ފުލެޓް ޡަކުގެ މައްސަލަ ބަލަނީކޮން އިރަކުންބާ؟
މިހާލި
20 February 2025
ކޮއްދިންބަގާވަތުގެ އަގު އަދާކޮއް އަދި ނުނިމޭ
ހާސަރު
20 February 2025
ބާދަގަޑަށް ވިއްކާލައިފި. އެއްވެސް މައުލޫމާތެއް ފެންނާކަށް ނުހުންނާނެ.
ސަނަމް
20 February 2025
ތި ފުލެޓްތައް ހެދީއްސުރެ ނިމެންދެން ގެނައި މުދަލަށް ޑިއުޓީ މާފު ކުރި އަދަދު އެއްވެސް ފަރާތަކުން ބަލާލަން އެގުނުބާ!!!
ޢަލިކޮއެ/ހުޅުމާލެ
20 February 2025
ފަޒޫލު މިހާރު ހުދު ކާފޫރަށްވެއްޖައޫ އެވެ. ދެން އެބަހީ އެބައި މީހުން ބުލޫސް ފަހާ ދުއްވާގަނެއްޖައޫ އެވެ.
ސަލީލް
20 February 2025
ސިފައިންނާ ޕޮލިހުންގެ ކުންފުނިތައް ބަންދުކުރަން ޖެހޭ. ސަރުކާރުގެ ބަޖެޓަށް ވާވަރަކަށް ތިތަންތަނުގެ ހައިބަތު ބެހެއްޓީމަ ރަގަޅުވާނެ. ނުޖެހޭ އާންމުން ކުރާ ވިޔަފާރިތައް ކުރަން އުޅޭކަށް ތިމަންނަމެންގެ ހަރަދުތައް ދެކޮޅުޖައްސަންށޭ ކިޔާފަ
ޑރ ވާންޗޯ
20 February 2025
މިހާރު އެޗްޑީސީ ގެ ހުރިހާ ކަމެއް ނިމުނީތޯ؟. ނޫނީ މިހިނގަނީ އެޗްޑީސީގެކަންތަށް ޑިލީޓުކޮށްލެވޭތޯ ހިންގާ ދެބޯގެރިތޯ؟.
ބިގަރު
20 February 2025
އަޅުގަނޑަށް ފެންނަނީ ސީދާ ވެހިކަލްތަކާ ސުވާލުކުރާން.
ކުރޭން ލޮރީ
20 February 2025
މަދުވާނެ ތިޔަވަރު
އެންމެންހެޕީ
20 February 2025
ފުލުހުންނާ ސިފައިން ކުންފުނި ހަދައިގެން ކުކުޅު ކާއިގެން ނިދަނީ