ރާއްޖޭގައި ބޭނުންކުރުމަށް ބަންނަ ސޯލާ ފެރީ އޮންނާނެ ކަމަށް ލަފާކުރާ ގޮތުގެ ކުރެހުމެއް
21 ފެބުރުއަރީ 2025 - 20:52
އަޖުމަ ބެލުމަށް ރާއްޖެއިން ފުރަތަމަ ފަހަރަށް ބަންނަ، ތިމާވެއްޓާ ރައްޓެހި، ސޯލާ ފެރީ އަންނަ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް އެ ފެރީ ބަންނަ ކުންފުނި، އިންޑިއާގެ ނޭވަލްޓް ކުންފުނިން ބުނެފި އެވެ.
ކޮޗިންގެ އީކޯ މެރިން ޓެކް ކުންފުންޏެއް ކަމަށްވާ، ނޭވަލްޓުން ބަންނަ މި ފެރީގެ އަގަކީ ފަސް ކްރޯޑު ރުޕީސް (9.3 މިލިއަން ރުފިޔާ) އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ކުރިން ލަފާކުރައްވާފައިވާ ގޮތުގައި އަޖުމަ ބެލުމަށް ބަންނަ އެ ފެރީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެސް ބޭނުންކުރަން ފެށޭނެ އެެވެ.
ނޭވަލްޓް ކުންފުނީގެ ސީއީއޯ ސަންދިތު ތަންދަޝެރީއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި "އެޕޯލޯ" ގެ ނަން ދީފައިވާ، 75 ސޯލާ ހަރުކޮށްފައިވާ މި ފެރީއަކީ ކަނޑު ގަދަ ދުވަސްވަރު ވެސް ދުއްވޭ ގޮތަށް ބަންނަ ފެރީއެކެވެ. "ސީ ސްޓޭޓް 5" ނުވަތަ ކަނޑުގެ ރާޅުގެ އުސްމިން ހަތަރު މީޓަރަށް ހުންނަ އިރު ވެސް މި ދުއްވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ގާތްގަނޑަކަށް 75 މީހުންގެ ޖާގަޔާ އެކު ބަންނަ ފެރީގެ ސްޕީޑު ހުންނާނީ ގަޑިއަކު 8 ނޯޓިކަލް މޭލުގަ އެވެ.
އެ ފެރީގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު ސަންދިތު ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ މި ފެރީ ރާއްޖެއަށް ދަތުރު ފަށާނެ ކަމަށެވެ. މިއީ މާލޭ ސަރަހައްދުގެ ފެރީގެ ހިދުމަތުގައި ބޭނުންކުރަން ބަންނަ އުޅަނދެކެވެ.
"މި އުޅަނދު ބަންނަން އޯޑަރު ލިބުނީ ރާއްޖޭގެ ފިނޭންސް މިނިސްޓްރީގެ ފަރާތުން. ބޯޑުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައި. އެތެރޭގެ ބައެއް މަސައްކަތްތަކާއި ޕެއިންޓިންގެ މަސައްކަތްތައް މިހާރު ކުރަމުން މިދަނީ. އެ މަސައްކަތް ވެސް މާޗު މަހުގެ ނިޔަލަށް ނިމޭނެ،"
"މިއީ އަހަރެމެން [ކުންފުނިން] ފަސިންޖަރުން އުފުލަން ފެރީއެއް ބަނދެ އެކްސްޕޯޓުކުރާ ފުރަތަމަ ފަހަރު." ދިހަ މީހުންގެ ޖާގައިގެ ސެމީ-ލަގްޒަރީ އޭސީ ފެރީއެއް ކެނެޑާއަށް މީގެ ކުރިން ސަޕްލައިކުރިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ބަންން އުޅަނދުގައި 50 ކިލޯވޮޓުގެ ދެ ބެޓަރީ ޕެކާއި 40 ކިލޯވޮޓްގެ ދެ އިންބޯޑް އިލެކްޓްރިކް މޯޓަރުން ކަރަންޓު އުފައްދަ އެވެ. އޭގައި ހިމެނޭ އިލެކްޓްރިކް ސްޓިއަރިން ސިސްޓަމްގެ ސަބަބުން މެއިންޓެނަންސް ކުރަންޖެހޭ މިންވަރު ދަށްވެ އެވެ. އެ އުޅަނދުގެ މަތީގައިވާ 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ސިސްޓަމުން ބެޓެރިތައް ޗާޖުކޮށްދޭނެ އެވެ.
އިންޑިއަން ރަޖިސްޓާ އޮފް ޝިޕިން (އައިއާރުއެސް ކްލާސް) ގެ ދަށުން ބަނދެފައިވާ މި އުޅަނދަކީ ސަލާމަތީ ގޮތުން ވަރުގަދަ އަދި ރައްކާތެރި އުޅަނދަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ އެންމެ ފުރަތަމަ ސޯލާ ފެރީ ބަނީ ވެސް އެ ކުންފުނިންނެވެ. މީގެ އަށް އަހަރު ކުރިން އެ ފެރީ ބަނދެ އޭގެ ކާމިޔާބީއާ އެކު ކެރެލާގެ ސްޓޭޓް ވޯޓާ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ވަނީ އެ ޑިޕާޓްމަންޓުގެ ދުވަސްވީ ފެރީތައް ސޯލާ ފެރީއަށް ބަދަލުކުރަން ފަށައިފަ އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅު ކޮޗިންގައި ބޭނުންކުރަން ފެށި ޓޫރިސްޓް ކްރޫޒް ވެސަލް އަކީ އެ ގައުމުގެ އެންމެ ބޮޑު ސޯލާ އިލެކްޓްރިކް ފެރީއަށް ވާއިރު އެއީ ވެސް ނޭވަލްޓްގެ އުފެއްދުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯށީ
23 February 2025
ލަދުވެތި ދިވެހިންނަށް ކަނޑު އުޅަނދު އިންޑިޔާމީހުން ބަނދެދޭތީ. ކީއްކުރާބޯޓުޔާޑުތަކެއްމީ. ފަހަތަށްއެޅުނު ބޮޑު ފިޔަވަޅެއްމީ
ގައުމިއްޔަތު އައުޓް
23 February 2025
ދިވެހި ވަންތަކަމެއްވެސް ނެތް ޑިޒައިނެއް.
އިސްމާލި
23 February 2025
އެންމެ ފަހުން މި ރާއްޖެއިން އިންޑިއާ ކުންފުންޏަކާ ހަވާލުކޮއްގެން ބަނީ ތިމާވެއްޓާ ބެހޭ ވުޒާރާ ނުވަތަ އީޕީއޭ ގެ އުޅަނދެއް. އޭތިގަނޑު ލިބުނު ބާ ވަގުތައް. މިހާރު އޮތް ހާލަކީ ކޮބައިތޯ ބަލާލުން ރަނގަޅު. މިއީ ވަރަށް ވާހަކަ. ދެން އިންޑިއާ އަކީ އިންޖިނިއަރިން އަދި ޓައިމްލީ ޑެލިވަރީގައި މާ ކުރިއަރާފައިތިބި ބައެއް ނޫން.
ސްލޯމޯ
22 February 2025
ސޯލާ ސްލޭ ފެރީ. ސަރުކާރުގެ ސްޕީޑް؟
އޮނަރަބްލް ޓުއްތޯންބެ
22 February 2025
މި އީ ފިނިހަކަ ފެރީ ވައިމަތަ އެއް ނޫންތަ ؟ ވަޔާ ދެކޮޅަށް ދުއްވާއިރު އެއް މޭލު ކުރިޔަށް ދެ މޭލު ފަހަތަށް . މިއަށްވުރެ މާ ރަގަޅަށް ސޯލާ ވިންޑުރިޔަލު ބައްތެލި ބަންނަން ދިވެހިންނަށް ވެސް ދަންނާނެ.
ކަޅުސާ 1222
22 February 2025
"ފެރީގެ ސްޕީޑު ހުންނާނީ ގަޑިއަކު 8 ނޯޓިކަލް މޭލުގަ އެވެ." މާލެ ދަތުރުކުރާ މުދާ އުފުލާ ބޯޓްފަހަރު މުދަލާއެކު ދުވާ ސްޕީޑްމީ އާރުޓީއެލްގައި 19 ނޯޓިކަލް މޭލުގަ ދއްވާއިރުވެސް ދިވެހިންނަށް ކަމަކުނުދޭ
ސާބަހޭ ރައީސް މުއިއްޒު
22 February 2025
މި ސަރުކާރުގެ އަސްލު ސްޕީޑް ދައްކުވައިދޭނެ ހިތްގައިމު ފެރީއެއް، ސާބަހޭ ރައީސް މުއިއްޒު، ރީތި ޚަރަދު ކުޑަ ދުވެލި ބާރު ފެރީއެއް.
އިސްމާލި
23 February 2025
މޮޅެތި އެއްޗެހި ކިޔަން އުޅެނިކޮއް ކޮސްވެސް ގޮވިދާނެ. 8 ނޮޓަކީ ދުވެލި ބާރުބާ؟
މޯޑްސް
22 February 2025
ދެން ބުނޭ މީ ކުރީ ސަރުކާރުގެ ކަމެކޭ<<<
އަލީމްގެ
23 February 2025
މީ ކުރީ ސަރުކާރުން އޯޑަރ ދީ ބަންނަން ފަށާފަ އޮތް ފެރީއެއް
raajje
22 February 2025
ގަޑިއަކު 8 ނޯޓިކަލްމޭލުދުވެއްޔަކީ، ކިލޯމީޓަރޕަރ އަވާއިން ބަލާނަމަ ގާތްގަނޑަކަށް ގަޑިއަކު 14 ކިލޯމީޓަރ ގެ ސުޕީޑް، ވަޒަންކޮށްލަން ފަސޭހައަށް "ރާއްޖޭގައި ސައިކަލު ދުއްވަން ހުއްދައޮންނަކަމަށް ކިޔަނީ ގަޑިއަކު 25 ކިލޯމީޓަރުގެ ބާރުމިނުގައި، ނަމަވެސް ފެރީގެ ސުޕީޑަކީ ގަޑިއަކު 14 ކިލޯމީޓަރ، ތިޔަށްކާކުއަރާނީ؟ 25 ކިލޯމީޓަރ ޕަރއަވަރ އިން ނުފުދިގެން އަހަރެމެން ސައިކަލުވެސް އާންމުކޮށް ދުއްވަނީ 40 ކިލޯމީޓަރ ޕަރއަވަރ ސުޕީޑުގަނޫންތޯ؟ ސޯލަރފެރީ ވައްތަރީ ޖަރީމާއަކާ
ހެހެހެހެހެ
22 February 2025
ސަޅި، 50 ދަށްވެގެން ދުއްވަނީ 80 ބްރިޖްގަވެސް. މީ ހަމަ ޖަރީމާއެއް.
ރައްޔިތު މޭން
22 February 2025
ފެރީގެ ސްޕީޑު ހުންނާނީ ގަޑިއަކު 8 ނޯޓިކަލް މޭލުގަ.. މާނަޔަކީ ގަޑިޔަކު އެންމެ 14 ކިލޯމީޓަރު.. މާލެ ބުރިޖުގަ މި ދުއްވަނީ 50 ކިލޯމީޓަރު.. ތިކަހަލަ ގަޑިޔަކު 14 ކިރިޔާ ކަނޑާ ބޮއްކުޔަކަށް 9.3 މިލިޔަން ހަރަދުކުރަން ނިންމާ އެޕްރޫވް ކުރިމީހަކު މަޖިލީހަށް ގެންނަން އާދޭސްކޮއްފަ ބުނަން.. އަދީ އެމީހަކުގެ ޖީބަށް އަޅާފަވާ ކަޓުގެ ބައިވެސް ބަލާދިނުމަށް އެދެން..
raajje
22 February 2025
ވައްތަރީ ބޮޑުއިސްރާފަކާ، 9 މިލިޔަންރުފިޔާއަކީވަރަށްބޮޑު އަގެއް، މިޔަށްވުރެންކުޑަހަރަދަކުން މިފަދަކަމެއްކުރެވޭނެކަމަށްފެންނަނީ، 25 ކިލޯވޮޓުގެ ސޯލާޕެނަލްއިން ފުލްކެޕޭސިޓީގައި ކަރަންޓުއުފައްދަމަކުންނުދާނެ، ކިތަންމެ އަވިގަދަޔަސް %100 އިފިސިއަންސީ ނުލިބޭނެ، ސުވާލަކީ އަވިމަޑު ދުވަހެއްގައި ތިޔައެތިގަނޑު ދުއްވޭވަރަށް ސޯލާ ލިބޭނެހޭ ތިވަރުން؟ ޖުމްލަ 100 ކިލޯވޮޓުގެ ބެޓްރީބެކަޕު ހުރިއިރު އެޗާޖުކުރަންވެސް ދުވާލުގެ އަވިބޭނުންވާނެތާ! އަޖުމަބެލީމަދެންއެނގޭނީދޯ
އަފްރާސިޔާބު
22 February 2025
މި ދިޔަ އަހަރު ތެރޭ ބޭނުން ކުރަންފެށީ އެކަމަކު އެ ރާއްޖެ ގެނެވެނީ މި އަހަރުގެ ކުރިއަށް އޮތް މަސްތަކުގައި އިންޑިޔާއިން. އެހެންވީމާ ޗައިނާގެ ހައި ސްޕީޑް ރޭލް ދަތުރުތައް ރާއްޖޭގައި ފެށިގެން ކުރިއަށް ގޮސް އެ އަންނާނީ 2055 ގެ މެދު ތެރޭގައޭ ތާރިގް ވިދާޅުނުވީ ކީއްވެބާ؟