ޖޯލި މޯލްޑިވްސް: މިފަހަރު އޮސްކާ އެވޯޑްގެ އިނާމުތަކުގެ ތެރޭގައި މި ރިސޯޓްގައި ޗުއްޓީ ހޭދަކުރުމުގެ ޕެކޭޖެއް ވަނީ ހިމަނާފައި. -- ފޮޓޯ: ޖޯލި މޯލްޑިވްސް
22 ފެބުރުއަރީ 2025 - 09:21
ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމު އެވޯޑް، އޮސްކާ ހާސިލްކުރާ ފަންނާނުންނާއި އެ އެވޯޑަށް ނޮމިނޭޓްވާ އެންމެންނަށް ދޭ އިނާމުތަކުގެ ތެރޭގައި މިފަހަރު ރާއްޖޭގެ ޗުއްޓީ ދަތުރެއް ހިމަނައިފި އެވެ.
އަންނަ މަހު ބާއްވާ އެކަޑަމީ އެވޯޑްސް ނުވަތަ އޮސްކާގެ އިނާމުތައް ހިމެނޭ "ސްވޮގް ބޭގް" ގެ އަގު މިފަހަރު ދެ މިލިއަން ޑޮލަރަށް އަރާއިރު ރާއްޖޭގެ ޗުއްޓީ ދަތުރުގެ އަގަކީ 16،000 ޑޮލަރެވެ. ރާއްޖޭގައި އެ ފަންނާނުންނަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދެނީ ޖޯލި މޯލްޑިވްސްގެ ދެ ރިސޯޓުގައި ކަމަށް މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވެ އެވެ.
އެއީ ރ. އަތޮޅުގައި އޮންނަ "ޖޯލި މޯލްޑިވްސް" އަދި "ޖޯލި ބީން" އެވެ. ޖޯލި މޯލްޑިވްސް އަކީ އާޓިސްޓިކް ހުނަރުތައް ފެންނަ ގޮތަށް ތަރައްގީކޮށްފައިވާ ރިސޯޓަކަސް ވާއިރު ޖޯލި ބީން އަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި "ވެލްބީން" ރިސޯޓެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ފަންނާނުންނާއި އެކި ދާއިރާތަކުގެ އެތައް ބަޔަކު މީގެ ކުރިން ވެސް މި ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ދެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުގެ އިތުރުން އަގު ބޮޑު ބިއުޓީ ޕްރޮސީޖާތަކާއި ލަގްޒަރީ އެކި އައިޓަމްތަކާއި ލޮސް އެންޖެލިސްގެ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކަށް އެއް މިލިއަން ޑޮލަރުގެ އެހީ ވެސް އިނާމުތަކުގެ ތެރޭގައި ހިމެނެ އެވެ.
މި އަހަރުގެ އޮސްކާ އެވޯޑަށް ނޮމިނޭޓްވެފައިވާ އެކްޓަރު/ޕްރޮޑިއުސަރު ޓިމޮތީ ޗަލަމެޓް، ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް އަރިއާނާ ގްރާންޑޭ، ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސިންތިއާ އެރިވޯ، އެކްޓަރު ސެބެސްޓިއަން ސްޓޭން އަދި އެކްޓްރެސް މިކީ މެޑިސަން ފަދަ ފަންނާނުންނަށް މި އަގުހުރި ހަދިޔާތައް ލިބޭނެ އެވެ. މީގެ ތެރެއިން އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަންނާނުންނަށް އެ މީހަކަށް ލިބުނު ގެއްލުންތަކަށް ބަލައި، އިނާމުގެ އަގު ދެ މިލިއަން ޑޮލަރަށްވުރެ ބޮޑު ވެސް ވެދާނެ އެވެ.
އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވާ އޮސްކާގެ 97 ވަނަ އެވޯޑް ހަފްލާގެ ކުރިން މިހާރު ވަނީ ނޮމިނޭޝަންތައް އޮސްކާ އެކެޑަމީން އިއުލާންކޮށްފަ އެވެ. އެންމެ ގިނަ ނޮމިނޭޝަން ނެޓްފްލިކްސްގެ ފިލްމުތަކަށް ލިބިފައި ވާއިރު ޖުމްލަ 16 އަށް އަރަ އެވެ. ދެން އެންމެ ގިނަ ނޮމިނޭޝަން ލިބުނު އޭޓުވެންޓީފޯ ސްޓޫޑިއޯއަށް ވަނީ 14 ނޮމިނޭޝަނެއް ލިބިފަ އެވެ. އަދި ޔުނިވާސަލް ސްޓޫޑިއޯސް އަށް ވަނީ 13 ނޮމިނޭޝަނެއް ލިބިފަ އެވެ.
އޮސްކާގެ މި އަހަރުގެ އެންމެ މޮޅު ފިލްމުތަކުގެ ގޮތުގައި 10 ފިލްމެއް ނޮމިނޭޓްވެފައިވެ އެވެ. އެއީ، "އަނޯރާ"، "ދަ ބްރޫޓަލިސްޓް"، "އަ ކޮމްޕްލީޓް އަންނޮން"، "ކޮންކްލޭވް"، "ޑޫން: ޕާޓް ޓޫ"، "އެމިލިއާ ޕެރޭޒް"، އައިމް ސްޓިލް ހިއާ"، ނިކުލް ބޯއިސް"، "ދަ ސަބްސްޓެންސް" އަދި "ވިކެޑް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޒިންށ
25 February 2025
މިރާއްޖެ އެތައް ބިލިއަން ރުފިޔާއަކަށް، މިހާވަރަށް ދަރުވާލި ސަރުކާރަކާއި މެދު ފިޔަވަޅު އަޅަން ނުޖެހޭތޯއެވެ. މިހާވަރުގެ ބޮޑު ޢަދަދަކުން މިރާއްޖެ ދަރުވާލީ ހަމަ ޤާއިމުވެސް ދިވެހި ރައްޔިތުންގެ ހުއްދަ ހޯދައިގެންނޫނެވެ. ކުރިއަށް އޮތް ތަނުގައި މިޤައުމާއި ޙަވާލުވާ ސަރުކާރުތަކުން މިފަދަ ޢަމަލު ނުހިންގޭނެ ގޮތަށް ޤާނޫނެއް ވުޖޫދު ކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.
ޝިޒާންނނ
24 February 2025
ހުރިހާ ބާރެއް އެކެއްގެ އަތުގައި އޮވެގެން މިދިވެހި ޤައުމުގައި 30އަހަރު ރައީސް ކަން ކުރެއްވި ރައީސް މައުމޫންގެ ވެރިކަމުގައި ދިވެހި ސަރުކާރުގެ ޚަރަދުގައި ރާއްޖެ ތެރޭގެ ރަށެއްގައި ފެނުގެ ނިޒާމެއް ނަރުދަމާ ނިޒާމެއް އެޅިފައެއް ނެތް. މަދު ރަށެއްގައި މެނުވީ ސަރުކާރުގެ ކަރަންޓެއް ނެތް. އެ30އަހަރާ އަޅާ ބަލާއިރު އަތޮ ހުރިހާ ރަށެއްގެޅުތެރޭގެ ރައްޔިތުންނަށް މިދެންނެވި ގިނަ ޚިދުމަތްތައް ލިބެމުންދޭ. މިދެންނެވީ މިރާއްޖޭގެ ވެރިކަމަށް އައި ބަދަލުގެ ނަތީޖާ
އަޅި އަލި
24 February 2025
މައުމޫނު 30 އަހަރާއި މި 16 އަހަރާ ބަލާއި 100 ގުނަ އިތުރައް ވައްކަންވެސް ކޮއްފި!
މިއައު
22 February 2025
އެކަމު މިތަނަށް ޑޮލަރެއް ނުވަދޭ. ކުދި ބޮލި ހިފައިން މި ފަތުރުވެެރިން އައުން ހުއްޓާލަން ވެއްޖެއެއްނުން. މިހާ ގިނަ ރިސޯޓު އޮވެމެ މިހާ މީހުން މަދު ތަނަކަށް މި އަރަތް ފުރިހަމަ ކޮށްދީބަލަ
ޖެއްސު
22 February 2025
ކިތައް ދައުރު ނިމިއްޖެބާ ހަމަ ތިޔަގޮތައް އޮތީ. އެވަންނަ ހުރިހާ އެއްޗެއް ވަންނަނީ ސަރުކާރަކަށެއް ނޫން. އަދި ރާއްޖެ އޮތީ 125 ބިލިއަނުން ދަރުވާލާފަ ކުރިން. އެ ހުރިހާ އެއްޗެއް ހަލާސްވާ ދުވަހަކުން ހަމަ ނޭވާއެއް ލެވޭނީ