ޖޭއެސްސީއަށް އަލަށް އައްޔަން ކުރެއްވި މެންބަރަށް ފަތްކޮޅު އަރުވަނީ.
23 ފެބުރުއަރީ 2025 - 17:09
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރައްވައި، އާ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ރައީސްގެ މެންބަރެއްގެ ގޮތުގައި ޖޭއެސްސީއަށް އަލަށް އައްޔަން ކުރައްވާފައިވަނީ ޔަޒްމީދު މުހައްމަދެވެ.
ރައީސް އޮފީހުން ވަނީ މި ބަދަލު ރައީސް މިއަދު ގެންނެވިކަން ހާމަކޮށްފަ އެވެ. ނަމަވެސް، އެ ބަދަލު ގެނައި ސަބަބެއް އެ އޮފީހުން ނުބުނެ އެވެ.
ޖޭއެސްސީއަށް ރައީސް ބަދަލު ގެންނަވާފައިމިވަނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ސަރުކާރުން އިސްވެ ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.
ޖޭއެސްސީގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވީ މާފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސެއިން ރިޒާ އެވެ. އޭނާއަކީ ޕީއެންސީއަށް ނިސްބަތްވާ މެންބަރެކެވެ. އޭގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ޖޭއެސްސީގައި އިންނަވަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން މިހާރު ޖޭއެސްސީގައި އިންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެ ކޮމިޝަންގައި ބަންޑާރަ ނައިބު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޖޭއެސްސީއަކީ ފަނޑިޔާރުން ޖަވާބުދާރީކުރުމުގެ ޒިންމާ އޮތް ކޮމިޝަން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަ
24 February 2025
ކަމުނުދާ މީހެއް! ކޮށްފައިހުރި މަސައްކަތްތައް ބެލީމަ އިނގޭނެ
އޭސީ
24 February 2025
ކުރީގެ އޭސީސީ މެމްބަރެއް، ކޮން ރަނގަޅެއްވާނީ...އެމްއެމްޕީއާރުސީ މައްސަލަ އޮއްބަން މަސައްކަތް ކުރި އެކަކުތީ
ސިނާނާ ސަލީމު
23 February 2025
ރަނގަޅު ނިންމުމެއް، ފައިނޭންޝަލް އޮޑިޓިންގ އެންމެ ތަޖްރިބާ ހުރި ބޭފުޅެއް، ސަރުކާރުގެ ހިނގާ ބޮޑެތި ކޮރަޕްޝަން ބެލުމަށް އަދި ޚާއްސަކޮށް ޖުޑިސަރީގައި ހުރި މައްސަލަތައް ހައްލުކުރުމަށް އުންމީދުއެބޮއޮތް
އޮނަރަބްލް އަފީފު ދީދީ
23 February 2025
ރަނގަޅުއުއްމީދެއްގައި މިބޭފުޅުން އިންތިޙާބުކުރިކަމަށްވިޔަސް ރައީސުލް ޖުމްހޫރީއްޔާ އާއި މަޖިލިސް މެންބަރުންނަށް ހޮވާ ފަރާތްތަކުގެކިބައިން އަހަރުމެނަށް ފެންނަނީ މުޅިން އެހެން މަންޒަރުތަކެއް. ނިމިދިޔަ އިބްރާހިމްގެ ސަރުކާރެކޭ އެއްފަދައިން މިހާރުގެ ސަރުކާރުވެސް ވެރިކަމަށްއައީ ޖޭއެސްސީގެ ކޮމްޕަޒިޝަން ބަދަލުކޮށް ޖޫޑިޝަލް ސާވިސް ކޮމިޝަންގައި އޮތް ވެރިކަމުގެބާރު ނުވަތަ ސިޔާސީ ނުފޫޒު އެތަނުން ކަޑުވާނެކަމަށް ވަޢުދު ވަމުން. އެކަމަކު އެކަން ކުރާތަނެއް ނުފެނޭ.
ވޯލް
23 February 2025
ތި މީހަކު ރ. ޔާމީނުގެ ދައުރުގައިވެސް އިން ތިމީހަކު ނޫނީ އެ އާއިލާގެ މީހެއް. ޚޮންމެ މީހަކުވެސް ބޭނުންވަނީ ބޮޑެތި މަޤާމު.
އިންސާފުގާއިމުކުރޭ
23 February 2025
ސިވިލް ކޯޓު އިސްލާހުކުރޭ. މައްސަލަ ނުބަލާ ދިގު ދަންމާ ފަނޑިޔާރުން ބޭރުކުރޭ. ވިޔަފާރިތައް އިނދަޖެހިދަނީ. މައްސަލަ ބަލަން 5 އަހަރު. އަޑުއެހުން ނިންމާ ހުކުމް ނުކޮށް ބާއްވަނީ. ދެއަހަރުވަންދެން ދިރާސާއޯ. ދެން ޖޭއެސްސީއަށް މައްސަލަ ލީމަ އަންނަނީ ރުޅި.
ޏަށުދު
23 February 2025
ހުވަދު އަތޮޅު ނޫނީ ނެތީތަ ރާއްޖޭގަ.
ގުއްދޫސް
23 February 2025
އެބަ ރަނގަޅުވޭ