ޕޮލްކޯގެ ސީއީއޯ އަނީސް: އޭނާ މަގާމުން ވަކިކުރަން ވަނީ ހުށަހަޅާފައި
23 ފެބުރުއަރީ 2025 - 22:09
ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯގެ ސީއީއޯ އަހުމަދު އަނީސް މަގާމުން ވަކިކުރަން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކޯޕަރޭޝަންގެ ބޯޑަށް ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި ސީއީއޯގެ މަގާމުން އަނީސް ވަކިކުރަން ހުށަހެޅީ ޕްލޮކޯގެ ހިޔާނާތުގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށުމާ އެކު އެވެ. އެކަމަކު، މައުލޫމާތު އެނގިވަޑައިގަންނަވާ އިސްބޭފުޅަކު ވިދާޅުވީ، އަނީސް މަގާމުން ވަކިކުރުމަށް ހުށަހެޅުމާއި މިހާރު އޭސީސީން ކުރާ ޕޮލްކޯގެ ކޮރަޕްޝަންގެ ތަހުގީގާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
"އެ ބޭފުޅުންގެ [ޕޮލްކޯގެ އިސް ބައެއް ބޭފުޅުން] ޒާތީ ކަންތައްތަކެއް އުޅޭ ކަމަށް އެނގިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ޕޮލްކޯގެ ސީއީއޯގެ މަގާމުން އަނީސް ވަކިކުރުމާ މެދު ގޮތެއް ނިންމާނީ އެ ކޯޕަރޭޝަންގެ ބޯޑުންނެވެ.
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އަނީސް މިހާރު ހުރީ މަސްއޫލިއްޔަތުން ވެސް އެކަހެރި ކޮށްފަ އެވެ. ޕޮލްކޯގެ ހިންގުން ވަގުތީ ގޮތުން މިހާރު ވަނީ ބޯޑުގެ ސެކްރެޓަރީއާ ހަވަލުކޮށްފަ އެވެ. އަނީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާއިރު، ޕޮލްކޯގެ ބޯޑުގެ ޗެއާމަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާޒިފު ވެސް ވަނީ އިސްތިއުފާ ހުށަހަޅުއްވައިފަ އެވެ. ނަމަވެސް، މިހާތަނަށް އޭނާގެ އިސްތިއުފާ ބަލައިގެންފައެއް ނުވެ އެވެ.
ޕޮލްކޯ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަނީ ފުލުހުންނަށް ފްލެޓް އިމާރާތް ކުރުމުގައި ހިންގާފައިވާ ބައެއް ކަންތައްތަކާ ގުޅިގެންނެވެ. އެ ކޮރަޕްޝަންގައި ފުލުހުންގެ ބައެއް އިސް ވެރިންގެ ޝާމިލުވުން ބޮޑުކަން ފާހަގަކުރެވޭ ކަމަށް އެ މައްސަލަތައް ބަލާ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ވެސް މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.
އެހެންވެ އެ މައްސަލަ ބަލާއިރު، އެ ބޭފުޅުން މަގާމުތަކުގައި ތިބެވިދާނެ ކަމާ މެދު އެ ކޮމިޓީގެ މެމްބަރުން މިހާރު ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.
ފުލުހުންގެ ފްލެޓްތަކާ ގުޅޭ ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކުގެ މަޝްރޫއުގެ އެގްރީމެންޓް ތިން ފަހަރެއްގެ މަތިން ބަދަލުކޮށް، މަސައްކަތުގެ އަގަށް 122 މިލިއަން ރުފިޔާ އިތުރުކޮށް މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު 54 މަހަށް ދިގު ދަންމާފައިވެ އެވެ. އެ ޕްރޮޖެކްޓް އެންމެ ފުރަތަމަ ހަވާލުކުރީ 580 މިލިއަން ރުފިޔާ އަށް ދެ އަހަރު ތެރޭ ނިންމަން، ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު މަސައްކަތް ނިމުނު އިރު އެ ޕްރޮޖެކްޓަށް އެއް ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ މާލިއްޔަތު ކޮމިޓީގައި ފުލުހުންނާ ހަވާލާ ދެއްވައި ވިދާޅުވީ، ފުލުހުންގެ މެނޭޖްމަންޓާ ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ޓީމުން ބައްދަލުކުރި ކަމަށާއި އެކަމަކު ޕޮލްކޯގެ ސާވާއެއްގެ މައްސަލަ ޖެހިފައި ހުރުމުން ލިޔެކިޔުންތައް މިހާރު ފެންނަން ނެތް ކަމަށެވެ.
ފުލުހުންގެ ބްލޫ ހައުސިން ޕްރޮޖެކްޓަށް ޕޮލްކޯ އިން 2014-2017 އާ ދެމެދު ގެނައި ބައެއް ވެހިކަލްތައް ގެއްލިފައިވާ އިރު މަޝްރޫއު ކުރިއަށް ދިޔަ މުއްދަތުގައި 24 ވެހިކަލަކަށް 3.8 މިލިއަން ރުފިޔާ ޕޮލްކޯ އިން ހަރަދުކުރި ކަން ވެސް ދާދި ފަހުން ވަނީ ހާމަވެފަ އެވެ. އަދި ބައެއް ވެހިކަލްތައް "ގެއްލިގެން" ރައްޔިތުންގެ މަޖިލިހުން ވެސް ވަނީ އެ ވެހިކަލްތަކުގެ މައުލޫމާތު ދިނުމަށް ޕޮލްކޯ އަށް މިހާރު އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހުލޫލު
24 February 2025
ސިފައިންނާ ފުލުހުންނާ މީ ކުންފުނި ހަދައިގެން ދައުލަތް ލޫޓުވަން ތިބި ބަޔަކަށް މިވީ.. މަ ހީކުރީ ސިފައިންނަކީ ގައުމު ދިފާއު ކުރަން މޭ އައްޑަނަ އަކަށް މަހަދާނަމޭ ގޮތަށް ތިބޭ ބައެއްކަމަށް.. ފުލުހުންނަކީ ގައުމުގެ އަމަން އަމާންކަމާ އެތެރޭގެ މަސްލަހަތު ހިމާޔަތްކުރަން ތިބޭ ބައެއްކަމަށް . އެކަމު ސިފަކޯ އަމްކޯ ބަފްކޯ ފުލުސްކޯ ހަދައިގެން އެހެން ކަމެއް މިކުރަނީ
ޑޮކްޓާރ. ބަނާނާ
24 February 2025
މިއާޓިކަލް ކިޔާލުމުން އަނީސް އާއި މެދު ދިމާވެގެން އުޅޭ މައްސަލަ އެއް ސާފުނުވޭ. ތިރީ ކޮމެންޓްގައި ކަލީމް ވިދާޅުވިހެން އަނީސް އޭނާ މަގާމާއި ހަވާލު ވިތާރީހާއި ވަކިކުރަން ދިމާވެގެން އުޅޭ ސަބަބުވެސް ތަފުސީލުކޮށް ކިޔުންތެރިންނަށް ދޭހަވާ ގޮތަކަށް ލިޔުއްވައިފިނަމަ ފުރިހަމަވާނެ ކަމަށް ދެކެން. ލިޔުން ތެރިޔާ ނާޒިމް ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރު ދަންނަވަން.!
ބްރޯސް
25 February 2025
އޭނާ މަޤާމާ ހަވާލުވީ މިދިޔަ ރޯދަ މަހު، ތި ފޮޓޯއިން އެކަން އިނގޭ އޭނާ އައި ފަހުން 11 އަހަރުގެ ވައްކަން ފެންމަތިވެގެން ބަޔަކަށް ހަޖަމުނުވެގެން މިއުޅެނީ
އިމިއުނިޓީ
24 February 2025
ޕޮލްކޯއިން މިހިންގި ކަންތަކުގައި ކަތިލަން މިޖެހުނީ ކަންބަޅި. އަނީސް އަކީ ފެށުނީއްސުރެ ޕޮލްކޯއިން ހިންގަމުން ދިޔަ ކަރަޕްޝަން އެހެން މީހުންގެ ސަމާލުކަމަށް ގެންނަން ގަދައަޅައި މަސައްކަތް ކުރި މީހެއް، އެންމެ ފަހުން މީގެ ދުވަސްކޮޅެއް ކުރިން ޕޮލްކޯގެ ހިއްސާދާރުން ކަމަށްވާ ވަކިވަކި ފުލުހުންގެ ވޯޓާއިއެކު ޕޮލްކޯގެ ސީއީއޯ އަކަށް އާދެވުނީ، އަނީސް ގެ ސީއީއޯ ކަމުގައި ޕޮލްކޯ އިން ކުރެވުނު ކަންތައް މަދެއް ވެސް ނޫން، މައްސަލައަކީ ކަރަޕްޝަން ބަލަން އުޅުން
ބްރޯސް
25 February 2025
މައްސަލައަކީ ކޮރަޕްޝަން ބަލަން އުޅުމާއި، ކޮރަޕްޝަން ބަލަން އޮޑިޓަރ ޖެނެރަލް އަށާއި، އޭސީސީ އަށް އެއްބާރުލުން ދިނުން، މައްސަލަ އަކީ މޭނާ އަލިބެ އަށް ޕޮލްކެޓުން ކޮންމެ ދުވަހަކު ދޭ ވައްކަމުގެ ލާރިކޮޅު ހުއްޓާލަން މަަސައްކަތް ކުރުން، މައްސަލައަކީ ޕޮލްކޯ ފްލެޓްތަކުގެ ތިރި ބޯޑުން ބޭނުންހާ ބަޔަކަށް ކޮރަޕްޝަންގެ ތެރެއިން ދޭން އުޅުނީމަ ހުއްޓުވުން
ކަލީމް
24 February 2025
ތިޔަ ލިޔުމުގައި އަނީސް އަށް ސީއީއޯގެ މަގާމު ދިން ދުވަސް ހިމަނާލަންޖެހޭ. އަދި އޭގެ ކުރިން ޕޮލްކޯގެ އެހެން މަގާމެއްގައި އޭނަހުރިނަމަ އެކަންވެސް ލިޔަންޖެހޭ. އެހެންނޫނީ ކިޔުންތެރިންނަކަށް ނޭގޭނެ އަނީސްއަކީ ދާދިފަހުން ޖޮއިންކޮށް ތިމައްސަލަތައް ބަލަން މަސައްކަތްކުރި މީހެއްކަމެއް، ނޫނީ ޒަމާންތަކަކަށް ތިކަންކަން ހިންގުމުގައި ހަރަކާތްތެރިވި މީހެއްތޯ ޖަޖުކުރާކަށް.
ބްރޯޯސް
25 February 2025
އޭނާ އެ މަޤާމާ ހަވާލުވީ މިދިޔަ ރޯދަމަހު، އަދި އަހަރު ނުވޭ، މި އަހަރު ތެރޭ އޭނާ އެ ހުރިހާ ކަމެއް ފަޅާ އަރުވާލީ އަދި އޭނާ މީގެ ކުރިން ޕޮލްކޯގެ އެއްވެސް މަޤާމެއް އަދާ ނުކުރޭ، އޭނާ އަކީ ޕޮލޮކޯ ފްލެޓް ގުރޫޕު ތެރޭ މީގެ ކުރިން، ޕޮލްކޯ ކޮރަޕްޝަނާ ދެކޮޅަށް އެންމެ އަޑުއުފުލި މީހާ
ދެ×ދެ×ދ4
24 February 2025
ތިޔަ ޕޮލްކޯ ހިޔާނާތް ހިންގި ބަޔަކު ދަންނަ ބަޔަކު ވެސް އުޅޭނެތާ.. ތި ހިޔާނާތުން އެމީހުން ކުރިޔަށް ޖެހިލި ވާހަކަ އެބަ ދެކެވޭތާ... ކަލޭމެން ބުނެބަލަ އެކަން ކުރި މީހުންގެ ދިރިއުޅުން ދިޔައީ ކުރިޔަށްތަ ފަހަތަށްތަ؟ އެމީހުން ހިންގާ ވިޔަފާރިއެއް އަޑިއަޅާލިތަ؟
100ޕަސެންޓުމީހުން
24 February 2025
ހަމަ ޕޮލްކޯ ތަކާ ސިފްކޯ ތަކާ އޭތި މީތި ނަން ހުސްކޮށް ހަދައިގެން މުޅި ދައުލަތް ވީދާ ކައި ނޮޅާ ހުސްކޮށްލަނީ! ދިވެހިންމީ ހަމަ 100% ގެ މީހުން ވީމަ ވާ ގޮތްދޯ!
ފޫހި
24 February 2025
މިގައުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ފަރާތްތައް ފުޅާދާއިރާގައި ވިޔަފާރިކުރަން ފެށުމުން ޖެހޭނެ މުސީބާތް މިޖެހެނީ. ދެ ތަންވެސް އުވާލާފަ އެތަންތާގަ ތިބި މުވައްޒަފުން ޑިއުޓީއަށް ނެރޭ. މުޅި މުވައްސަސާތައް ކޮރޮޕްޓްވަނީ މިހެންވެގެން.
ފޫހި
24 February 2025
ޕޮލްކޯ ވެސް ސިފްކޯ ވެސް އުވާލަންވީ. މިއީ ބޮޑެތި ކޮރޮޕްޝަން ހިންގާތަންތަން. ސިފްކޯގަ އުޅޭ މީހުން އެތާގެ މުދާ ބޭނުންކުރަނީ އަމިއްލަ ބޭނުމުގަ. ހުޅުމާލެ ފްލެޓެއްގަ އުޅޭ ސިފްކޯ މުވައްޒަފަކު އެތާގެ ވެހިކަލްތައް ބޭނުންކުރަނީ މުޅިންވެސް އޭނާގެ އަމިއްލަ ބޭނުންތަކުގަ. އަދި ސިފްކޯ އިން ތަކެތި ގެންނަކަންވެސް ފާހަގަކުރެވޭ. އޭނާގެ ކަމަކީ ﷲ ގަންދީ ހުވާކޮށްގެން ހުރެ އަވަށްޓެރިންނަށް އުނދަގޫކުރުން. މުޅި ހިސާބުގަޑަށް ޖެހިފަހުރި ބޮޑު ބިރެއް އެއީ
ހުސަ
24 February 2025
މިކަމުގެ މުގުލުގައި އަބަދުވެސް އުޅުނީ މަންނާނު ކިޔާ މީހަކޯ! މީނާގެ މޭސްތިރި ކަމުގަޔޯ ހުރިހާ ކަމެއްކުޜީ! އަދި މީނާގެ ކުދިންކޮޅެއް ޕޮލްކޯ ބޯޑަށް ލައިގެން ކޮޅުކޮޅަށް ހަލުވަމުންދިޔައޯ! މީނާއަކީ ޕޮލިސް ފްލެޓް އަޅަން ފެށި ހިސާބުން ފެށިގެން މީނާ ރިޓަރަ ކުރަންދެން މިކަމާއި ދުރުނުވެ ފުލުހުންގެތެރޭ ހުރި ހަމައެކަނި މީހާ ކަމަށޯ ވަނީ! މީނާ ހުރިތަނަކުން ހޯދާ އަޅެ މީނާ ކައިރިން މަޢުލޫމާތެއް ސާފުވޭތޯ ބަލަންވީ ނޫންތޯ؟ އިވޭ އަޑުތަކުގެ ވާހަކަ މިދައްކަނީ!
އަފްރާސިޔާބު
24 February 2025
ފުލުހުންނަކީ ޚިޔާނާތުގައި އާއުކުޅުތައް ބޭނުން ބޭނުން ކުރުމުގައި ލާމަސީލު ބައެއް. އެކަމުގައި އެކަކަށްވުރެ ކުރިއަރައި ދިއުމުގައި ގަދަ ފައި ވިއްދާލާފައިވާ ބައެއް. އެމީހުންނާ ކިރިޔާވެސް ވާދައެއް ކޮށްލެވޭ ވަރުވަނީ އޭގެ އަނެއް ގޮތްޕަށް.