ފުލުހުންގެ ފްލެޓް އިމާރާތް. އެ ޕްރޮޖެކްޓްގެ ނަމުގައި ގެންނަ ބައެއް ވެހިކަލްތައް ގެއްލިފައިވާތީ އެ މައްސަލަ އަންނަނީ ބަލަމުން -- ފޮޓޯ: މިހާރު
20 ފެބުރުއަރީ 2025 - 17:54
ފުލުހުންގެ ބްލޫ ހައުސިން ޕްރޮޖެކްޓަށް ޕޮލްކޯ އިން 2014-2017 އާ ދެމެދު ގެނައި ބައެއް ވެހިކަލްތައް ގެއްލިފައިވާ އިރު މަޝްރޫއު ކުރިއަށް ދިޔަ މުއްދަތުގައި 24 ވެހިކަލަކަށް 3.8 މިލިއަން ރުފިޔާ ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހަރަދު ކުރިކަން ހާމަވެއްޖެ އެވެ.
"މިހާރު" އަށް ލިބިފައިވާ އެކަމާ ގުޅޭ ލިޔެކިޔުންތަކުގައިވާ ގޮތުން، އެ ވެހިކަލްތަކުގެ ސީއައިއެފް އަގަށް 7.4 މިލިއަން ރުފިޔާ އެރި ނަމަވެސް، އޭގެ ތެރެއިން 50 ޕަަސެންޓު ވަނީ ވެހިކަލްގެ އަގުން ޑިއުޓީ މާފުކޮށްފަ އެވެ.
މިގޮތުން ޑިއުޓީ އުނިކުރި އަދަދު 3.5 މިލިއަން ރުފިޔާ އަށް އަރަ އެވެ. ސަރުކާރުގެ މުހިއްމު ޕްރޮޖެކްޓްތަކަށް ގެންނަ މުދަލުން ޑިއުޓީ މާފުކުރުމަކީ އާންމު އުސޫލުން ވެސް ކޮށް އުޅޭ ކަމެކެވެ.
އެކަމަކު، މައްސަލަ ދިމާވެގެން އުޅެނީ ޑިއުޓީ މާފުކޮށްގެން ގިނަ އަދަދެއްގެ ވެހިކަލްތައް ފުލުހުންގެ ހައުސިން ޕްރޮޖެކްޓަށް ގެނައި އިރު އޭގެ ތެރެއިން ގިނަ ވެހިކަލްތަކެއްް ސައިޓުގައި ނެތުން ކަމަށް ވެސް އެކަމާ ގުޅޭ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.
"މިހާރު" އަށް ލިބުނު ލިޔުމުގައިވާ ވާގޮތުން 2014 ވަނަ އަހަރު ވަނީ އެއް ކެރޭނާއި ދެ ވައްތަރެއްގެ ދެ ވޭނު އެތެރެކޮށްފަ އެވެ. ކެރޭނަށް 4.3 މިލިއަން ރުފިޔާ އަރާ އިރު އެއް މިލިއަން ރުފިޔާ ޑިއުޓީން މާފުކޮށްދީފައި ވެ އެވެ. އަދި 1500 ސީސީގެ ވޭނަކާއި ޑެލިވަރީ ވޭނެއް ވެސް ހިމެނެ އެވެ. އެ ދެ ވޭނުގެ އަގު 1.3 މިލިއަން ރުފިޔާ ސީއައިއެފް އަގަށް އަރާ އިރު އޭގެ ތެރެއިން 190،000ރ. ޑިއުޓީއަށް މާފުކޮށްދީފައިވެ އެވެ.
އަދި ޖެހިގެން އައި 2015 ވަނަ އަހަރު އާ ދެ ސައިކަލު އެތެރެ ކުރި އެވެ. އެ ދެ ސައިކަލަށް 31،000ރ. އެރި އިރު އޭގެ ތެރެއިން 13،000ރ. ޑިއުޓީގެ ގޮތުގައި މާފުކޮށްދީފައިވާކަން އެނގެ އެވެ. ޕޮލްކޯ އިން ވަނީ 2016 ވަނަ އަހަރު ލަގްޒަރީ ކާރެއް ވެސް ގެނެސްފަ އެވެ. އެ ކާރަށް 8 ލައްކަ ރުފިޔާގެ ޑިޔުޓީ މާފުކޮށްދީފައިވެ އެވެ.
އަދި 2017 ގައި ސައިކަލާއި ތިން ޓަވާ ކެރޭނާއި 14 ކްރޭން ލޮރީ ވަނީ ގެނެސްފަ އެވެ. ތިން ޓަވާ ކެރޭނަށް އެއް މިލިއަން ރުފިޔާ ހޭދަކުރި އިރު 14 ކްރޭން ލޮރީއަށް ހޭދަކުރީ ލައްކައެކެވެ. އެހާ ގިނަ އަދަދެއްގެ ކްރޭން ލޮރީ އަށް އެހާ ކުޑަ އަދަދެއް ހޭދަކުރީ ކިހިނެތްކަން ލިބިފައިވާ ޑޮކިއުމެންޓްތަކުން ސާފެއް ނުވެ އެވެ.
އެ މައުލޫމާތުތައް ކަސްޓަމްސް އިން ލިބިފައިވާ އިރު އޭގެ ތެރެއިން ބައެއް ވެހިކަލްތައް ފްލެޓް އިމާރާތް ކުރި ސައިޓުތަކުގައި ނެތެވެ. އެ މައްސަލަ މަޖިލީހުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ. އަދި މިމަހުގެ 25 ގެ ކުރިން އެކަމުގެ މައުލޫމާތުތައް ހިއްސާކުރުމަށް މަޖިލީހުން ވަނީ ފުލުހުންނަށް އަންގާފަ އެވެ.
ވެހިކަލްތަކެއް ގެއްލުނު މައްސަލަ ފެންމަތިވި އިރު ފުލުހުން ފްލެޓް އިމާރާތް ކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހުރިކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކުގެ މަޝްރޫއުގެ އެގްރީމެންޓް ތިން ފަހަރެއްގެ މަތިން ބަދަލުކޮށް، މަސައްކަތުގެ އަގަށް 122 މިލިއަން ރުފިޔާ އިތުރުކޮށް މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު 54 މަހަށް ދިގު ދަންމާފައިވެ އެވެ.
އެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ 580 މިލިއަން ރުފިޔާ އަށް ދެ އަހަރު ތެރޭ ނިންމަން، ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު މަސައްކަތް ނިމުނު އިރު އެ ޕްރޮޖެކްޓަށް އެއް ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮނުއަނގަ
22 February 2025
ހުރިހާ ކަމަކުން އެނގެނީ މުއިއްޒަކަސް އެހެން ވެރިޔަކަސް ކުންފުނި އުފެއްދުމަކީ ކުރުން ހެޔޮވާވަރުގެ ކަމެއްނޫންކަން. ކުންފުނިތަކަކީ ޔައްޔިތުން ވެރިޔަކު އިސްކުރީމާ ނާޗަރަންގީ ކުޅެ މަޖާ ކުރަން ބޭނުންވާ ފައިސާގެ ވައްކަން ކުރަން އުފައްދާ ތަންތަންކަން. ފެނަކަ ކުންފުންޏަކީ މިހާރުވެސް ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތި އެތައް މުވައްޒަފުންނެއް އަޅާފަ އޮތްތަނެއް. ރަށްރަށުގެ ރައްޔިތުންގެ އާންމު ނުރުހުން އޮތްކަމެއް. ތިމާރުހޭ ވަކި ބައެއްގެ ފައިދާގެ ޚިޔާނާތް
ސަރީފާއްތަ
21 February 2025
ތީ އަދި ކޭއެއްޗިހީގެ މަދުއަދަދެއް. ދުވަހަކުވެސް ކޭވަރެއް ނޭގެޭނެ.
ހުސް ވާހަކަ
21 February 2025
ޕޮލްކޯ އަދި ސިފްކޯ އުވާލަން ޖެހޭ. ވައްކަން ކުރަން ހަދާފަ ހުންނަ ތަންތަން.
އޮނަރަބްލް ކުރުސީ ބެއްޔާގެ އަފީފު ދީދީ
21 February 2025
ބަދަރުގައި ޖައްސަން ގެންނަ ހިލަފުނި ކޮނެ ހިއްކަން ގެންނަ އެކްސް ކަވޭޓަރު، އަދި ލޮރީ ގެ އިތުރުން ރައީސުލް ޖުމްހުރިއްޔާ ގެ ނަމުގައި އެތެރެ ކުރާ ވަޒަންނާރާ އަގުބޮޑެތި ކާރު ވެސް ވަނީ ގެއްލިފައިއެވެ . ދާދި ފަހަކުން އެއަރޕޯޓު ކޮމްޕެނީގެ ވެހިކަލެއްގެ ނަންބޯޑު ބަދަލުކޮށް ދުއްވަނިކޮށް ވެސް ވަނީ ފެނިފައެވެ . ދައުލަތުގެ މާލިއްޔާ ގެ ވެސް އަދި މުދަލުގެ އޮޑިޓަށް ވެސް ވާނުވާ ބަލާ ޖަވާބުދާރީ ކުރެވޭނެ ގޮތެއް މިހާރަކު ނެތެވެ . މެމްބަރުގެ ގޮޑިގެއްލޭތީ އެވެ.
ދިކި
21 February 2025
ޕޮލްކެޓް ހާވާލަބަލަ، ރައްޔިތުންގެ ދަތް ކޮޅުފާބާނެ.
ލިލިމާ
21 February 2025
ފުލުހުންގެ އާ ޤާނޫނުގެ ދަށުން ތިތަނަކީ އުވާލަން ޖެހޭތަނެއް. އަދި އަލުން ރީސްޓްރަކްޗަރ ކުރަން ޖެހޭ ތަނެއް. އެކަން ކުރިކަން އެހާ ސާފެއް ނޫން.
ޕޮލްފިފް
21 February 2025
ޕޮލްކޮސިފްކޯ އުވާލާ ސިޔާސީމީހުންވަދެގެން ގަންނަގަނޑު މުޅިދެމުއައްސަސާ ޚަރާބުކޮއްފި، މަތިކޮށްފައިވާޒިންމާ އަދާކުރައްވާ. ސައިޒައްވުރެ ފާޓްފުޅާވުމަކީ ލަދުކަމެއް
ފަހުދު.
21 February 2025
ވަގުން ހިފަން ވަގުން
ޮޮޕޮލޮކޯސިފްކޯ
21 February 2025
އަޅެ ރައީސް މުއިއްޒޫ ދެން މި ޕޮލްކޯ ތަކާ ސިފްކޯތައް މިހެން ވައްކަން ކުރަން ނުބައިތިއްބާ މިތަންތަން އުވާލާފަ ފުލުންުނާ ސިފައިން އެމީހުން އަސްލު ކުރަންޖެހޭ މަސައްކަތް ތަކަށް ރުޖޫއަ ކުރުވާކަށް ހަމަ ނުވޭތޯ މަނިކުފާނު؟
މިއައު
21 February 2025
ފުލުހުންގެ ވިޔަފާރި ކުންފުންޏެއް އޮވެގެން ތިޔަބުނާ ނަޒާހާތްތެރި ވެރިކަމެއް ކުރެވޭނެ ކަމަށް ދެކޭ ބަޔަކީ އިހުލާސްތެރި ބައެއް ނޫން. ދެން އަނެއްކަމަކީ މިހާލަތައް ދިޔުނުން ގައުމުގެ ދެން ރަނގަޅުވާނީ ކޮން ކަމެއް.