21 ޖުލައި 2020 - 13:01
ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ކުރަމުން އަންނަ އައިލެންޑް އެކްސްޕާޓް ކުންފުނިން މަސައްްކަތް ކޮށްފައިވާ ގޮތާއި އެ ކުންފުނިން ކޮށްފައިވާ އެހެން ބައެއް ކަންތައްތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ބޮޑެތި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ލަސްވެފައިވާ މައްސަލަަ ރައްޔިތުންގެ މަޖިލީހުން ބަލަން ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.
އައިލެންޑް އެކްސްޕާޓްގެ މައްސަލަ މަޖިލީހަށް މި ހުށަހެޅީ، ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހެދުމުގެ މަސައްކަތުގައި އުޅޭ ބިދޭސީންނަށް މުސާރަ ނުދެވި އެ މީހުން ބޮޑު ހަޅުތާލެއް ވެސް ކޮށްފައި ވަނިކޮށެވެ. މި ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގައި ބުނާ ގައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައި ޔައުގޫބް ހުށަހެޅުއްވި މައްސަލައިގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ޕްރޮޖެކްޓާ ގުޅޭ މައިގަނޑު ހަތް ކަންބޮޑުވުުމެއް ހިމަނުއްވާފައި ވެ އެވެެ. އެ މައްސަަލައިގައި މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ އެ ފްލެޓްތަކުގެ މަސައްކަތް ލަސްވެފައި ވަނީ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން ކަމަށެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްުޔާސް ލަބީބު ތުހުމަތު ކުރެއްވީ ފްލެޓް އަޅަން ސިފައިންނާއި ފުލުހުން ދެއްކި ފައިސާ މުއިއްޒު ބޭނުން ކުރައްްވާފައިވާ ކަަމަށެވެ. އެ މަސައްކަތް ފުރަތަމަ ހަވާލުކުރި ނޫމަޑިއަށް ދައުލަތުން ބޮޑު ބަދަލެއް ލިބޭ ގޮތަށް މަގުފަހި ކުރެއްވީ މުއިއްޒު ކަމަށާއި ނޫމަޑީގެ ހިއްސާދާރެއްގެ ކުންފުންޏެއް ކަަމަށްވާ އައިލެންޑް އެކްސްޕާޓާ ފްލެޓް މަޝްރޫއު އަލުން ހަވާލުކުރީ ވެސް ރޭވުމަކުން ކަަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ފަހުން ދިނީ ނޫމަޑީގެ އެއް ޑިރެކްޓަރު ޝެއާވާ ކުންފުންޏަށް އަނެއްކާ ވެސް. އެ ދީފައި އެ ކުންފުނިން ގެންނަ ހުރިހާ މުދާ ޑިއުޓީ ފްރީ. އެ މީހުން ހިންގާ ހުރިހާ ޕްރޮޖެކްޓެއް ޑިއުޓީ ފްރީކޮށް ހިންގަނީ. ޑިއުޓީ ފްރީކޮށް [އެހެން] ހުރިހާ ޕްރޮޖެކްޓްތަކަކަށް މުދާ ގެންދަނީ،" އިލްޔާސް ވިދާޅުވި އެވެ.
މައްސަލަ ހުށަހެޅުއްވި ޔައުގޫބް ވިދާޅުވީ ފްލެޓް މަޝްރޫއު ދިގު ދަންމަނީ ޑިއުޓީ ފްރީކޮށް މުދާ ގެނެވޭތީ އެ ގޮތަށް މުދާ ގެެނެސްގެން އެހެން މަސައްކަތްތައް ކުރަން ކަމަށެވެ. އެ މަސައްކަތަށް ދޭން ޖެހޭ ވަރަށް ވުރެ މާ އިތުރަށް ފައިސާ ދީފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމުގައި ޕޮލްކޯ އާއި ސިފްކޯގެ ވެރިން އައިލެންޑް އެކްސްޕާޓާ ގުޅިގެން ފައިދާތަކެއް ހޯދަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ޕޮލްކޯ އާއި ސިފްކޯގެ ވެރިން ޕްރޮޖެކްޓް ހިންގާ ފަރާތް، ނޫނީ ކޮންޓްރެކްޓަރާ އެއްކޮށް ރާއްޖެއިން ބޭރަށް އެކިއެކި ދަތުރުކޮށް ކޮންޓްރެކްޓަރާ ޕްރޮޖެކްޓްގެ ވެރިފަރާތް ގުޅިފައި އޮތް ވަރު އަޅުގަނޑު މި މައްސަލައިގައި ވެސް ފާހަގަކޮށްފައި އޮންނާނެ. މިކަން މިހެން އޮތްހާ ދުވަހަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ޕްރޮޖެކްްޓެއް ނުނިމޭނެ،" ޔައުގޫބް ވިދާޅުވި އެވެ.
މިއަދުގެ ބަހުސްގައި ނައިފަަރު ދާއިރާގެ މެމްބަރު އަަހުމަދު ޝިޔާމް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނުނިމިގެން އުޅެނީ ފައިސާ ނެތިގެން ކަމަށާއި ފައިސާ ނެތީ އެ ޕްރޮޖެކްޓް ފުރަތަމަ ހަވާލުކުރި ނޫމަޑި އަށް ދައްކާފައިވާ 100 މިލިޔަން ރުފިޔާ މިހާރުގެ ސަރުކާރުން ނުހޯދައި ދޫކޮށްލުމުން ކަމަށެވެ.
ނޫމަޑި އަށް އެޑްވާންސްކޮށް ދެއްކި 100 މިލިޔަން ރުފިޔާއަކީ ސިފައިންނާއި ފުލުހުންގެ އަތުން ޑައުންޕޭމަންޓްގެ ގޮތުގައި ނެގި ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫމަޑިއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމެއް އުވައިލުމުން އެ ކުންފުނިން ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ދިއުމުން މިހާރުގެ ސަރުކާރުން ނިންމީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްް ނޫމަޑި އަށް 55 މިިލިޔަން ޑޮލަރު ދިނުމަށެވެ. އެ ފައިސާގެ ބޮޑުބައެއް ދައްކާފައި ވާއިރު ނޫމަޑި އަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާ އަނބުރާ ދައްކައިފައެއް ނުވެ އެވެ.
ޝިޔާމް ތުހުމަތު ކުރެއްވި ގޮތުގައި ނޫމަޑިއާ މުއާމަލާތް ކުރި ސެޓުލްމެންޓް ކޮމިޓީން ވަނީ އެ ފައިސާ އަނބުރާ ނުހޯދަން އެއްބަސްވެފަ އެވެ.
"ނޫމަޑި އަށް ދޭން ޖެހޭ ފައިސާގެ ތެރޭގައި މިދެންނަވާ 100 މިލިޔަން ވެސް ހިމަނައިގެން، ނޫމަޑި އަށް އެބޭފުޅުން ދައްކާފައި އޮތް 100 މިލިޔަން ރުފިޔާ އެއީ ސަރުކާރަށް އަނބުރާ ދޭން ޖެހޭ އެއްޗެއް ނޫން ކަމަށް އެންްމެ ފަހުން އޭޖީއާ އެކީގައި އެ ސެޓްލްމެންޓް ކޮމިޓީން ނިންމީ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން އެެގޮތަށް ކަންތައް ކުރި އިރު އެއީ ސިފްކޯ އާއި ޕޮލްކޯގެ ފައިސާއެއް ކަމަށާއި އެއީ ސަރުކާރާ ބެހޭ ފައިސާއެއް ވެސް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު1
21 July 2020
އަދީބު ނަންވާނީ.. ހާދަ ބޮޑެތި ވައްކަމޭ ތިހުންނަނީ ކޮށްފަ
ގުއިދައިތަ
21 July 2020
އިލިޔާސް ލަބީބު މެން ވާނުވާ ނޭނގި އަނގަތަޅަނީ.
އެސްކޮބާރ
21 July 2020
ގުޅިގެން ހިންގާ ކަރަޕްޝަން. ޕްރޮޖެކްޓް ފުރަތަމަ ދިން އިރު ހުރި ދިފާއީ ވަޒީރުގެ އާއިލީ ކުންފުންޏަށް ސަބްކޮންޓްރެކްޓް ކުރަން މިހާރު އުޅުމަކީ އިއްތިފާގެއް ނޫން.
ބްރިޖު
21 July 2020
އަޖައިބު. ތިޔަތާނގައި އިންނެވި މެންބަރެއްވެސް ހުރީ ތިޔަ ހާލެއްގަ އެކަމަކު އެކަމެއް ގޯހެއްނުވި. ގާނޫނު ހަދާ ތަނުގެ މެންބަރެއް ގާނޫނީ ހުކުމަކަށް ގޮންޖަހާފަ ގަދަބަސް ބުނާއިރު އެކަމަށް އެއްޗެއް ބުނަންކެރޭ މީހެއް ނެތް. ތިޔަ ކަމާވެސް ކަންބޮޑުވެގެން ތ އުޅެނީ ޑިއުޓީ ނުދައްކާ އެތެރިކުރި ތަކެތިން ތިޔަ އިއްޒަތްތެރިންނަށް ބައެއްނޭޅީމަ
މޫޗީ/މީދޫ
21 July 2020
މިސަރުކާރު އައިފަހުން މިކުރާ ކަމަކީ" ކޯޕަރޭޓް ހޭންޑްއައުޓް" ދިނުން. ރައްޔިތުން ބިކަވަނީ. ކޮވިޑް19 ގެ ކަންކަމުޔގައިވެސް ފައިސާ ލިބުނީ ކުންފުނިހިންގާ ބޮޑެތި މުއްސަންދިންނަށް.
ހުސެނ
21 July 2020
ނޫމަޑި އެކޭ ކިޔާނެ...އައިލެންޑް އެކްސްޕާޓް އެކޭ ކިޔާނެ...އެސަރުކާރު މިސަރުކާރު ކިޔަކިޔަ ޢިއްޒަތްތެރި މެމްބަރުން މަހަކު އައްޑިހަހާހައްވުރެ ގިނަ ރުފިޔާ ނަގަނަގަ ފިނި ހޯލުގަތިއްބަވާ... ރައްޔިތުންގެ ހާލަތު ދަނީ ދުވަހުންދުވަހަށް ދަށަށް ...އެކަން ފަހުމް ވެ ލައްވާތޯ... އިދިކޮޅެއް ސަރުކާރެއް ކިޔާނެ ކަމެއް ނެތް ތި މަޖިލިސް ގެހުރިހާމެމްބަރުން ގެ ޒިންމާއެއް ރައްޔިތުންނަށް ހަރާންކޯރު ނުވެ ކަންކަން ފަހިކޮށްދިނުން...
ކުޑަތުއްތު
21 July 2020
ކާކާ ހުސްކޮށްފި
މުޑަހަންޖާ
21 July 2020
ރަށްރަށުގައި އުޅޭ އާދައިގެ ރައްޔިތުމީހާ ގެދޮރުއަޅަން ގަންނަ ސިމެންތިކޮތަޅުން ފެށިގެން މޮހޮރާއިހަމައަށް ހުންނަނީ ހުރިހާ ޓެކުހަކާއި ޑިއުޓީއެއް ނަގާފަ، ކ.މާލޭގަ ބޮޑެތި ވަޒީފާތަކުގައުޅޭ މީހުނާއި އަދި އިއްތިފާގުން މާލޭމީހެއްގެ ބަނޑުން އުފަންވެފަތިބޭ މީހުނަށް ގެދޮރުއަޅަންޖެހެނީ ހުރިހާ ޑިއުޓީއެއް ކަނޑާލައިގެން. މިއީ ކޮންކަހަލަ ހަމައެއް؟
ދިއްދޫމީހާ
21 July 2020
ނޫމަޑީގެ ކޮރަޕްސަން މިސަރުކާރުގެ އެމް،އެމް،ޕީ،އާރް،ސީ، ހަމަ ދެކޮޅަ ފައިދާ ވާގޮތަ ހުރިހާ ކަމެ ކުރަނީ، މިބުނީ ސަރުކާރުގައި ތިބ މީހުންނާ އިދި ކޮޅުގަ ތިބި މީހުންނާ ގުޅިގެން ހިންގާ ކަމެކޭ، އެހެން ނޫންނަމަ އެ100 މިލިޔަން ރުފިޔާ ނޫމަޑިއަ ދޫކޮއްނުލާނެ، ތީގަވެސް ޕޮލިސްއާ ސިަފއިންގެ އިސްވެރިން ހިމެނޭ، ހަމަ އެމް،އެމް،ޕީ،އާރް،ސީގެ ހުރިހާ ހުރިހާ ސިފަތަކެ ނޫމަޑި މައްސަލާގަ ހިމެނޭ...
ބުނެދެގަ
21 July 2020
އައިލެންޑް އެކްސްޕާރޓަށް ތިހާ ބޮޑު ޕްރޮޖެކްޓެއް ދޭންވީ އެއީ ކިއެއްވެތޭ އެމްޓީސީސީ އަށް ނުދިނީ އެއީ ކިއެއްވެތޭ އެއީ މަމެން ސާފުކޮށްލަން ބޭނުންވާ ކަމެކޭ އިނގޭތޭ...