24 ފެބުރުއަރީ 2025 - 19:47
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާފައިވާ ކަމަށެވެ. އޭގެ މައިގަނޑު ކަމަކަށް ފާހަގަކޮށްފައި އޮތީ ޑީއެންއާރު ޑޭޓާތައް ބޭނުންކޮށްގެން ޕީއެންސީ އަށް މީހުން ވެއްދުމުގެ ތުހުމަތެވެ.
އެ މައްސަލާގައި ޖަވާބު ދާރީވާން، އިހުސާނަށް އެއް ގަޑިއިރުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފަ އެވެ. އިތުބާރު ނެތް ކަމުގެ މައްސަލައެއްގެ ޖުމްލަ ވަގުތަކީ ދެ ގަޑިއިރެވެ.
މަޖިލީހުގެ ޖަލްސާ މާދަމާ ހެނދުނު 9:00 ގައި ފަށާއިރު، އިހުސާނުގެ މައްސަލަ އޮތީ އެޖެންޑާގެ ފުރަތަމަ އައިޓަމްގެ ގޮތުގަ އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ވެރިކަން ހިންގާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު މަޖިލީހުގައި އޮތް އިރު، މި މައްސަލަ އިހުސާނާ ދެކޮޅަށް ފާސްވުން ވަރަށް ނާދިރެވެ. މި މައްސަލާގައި ޕީއެންސީން ވިޕެއް ނެރުނު ކަމެއް އަދި ނޭނގެ އެވެ.
- ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް، އެ ނިޒާމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުން. މި އެއްބަސްވުމުގެ ދަށުން އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހުން.
- ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއެޅުން.
- އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުން.
- އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަައިވާ ސައްހަ ނޫން ފޯމުތަކުގައި ހުރި މައުލޫމާތަކީ ޑީއެންއާރު ޑޭޓާބޭސް އަށް އެކްސެސް އޮތް މީހަކަށް ނޫނީ ނުލިބޭނެ މައުލޫމާތަކަށް ވާއިރު، ޑީއެންއާރުގެ ޑޭޓާބޭސްގެ ހުރިހާ ކަމެއް ބަލަހައްޓަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާންގެ ބެއްލެވުމުގެ ދަށުންކަން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެނަސް
24 February 2025
ހުސްދޮގު ތުހުމަތުތައް. އޭގަ ނެތް އެއްވެސް ހަގީގަތެއް ޝާބިތުކޮއްދެވިފަކާ. ތިޔައްވުރެން ރަނގަޅުވާނެ އެމްޑީޕީންކުރި ވައްކަންތައް ބެލިއްޔާ. ހުރިހާ ކުންފުނިތަކެއް ދަރަނިކޮއްލާ ނުވިތާކައް ކޮވިޑްގަ ވެސް ވައްކަންކުރީ އަދި ރާއްޖެ 125 ބިލިއަނުން ދަރުވާލީ
ޤައުމީ ލޭ
24 February 2025
ތީ މި ސަރުކާރުގެ އެންމެ ޕާފޮމަންސް ރަނގަޅު މިނިސްޓަރ. އެމް.ޑީ.ޕީ އިސްސަފުގަ ތިބި ބޮޑެތި ވ އެންމެ ޖެހިލުންވާ މިނިސްޓަރ. ބިދޭސީންގެ މައްސަލަވެސް ހައްލު ކުރާނެ، ޑްރަގްވެސް ނައްތާލާނެ، ވަގުން ހިފާ ހައްޔަރުވެސް ކުރާނެ. މިނިސްޓަރ ކަމުން އިޙްސާން ބޭރުވެސް ނުކުރެވޭނެ. އެމް.ޑީ.ޕީ ބޮޓުން ތައް ހަމަ ތެޅިތެޅި ތިބެންޖޭހޭނީ.
ޢަލްޓިކޯ
24 February 2025
މާލަސްވެއްޖެ ތިކަން ކުރަން
މަސްދަޅު
24 February 2025
އަސްލު ރޯދަ ހަދިޔާއަކަށް ވާނީ މީނަ ބޭރުކުން.
ހަމަ އަސްލުވެސް ބޭރުކުރޭ
24 February 2025
ހަމަ އަސްލުވެސް ބޭރުކުރޭ މީނަ ބޭރުކުރޭ. ވަރަށް ނާޤާބިލް މީހެއް. ހަމަ މިގޮތަށް އެބަޖެހޭ އެޑިއުކޭޝަން މިނިސްޓަރާއި، ނަސީރު އާއި، އަސްވާޑުވެސް ބޭރުކުރަން.. ވަރަށް ހޮޅި މިނިސްޓަރުންތަކެއް.
ގޮއްޔެ
24 February 2025
460 މިލިޔަން އަހަރަކަށް؟؟ މަހަކަށް 38.33 މިިލިޔަން؟؟؟ ކޮންތާކުން ތިފައިސާ ނެރެނީ؟ ނާ ހަމަ ތީ ތެދެއްތަ؟؟؟ މަށަކަށް ނޭނގުނު މި ކޮމެންޓުގައި ލިޔަންވީ އެއްޗެއް. ދެއަތާ ދެފައި ތުރުތުރުލާ ވަރުންވެސް ލިޔެވޭ ވަރެެއްނުވި
ޖޫމް
24 February 2025
މިއީ ކަނޑައެޅިގެން ގަސްތުގަ އިހްސާން ޕްރޮމޯޓްކޮށްދިނުން ރިޔާސީ ކެނޑިޑޭޓަކަށް މީނަ ފަރިވާހެން ހީވަނީ