އެކްސިޑެންޓުވި ޒުވާނާ ދުއްވި ސައިކަލު.-- ފޭސްބުކް ފޮޓޯ: ޝިމްބެއްޔާ
26 ފެބުރުއަރީ 2025 - 11:36
އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި މަރަދޫ އިން ހިތަދު އަށް ދުއްވާފައި ދަނިކޮށް ބްރިޖު ބެންޑު ހިސާބުން ސައިކަލު ކޮންޓްރޯލް ނުވެ، ބްރިޖުގެ ފެންސުގައި ޖެހިގެން ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ބްރިޖުގައި ވަރަށް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެކްސިޑެންޓުވެ ނިޔާވީ 24 އަހަރުގެ ފިރިހެނެކެވެ. އޭނާ މާލޭގައި ހުރެފައި އައްޑު އަށް ދިޔައީ އެ ތަނުގައި އޮތް ރޭސިން މުބާރާތެއްގައި ބައިވެރިވުމަށެވެ. މިއީ، މި މަހުގެ ކުރީކޮޅު ހުޅުވި ބްރިޖުގައި ހިނގި ފުރަތަމަ އެކްސިޑެންޓެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާކު ގެންދިޔައިރު ވެސް ވަރަށް ހާލު ދެރަ ކަމަށެވެ. ނިޔާވީ ފަރުވާ ދެމުން ދަނިކޮށް ކަމަށް ވިދާޅުވި އެވެ.
އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން އިސް ނަގައިގެން ހުޅުދޫގައި މިދިޔަ ހަފުތާގައި ފެށި "އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕް" މުބާރާތަށް ފަރިތަކުރަމުން ދިޔަ ޒުވާނަކު ވެސް އެކްސިޑެންޓުވެ، ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާދިރު
27 February 2025
ދިވެހިރާއްޖެއަކީ ރަޝިޔާ، ކެނެޑާ ފަދަ ބިންބޮޑު ގައުމެއް. ބޭސް ފަރުވާގެ އެންމެ މޮޅެތި ހޮސްޕިޓަލް ތަކުގައި މެޑިކަމް ކޮލެޖްތަޖުގެ ޕްރޮފެސަރުން އެތިއްބެވީ ހަމަ ހުހަށް. ހަމަ ހޮސްޕިޓަލަށް ވަނުމުން، .ހުރިހާ ކަމެއް ފަހިވޭ..ވީމާ ރޭސް ބޭއްވުން މާ މަދީ..ކުލަބް ތައްވެސް މާ މަދީ..
ސަލީމު އިދުރީސް
26 February 2025
މިތާ ބައެންމީހުން ކޮމެއްކޮއްފަ އެބަހުރި ބެންޑުގެ މައްސަލައެއް ކަމައް ދޭހަވާގޮތައް19 ކިލޯމީޓަރުވަރު ތަންފުކެއްގަ ތަނަކައްދާން 80 މަޑުން ދިއަސް 15 . ވިއްސަކައް މިނެއްޓުން ދެވޭނެ! ބެންޑެއް އިދެފިއާ ދުވެލި އަނގައިދޭ ނިސާން އިންނާނެ! ދައްކުރަން ޖެހޭވަރައްވުރެ 30 ކމ ވަރު ބާރުނުވަނިސް ކޮންޓުރޯލުން ނުނައްޓަނެ! ބެންޑުގަ ދާންވާވަރައް ވުރެ ބާރައް ދެވޭހާ ފަރިތަ މީހަކު ނުހުންނާނެ އެއީ ފިޒިކު އެކަންބިނާވަނީ ދުވެއްޔާ ބަރުދަނާ އުސްއްތިމިން ފަދަ ކަންތަކައް
އިދުރީސް
27 February 2025
ކީކޭތަ ތިކިޔަނީ؟ ކޮމެންޓް ކުރާތާ ގަރުނެއް ވީއިރުވެސް ސާފު އިބާރާތުން ލިޔާކަށް ނޭނގުނު ދޯ!
ކިހާބޮޑުކަމެން
26 February 2025
އެހެން މީހަކަށް ގެއްލުމެއް ނުވިކަމަށްޓަކާ ﷲއަށް ޙަމްދުކުރަން. މީ ކޮންތާކުން ނުކުމެގެން އުޅޭ ބައެއްތަ؟ ސަރުކާރަށް ބޮޑުވަނީ ހަމައެކަނި ދުންބުއީމަތަ؟ މިހާރު ދެވަނަ މީހާ މިހަފުތާގަ އައްޑޫއިން މިއެކްސިޑެންޓުވީ. ހުޅުމާލޭގަ މިމީހުން މައިތިރި ނުވީމަ މިހާރު އައްޑޫއަށް ފޮނުވަންފެށީދޯ ރޭސްރޭސް އޭ ކިޔާފަ. ކަލޭމެން ހަށިގަނޑަށް ފައިދާވާނެ ކުޅިވަރެއް ކުޅެބަލަ! ތިމާމެންގެ އަތުން ތިމާމެން އަދި އެހެން މީހުން ނުރައްކަލަށް މި ހުށައަޅަނީ!
ބަބްސް
26 February 2025
ހަންކެޑެ ބުރިޖް ތޮއިތީ ހޭކެނޑެއްދެން ދުއްވާ ...
ސަހަރޯ އޭ
26 February 2025
ކޮން ތުއިކަމެއް ދައްކަން ބާއްވާ މުބާރާތްތަކެއްތަ
އަޒަރުބާއީގެ ޖާން
26 February 2025
ރަނގަޅަށް ގިޔަރު ހަމަކުރަންޖެހޭ އެބަ، ތިޔަ ފަރިތަ ކުރާއިރުވެސް، ދުއްވުމުގެ ކުރިން
ރޭސް މުބާރާތްތައް ހުއްޓުވަންޖެހޭ!
26 February 2025
މިއީ މުސްލިމް ޤައުމެކެވެ. ހުއްދަ ގޮތުގައި ދުނިޔެވީ އުފާ ޙާޞިލް ކުރެވިދާނެ އެވެ. އެކަމަކު ކަނޑައެޅިގެން ފުރާނައަށް ނުރައްކާ އޮންނަ ކަންކަން މަޖުބޫރީ ޙާލަތެއްގައިމެނުވީ ކުރުން އިސްލާމްދީން ހުއްދައެއް ނުކުރެއެވެ. މިހާރުމިއޮތީ 100 ދީނީ ޢިލްމުވެރިން ބައިޢަތުހިއްޕެވި ދީނީ ރައީސް މުޢިއްޒުގެ ވެރިކަމެވެ. އެހެން ރައީސުންނަށް ކުރައްވަން ކެރިވަޑައިގެންފައި ނުވާ ކަންކަން، ކުރައްވާ ރައީސް، ކާރާއި، ސައިކަލު ރޭސް މުބާރާތްތައް މަނާ ނުކުރައްވަނީ ކީއްވެގެންތޯ އެވެ؟
ޝޭޚު
26 February 2025
ބްރޯ ލާރި ލާރި. ޝެއިޚުންނަށް ވެސް ލާރި ނުލިބެންޏާ ބައިއަތެއް ނުހިފޭނޭ. ޝެއިޚުނޭ ކިޔާފަ ފީ ސަބީލިއްﷲ އަށް މަސައްކަތެއް ނުކުރެވޭނެ އޭ.
ކޮތަރޭ
26 February 2025
ތީ ޒުވާނުން އަމިއްލައަށް މަރުވަން ހުއްދަދީގެން ކުރާ ކަމެއްތަ؟ ކުޅިވަރަކަސް ތިހާ ނުރައްކާތެރި ބިރުބޮޑު ކުޅިވަރުތައް ބާއްވާކަށް ނުފެނޭ. ރޭސް ނިމުނީމަ ދެން ރަށުތެރޭގައި ތި ޒުވާނުން ބާރު ސްޕީޑުގައި ދުއްވަނީ ދެން އޮންނަ އިވެންޓަކަށް ފަރިތަކުރެވޭނެތާ. މޮޓޯ ސައިކަލް ރޭސިން އިވެންޓުތައް މަނާ ކުރަން ގޮވާލަން ސަރުކާރަށް. ރަށުތެރޭގައި މި ޒުވާނުން ސައިކަލުތައް ދުއްވާ ގޮތުން އަހަރެމެންނަކަށްވެސް ނެތް ރައްކާތެރިކަމެއް މަގުމަތީގައި
މެނޭޖަރު
26 February 2025
ސައިކަލް ރޭސިންގ އިވެންޓުގެ ލޮކޭޝަން ބަދަލުވެފައި މިއޮތީ.
ޑރ ވާންޗޯ
26 February 2025
ކިހާ ދެރަކަމެއް، ތިޔަ ބްރިޖް ހުޅުވި ދުވަހުވެސް ބުނިން ދެން ބްރިޖްމަތީގަ ހޭކެނޑިގެން ގޮސް ވެއްޓި ހަންކެނޑޭނީކީނޫނޭ.
ކަމާލ
26 February 2025
"އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕް" ތިޔަ ނަމުގަ ވެސް އެބަ އުޅޭ މައްސަލަ އެއް. ކޮންމެ ހެން މީހުން މަރަށް ހުށަހެޅޭ މިކަހަލަ ކަންތައް މުބާރާތޭ ކިޔާ ބާއްވަން ޖެހޭތަ. ފުރާނައަށް ނުރައްކާ ނުވެ ހުނަރު ދައްކާލެވޭނެ އެހެނިހެން ކަންތައް ވެސް އެބަހުރި. އެކަންތައް ކުރަން މިޙުންނަށް ފުރުސަތު ހުޅުވަ ބަލަ.