އެސްޓީއޯ ޕީޕަލްސް ޗޮއިސް: ފުރަތަމަ ފްލޯ އަންނަ އަހަރު ހުޅުވަނީ ---ފޮޓޯ: މިހާރު
26 ފެބުރުއަރީ 2025 - 13:31
ބެންކް އޮފް މޯލްޑިވްސްއިން އެސްޓީއޯއާ ގުޅިގެން "ރަން ފުރުސަތު" ޕްރޮމޯޝަން އިއުލާނުކޮށްފި އެވެ.
އެ ޕްރޮމޯޝަނުގައި އެސްޓީއޯގެ ފިހާރަތަކުން ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. އެ ޕްރޮމޯޝަނުގައި މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް 5،000ރ. ގެ އެސްޓީއޯގެ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ.
އެ ޕްރޮމޯޝަނުގައި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް ހަތް ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްގެ ކާޑު ބޭނުންކޮށް އެސްޓީއޯއިން 300ރ. އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް 2،000ރ. ގެ ބީއެމްއެލްގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.
"ރަން ފުރުސަތު" ޕްރޮމޯޝަނުގެ އިތުރުން އެސްޓީއޯގެ ފިހާރަތަކުގައި "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ވެސް ދަނީ ކުރިއަށެވެ. އެ ޕްރޮމޯޝަނުގެ ދަށުން އެކި ޕްރޮޑަކްޓުތަކުން ބޮޑެތި ޑިސްކައުންޓުތަކެއް ލިބެ އެވެ. އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް މިއަހަރު ހުށަހަޅާފައިވަނީ އެއްލައްކަ ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy