ސްޓެލްކޯގެ މުވައްޒަފެއް މަސައްކަތުގައި: ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން ދާތީ ސަމާލުވާން އެ ކުންފުނިން ވަނީ އެދިފައި --- ފޮޓޯ/މިހާރު
26 ފެބުރުއަރީ 2025 - 14:41
ކަރަންޓު ބިލުގެ ރީޑިން ނެގުމުގެ މަސައްކަތް އެއް ދުވަސް ތެރޭގައި ނިިންމުމަށްޓަކައި މާލެ ސަރަހައްދުގައި ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާ ނިކުންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވީ މާދަމާ ރީޑިންގް ނެގުމަށްފަހު ދެން ރީޑިންގް ނަގާނީ ރޯދަ މަސް ނިމުމުން އަންނަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ރަށެއްގެ ގޭބިސީގެ ރީޑިން ނަގައި އެއް ދުވަސް ތެރޭގައި ނިންމާލާނެ ކަމަށެވެ. މާލެ ސަރަހައްދުގައި ކަރަންޓް މީޓަރުގެ ރީޑިންގް ނެގުމަށްޓަކައި ސްޓެލްކޯގެ 350 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެގޮތަށް ހެދުމަށް މި ނިންމި ސަބަބަކީ މިދިޔަ އަހަރު ދެ ބިލުން ވެސް ޑިސްކައުންޓު ދޭން ޖެހުނު، ބިލް ކޮށްފައި ހުރިގޮތުން. އެހެންވެ، އެކަން ހައްލުކުރަން އެއް މަހަށް ބިލް ކުރާ ގޮތަށް މިފަހަރު މި ނިންމީ،" ސަލީމް ވިދާޅުވި އެވެ.
ސްޓެލްކޯއިން މީގެ ކުރިން ބިލް ތައްޔާރު ކުރާއިރު 12 ދުވަހުގެ ތަފާތު އުޅެ އެވެ. އެހެންވެ މިދިޔަ އަހަރު ބައެއް ގެތަކަށް ދެ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދޭން ޖެހުނެވެ.
އެކަން ތަކުރާރުވިޔަ ނުދިނުމަށް މިފަހަރުގެ ބިލު ތައްޔާރުކުރުމަށް ނިންމާފައިވަނީ މާދަމާ އާއި ރޯދަ މަހުގެ ފަހު ދުވަހު ރީޑިން ނެގުމަށްފަހު މުޅި މަހަށް ވަކި ހާއްސަ ބިލެއްގެ ގޮތުގައި ކަަމަށް ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގައި ބަލާނީ މިދިޔަ އެއް އަހަރުގެ ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލައިގެން ކަމަށާއި އަދި ޑިސްކައުންޓް ދޭނީ އިތުރުވާ އަދަދަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
މާދަމާ ރީޑިންގް ނަގަން ފަށާއިރު ރައްޔިތުން އެއްބާރުލުން ދިނުމަށް ސްޓެލްކޯއިން ވަނީ އެދިފަ އެވެ. އެގޮތުން ގޭގައި ގިނަވަގުތު ނޫޅޭނަމަ، އުޅޭނެ ވަގުތު ސްޓެލްކޯއަށް އަންގާލުމުން އެ އެ ވަގުތަކާ ދިމާކޮށް ރީޑިންގް ނަގަން މުވައްޒަފުން ދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދުހަބީބު
27 February 2025
ތިޔާ އަހުން ވަރަށް އެދޭގޮތެއް. އޭރުން ކަރަންޓްބިލް މަހުންމަހަށް ބޮޑުވްމުންދާގޮތް ނޫނީ ކުޑަވާގޮތް އޮޅުން ފިލާނީ. އަދި ކުނިބިލަށްދައްކާ ފައިސާވެސް ހަލާލު ގޮތުގައި ވެމްކޯއަށް ލިބޭނީ. 28 ދުވަހަށް ބިލް ހަދާފާވެސް އެބަނަގާ ކުނީފީ 150ރުފިޔާ. އޭރުން 10ރުފިޔާ ރިބާގެ ގޮތުގައި އެބަ އިތުރަށްނެގޭ.
ީޓިނު
27 February 2025
ބިލައް ދިހަޕަސެންޓް އިތުރުކޮށްފަ ކުޑަކޮށްލީމަ ރަގަޅުވާނެ
އަސްލީ
26 February 2025
ތި 350 މީހުންގެ އިތުރު ގަޑިއަށް އެކަނި ވެސް ކަރަންޓް ބިލްތަކުން ކުޑަކުރާ ވަރަށް ވުރެ ބޮޑު އެއްޗެއް ހޭދަވާނެ.
ރއްްްަސސދ
26 February 2025
ބޭކާރު ވާހަކަ ނުދައްކާ. ކަލޭވެސް ހަލާލު މަސައްކަތުން ލާރި ހޯދާ
ކާކަ
26 February 2025
ތަޖުރިބަައިން މިމީހުންވެސް އެބަ ދަސްކުރޭ.
ާއޭސީ
26 February 2025
350 މީހުން ރެގެންވެސް ކަރަންޓު ބިލް ކުޑަ ކުޑަވެއްޖެއްޔާ ރަނގަޅު. މިދިޔަ މަހުވެސް ކަރަންޓު ބިލް ވީ ބޮޑު އެ އަދި އޭސީ ސަރވިސްކުރީމަ ވީ ވަރު. ދެން ފަހުމީ ޓީވީ އަށް އަރާ އިނދެކިޔާނެ ކަރަންޓް ބިލް ބޮޑުވަނީ އޭސީ ސަރވިސް ނުކުރާތީއެ.
ލުނބޯ
27 February 2025
އޭސީ ސަރވިސް ކުރި މީހުންގެ މައްސަލައެއްތީ. ސަރވިސް ކޮށްފައި ތިހުރީ ކަރަންޓް ގިނައިން ހިނގާގޮތަށްކަމަށްވާނީ.
އުދުހޭ
26 February 2025
ކުރާނެ ކަމެއް ނެތިފަ އަދި އިށީންނާނެ ގޮނޑި ނެތިފަތިބި އެތައްސަތޭނަ ސިޔާސީ މުއައްޒަފުން ނުފޮނުވަނީ ކީއްވެ؟
ހާދީ މުހައްމަދު
27 February 2025
އެކުދިންނަށް ލިޔުމާއި ކިޔުމުގައި ދަތިތަކެއްވެއެވެ.