ސްޓެލްކޯގެ މުވައްޒަފެއް މަސައްކަތުގައި: ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން ދާތީ ސަމާލުވާން އެ ކުންފުނިން ވަނީ އެދިފައި --- ފޮޓޯ/މިހާރު
02 ޖޫން 2025 - 23:22
މިދިޔަ މޭ މަހުގެ ކަރަންޓު ބިލްތައް ވެސް ތައްޔާރު ކޮށްފައި ވާނީ އަގުހެޔޮ ޓެރިފް ރޭޓުގައި ކަމަށް ސްޓެލްކޯ އިން މިރޭ ބުނެފި އެވެ.
ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ނުވަތަ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް މި މަހުގެ 1 އިން ފެށިގެން ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި، އެއާ އެއްގޮތަށް އަމަލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މޭ މަހުގެ 30 ގައި އަންގަވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސްޓެލްކޯ އިން މިރޭ ބުނީ ރައީސްގެ ނިންމެވުމާ އެއްގޮތަށް މިދިޔަ މޭ މަހުގެ ކަރަންޓު ބިލްތައް ތައްޔާރު ކޮށްފައިވަނީ އަގު ހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށެވެ.
"މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ،" ސްޓެލްކޯ އިން ބުންޏެވެ.
މީގެ އިތުރުން ރައީސް މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ދެން ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއް ވެސް ތައްޔާރުކުރާނީ އާ ޓެރިފްރޭޓްތަކަށް ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުގެ ގޮތުގައި މިހާރު ނަގާ އަދަދާއި އަގު ހެޔޮކުރުމުން ނަގާނެ އަދަދު ވެސް ހިމަނުއްވައިފަ އެވެ.
އެއީ:
ބޭންޑް 0-100: މިހާރު ނަގާ ރޭޓް: 1.50- އާ ރޭޓް: 1.25
ބޭންޑް 101-200: މިހާރު ނަގާ ރޭޓް: 1.70- އާ ރޭޓް 1.50
ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15- އާ ރޭޓް 1.50
ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50- އާ ރޭޓް 1.50
ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95- އާ ރޭޓް 2.66
ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55- އާ ރޭޓް 3.20
ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25- އާ ރޭޓް: 3.83
ކަމާ ބެހޭ މާހިރުން ދެކޭގޮތުގައި ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ބިލްތައް ބޮޑުވާ މައިގަނޑު އެއް ސަބަބަކީ ވެސް ކަނޑައަޅާފައިވާ ހަތް ބޭންޑުތަލުގެ ޓެރިފް ރޭޓު މަތިވުމެވެ. އެހެންވެ، ޒަމާނާ އެއްގޮތަށް ޓެރިފް ރޭޓު ދަށްކުރުމަކީ ކަރަންޓު ބިލަށް ހެޔޮ އަސަރު ކުރާނެ ކަމެެއް ކަމަށް މި ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.
ރާއްޖޭގައި ކަރަންޓުގެ އަގުތައް ކަނޑައަޅާ ޓެރިފް ރޭޓުތަކަށް އެންމެ ބޮޑު ބަދަލެއް ގެނައީ 2009 ގަ އެވެ. އޭގެ ކުރިން ތިން ބޭންޑަކަށް ކަރަންޓުގެ އަގުތައް ހުރި ނަމަވެސް ސަރުކާރުން 2009 ވަނަ އަހަރު ގެނައި ބަދަލުގެ ދަށުން ވަނީ ހަތް ބޭންޑަކަށް ޓެރިފް ބައި ކޮށްފަ އެވެ. އޭގެ ފަހުން 2016 އަދި 2019 ވަނަ އަހަރު ކަރަންޓުގެ އަގުތަކަށް ޑިސްކައުންޓްތަކެއް ގެނެސް މާލެ އާއި ރަށްރަށުގެ އަގުތައް އެއް ހަމައަކަށް ގެނެސްފައި ވެ އެވެ. އެކަމަކު، ޖުމްލަކޮށް ޓެރިފްތަކަށް ބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ކަރަންޓަށް ބިލް ކުރަނީ ބޭނުންކުރާ ނިސްބަތުން ޓެރިފް ރޭޓުތަކަށް ބަލައިގެން، ބޭންޑުތަކަށް އަގުކޮށްގެންނެވެ. ކަރަންޓުގެ އަގު ކަނޑައެޅުމުގައި ބޭންޑުތަކެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ، އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ކުޑަ އަގެއް ހިމަނައިގެން ބިލްކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަގުހެޔޮބިލު
04 June 2025
ތިއަގުހެޔޮ ބިލުގެ ވާހަކަނުދައްކާ. ކޮންމެމަހެެއް ނިމޭއިރަށް، ބިލު ފޮނުވުމުގެ ކުރިން، ޑިސްކައުންޓޭ، ބޭންޑޭ، ހޫނޭ، އޭއްޗެކޭ މީއްޗެކޭ ކިޔާނެ. ހައްގުތެދަށް މިބުނަނީ މިމަހު މިގެއަށް ލިބުނު ބިލަކީ ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ލިބުނު އެންމެބޮޑު ބިލު. ސްޓެލްކޯއަށް ގޮވާލަން މިގެއަށް ޑިސްކައުންޓު ނުދިނުމަށާއި އެމަހަކަށް މީޓަރަށް އަރާ އަދަދަށް ބިލުކުރުމަށް. 29 ދުވަހާއި 28 ދުވަހަށް މިގެއަށް ބިލު ނުފޮނުވާ.
ޝެލަރީ
04 June 2025
އަގުހެޔޮކޮށް ހެދީމަ ކުރީ ތިންނަހައްވުރެ މިފަހަރު ލިބުނު ބިލް ބޮޑު މީހައްގުދެތު މަށައްލިބުނުބިލް ބޮޑު
އާރޭޓް
04 June 2025
އާރޭޓް ވަރަށް ފައްކާ ... ދުވަހަކު ނުދެކޭވަރުގެ ބޮޑު ބިލެއް މި ފެނުނީ
ަަޖައިބު1
03 June 2025
ދުވަހަކު ނާރާ ވަރަށް އަރައިފި މިގޭގަ
ޒަވިޔަނި
03 June 2025
ތިއެއް އެގޭނީ ބިލް ފެނުނީމާ. ސަހަލު ގޮތަކައްބިލް އަންނާނެބާ؟ ޑިސްކައުންޓޭ ބުނާމަހުގަ، އެހެންމަސްމަހައްވުރެ ބޮޑު. މީގެފަހުން ޑިސްކައުންޓް ބޭނުމެއްނޫން. ބޭނުންބަޔަކައް ޑިސްކައުންޓްދޭ ގޮތްހަދަންފެނޭ.
ފުލެޓް ކުލި ހޯދާ.
03 June 2025
ފުލެޓަށް ކުލި ނުދައްކާ ތަންތަނުން ކަރަންޓް ކަޑާބަލަ.
ފާފު
03 June 2025
ތިގޮތަށް ރޯދަމަހު ވެސް ކަރަންތުން ޑިސްކަައުންޓު ދިން، ދެބިލް ހެދުމުން، ޖުމުލަ ނިސްބަތުން ކުޑަވިކަމަކަށް ގިނަ މީހުން ނުދެކޭ.
745696547896547896547
03 June 2025
މާލެ އާއި ރަށްރަށުގެ އަގުތައް އެއް ހަމައަކަށް ގެނެސްފައި ވެ! މި ދޮގެއް.. ރާއްޖެތެރޭގައި ކަރަންޓް އަގު ބޮޑު!
ނަމްބަރ 2
03 June 2025
ތިހެން ބުނާ އިރަށް މާލޭ މީހުން ބުނޭ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ވެރިކަން ކުރާ ރަށާއި އެހެން ރަށް ރަށާއި ތަފާތޭ. އަދިވެސް އެ ގަމާރުން ތަކަށް ހީވަނީކަން ނޭގެ އެހެން މީހުނަށް އެއްވެސް ކަމެއް ނޭގޭނެއޭ.
ރަންނަ
03 June 2025
ތިޖެހުނީ އަނެއްކަންތައް. ޑިސްކައުންޓޭ ބުނިމަހެއް އަދި ނުދޭ ސަހަލުކޮށް. ކިހާވަރަކުންދާނެބާ؟
ޑެބީ
03 June 2025
އެކަމު ހޫނުގަދަވުމުގެ ސަބަބުން މޭމަހުގެ ބިލު ބޮޑުވާނެދޯ އޭޕްރީލްމަހުގެ ބިލަށްވުރެން