ރާއްޖޭގައި ކަރަންޓުގެ އަގުތައް ކަނޑައަޅާ ޓެރިފް ރޭޓުތަކަށް އެންމެ ބޮޑު ބަދަލެއް ގެނައީ 2009 ގައި. އެކަމަކު، އޭގެ ފަހުން ޖުމްލަކޮށް ޓެރިފްތަކަށް ބޮޑު ބަދަލެއް ގެނެސްފައެއް ނުވޭ.
ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭ މައި ކުންފުނި ސްޓެލްކޯގެ ހެޑް އޮފީސް
30 މެއި 2025 - 20:22
ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ނުވަތަ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް އަންނަ ޖޫން މަހުގެ 1 އިން ފެށިގެން ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި، އެއާ އެއްގޮތަށް އަމަލު ކުރަން އެ ކުންފުނިތަކުގައި އެދިވަޑައިގެންފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ އިއުލާން ކުރައްވައިފި އެވެ.
ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުގެ ގޮތުގައި މިހާރު ނަގާ އަދަދާއި އަގު ހެޔޮކުރުމުން ނަގާނެ އަދަދު ވެސް ހިމަނުއްވައިފަ އެވެ.
އެއީ:
ބޭންޑް 0-100: މިހާރު ނަގާ ރޭޓް: 1.50- އާ ރޭޓް: 1.25
ބޭންޑް 101-200: މިހާރު ނަގާ ރޭޓް: 1.70- އާ ރޭޓް 1.50
ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15- އާ ރޭޓް 1.50
ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50- އާ ރޭޓް 1.50
ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95- އާ ރޭޓް 2.66
ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55- އާ ރޭޓް 3.20
ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25- އާ ރޭޓް: 3.83
ކަމާ ބެހޭ މާހިރުން ދެކޭގޮތުގައި ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ބިލްތައް ބޮޑުވާ މައިގަނޑު އެއް ސަބަބަކީ ވެސް ކަނޑައަޅާފައިވާ ހަތް ބޭންޑުތަލުގެ ޓެރިފް ރޭޓު މަތިވުމެވެ. އެހެންވެ، ޒަމާނާ އެއްގޮތަށް ޓެރިފް ރޭޓު ދަށްކުރުމަކީ ކަރަންޓު ބިލަށް ހެޔޮ އަސަރު ކުރާނެ ކަމެެއް ކަމަށް މި ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.
ރައީސް މުއިއްޒު: ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ދަށްކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން ކުރަން ދަންނަވާފައިވާނެ ކަމަށް މިއަދު ވިދާޅުވި-.---ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ކަރަންޓުގެ އަގުތައް ކަނޑައަޅާ ޓެރިފް ރޭޓުތަކަށް އެންމެ ބޮޑު ބަދަލެއް ގެނައީ 2009 ގަ އެވެ. އޭގެ ކުރިން ތިން ބޭންޑަކަށް ކަރަންޓުގެ އަގުތައް ހުރި ނަމަވެސް ސަރުކާރުން 2009 ވަނަ އަހަރު ގެނައި ބަދަލުގެ ދަށުން ވަނީ ހަތް ބޭންޑަކަށް ޓެރިފް ބައި ކޮށްފަ އެވެ. އޭގެ ފަހުން 2016 އަދި 2019 ވަނަ އަހަރު ކަރަންޓުގެ އަގުތަކަށް ޑިސްކައުންޓްތަކެއް ގެނެސް މާލެ އާއި ރަށްރަށުގެ އަގުތައް އެއް ހަމައަކަށް ގެނެސްފައި ވެ އެވެ. އެކަމަކު، ޖުމްލަކޮށް ޓެރިފްތަކަށް ބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ކަރަންޓަށް ބިލް ކުރަނީ ބޭނުންކުރާ ނިސްބަތުން ޓެރިފް ރޭޓުތަކަށް ބަލައިގެން، ބޭންޑުތަކަށް އަގުކޮށްގެންނެވެ. ކަރަންޓުގެ އަގު ކަނޑައެޅުމުގައި ބޭންޑުތަކެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ، އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ކުޑަ އަގެއް ހިމަނައިގެން ބިލްކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާނުވާނެ ކުޑައެއް
31 May 2025
ކީއްވެތަ ރައްރަށުގެ ފިހާރަތަކުން ޔުނިޓަކަށް 6.5ރުފިޔާ ތިނަަނީ،،
އޮނަރަބްލް އަފީފު ދީދީ
31 May 2025
ދިހަ ބާރަ ބޭންޑަށް އަގު ނަގާގޮތަށް ހެދުމާއި، ރައީސްގެ އިނާޔަތާއި ޑިސްކައުންޓް އަދި ރޯދަ އެލަވަންސާއި ޙައްޖު ހަދިޔާ އާއި ހޫނު މޫސުމުގެ ހެޔޮއަގު ފަދަ އެއްވެސް ކަމަކީ ހައްލެއްނޫން. އަދި މިއިން އެއްވެސް ކަމަކީ ދާއިމަށް އެކަންކަން ކުރެވޭނެ ކަމެއްވެސް ނޫން. އެހެން ކަމުން ވިސްނުން ބަހައްޓަންވީ ކުންފުނިތަކުން ކުރާ އިސްރާފް ކުޑަކޮށް ކޮންމެހެން ކުރާން ނުޖެހޭ ޙަރަދު ކުރުން ހުއްޓާލާ އަދި ލިޖިސްޓިކަށް ކުރާ ހޭދަ ފަދަ ހަރަދު ތައް ކުޑަކޮށްގެން ތިކަންކަން ކުރަން.
ޙސހސހހަ
31 May 2025
ސްޓެލްކޯގެ ލޮޖިސްޓިކްސް ދުވަހަކުވެސް ރަނގަޅެއްނުވާނެ… އުފުއްޔެއް ކްރޭން ލޮރީއެއް ބޭނުންވިޔަސް ސާމާނު ކުއްޔަށް ނަގަން ޖެހިފަ
އޮނަރަބްލް އަފީފު ދީދީ
31 May 2025
ކުންފުނި ތަކުން ކުރާ "އިސްރާފާއި ބޭކާރު ޙަރަދު ތަކުގެ ވާހަކަ ދައްކަން މިސާލު ކުންފުންޏަކަށް ނަގަން އެންމެ ރަނގަޅު ކުންފުންޏަކަށް ވާނީވެސް ފެނަކަ ކޯޕަރޭޝަން" ކަމަށް ދެކެން. ފުރަތަމަ ކުލީގެ ގޮތުގައި އަހަރަކު އެތައް މިލިޔަން ރުފިޔާ ޙަރަދު ކޮށްފައި ކ.އަތޮޅުމާލޭގައި ކުންފުނީގެ ހެޑް އޮފީސް ހުރުމާއި ކުންފުނީގެ ބޯޑް އަދި ސީނިއަރ މެނޭޖްމަންޓް ގައި ސްޓެލްކޯ އަށް ވުރެން ގިނައިން މީހުން ތިބުމަކީވެސް އިސްރާފުގެ ގޮތުގައި ކުރާ ބޭކާރު ޙަރަދު ތަކެއްކަމަށް ދެކެން.
އޮނަރަބްލް އަފީފު ދީދީ
31 May 2025
ކަރަންޓް އަގު ބޮޑުވުމުގައި ތެލުގެއަގު ބޮޑުދައުރެއް އަދާކުރާއިރު ތެލަށް ކުރާންޖެހޭ ޙަރަދު ކުޑަކުރެވިދާނެގޮތަކީ ސަރުކާރުން އެސްޓީއޯ އާއި ވާހަކަ ދައްކައިގެން ކ.މާލޭ ތެޔޮތާނގީގެ ބަދަލުގައި އުތުރުން ހަނިމާދޫ އަދި ދެކުނުން އައްޑޫ ހުޅުމީދޫ ނުވަތަ ހުވަދުއަތޮޅު ފަރެސްމާތޮޑާ ފަދަ ރަށެއްގައި ޑީސަލް ރައްކާކުރެވޭނެ ބޮޑެތި ތާނގީތައް ހަދާ އުތުރާއި ދެކުނަށް އެސްޓީއޯގެފަރާތުން ސީދާ ތެޔޮ އެތެރެކޮށް ތެޔޮލިބޭނެ އިންތިޒާމް ހަމަޖެއްސުން. މިއީ ނުކުރެވޭނެ ކަމެއްނޫން.
އޮނަރަބްލް އަފީފު ދީދީ
31 May 2025
ރައްޔިތުނަށް ބޭނުންވާ ވަރަށް ކަރަންޓް ނުއުފެއްދޭތީ އަބަދު މައްސަލަ ޖެހިފައިވާ އައްޑޫސިޓީގެ ކަރަންޓަށް ހައްލު ހޯދުމަށާއި ކަރަންޓްގެ އަގު ހެޔޮކުރަން ފުރުސަތު ހޯދަން Electric Marine Cable އަޅައިގެން ހުޅުމީދޫ އަވަށާއި، ހެރެތެރެ ރިސޯޓް، ވިލިގިލި ރިސޯޓް އަދި ސައުތުޕާމް ރިސޯޓަށް Addu Central Power House އިން ކަރަންޓް ދެވޭގޮތް ހަދައިފި ނަމަ މިހާރު ތެޔޮ އުފުލުމަށާއި ލިޖިސްޓްކު ޙަރަދުގެ ގޮތުގައި ހޭދަވާ ފައިސާގެ އަދަދު ވަރަށް ބޮޑަށް ކުޑަކުރެވިގެން ދާނެ.
އޮނަރަބްލް އަފީފު ދީދީ
31 May 2025
އިތުބާރުހުރިގޮތަކަށް ފެނަކަ ކުންފުންޏަށް ކަރަންޓްނުދެވޭތީ އައްޑޫގެ ގިނަ ވިޔަފާރިވެރިންވަނީ ސޯލާހަރުކޮށް ފެނަކައަށް ބުރައަކަށްނުވާގޮތަށް ކަރަންޓްގެ ޔަޤީންކަން ހޯދާފަ. އެކަމަކު ފެނަކައިން ހަދާފައިވާ ޤަވާއިދުތަކެއްގެ ސަބަބުން އައްޑޫގެ އެތައްބަޔަކަށް މިހާރު ސޯލާ ހަރުކުރުމަށް ވަނީ ފުރުސަތުބަންދުވެފައި. މިކަންބަދަލުކޮށް ބޭނުންބަޔަކަށް އެމީހުންބޭނުންކުރަން ބޭނުންވާއަދަދަށް ކަރަންޓްއުފެއްދޭވަރަށް ސޯލާހަރުކުރަން ހުއްދަދީ ގްރިޑަށް ގުޅަން ފުރުސަތު ދޭންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
31 May 2025
މަތީގައިދެންނެވި ކަންކަންނުކުރެވޭނަމަ، ކުރާންވީކަމަކީ ރާއްޖޭގެ ހުރިހާ ސިޓީތަކާއި، ހަނިމާދޫ އަދި ލ.ގުޅުފައިވާ ރަށް ތަކަށް ކަރަންޓްދިނުމުގެ ހިދުމަށް State Electric Company ގެ ދަށަށް ބަދަލުކޮށް ކުންފުނި ޕްރައިވަޓައިޒް ކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްވެސް 1000 ޙިއްސާ އަށް ވުރެން ބޮޑުނޫން އަދަދަކަށް ޙިއްސާ ގަނެވޭގޮތަށް ހެދުމަށްފަހު ސްޓެލްކޯ އަކީ Public Limited Company އަކަށް ބަދަލުކޮށް ދައުލަތަށް ބުރައަކަށް ނުވާގޮތަށް ހިންގާ ކުންފުންޏަކަށް ހެދުން.
ދާންދޫ
31 May 2025
ޤާނޫނަށް ބަދަލު ނުގެނެސް ތިގޮތަށް އެކި ބޭންޑް ތަކުން ކަރަންޓް ޔުނިޓަކަށް ނަގާ ރޭޑް ކުދަކުރެވޭނެ ބާ ؟ ދެން އެހެން ނުނަސް ކަރްނޓް ފީ ކުޑަކުރުމުގެ ނިޔަތް އޮތް ނަމަ ކީއްވެ ބޭންޑް ތައް އުވާލާފައި ގޭބިސީ ތަކުގައި ޑޮމެސްޓިކް ކެޓަގަރީ ގައި ބޭނުން ކުރާ ކަރަންޓް އެއް ރާޓަކަށް ނުހެދީ ؟ ވީމާ ތިޔައީ ކުރިޔަށް އޮތް އިންތިޚާބަށް ދެއްކި ދަޅައެއް . ތިކަމަކަށް ނެތް ތާރީފު ކުރެވޭކަށެއް !
ޙހހހހ
31 May 2025
ގާނޫނުންތަ މިހާރު ނަގާ އަގު ކަނޑައަޅާފަ އޮތީ؟ މޮޔަގޮވަން ނޫޅެބަލަ.
މުލޭ
31 May 2025
ބިިލު ކުޑަވާނެ ކޮންމެވެސް ފޯމިއުލާއެއް ނެރެން އެބަޖެހޭ. ޑޮމެސްޓިކް ބިލުތަކުގެ ޓެރިފް ރޭންޖުތައް ބޮޑުކޮށްގެން ވެސް ކުރެވިދާނެ ކަމެއް މިއީ. މިހާރު 100 ޔުނިޓުން ބަލާ ރޭންޖު 200 ޔުނިޓަށް ބަދަލުކޮށްލުމުން ވެސް އެދެވޭ ހެޔޮ ބަދަލެއް ފެންނާނެ. ތަކެތި ވިޔަސް ޚިދުމަތެއް ވިޔަސް ގިނައިން ގަންނަވަރަކަަށް ނުވަތަ ބޭނުންކުރާ ވަރަކަށް ރޭޓު ދަަށްކުރުމަކީ އެންމެން ވެސް ގަބޫލުކުރާ ހަމައެއް. ކަރަންޓާއި ފެނުގައި މިރާއްޖޭގައި މިއޮންނަނީ މީގެ އިދިކޮޅު.
ދޮންކަރާ
31 May 2025
ސުވާލަކީ ތި "ހެޔޮ ބަދަލާއެކު" ދައުލަތުގެ ބަޖެޓަށް ސަބްސިޑީ ކިހާވަރެއް އިތުރުކުރަންޖެހޭތޯ؟ މިހާރުވެސް 1.3 ބިލިއަން ޚަރަދު ކުރަންޖެހޭ. ސަބްސިޑީ މިދެނީވެސް ބޭނުންޖެހިފައިވާ މީހާ ބެލުމެއްނެތި ފަގީރު މީހެކޭ މިލިއަނަރެކޭ އެއްވަރަށް. ތީ ކީ ސަސްޓެއިނަބަލް ކަމެއް ނޫން. ތިދައްކުރާވަރަކަށް އެއަރކޯނުތައްގިނަވެ ކަރަންޓު ބޭނުންކުރާވަރު އިތުރުވާނީ.
ޖަލީލީ
31 May 2025
އެވަރަށް ޓެކްސް ދައްކަމޭ ބްރޯ