ގެއެއްގެ ކަރަންޓު ބިލް ދިރާސާކުރަނީ: ކުރިއަށް އޮތް ރޯދަމަހު ޑޮމެސްޓިކް ރޭޓުގެ ކަރަންޓު ބިލްތަކަށް ކޮންމެ ގެއަކުން ދައްކަން ޖެހޭނީ 400ރ. ކަމަށް ރައީސް ރޭ ވިދާޅުވި.
15 ނޮވެމްބަރ 2025 - 06:35
ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގެއެއްގެ ކަރަންޓު ބިލަށް ދައްކަން ޖެހޭނީ ގިނަވެގެން 400ރ. ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގަ އެވެ.
ރައީސް ވިދާޅުވީ. އަންނަ އަހަރުގެ ފެބްރުއަރީގައި ފަށާ އެ އަހަރުގެ ރޯދަމަހު ކޮންމެ ޑޮމެސްޓިކް ބިލަކަށް ނަގާނީ ގިނަވެގެން 400ރ. ކަމަށެވެ.
"ބާކީ ބައި ޑިސްކައުންޓު،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޕީއެންސީން ބޭއްވި ރޭ ބޮޑު ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ފަހު ރައީސް މުއިއްޒު ސަޕޯޓަރުންނާ ޝުކުރު އަދާުކުރުމުގެ ގޮތުން އަތް ޖައްސަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެންމެ ފަހުގެ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ސަރުކާރުން ޑިސްކައުންޓު ދީފައި ވެ އެވެ. އެ ފަހަރު ޑިސްކައުންޓު ދިނުމަށްޓަކައި ސްޓެލްކޯ އިން ވަކި ބިލެއް ތައްޔާރުކޮށް ގޭގެ އަށް ފޮނުވި އެވެ.
ރަައީސް މުއިއްޒު ރޭ ވިދާޅުވީ، އެންމެ ފަހުގެ ރޯދަމަހެކޭ އެއްގޮތަށް ކުރިއަށް އޮތް ރޯދަމަހު ވެސް ކޮންމެ ގޭބީސީއަކަށް މަސްދަޅުކޭހެ ބާއްވާނެ އެވެ.
ރޯދަމަހަށް މަސްދަޅު ބެހުމަށްޓަކައި ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވަނީ އެ ރަށެއްގެ ގޭބީސީތަކުގައި ދިރިއުޅޭ މީހުންގެ މައުލޫމާތު އެއްކުރަން ފަށައިފަ އެވެ.
އެތައް ހާސް ބަޔަކާ އެކު، ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް ވިދާޅުވީ އުމުރުން 65-75 އަހަރާ ދެމެދުގެ މީހުންނަށް ވެސް ވަޒީފާތަކަށް ގޮސް މަސައްކަތް ކުރެވޭނެ ގޮތް ހެދުމުގެ ބިލެއް މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހާފައިވާ ކަމަށާއި އޭގެ ސަބަބުން އެ އުމުރުގެ މީހުންނަށް އިތުރު ފުރުސަތުތައް ލިބޭނެ ކަމަށެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ބައިވެރިވި ބައެއް މީހުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އެ ބިލް ފާސްވީމާ ވެސް އަމިއްލަ ބާރުވެރިކަން ރައްޔިތުންނަށް ލިބިގެން މިދަނީ. ރައްޔިތުން މުއްސަނދިކޮށްދެނީ. ރައްޔިތުންގެ އާމްދަނީ އިތުރުވަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ދެން ފާހަގަކުރެއްވީ ތެލެސީމިއާ ކުދިންގެ ވާހަކަ އެވެ. ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގެ ތެރެެއިން، ތެލެސީމިއާގެ ކޮންމެ ކުއްޖަކަށް 2،000ރ. ލިބޭނެ ކަމަށެވެ. އެއީ ވެސް އެ ކުދިންނަށް ހާއްސަ އިސްކަމެއް ދިނުމަށް ކުރާ ކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މި މުޖުތަމައަކީ އަޅާލާ، އޯގާތެރި، ހަމަހަމަ މުޖުތަމައަކަށް ހެދުމަށްޓަކައި ކުރާ ކަން މިއީ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޑަބޮއް ސައީދު
17 November 2025
އަހުން ގެއަށް އަބަދު ވެސް އަރަނީ 300 ވަރު، މިވީ ގޮތުން ބޮޑުވާނެ ދޯ ރޯދަމަހު، މިއީ އެކަމަކު އިސްރާފަށް އެޅޭ ބޮޑު ފިޔަވަޅެއް. ދިވެހިންނަކީ އެއްފޫޓު ދޫކޮށްފި ނަމަ 10 ފޫޓު ދަމާލާނެ ބައެއް.
ފާނަކޮށި
16 November 2025
ކުޑަކުރިމަހުގެ ބިލްގެ ބައި ދެންޖެހިގެން އަންނަ މަސްތަކަށް ބަހާލައިގެން ބިލްތައް ބޮޑުވާތަން ފެން ނާނީ.....
އައިރު
16 November 2025
ތަންތަނަށް އަރާ މޮޅެތި ވާހަކަ ދައްކާއިރު ރައްޔިތުން ތިބީ ބިކަވެފަ.. އެޑްވާންްސް ލާރިއާ އެއްޗެހި ނަގާފަ ފްލެޓްވެސް ވީތަނެއް ނޭނގެ ދުވާލަކު 10 މީހުންނަށްވެސް ތަޅުދަނޑި ނުދޭ
ހަަތަރެއް
15 November 2025
_/400ރފ އިން -/4ރފ އަށް ކުޑަކޮށްދޭންވީ ނޫންތޯ
އަބޫ
15 November 2025
ބާކީ އެހެން މަސްތަކަށް ބަހާލާ
ތަންދޮރު
15 November 2025
މަހުޖަނުން ނަށް މޮޅުގޮތް ނިކަމެތި މީހާއަށް މާ ބޮޑު އުފަލެއްނެތް. އޭނާއަތް ސަތޭކަ ދުއިއްސަ ވަރަކަށް ރުފިޔާ މަހުޖަނުންނަށް ހާހުން ފައިދާ ކުރާނެ އުސޫލެއް.
ގޮނުއަނގަ
15 November 2025
މަހުޖަނުންގެ އަާސަންދަ ކަނޑާލަން މަސައްކަތް ކުރައްވާއިރު ކުރަން ރަނގަޅު ކަމެއްނޫން މިއޮތީއަކީ. އެންމެ ރަނގަޅު ގޮތަކީ ބޭނުން ކުރާ ކަރަންޓްގެ ނިސްބަތުން ޔުނިޓް % އެއް ފްރީ ކޮށްދިނުން. ބޮޑު ބިލަކުން ފައިސާ އުނިކުރުމަކީވެސް ކުރަން އުޅޭ ކަމެއްގެ ނަތީޖާ ރަނގަޅު ކުރެވޭނެ ކަމެއްނޫން. ރީޑިން ނެގުންވެސް ރަމަޟާން 1 ން ޝައްވާލު މަހުގެ 7 ވަނަ ދުވަހަށް ހަދަންވީ. ޑިމޮކުރަސީގައި ވައްޒަފުން ފުނިޖަހައިގެން މަސައްކަތް ހިނގާ އިރު އެދުވަހުން ރީޑިން ނެގޭނެ
ާއެންކަރު
15 November 2025
ޙަރަދު ކުޑަ ކުރަން ތިވީ ގޮތުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭނެ ކަަމަށް ލަފާ ކުރެވޭ
ގޮނުއަނގަ
15 November 2025
ޢެމީހާގެ ބިލު 00 އަށް ހަދާދެއްވާނެ.
ބަލާބަލަ
15 November 2025
މިދިޔަ އަހަރު ސަރުކާރުން ބެހި މަސްދަޅުތައް ގެތަކުން ވިއްކާލީ ގެ ގާތުގައި ހުންނަ ފިހާރަތަކަށް ނުއަގުގައި ފިހާރަތަކުން ހަމަބޮޑު އަގުގައި އެމަސްދަޅު ރޯދަ މަސްހުސްވުމުން ވިއްކާ ވެނުމަސްވެނަށް ކާންދިނޭ ތަކެތި ބާޒާރުގައި ކުޑަވެސް އަގުހެޔޮނުވޭ ހަގީގަތުގައި ހައްލުކުރަން ޖެހޭ މައްސަލަ އަކީ އިންފްލޭޝަން ކުޑަކުރުން އެކަން ކުރެވޭނީ ސަރުކާރުން ކޮމޯޑިޓީސްގެ އަގުތައް ކޮންޓްރޯލްކުރުމާއި އަދި ކުއްޔަށްދޭ ތަންތަން ސަރުކާރުން އަމިއްލަ އަށް ހަދާ ކުޑަކުއްޔަށްދީގެން