މީގެ ކުރިން ލީކުވި ޑޮކިއުމަންޓްތަކެއްގެ ތެރޭގައި ހިމެނޭ މި ފޮޓޯގައި ފެންނަނީ ވީގޫރް ދަރިކޮޅުގެ މީހަކު ކަނުބަނދެ ޗޭނު ޖަހައިގެން ގެންދާ މަންޒަރު: ވީގޫރް މުސްލިމުންގެ ބަޔަކު ތައިލެންޑުން ޗައިނާއަށް ޑީޕޯޓްކުރި މައްސަލައެއް ވަނީ ބޮޑުވެފައި.
27 ފެބުރުއަރީ 2025 - 22:37
ޗައިނާގައި އަނިޔާލިބެމުންދާ ވީގޫރް ދަރިކޮޅުގެ މުސްލިމުންގެ ބަޔަކު ތައިލެންޑުގައި ތިބޭތާ އެތައް އަހަރެއް ވެފައި ވަނިކޮށް އެ މީހުން ޗައިނާއާ ހަވާލުކުރި މައްސަލަ ބޮޑުވެ އދ. އިން އެކަން ކުށްވެރިކޮށްފި އެވެ.
ޗައިނާގެ ހުޅަނގު އުތުރު ޝިންޖިއާން ސަރަހައްދުގައި އުޅޭ ވީގޫރް މުސްލިމުންނާއި މުސްލިމުންގެ ބައި މަދު އެހެން ދަރިކޮޅުތަކުގެ މީހުން ހިފައި ހައްޔަރުކޮށް އެ މީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމުގެ ތުހުމަތު ޗައިނާއަށް ކުރެވެ އެވެ. މުސްލިމުންގެ މިލިއަނެއްހާ މީހުން ބަންދުކޮށް، ދީނުން ބޭރުވާން މަޖުބޫރުކުރުވާ ކަމުގު ތުހުމަތު ވެސް އޮތް އިރު މިއީ ޗައިނާއިން އިންކާރުކުރާ ތުހުމަތުތަކެކެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނަމުން އައި ގޮތުގައި ތައިލެންޑުގެ އެކި ޑިޓެންޝަން ސެންޓަރުތަކުގައި ވީގޫރްގެ 48 މީހަކު ތިބި އިރު އެ އެންމެން ޗައިނާއަށް ފޮނުވާލަން ވަނީ ނިންމައިފަ އެވެ. މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން، އަނިޔާއިން ސަލާމަތްވާން ތައިލެންޑަށް ދިޔަ ބައެއް ކަމަށް ވެސް އެ ޖަމާއަތްތަކުން ބުނެ އެވެ.
ތައިލެންޑްގެ ނެޝަނަލް ޕޮލިސް ޗީފް ކިޓްރަތު ފަންފެޓް ބުރާސްފަތި ދުވަހު ވަނީ އެ މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާކަން ކަށަވަރުކޮށްދައިވަ އެވެ. އޭނާ ވިދާޅުވީ 40 މީހުން އަނބުރާ ގައުމަށް ފޮނުވާލީ ޗައިނާއިން އެދިގެން ކަމަށެވެ.
މި ފޮޓޯގައި ވަނީ ޗައިނާގެ ކޭމްޕްތަކުގައި މުސްލިމުންގެ އަތުން އަތުލާފައިވާ ބައެއް ތަކެތި. މީގެ ތެރޭގައި ނަމާދުކުރާއިރު އަޅާ މުސައްލަ އާއި ގުރުއާން ހަތިމު ވެސް ހިމެނޭ.
"ޗައިނާ ސަރުކާރުން ތައިލެންޑް ސަރުކާރަށް ސިޓީއަކުން އަންގާފައިވަނީ ވީގޫރް ދަރިކޮޅުގެ މީހުން ބެލެހެއްޓުމުގެ ރަނގަޅު ނިޔަތް އެބަ އޮތް ކަމަށާއި އެ މީހުންނަށް ބޯހިޔާވަހިކަމާއި ކާނާ އަދި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކިޓްރާޓް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަމަލުކުރަނީ ބައިނަލްއަގްވާމީ އުސޫލާއި ގާނޫނުތަކުގެ އިޖުރާއާތުތަކަށް."
އޭނާ ވިދާޅުވީ ވީގޫރް މީހުން ޗައިނާއަށް ފޮނުވާލާތީ އެކަމާ ދެކޮޅު ނުހަދާ ކަމަށާއި އެކަން ކުރިއަށް ދިޔައީ ވަރަށް އޮމާންކޮށް ކަމަށެވެ.
އެކަމަކު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާ ވޮލްކާ ތުރުކް ފޮނުވާލީ "މަޖުބޫރުކޮށްގެން" ކަމަށާއި އެއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފް އަމަލެއް ކަމަށެވެ.
"މިއީ އެމީހުން އެނބުރި ދިއުމުން އަނިޔާ އާއި އިއާދަނުކުރެވޭނެ ގެއްލުމެއް ލިބުމުގެ ހަގީގީ ނުރައްކާ އޮތް ހާލަތްތަކުގައި މުޅިން މަނާކުރެވިފައިވާ އުސޫލާ ހިލާފު ކަމެއް،" އޭނާ ވިދާޅުވި އެވެ.
"ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އެ މީހުން ތިބި ތަނެއް ހާމަކޮށް، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މީހުންނާ މެދު އަމަލުކުރެވޭތޯ ބެލުމަކީ މިހާރު މުހިންމު ކަމެއް."
އދ.ގެ ރެފިއުޖީ އެޖެންސީން ބުނީ ތައިލެންޑުން ވީގޫރް މީހުން ޑީޕޯޓުކުރުމުން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ތައިލެންޑުން މީހުންނަށް މަޖުބޫރުކޮށްގެން އަނބުރާ ފޮނުވާލުން ހުއްޓާލުމަށް ގޮވާލި އެވެ.
ތައިލެންޑުން 2015 ވަނަ އަހަރު ވީގޫރް ދަރިކޮޅުގެ 109 މީހަކު ގަދަކަމުން ޗައިނާއަށް ފޮނުވާލި އެވެ. އެފަހަރު ވެސް އދ. އާއި އެމެރިކާގެ ނުރުހުން އެކަމަށް އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެއޭނަ
28 February 2025
50 މިލިއަން މުސްލިމުން ދިރިއުޅޭ ގައުމެއްކަމަށް އަޑުއަހަން މި ޗައިނާގައި
ހަރުކައްޓޭ
28 February 2025
ޗައިނާގެ މުސްލިމް އާއިލާއެއް މީގެ ދުވަސްކޮޅެއްކުރިން މިގައުމައް އައިސް ދިވެހި ކެއުމުގެ ރަހަތައް ތަޖުރިބާކޮށްފައިވޭ އަދި އޭނާއަކީ ޓިކްޓޮކް ވީޑިއޯ ހަދާމީހެއް އޭނަގެ ވީޑިއޯތަކުގަ ޗައިނާގެ އެކި ހިސާބުތަކުގަ ބޮޑެތި ޒަމާނީ މިސްކިއްތަކަށްގޮސް އެތަންތަނުގަ އުޅޭ މުސްލިމުންނާ ބައްދަލުކޮށް އުޅޭ ވީޑިއޯތައް ވަރަށްގިނަ ހިތަންއަރަނީ މިކިޔާ ވިގޫރުންނަކީ ކޮންބައެއްބާއޭ މިގައުމުގަ މިއުޅޭ ސަލަފުވެރިންކަހަލަ ގުރޭޕެއްބާއޭ؟
ބޯފަން
28 February 2025
އެހެނެއް ނޫން. އެމީހުން ޗައިނާ ދަރިކޮޅު ބައެއް ނޫންވީމަ އެމީހުންގެ ނަސްލު ފޮހެލަން ހިންގާ ކަންތައްގަނޑެއްމީ. އަމިއްލަ ބަހާ. ދީން އަދި ސަޣަފަތެއް އޮންނަ ބައެއް. އެމީހުންގެ އައިޑެންޓިޓީގެ ބޮޑުބައެއް އިސްލާމް ދީނަކީ. ރޮހިންގޔާ މުސްލިމުން ބަރުމާގެ ބުޑިސްޓުންނާ ނުވާ ފަދައިން އުޔިޣުރ މުސްލިމުންނަކީ ޗައިނާ މުސްލިމުންނެއް/ކޮމިއުނިސްޓުންނެއް ނޫން. ޓިކްޓޮކުން ޗައިނާ ސަރުކާރާ ދެކޮޅު ޚަބަރުތަކެއް ނުފެންނާނެ ކަލެޔަކަށް. ލޮލް.
ފެނޭ
01 March 2025
ތެދެއް އެމީހުންނަކީ މުސްލިމުންކަމަށްވާތީ ބަންދުކޮށްގެން އުޅޭ ވާހަކަތައް ނޫސްތަކުން ފެނޭ