ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ އަށް ކުއްޖަކު ލިބޭކަން އިއުލާންކޮށް ހިއްސާކުރި ޕޯސްޓު.
01 މާޗް 2025 - 11:37
ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ އަށް ދަރިއަކު ލިބެން އުޅޭކަން އިއްޔެ އިއުލާންކޮށްފި އެވެ.
ސިޑް އާއި ކިއާރާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ މީހުންނަށް ހަޔާތުގައި ލިބޭނެ އެންމެ ބޮޑު ހަދިޔާ ލިބެން ދެން މާ ގިނަ ދުވަހެއް ނެތް ކަމަށެވެ.
އެ ޕޯސްޓާ އެކު ހާއްސަ ފޮޓޯއެއް ވެސް ހިއްސާކުރި އެވެ. އެ ފޮޓޯގައި ފެންނަނީ އެ ދެމަފިރިންގެ އަތްމަތީގައި ބާއްވާފައި އޮތް ކުޑަކުއްޖެއް އިސްޓާކީނު ޖޯޑެކެވެ. ބެލެވޭ ގޮތުގައި އެއީ ވޫލުން ވިޔެފައި އޮތް އިސްޓާކީނެކެވެ.
ސިޑް އާއި ކިއާރާ ކައިވެނި ކުރީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.
މިފަހުން ބޭއްވި ބޮލީވުޑްގެ ތަރިންގެ ކައިވެނިތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނު ކައިވެންޏަކީ ވެސް ސިޑް އާއި ކިއާރާގެ ކައިވެންޏެވެ. އެ ދެމީހުން ކައިވެނި ކުރީ ވެސް ރަށްޓެހިވެގެން އުޅޭކަން ވަރަށް ގިނަ ދުވަހު ސިއްރުކޮށްގެން އުޅުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy