01 މާޗް 2025 - 22:20
މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ އިދާރާ އިން މިރޭ އޮރެންޖު އެލާޓް ނެރެފި އެވެ.
އޮރެންޖު އެލާޓް ނެރެފައިވަނީ މާލެ ސަރަަހައްދު ހިމެނޭހެން ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ.
މިރޭ 9:45 އިން ދަންވަރު 12 އަށް ނެރުނު އޮރެންޖު އެލާޓުގައިވާ ގޮތުން މި ވަގުތުތަކުގައި މި ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކުރެވެ އެވެ.
އޮރެންޖް އެލާޓް ނެރުމުގެ އިރުކޮޅެއް ކުރިން އެ ސަރަހައްދުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ވެސް ނެރުނެވެ. އިތުރު އަތޮޅުތަކާ އެކު އެލާޓް ލެވެލް މަތި ކުރީ އޭގެ ގަޑިއިރެއް ފަހުންނެވެ.
ރާއްޖޭގައި މޫސުން ދަރަޖަ ކޮށްފައި އޮންނަ ގޮތުން ނެރެނީ ވައިޓް، ޔެލޯ، އޮރެންޖް، ރެޑް އަދި ވިއްސާރަ އަލިވުމުން، ގްރީން އެލާޓެވެ. އޮރެންޖް އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ.
ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގައާއި، ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/4QnSyGNfDE
— Maldives National Defence Force (@MNDF_Official) March 1, 2025
މާލެ އަށް އިއްޔެ ވެސް ވަރަށް ބޯކޮށް ވާރޭ ވެހިފައިވާއިރު، މިއަދު ހަވީރުން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރެއާ އެކު، ގިނަ މަގުތަކުގައި ވަނީ އާދަޔާ ހިލާފަށް ފެންބޮޑުވެފަ އެވެ. އެހެންވެ، މަގުތަކުން ފެން ހިންދުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން މިހާރު ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމުގައި ވެސް ސިފައިން އެބަ ހަރަކާތްތެރިވަމުންނެވެ.
މެޓުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވާން އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަލިބެ87
01 March 2025
ޢާދޭސް ކޮއްްފަ ބުނަން އާދިއްތަ ދުވަސް ބަންދު ކޮއްލަދޭން...ކިހިނެއް ގޭގަ ފެންބޮޑުވީމަ ހޭލާ އުޅެފަ ދާނީ އޮފީހައް؟؟
ސަރުކާރު
02 March 2025
ހިތްވަރު ކޮށްގެން ހުރެ! 21ން ފެށިގެން 13 ދުވަސް ޗުއްޓީ
ޑޜ ވާންޗޯ
01 March 2025
މޫސުމާ ބެހޭ އިދާރާތީ ނިދާފަތިބޭބައެއްތަ؟. ނޫނީ ބަޔަކު ގުޅާފަ މުޅިރަށުގަ ފެންބޮޑުވެއްޖެޔޭ ބުނީމަ ހަމައެކަނި އެލާޓުނެރެން ތިބޭބައެއްތަ؟. ތިޔަތަނުން އެލާޓު ނިކުންނަނީ ފެންބޮޑުވެ ވާނެއެއްޗެއް ވާފަހުން.