ހެލްތު މިނިސްޓްރީ. ހިންގާ އިމާރާތް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
01 މާޗް 2025 - 23:30
މިދިޔަ މަހުގެ 20 ވަނަ ދުވަހު އާންމުކޮށްފައިވާ ކާބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ ގަވައިދުގެ ދަށުން އިޝްތިހާރުގެ ގޮތުގައި ބަލާނެ ކަންކަން ހެލްތު މިނިސްޓްރީން ސާފުކޮށްދީފި އެވެ.
އެ ގަވާއިދުގެ ދަށުން، އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރު ކުރެވޭނީ އެކަމުގެ ތަފްސީލުތައް "ދިރިތި" ޕޯޓަލް އިން ހުށަހަޅައި، ހުއްދަ ހޯދައިގެން ކަމަށް ވަނީ ބުނެފަ އެވެ. އެއާ ހިލާފުވާ ފަރާތްތަކުން 10،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގަވައިދުގައި ވެ އެވެ.
އެކަމާ ގުޅިގެން، ކާބޯތަކެތި ވިއްކާ ވިޔަފާރިކުރާ ކުދި ވިޔަފާރިތަކުންނާއި ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސޯޝަލް މީޑިއާގައި ކާބޯތަކެތި ވިއްކުމަށް ޖަހާ ވަކިވަކި ޕޯސްޓުތައް އެއީ އިޝްތިހާރުގެ ގޮތުގައި ހިމެނި، ވަކިވަކި ޕޯސްޓުތަކަށް ހުއްދަ ނަގަން ޖެހުމެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ހެލްތު މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އިޝްތިހާރެއް ކަމަށް ބަލާނީ ކާބޯތަކެތި ނުވަތަ އުފެއްދުމަށް ބޭނުން ކުރާ އެއްޗެއްގެ މަގުބޫލުކަން އިތުރު ކުރުމަށް ހިންގާ ހަރަކާތްތަކަށް ކަމަށެވެ.
އޭގެ ތެރޭގައި ރެސްޓޯރެންޓު ފަދަ ތަންތަނުގެ މެނޫ އާއި ކާބޯތަކެތި ހިދުމަތް ނުވަތަ ވަކި ކާބޯއެއްޗެއް ހުރި ކަމަށް ބުނެ ވާޗުއަލް ޕްލެޓްފޯމެއްގައި ނުވަތަ ސޯޝަލް މީޑިއާގައި ޖަހާ ޕޯސްޓުތައް ނުހިމެނޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ސޯޝަލް މީޑިއާގައި ޖަހާ މިފަދަ ޕޯސްޓުތަކަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ނަމަވެސް މިގޮތަށް ކޮށްފައިވާ ޕޯސްޓުތަކުގައި ވިއްކާ ކާބޯތަކެއްޗަކީ އެފަދަ "ދެވަނައެއް ނެތް" އެއްޗެއް ކަމަށް ބުނެ ނުވަތަ އިތުރު އެއްޗަކާ އަޅާ ކިޔުން ފަދަ އިބާރާތެއް ނުވަތަ ފޮޓޯއެއް ބޭނުންކުރާ ނަމަ ހުއްދަ ނަގަން ޖެހޭނެ ކަމަށް ހެލްތުން ބުންޏެވެ.
އިޝްތިހާރުތަކަށް އެ ގޮތަށް ހުއްދަ ދޫކުރަނީ ތިން އަހަރަށެވެ. ފާސްކުރި އިޝްތިހާރަށް ބަދަލެއް ގެނެސްފި ނަމަ އާ އިޝްތިހާރެއްގެ ގޮތުގައި ފާސްކުރަންޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
02 March 2025
މިނިސްޓްރީން ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރަން މާމުހިއްމުކަންކަން ހުއްޓާ މިއުޅެނީ ކޮންފަދަ އިސްތިހާރު ގަވައިދެއްތަ!؟ ރާއްޖެއަށް ގެނެސް ވިއްކާ ކާބޯތަކެތި އަދި ރާއްޖޭގައި ހައްދާ އަދި އިމްޕޯރޓްކޮށް ވިއްކާ މޭވާ އާއި ތަރުކާރީ އިންސާނުން ކާން ކަމުދާއެއްޗެއްތޯބެލިއްޔާ މާރަގަޅުވާނެ.
ދިވެހިބަހޭ
02 March 2025
ދިވެހި ބަހުގެ މައްސަލަ. އިގިރޭސި ބަހުން ތި ޤަވާޢިދު ޝާޢިރު ކުރިނަމަ ރަގަޅުވީސް. ދިވެހި ބަހަށް ބަދަލުކުރީމަ ބުނަންއުޅޭ ވާހަކަ އޮޅިފައި ތި އޮތީ.
ސާޖިދުު
02 March 2025
މިއީކީ ހައްލެއްނޫން، މިހާރު މިނެރުނު އިއުލާނުން ރައްޔިތުންނާއި ވިޔަފާރިތައް އިތުރަށް ކޮންފިއުޒްވެ، ހުއްދަނަގަންޖެހޭ އިޝްތިހާރެއް ނުނަގަންޖެހޭ އިޝްތިހާރެއް ނޭގުނު، ކަމެއް ކުރަން ނޭގުނަސް، މަބޮޑޭ ވާންޖެހޭ ވިއްޔާ !
ރާވެރިބެ
02 March 2025
ދެވަނައެއްނެތް ސަރުކާރުން ތިޔަވިދާޅުވި ބަހުގެ މާނައެއް ނޭގުނޭ! ހަމަ އެއްގޮތަކަށް ވެސް ނޭގުނު. ނިކަމެތި ރައްޔިތުން އާއްމުދަނީ ހޯދަން އުފައްދާ ކާބޯތަކެތި އިޝްތިހާރު ކުރަން ހުއްދަ ހޯދަންޖެހިގެން ނުވާނެ. ޙަލާސް! ކޮންމެފަދަ ބަސްތަކެއް ބޭނުން ކުރިޔަސް އޭގެ މޮޅު ދެރަ ބަލާ ގޮތް ނިންމާނީ ކަސްޓަމަރުން! ރައްޔިތުންނަކީ މޮޔައިންނެއް ނޫނޭ އިގޭތޯ!
ދޮހޮއްތުބ
02 March 2025
މިހާރު މިއޮތީ އަހަރެމެން ދިވެހި ބަހުގެ ފެންވަރު ފެންނަން….
ހުސެން ސައީދު
02 March 2025
ބޮޑެތި އަދަދުން ޖުރިމަނާ ކުރެވޭ ގަވާއިދުތަށް ލިޔުމުން ފަހުމްވާގޮތަށް އޮންނަން ޖެހޭ އެހެންނޫނީ ދެން ތިތަނުގަ ތިބޭ ބަޔަކު ހިތަށް އެރުން އޮންނާނީ ގަވާއިދު މާނަ ކުރަންވީގޮތް. މިވެސް ދެން ސަރުކާރެކޯ!
މަޒް
02 March 2025
2025 ގައި މިމީހުން މި ކުރަނީ ހުސް މޮޔަކަންތަށް.. މިއޮއްފަދަ ޒަމާނުގައި ހުރިހާ ވިޔަފާރިއެއްގައިވެސް ބިޑި އަޅުވާ މުށުތެރެއަށް ލާން މިއޮއް އުޅެނީ
ސާފެއް ނުވި
02 March 2025
ކޯއްޗެކޭ؟
ރޯގޯސް އަދިވެސް ގޯސް
02 March 2025
އިޝްތިހާރުކުރާނީ މަގުބޫލުކަން އިތުރުކުރަން ހުރިވާހަކަ ބުނުމަކީ މައުލޫމާތު ދިނުން. ކިޔާނެނުކިޔާނެއެއްޗެއްނޭނގެންޏާ ނުކިޔަބަލަ
ބާބް
02 March 2025
ތިކިޔަނީ ކީކޭކަން ތިހެން ތިކިޔާ މީހުންނަށްވެސް ނޭނގޭނެ.