ހިތަދޫ-ހުޅުމީދޫ ބްރިޖު ޑިޒައިން ކުރުމުގެ ސާވޭ ކުރަނީ. --ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
02 މާޗް 2025 - 22:52
އައްޑޫ ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖް މަޝްރޫއަށް ފަންނީ ލަފާދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ ބްރިޖު މަޝްރޫއުގެ ސާވޭ އާއި ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓާއި ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ތައްޔާރު ކުރުމުގެ މަސައްކަތުގެ ކޮންސަލްޓަންސީ ސާވިސް ދޭނެ ފާމެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެދުމުގެ މަތިން ކޮށްފައިވާ އެ އިއުލާނުގައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އީއައިއޯ ހުށަހެޅޭނީ މި މަހުގެ 24 ވަނަ ދުވަހުގެ 1:00 ގެ ކުރިންނެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެބައެއްގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔުންތައް ހުށަހަޅަން ޖެހެ އެވެ. އެ މަސައްކަތަށް ބަޔަކު ނަގަނީ އެކަމަށް އެދި ހުށަހަޅާ އެންމެންގެ ތެރެއިން ޝޯޓް ލިސްޓު ކުރާ ފަރާތްތަކަށް ފްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދީގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
އައްޑޫގައި ބްރިޖް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުކެވެ. އެ މަޝްރޫއުގައި ސޮއިކުރީ ރިޔާސީ އިންތިހާބަށް ފަހު އެ މަނިކުފާނު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގަ އެވެ.
ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމަށް ހަވާލުކުރީ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އެވެ. އެ ސާވޭގެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ނިންމައިފަ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ކުރިން ވިދާޅުވި އެވެ. އެ މަޝްރޫއުއާ ގުޅިގެން އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހެނީސް އެހެން ބަޔަކާ ހަވާލު ކޮށްގެން ކުރިޔަށް ނުގެންދާނެ ކަމަށެވެ. އަދި ފައިސާ ހަމަޖެހުމުން ވަރަށް އަވަހަށް މަޝްރޫއު ކުރިޔަށް ގެންދަން ގަސްދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބްރިޖަކީ ރާއްޖޭގައި ކަނޑުގައި ގާއިމުކުރެވޭ އެންމެ ދިގު އެއް ބްރިޖެވެ. އެ ބްރިޖުގެ ދިގުމިނުގައި 13-15 ކިލޯ މީޓަރު ހުންނާނެ އެވެ. ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގު މިނަކީ 1.3 ކިލޯ މީޓަރެވެ. އަދި މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅާލަން އަޅާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްޔާއްރު
04 March 2025
އަޅުގަޑު މިހުރީ ހިލޭ ލަފާދޭން ތައްޔާރަށް. އެކަމަކު ސަރުކާރުން ބުނެދެއްވަން ޖެހޭނެ މިބުރިޖް މިހަދަންޖޭހެ މައިގަޑު ފަސް މަގުސަދު. އެހެޕޮރެޖެޓް ތަކުގައި ބަލާ މިންގަޑުންތަކުން މިނަން އުޅެ އުޅެ މިއުޅެނީ މި ބުރިޖް އަޅަން ޖެހޭނެ ކަމަށް އަދި ގަބޫލު ނުކުރެވިގެން. މެޕުން ބަލާލާއިރު ގެތައްމަދު. ރަށުތެރެ ބަލާލާއިރު ފަޅުގެތައް ގިނަ. މުރަކަ ދިރުވާ އާލާ ކުރެވިއްޖިއްޔާ ކުޑަ ހަރަދަކުން ވިއްސަކަށް އަހަރު ތެރެ ކުޑަ ދެ ޗެނަލް ނޫނީ ގުތުރަތީ ގޮތުނެ ހިއްކާލެވެިދާނެ.
އަޒާން
04 March 2025
އައްޑޫގަ އިންތިޚާބެއް ބާއްވަން ކައިރިވަނީ.
އަލީ!!
03 March 2025
އައްޑުގެ މެމްބަރެވަކިކޮށްފަ ގޮނޑިގެއްލުވާލާފަ އެހެން މެމްބަރެއް ހޮވަންއުޅޭކަމުގެ އަލާމާތެއްމީ.. ބަލަންތިބޭ!!
ކެރެދި ބެއްޔާ
03 March 2025
މިބްރިޖަކީ އިންތިހާބު ތަކަށް ޖަހާފައިވާ ވަރުގަދަ ކަޑައެއް. ކޮބައިތޯ މޭޔަރ ނިޒާރު. އެބޭޅާ ވިދާޅު ވި ބަސް ފުޅު " މިބްރިޖް މަސައްކަތް ހަގީގަތަކަށް ރައީސް ހައްދަވާނެ ކަމާއި މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ". (މިހާރު ނިވްސް ފެބުރުއަރީ 24 ) އައްޑޫ މީހުން ބޮލުގައި ތެއްގޯނި އަޅުވާ ކަޑަޖެހުމަކީ މީގެ 30 ކުރީ ގެ ސަރުކާރުން ވެސް ކުރަމުން އައިކަމެއް. މިހާރު އަޒާން ބޭރުވާތީވެ ބްރިޖް ސަރވޭ އަލުން މިއޮތީ ފަށާފަ.
ވޯޓްވޯޓް
04 March 2025
އައްޑޫ މީހުން ވަރަށް ހައްދާލަން ފަސޭހަވާނެ.
ކެރެދި ބެއްޔާ
03 March 2025
މި ރައިވަރު ސަރަހަ ކޮށްލާނަން . މި ފަހަރުއިއުލާން ކުރީ ސާވޭ އާއި ޑިޒައިން އަދި ޓެންޑާ ސްޕެސިފިކޭޝަން އަދި މަސައްކަތުގެ ކޮންސަލްޓަންސީ ދޭނެ ފާމެއް ހޯދަން. ފެބުރުއަރީ 2024 ގައި މުއްތަލިބު ވިދާޅުވީ ޗައިނާގެ ކުންފުނިތަކުންއެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރި ކަމަށާއި މަސައްކަތް އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކުރީ ސާވޭގެ މަސައްކަތުގެ އިތުރުން ފައިނޭންސް ހޯދަން . (މިހާރު ނިވްސް) ބަލަ ކިތައްފަހަރު ސާޥޭ ކުރަނީ؟؟ ކޮބާ ހޯދި ފައިސާ؟
ރާވެރިބެ
03 March 2025
އައްޑޫގެ ހުވަފެނީ ބްރިޖަކީ މިސަރުކާރަށް ކުރެވޭނެ ކަމެއް ނޫން. ރާވެރިބެ ދޭން އޮތް ލަފަޔަކީ ތިމާއަށް ނުވާނެ ވަރުގެ ކަންކަން ޥާނެ އޭ ކިޔާ ވައުދު ނުވާށޭ. ރަސްމާލެއަށް އަޅަންކިޔާ ކަޑުއަޑީ ބިއްލޫރި ޓަނަލް ކަހަލަ އަވާމެންދުރެއް ތި ދައްކަނީ. ދެއަރ އިޒް ނޯވޭ ޔޫ ގައިސް ކެން ޑޫ އިޓް!
އަފްރާސިޔާބު
03 March 2025
ހުވަފެންތަ ދައްކަނީ. ހުވަންފެން ބަލަން އެންމެ މޮޅީ އެއްޑޫ މީހުންކަމަށްވާނީތި! ބަލަ ބްރިޖޭ އަޅާނީ. ކަރަންޓް ކެނޑުމަކީ އެއީ ބްރިޖު އެޅުމަކަށް އޮތް ހުރަހެއް ކަމަށް ނުބަލާ. ލޫދިފާވެސް ބްރިޖް އަޅައިގެން ތިބީމާ ނިމުނީނުން.
އަބްޑޫޅް +
03 March 2025
އަހުރެން މި ހުރީ.
ހުސެއިން ރަހާ
03 March 2025
މިސަރުކާރުންވެސް އައްޑޫ ރައްޔިތުންނައް ހުވަފެން ދައްކަ ދައްކާ ތިބޭތަން މިހާރު ފެނިގެން މިދަނީ. އެކަމަކު މިފަހަރު ނުތިބޭނެ ހުވަފެން ބަލާކައް. ހަމަ ވަރައްސާފުކޮއް މިބުނީ ވެރިކަމުގަ ހުރެވޭނީ ތިބުރިޖު، ވިލިގިލި، ހަންކެޑެ އެއާޕޯޓު ނިންމަދިނީއްޔާ. އަހަރެމެން މިހާރު ވޯޓާކައިރިކޮއް ހަދާ ދޮގު އަޑުއަހާކައް ނެތިން.
އަލިކޮއެ/ހުޅުމާލެ
03 March 2025
އައްޑޫއިން އިރުއިރުކޮޅާ ކަރަންޓް ކެނޑޭތީ މި ބުރިޖު އަވަސް ކުރަން ބޭނުންވަނީ. އޭރުން ކަރަންޓް ކެނޑުނީމާ ގޮސް ބުރިޖުގަ އެންމެން ނިދާނީ.