ހުޅުމާލޭ ގްރޭންޑް މިސްކިތް މަރާމާތު ކުރުމަށްފަހު އަލުން ހުޅުވަނީ: އުރީދޫއިން މި މިސްކިތް އޭސީކޮށް، މަރާމާތުކުރީ ގަތަރު ޗެރިޓީއާ ގުޅިގެން
03 މާޗް 2025 - 15:15
އުރީދޫއިން ގަތަރު ޗެރިޓީއާ ގުޅިގެން، ހުޅުމާލޭގައި ހުންނަ މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) އޭސީކޮށް، މަރާމާތުކުރުމަށް ފަހު ހުޅުވައިފި އެވެ.
އެ މިސްކިތް މަރާމާތު ކުރުމަށްފަހު ހުޅުވީ މިދިޔަ ހަފްތާގަ އެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރާޝިދު އަލްފަހެއިދާ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލްހަމާދީ އާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި އެޗްޑީސީގެ އިސް އޮފިޝަލުން އަދި އުރީދޫ މޯލްޑިވްސްގެ އިސް އޮފިޝަލުން ވެސް ބައިވެރިވި އެވެ.
އެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ހާލިދު އަލްހަމާދީ ވިދާޅުވީ އުރީދޫއަކީ ކަނެކްޓިވިޓީގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރަށް މުޖުތަމައުއަށް ފައިދާވާ ފަދަ މަސައްކަތްތަކުގައި ބައިވެރިވާ ކުންފުންޏެއް ކަމަށެވެ. އަދި އެ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތަކީ އެ ވިސްނުމުގެ ދަށުން ކުރި މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
"މި މިސްކިތް މަރާމާތު ކުރުމުގެ މަގުސަދަކީ މި ބަރަކާތްތެރި ރަމަޟާން މަހުގައި ހުޅުމާލޭގެ ގިނަ ބަޔަކު ބޭނުންކުރާ މި މިސްކިތުގައި އަޅުކަމުގައި ޝާމިލްވާ އެންމެންނަށް ވެސް ފަސޭހަ ވެށްޓެއް ގާއިމުވެގެން ދިއުން." އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ފައިސަލް ވިދާޅުވީ އެ ޖައްމިއްޔާގެ އަމާޒަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ އެކި މުޖުތަމައުތަކަށް ފައިދާ ހުރި އަދި ބޭނުންތެރި މަސައްކަތްތަކެއް ކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ކުރިއަށް ގެންދިޔަ މި މަސައްކަތަކީ ގިނަ ބަޔަކަށް ފައިދާ ކުރާނެ މަސައްކަތެއް ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1،800 އަށް ވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުން ކުރެވޭ ގޮތަށް ބިނާކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތުގެ ގޯތިތެރެ ގަސްތަކުން ރީތިކޮށްފައި ވާއިރު، މިސްކިތުގެ އެތެރޭގައި ސީލިންގުގެ މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެއެވެ. އެ މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތްކުރި މިސްކިތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
03 March 2025
ތިމިސްކިތުގައި އަޅާފަ ތިއޮންނަ ތަރުފާލް ގެ ސަބަބުން ނަމާދުގެ ސަމާލްކަން ކުޑަވާކަމުގަވަނީ ނިތްޖަހާ ދިމާލް ބަލަން އުނދަގޫވާތީވެއެވެ. ތި ސިއްރު އަޑިނޭންގޭ ތަރުފާލް ގަނޑު ކޮންމެ މިސްކިތަކުން ނަގާދޭނެ ބަޔެއް ވެއްޖެނަމަ އެބަޔަކަށް ﷲ ގެ ދަރުމަޔާ ސަވާބު ދެއްވާނެތެވެ.
ކަރީމްބޭބެ
03 March 2025
އަދިވެސް ވާރޭވެހުނީމަ ނަމާދަށް ހުންނައިރު ބޮލަށް ފެންފައިބާ 5 އަހަރަށްވުރެ ގިނަދުވަސްވީ މިކަން ހައްލުނުވެ
ގެދާނޯމޮސް
03 March 2025
ކަރީމް ބޭ ދިޔަދޮވި ދަށުގަ ހުރެގެން ނަމާދު ނުކޮށް ދެންވެސް އެތެރެއަށް ވަދެ އޭސީގައި ނަމާދު ކޮށްބަލާށެވެ!؟ އެކުން އޭރުންވެސް ޖަހާނީ ތިކިދޯއެވެ!
ދާލު
03 March 2025
ތިމިސްކިތުގެ ފާހާނާ ވަރަށް ހަޑި، ވަރަށްބޮޑަށް މުށިތައް ހަލާކުވެފަ، ދެމުށިގަނޑޫ ދޭތެރޭ ގްރައުޓްނެއްޓިފަ، އެންމެބޮޑަށް މަރާމާތުކުރަންޖެހޭތަން ނުކުރޭ، ވަރަށް ދެރަ،| އޭސީގެ ވަރަށް އަޑުބާރު އެތެރެއަށް