ލޯންޗު ބަންޑުން ޖަހާލައި މީހުން ކަނޑުވެފައި.
05 މާޗް 2025 - 12:14
އދ. ދިގުރަށުން 48 މީހުންނާ އެކު ފުރި "ހުވަން" ލޯންޗަށް ދުއްވުނީ ތިރީހަކަށް މިނެޓެވެ. ވިއްސާރައިގައި ކުރިއަށް ނުދެވި އުޅެނިކޮށް ލޯންޗަށް ޖެހި ބޮޑު ރާޅާ އެކު ދިޔަވީ އެވެ.
ބޮޑު ވިއްސާރައިގައި ތިން ފަޅުވެރިންނާ އެކު ފުރި އެ ލޯންޗުގައި ތިބި މީހުންނަށް ދެން ކުރިމަތިވީ ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތުކޮޅެކެވެ. ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯ އިން ފެންނަ ގޮތުގައި، ލޯންޗުގެ ތެރެއިން ރާޅުގަނޑު އަރައިގެން ދިޔައީ އެވެ. ބިޔަ ރާޅުތަކުގެ ތެރެއަށް ފުންމާލުން ފިޔަވައި ހެދޭނެ ގޮތެއް ނެތެވެ.
މީހުންގެ ފައި ތިލައާ ހިސާބަށް އޭރު ފެން ހުއްޓެވެ. ބައެއް މީހުން ބިރުން ހަޅޭ ލަވަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ ޕެނިކް ނުވުމަށް އެ ބިރުވެރިކަމުގައި ވެސް ހިތްވަރު ދެމުންނެވެ.
އެކަމަކު ލޯންޗު ދެން އަޑިއަށް ދާނެހެން ހީވުމާ އެކު އެންމެން ލައިފް ޖެކެޓާ އެކު މޫދަށް ފުންމާލީ އެވެ. ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި އެ މީހުން، ގްރޫޕް ގްރޫޕަށް ބެހިގެން ތިބި މަންޒަރު ވެސް މޫދުގައި އޮވެގެން މީހަކު ނަގާފައިވާ ވީޑިއޯއަކުން ފެނެ އެވެ.
ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ދަންދެން އެ މީހުން ތިބީ ކަނޑުމަތީގަ އެވެ.
ދިގުރަށުގެ އެކިއެކި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކޮށްލުމަށް ފަހު ގައުމަށް އެނބުރި ދިއުމަށް މާލެ ދާން ކުރި މި ދަތުރުގައި އެ މީހުންނަށް ކުރިމަތިވި މި ބިރުވެރި ވަގުތުކޮޅު ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް އަ އެވެ.
"ލޯންޗަށް ޖެހީ ރާޅެއް. ދެން ދިޔަވާން ފެށީމާ ލޯންޗުގައި ތިބި އެންމެން ފުންމާލީ މޫދަށް. އިރުގަނޑެއް ނުވަނީސް ދިޔަބޮޑުވެގެން އަޑިއަށް ދާން ފެށީ،" ދިގުރަށާއި މާލެއާ ދެމެދު ދަތުރުތައް ބާއްވާ "ލެޓްސް ގޯ ދިގުރަށް" ކުންފުނީގެ ހިއްސާދާރަކު ހާދިސާ ހިނގި ދުވަހު "މިހާރު" އަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި އޮޔާ ދިޔަ ނުދިނުމަށާއި އެ ސަރަހައްދަށް ދާ ބަޔަކަށް އެ މީހުން ސަލާމަތް ކުރަން ވެސް ފަސޭހަވާނެތީ، އެންމެން ކަނޑަށް ފުންމާލީ ގުރޫޕުތަކަކަށް ބެހިގެންނެވެ. އެ ލޯންޗުގައި ހަތަރު ކުޑަކުދިން ވެސް ދަތުރުކުރިއިރު އެ އެންމެން ވަނީ ސަލާމަތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރީދުބެ
06 March 2025
ހުރިހާ އެންމެން ސަލާމަތް ވީތީ އުފާކުރަން! ރާއްޖޭގެ ޓުއަރިޒްމް ހަލާކުވެގެން ދާނީ މިފަދަ ފަރުވާކުޑަ ގަވާއިދާއި ޚިލާފް އަމަލުތަކުގެ ސަބަބުން ދިމާވާ ހާދިސާ ތަކުގެ ވާހަކަ މުޅި ދުނިޔެއަށް އާންމު ވެގެން! މިދިޔަ އަހަރެއްހާ ދުވަހުގެ ތެެރޭގައިވެސް ދިވެހީންގެ ފަރުވާ ކުޑަކަމުން އެތަކެއް ފަތުރުވެރިން މަރުވެ ބޮޑެތި ގެއްލުންތައް ލިބިފައިވޭ. ޚާއްސަކޮށް ގެސްޓްހައުސްތަކަށް އަންނަ މީހުންނަށް. ޑޮލަރުކޮޅު ލިބެނިކޮށް އެހެން ހުރިހާ ކަމެއް އޯކޭ އެންމެންނަށް ވެސް.
އިންސާފް
05 March 2025
އެއްވެސްބަޔަކައް ނޭނގޭ ހޯޕްސް ފެރީގެ ލޯންޗްތައް ފީވެގެން ވިއްކާލަން އުޅޭތާ މިހާރު އެތައް ދުވަހެއް ވެއްޖެ، އެހެން އުޅެނިކޮށް އެ ބަޔަކު ބޮލުއެޅުވުނީ
ޅަހުއްތު
05 March 2025
ކާބޯތަކެއްޗައް އޮންނަފަދަ ގަވައިދެއް ލޯންޗުފަހަރައްވެސް ބޭނުންވޭ …
ރުސްކާން
05 March 2025
ލައފްޖެކެޓު އަޅަންފެށީ އަޑިއަށްދާންފެށީމަ އަސްލު އެހާ ގަދަ ދުވަހެއްގަ ފުރަންވެސް ޖެހޭނީ އެންމެން ލައިފްޖެކެޓު އަޅިވާފަ މިހިރަފެންނަނީ ރައްޖޭގަ ގަވައިދަށް ބޯނުލަބާ މީހުން އުޅޭތަން ފިޔަވަޅެއްވެސްނާލާނެ. ކަމެއްދިމާވީމަ ސަރުކާރުބޮލަށް ކަންކަން ކަޑާލީމަ ނިމުނީ.
ޖިފުޓި
05 March 2025
ލައިސެންސް ބާތިލް ކުރަންވީ “ލެޓްސްގޯ ދިގުރަށް”
ކޯޑިނޭޓް
06 March 2025
މިދެކެވެނީ 45 ދަތުރުވެރިންގެ ގޮވައިގެން ގަދަވިއްސާރައިގައި އަލިހުރަސް ކަނޑު ހުރަސްކުރަންއުޅޭ ވާހަކަ. ރަށުން ފުރުމުގެ ކުރިން ނުރައްކަލެއް ދިމާވެދާނެކަމުުގެ އެވެއާނެސް ބްރީފިން ގެސްޓުންނަށް ދޭންޖެހޭނެ. އަދި ކަމާބެހޭ ފަރާތްތަކާއި ގުޅާ ޚާއްސަކޮށް ކޯސްޓްގާޑަށް ގުޅާފަ ފުރަންއުޅޭކަމާއި މޮނިޓަރ ކޮއްދިނުމަށްވެސް އެދެންވާނެ. ދިވެހިން ފަރުވާކުޑަކުރަނީ މާބޮޑަށްވިއްޔާ..
ދަނޑުން
05 March 2025
ކައްޕި ވ މޮޅު.
އަލިކޮއެ/ހުޅުމާލެ
05 March 2025
މި ވީޑިޔޯ އިންޓަނޭޝަނަލް މީޑިޔާ އަކުން މަވެސް ދުށީމު. ތިޔަ ލާންޗުތައް ތީ ތަނެއް ދޮރެއް ބަލާ ބައެއް ނޫން. ގައިމު މަ ތިޔަ ހިސާބަށް ދިޔަ ލޯންޗެއް ގިއްގަޅުވާ މީހުން އަރުވާފަ އޮތް. ހުއްދަ ކުރެވިފައިވާ ވަރަށް ވުރެ 6 މީހުން އިތުރަށް ތިބި. ބަނާނާ ރިޕަބްލިކް ތަކުގަ ހަމައެއް ލަމައެއް ނޯންނާނެ. ސަރުކާރު އުޅޭނީ ރައްޔިތުންނަކާ ނޫން. ސުޕްރީމްކޯޓު ފަހަތުން. އިންޑަސްޓްރީއެއް ހަލާކު ވެދާފަދަ ކަންކަން މިހިރީ.
ވަޓްއިޒްދިސް
05 March 2025
ކޮބާ ވީޑިއޯ؟