މި ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަ 2 އަލީ ހާމިދު. އޭނާ އަކީ ތ. ހިރިލަންދޫ މީހެއް
ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ނިޔާވި ވޮރަންޓް އޮފިސަ 2، އަލީ ހާމިދު
25 ޖޫން 2025 - 12:35
ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިން ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ދަތުރުވެރިން ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި. އެ ލޭންޑިން ކްރާފްޓު ބަންޑުން ޖާހާލީ ޅ. ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރުން. މި އުޅަނދުގައި ހުރި ބައެއް ސާމާނު އިރުމައްޗަށް ވާގޮތަށް އޮޔާދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނި. "ވީމާ މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ،" އެމްއެންޑީއެފުން ބުންޏެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓުން ދަތުރުކުރީ ސިފައިންގެ ތިން މީހަކާއި ތިން ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވޭ. މިހާރު ނުފެނިގެން ހޯދަނީ އެ ތަނުން ބިދޭސީއެއް.
ސިފައިންގެ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު މަރުވެފައި އޮއްވައި ފެނިފައިވީ ނަމަވެސް ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ދެންމެ ވެސް ބުނި. ލޭންޑިން ކްރާފްޓްގައި ދެން ތިބި މީހުންނަށް ކުދިކުދި އަނިޔާވި ކަމަށް އެމްއެންޑީއެފުން ބުނި.
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) June 25, 2025
މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު، މި ދުނިޔެއާއި ވަކިވެގެންދިއުމަކީ އަޅުގަނޑަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެކެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ… pic.twitter.com/eU0Eyxv0Aa
ޅ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ހޯދައިފިhttps://t.co/8uKwfcAuPA pic.twitter.com/CKRMPAiUrH
— Maldives National Defence Force (@MNDF_Official) June 25, 2025
އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބުމުން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަ 2 އަލީ ހާމިދު ފެނުނު ކަމަށާއި އެކަމަކު އޭނާ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފުން ބުނި.
އެމްއެންޑީއެފުން ބުނީ ގެއްލިފައިވާ މީހުންގެ ތެރެއިން އެކަކު ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުންގެ މަސައްކަތުން ހޯދާފައިވާ ކަމަށް. މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަނިކޮށް ބަންޑުންޖަހާލީ "އެލްސީ 308" ލޭންޑިން ކްރާފްޓް ކަމަށާއި އެއިން ހަ މީހުން ދަތުރުކުރި ކަމަށް ވެސް ބުނި. އޭގެތެރޭގައި ހިމެނެނީ ސިފައިންގެ ދެ މީހަކާއި އާންމުންގެ މީހަކައީ ބަންގްލާދޭޝް ތިން މީހަކު. އުޅަނދު ބަންޑުންޖަހާލީ ހެނދުނު 10:30 ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމާ އެކު ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށި ކަމަށް ވެސް ބުނި.
ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ އެތަނަށް ގެނެސްފައިވަނީ ތިން ދިވެހިންނާއި ދެ ބިދޭސީން ކަމަށް. މަރުވީ އެތަނުން ދިވެއްސަކު.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި މަރުވީ ސިފައިންގެ ވޮރަންޓް އޮފިސަރެއްގެ މަގާމުގައި ހުރި، ތ. ހިރިލަންދޫ މީހެއް. ނަމަވެސް މިކަން ރަސްމީކޮށް އަދި ކަށަވަރެއް ނުވޭ.
މި ހާދިސާ ހިނގިކަން ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން އަދި ނުދޭ. މީޑިއާ އޮފިޝަލް ވިދާޅުވީ ފަހުން މައުލޫމާތު ހިއްސާކުރާނެ ކަމަށް.
ލޭންޑިން ކްރާފްޓުން ދަތުރުކުރީ ކިތައް މީހުން ކަމެއް ވެސް ނޭނގޭތީ މިހާތަނަށް ނުފެނި ވަނީ ކިތައް މީހުން ކަމެއް ވެސް ރަސްމީ އެއްވެސް ފަރާތަކުން އަދި ނުބުނޭ.
ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެފައިވާ ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން ބުނެފި. އެތަނުން ބުނީ އިތުރު ފަސް މީހަކު ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށާއި އިތުރު މީހުން ވެސް ހޮސްޕިޓަލަށް އެބަ ގެންނަ ކަމަށް.
ދަތުރު ކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އޭގައި ތިބި މީހުން ގެއްލިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލީ ސިފައިންގެ ކުންފުންޏެއް ކަމަށްވާ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށެވެ. އެއިން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެ އުޅަނދުން ދަތުރުކުރީ ކިތައް މީހުން ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިޓް
25 June 2025
ވ. ހުނަރުވެރި ހީވާގި ސިފައިންގެމީހެއް! މައްޔިތާގެ ފާފަ ފުއްސަވާ އާއިލާޔަށް ކެތްތެރިކަން ދެއްވާށި! އާމީން!
ކޮރަލް
25 June 2025
މިހާދިސާގަ އިހްމާލް ވި ވެރިއަކު ނޫނީ ޒިންމާ ނަގަން ޖެހޭ ފަރާތެއް ހުރިތޯ ބަލާލަން ޖެހެ އެވެ.
ބާދަގަނޑު އިންޝުރެންސް ޕްރީމިއަމް
25 June 2025
ސަރުކާރުން ތަންތަނުން ބާދަގަނޑު ބޯޓުފަހަރު ސިފައިންގެ ފްލީޓްތެރެއަށް ވެއްދުން މަނާ ކުރާ ގާނޫނެއް ހަދަން މަޖްލީހަށް ގޮވާލަން. ނިޔާވި ބޭފުޅަކީ ތެދުވެރި ވަފާތެރި ގާބިލް ޔެސް ސާރ ކެންޑޫ އެޓިޓިއުޓްގެ ބޭފުޅެއް. ބާދަނގަޑުގެ ސަބަބުން ގެއްލި އެދިޔައީ އިއާދަ ނުކުރެވޭ ވަރުގެ ތަޖުރިބާ ކާރެއް. ހަލް އިންޝުރެންސް އަކީވެސް 25 އަހަރަށް އޮންނަ އެއްޗަކަށް ވާއިރު އެލައިޑުން ފައިސާގެ ބޭނުމުގައި ބާ ދަގަނޑު އިންޝުރެންސް ކުރުމަކީ ބޮޑުވެގެންވާ ގޯހެއް.
ޖުލައި2021
25 June 2025
ކަނޑުމަތީގެ ހުރިހާ އުޅަނދެއަގްވސް އަބަދުވެސް ލައިފްޖެކެޓް އަޅައިގެން ތިބެން މަޖުބޫރު ނުކުރުވަނީކީއްވެބާ؟ މީ މިހާރު މަޖުބޫރު ކުރުވަންޖެހޭކަމެއް.
ސަލީމޫ އިދުރީސް
25 June 2025
ލަފާކުރެވެނީ އަރުވާފަ ހުރި މުދާ ރަނގަޅައް ނުބަދެ ހުރީމަ އެއްފަރާތަކައް ކަހާލައިގެން ބަންޑުން ޖަހާލީ ކަމައް
ޏިލްފާ
25 June 2025
ޝަހީދެއްގެ ދަރަޖަ ދެއްވާށި!
ސީސާ
25 June 2025
މި ލޭންޑިންގ ކުރަފްޓް މިހާލަތުގައި ދުއްވާތާ އެތައް ދުވަހެއްވެއްޖެ... އެމް. ޢެން.ޑީ.އެފްގެ ވެރިނަށް ދަތުރު ކުރެވެންޏާ ނިމުނީ.. މި ކަމުގެ ޒިންމާ އެމް.އެން.ޑީ.އެފް ގެ ވެރިން ނަގަންޖެހޭނެ.. ރައީސް މުއިޒް އަށް ގޮވާލަން މި ކަން ރަނގަޅަށް ތަހުގީގުކޮށް މިކަމުގެ ޒިންމާ ނަގަންޖެހޭ މީހުން ޒިންމާ ކުރުވާ، ފިޔަވަޅު އެޅުމަށް
އައްޔަބޭ
25 June 2025
ޚަބަރު ފަތުރާއިރު ތިޔަ ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ސަބަބު ބުނެދީފައި ނެތް. ސަބަބު ވެސް ގެނެސްދޭންޖެހޭ
އާއެކޭ
25 June 2025
ލޭންޑިން ކްރާފްޓުގަ ގެންދިޔައީ ކޯންޗެއްކަމެއްވެސް ނުބުނި،
ކޮރަލް
25 June 2025
އެމީޙުން ދަތުރު ކުރި އިރު ހުރީ ލައިފް ޖެކެޓް އަޅައިގެން ތޯ އެވެ.؟ މިއީ ވ މުހިއްމު ސުވާލެކެވެ. ޑިއުޓީ ގައި ހުއްޓާ ހިނގި ހާދިސާ ގަ ނިޔާވި ސިފައިންގެ މީހާ އާއި އަނބި ދަރީންނަށް މާލީގޮތުން ދެމިގެން ދާކަހަލަ އެހީ އެއް ވުން ރަނގަޅެވެ. ހާދިސާ ރަނގަޅަށް ތަހުގީގު ކޮށް ރަނގަޅު ކުރަން ހުރި ކަން ކަން ރަނގަޅު ކުރަން ވީ އެވެ.
ލައިފް
25 June 2025
ލައިފްޖެކެޓް ނާޅާތަތިބީ؟ ކާށިދޫކަހަލަ އަބަދުވެސް ގަދަކަނޑުތަކުގައި މިކަހަލަ ކަންކަމަށް ސަމާލުކަންދޭންޖެހޭނެ