48 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް އަޑިއަށްދިއުމުރުން މީހުން ސަލާމަތް ކުރަން ހަރަކާތްރެރިވަނީ.--
02 މާޗް 2025 - 16:08
އދ. ދިގުރަށުން މާލެ އަންނަން "ހުވަން" ލޯންޗު މިއަދު ހެނދުނު ނައްޓާލީ މިއީ ވިއްސާރަ ދުވަސްވަރަކަށް ވުމުން މޫސުމަށް ވަރަށް ބޮޑަށް ބެލުމަށް ފަހު އެވެ. އެ ރަށުން ފުރައިގެން މާލެ އަންނަން ދެ ގަޑިއެއްހާއިރު ހޭދަވާއިރު، ލޯންޗުގެ ފަޅުވެރިންނާ އެކު ޖުމުލަ 48 މީހުން ގޮވައިގެން ދުއްވުނީ ތިރީކަށް މިނިޓެވެ. ވިއްސާރައިގައި ޖެހި ދެން ލޯންޗު ކުރިއަށް ދެވޭ ވަރެއް ނުވި އެވެ.
"ލޯންޗަށް ޖެހީ ރާޅެއް. ދެން ދިޔަވާން ފެށީމާ ލޯންޗުގައި ތިބި އެންމެން ފުންމާލީ މޫދަށް. އިރުގަނޑެއް ނުވަނީސް ދިޔަބޮޑުވެގެން އަޑިއަށް ދާން ފެށީ،" ދިގުރަށާއި މާލެއާ ދެމެދު ދަތުރުތައް ބާއްވާ "ލެޓްސް ގޯ ދިގުރަށް" ކުންފުނީގެ ހިއްސާދާރަކު "މިހާރު" އަށް މިއަދު ކިޔައިދިނެވެ.
ލޯންޗު އަޑިއަށް ދިޔަ ސަރަހައްދު ފާހަގަކޮށްފައި.---
އޮޔާ ދިޔަ ނުދިނުމަށާއި އެ ސަރަހައްދަށް ދާ ބަޔަކަށް އެ 48 މީހުން ސަލާމަތް ކުރަން ވެސް ފަސޭހަވާނެތީ، އެންމެން ކަނޑަށް ފުންމާލީ ގުރޫޕުތަކަކަށް ބެހިގެން، ލައިފްޖެކެޓު އަޅައިގެންނެވެ.
ތިން ކްރޫއިންނާއި 45 ފަސިންޖަރުން ހިމެނޭހެން އެ ލޯންޗުގައި ހަތަރު ކުޑަކުދިން ވެސް ދަތުރުކުރި އެވެ. އެ އެންމެން މިހާރު ވަނީ ސަލާމަތްކޮށް، ދިގުރަށަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
އެ ލޯންޗުގައި ދަތުރުކުރީ ދިގުރަށުގެ އެކިއެކި ގެސްޓް ހައުސްތަކުގެ މީހުންނެވެ.
މާލެ ދަތުރުކުރުމަށް އެ ކުންފުނީގެ ދެ ލޯންޗު ގެންގުޅޭއިރު، އަޑިއަށް ދިޔަ ލޯންޗު ގެންގުޅޭތާ އަދި ވާނީ އަހަރެއްހާ ދުވަސް ކަމަށް ލެޓްސް ގޯ ދިގުރަށް" ކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި އިސްވެރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އަޑިއަށް ދިޔަ ލޯންޗު ގަންނަން ހައެއްކަ މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާނެ އެވެ. އެހެންވެ، ލޯންޗު އަޑިއަށް ދިއުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
48 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް އަޑިއަށްދިއުމުރުން މީހުން ސަލާމަތްވާން ލައިފްޖެކެޓުގައި--
މެޓް އޮމެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އަދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މި ވަގުތު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ. މެޓުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވާން އިލްތިމާސް ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާގެ ދަރި
03 March 2025
ލޯންޗް އިންޞުއަރ ކޮށްފަތަ އޮތީ
އެލާރޓް
02 March 2025
ބަޔެއް ބިލްޑްތަށް ހުރީ އެގޮތަށް އެވަރަށް ލޯޑްކޮށްގެން ދާއިރު އެއްރާޅު އެތެރެޔަށް ޖެހިޔަސް، ސަލާމަތް ނުވާ ގޮތަށް. ބަޔަކު ގޮވައިގެން ނިކުންނައިރު ހާފް ލޯޑްގަ ދިޔުންވެސް ބުއްދިވެރި ދޯ؟
އެލަރޓް
02 March 2025
އޮރެންޖް އެލަރޓް އިން ފުއްކިބައިގައި ނުޖަހަނީސް މިވެރިން މައިތިރި ދުވަހަކުވެސްވިތަ؟ ރަތް އެލަރޓް އޮތަސް ފަލިޖަހަމުންވެސް މާކަނޑަށް ނިކުމެދާނެ!
ކަތްދައްތަ
02 March 2025
ރައްކާވެ ތިބިއްޔާ ދަތުރެކޭ ބުނަނީ ދިވެހިންނެވެ. މިހާރު މިއުޅެ މީހުންނަށް އެއީ އެއްވެސް މާނައެއްނެތި ބުނެއުޅޭ ބަހެއް ކަމަށް ހީވިޔަސް ދިވެހި ކާބަފައިން އެވަރުގެ ބަހެއް ދޫކޮށްލާފަ އެެއޮތީ ވަރަށް ބަލާ ދިރާސާކޮށް ތަޖުރިބާ ކުރެވިގެންނެވެ.
އެ ރާޅު
02 March 2025
ގެސްޓުން ގިނައިން އެތިބީ ލޯންޗުގައި، އެމީހުން ހުންނާނީ ރާއްޖެން ފުރަން ފުލައިޓް ޓިކެޓް ގަނެ ހަމަ ޖައްސާފަ. އެހެންވީމަ ނުފުރައެއް ނުވާނެތާ ދީ. އަލިހުރަސް ކަނޑު ކަމަށް ބޮޑަށް ލަފާ ކުރެވެނީ ތިޔާ ރާޅު އަންނަ ނާންނަ ގޮތެއް ނޭގޭނެ
ނެތީމޭނެތީމޭ
02 March 2025
އދ. މާމިގިލީގައި އޮންނާނެ އެއާރޕޯރޓެއް އެއެއަރޕޯރޓް އިން ފުރައިގެން މާލެ އައި ނަމަ ތިޔާހެން ތިކަން ނުވީސްއޭ ކަނޑުގަދަ ވާހަކަ ދައްކަމުންދަނި ކޮށޭ ރާއްޖެތެރޭން ލޯންޗް ތައް ފުރަ ފުރައިގެން ތިޔާ އަންނަނީ ދެން ވާނީ ތިޔާހެނޭ މަމެން ބުނަން ނެތީމޭ...
ޢަލިބެ87
02 March 2025
ރާއްޖޭގަ އެންމެ ބޮޑު އެއާލއިން މޯލްޑިވިއަން...އެމީހުންގެ ކެޕޭސިޓީ ނެތް އަދި އަގުބޮޑު
އަލިބެ87
02 March 2025
ޢަޅެ ބައެއް ދިވެހިން ހާދަ ބޯހަރެވެ. ޢިދާރާތަކުން މިބުނަނީ ވަރައް ވިއްސާރަ ވާހަކަ
ޢެޑްމުންޑޯ
02 March 2025
ތިމީހުން ސަލާމަތް ވިއަސް އެމީހުންގެ ހުރިހާއެއްޗެއް ހަލާކުވެ އެދިޔައީ ހުރިހާލަގެޖެއް ސުންނާފަތިވީ ، ދެރަކަންތައް ، މިވަރުން ދަތުރު ކުރަންޖެހޭތަ
ދަތުރު
02 March 2025
ދަތުރުދާން އަރަންޖެހޭތަ؟
ބުރުގާ
02 March 2025
ދޮގެއް ނޫން.
ޢަމޭ
02 March 2025
މުހިންމީ ފުރާނަތަ ނޫނީ ލަގޭޖް ތަ؟
ބަތީނާ
02 March 2025
"ދަތުރުދާން އަރަންޖެހޭތަ؟" ކެކެ. ބަލަ ލޯންޗަށް އަރާމީހުން ބަލާނީ ޕްރޮފެޝަނަލް ސާވިސްއެއް ދެނީކަމަށް. ލޯންޗް ފުރާނީ ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާ ކަމާބެހޭ އިދާރާތަކުން ފޯރުކޮށްދޭ މައުލޫމާތު ބަލާފަ ކަމަށް. ތިމާމެން ލާރި ބޭނުންވާތީ ހެދި ގޯހެއްް ވާނުވާގަ ތިބޭ ފަސިންޖަރުންގެ ބޮލަށް ނުކަނޑާ
މިހާރު އޯކޭ ދޯ
02 March 2025
ރައްކާވެތިބިއްޔާ ދަތުރު އަދި ލަގެޖް
މިނިމަލް
03 March 2025
ކިތަންމެ ގަދަ ލޯންޗަކަށް ވެސް ކަމެއް ވެދާނެ، އެހެންވެ ބުނަނީ ރައްކާވެ ތިބީޔާ ދަތުރޭ.