05 މާޗް 2025 - 12:23
މެލޭޝިޔާގައި ގެއްލިގެން ހޯދަމުން އައި އަހުމަދު އުސެއިދު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
އެ ގައުމުގެ މޮނާޝް ޔުނިވާސިޓީގައި ކިޔަވާ އުސެއިދު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާގެ ބައްޕަ އަދި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ބ. އަތޮޅު ދާއިރާގެ މެމްބަރު އިބްރާހިމް އަފީފް ފޭސްބުކްގައި ވިދާޅުވެފައިވާ ގޮތުގައި ދަރިފުޅު އެންމެ ފަހުން ފެނިފައިވަނީ އެ ދުވަހުގެ ހަވީރު 3:15 ހާއިރު އެވެ. އަފީފް "މިހާރު" އަށް ވިދާޅުވީ، އުސެއިދު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި މެލޭޝިއާ ފުލުހުން އަންގައިގެން އާއިލާ ވެސް މިހާރު ތިބީ އެ އިދާރާ އަށް ހާޒިރުވެފަ އެވެ.
މައުލޫމާތު އެނގޭ މީހަކު ބުނީ، އުސެއިދު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މެލޭޝިއާގެ ހޮޓަލެއްގެ ފަރާތުންނެވެ.
އުސެއިދު ހޯދުމަށް ކުރި މަސައްކަތުން ސީސީޓީވީ ފުޓޭޖުތަކުންނާއި ބައެއް މީހުން ދިން މައުލޫމާތުތަކުން އުސައިދު އެ ދުވަހުގެ ހަވީރު 4 ޖެހިއިރު އެމްބަސީ އަށް ދިޔަ ކަން ވަނީ އެނގިފައި ކަމަށް ބައްޕަ ވިދާޅުވެފައި ވެ އެވެ.
"...ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއް ނުވުމުން އެ ތަނުގައި ގަޑިއިރެއްހާއިރު މަޑުކޮށްފައި ނުކުމެގެން ދިޔައިރު އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފައި،" އޭނާގެ ބައްޕަ ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައިވެ އެވެ. އިއްޔެގެ ވަގުތެއްގައި އުސައިދުގެ ވޮލެޓާއި ކާޑު އެމްބަސީން ފުލުހުން މެދުވެރިކޮށް އާއިލާއާ ހަވާލުކޮށްފައިވިއަސް އުސައިދާ ބައްދަލު ނުވާ ކަމަށް އަފީފު ވިދާޅުވި އެވެ. "އުސެއިދާ ބައްދަލުވުމުގެ އިތުރު ކަންކަން އެނގޭނީ،" އަފީފު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުރިހާކަމެއް ބޮއްސުން
05 March 2025
ވަރަށްވެދުން، މި ދިވެހިރާއްޖޭގައި މިހާރު ރޯދަމަހުދުވާލު ޢާންމުތަންތާ ކެއުން ޢާންމުވާންފަށައިފި.އިންޑީއާ މީހުން ލަދެއްހަޔާތެއް ނުބަހައްޓާ މަގުމަތީ ކަނީ. ގެސްޓުންވެސް ކަމުން ސިގިރެޓްބޮމުން ހިނގަނީ. މިކަމަކީ ރާއްޖޭގައި މަނާކަމެއް. ފުލުހުންވެސް އަޅާނުލާ. އިސްލާމިކް މިނިސްޓްރީން ރޯދަމަސް ފެށޭއިރު މިހާރު އިޢުލާނެއްނުކުރޭ އެކަން މަނާކޮށެއް. ރ.މައުމޫންގެ ވެރިކަމުގެ ހުރިހާ ދުވަހެެއްގައިވެސް، ޝަޢުބާންމަހުގެ އެންމެ ފަހުދުވަހު އެކަން މަނާކޮށް އިއުލާނުކުރާނެ.
ފޮނިޓައްޕު ހަސަނު
05 March 2025
އަލްހަމްދުލިﷲ. އެސޮރު ހެޔޮހާލުގައި ހުއްޓާ ފެނުމުން ވަރަށް އުފާވެއްޖެ. އެސޮރު ހެޔޮހާލުގައި ހުއްޓާ ފެނުމަށް އެދި އެތަކެއް ބަޔަކު ކުރަމުން ދިޔަ ދުއާ މާތްﷲ އިޖާބަ ކޮށްދެއްވައިފި.
ވަރަށް ވެދުން
05 March 2025
މެލޭޝިއާ އަކީ މުސްލިމެއް ނަމަ އެއީ ކޮންމެ ގައުމެއްގެ މީހެއް ވިޔަސް ރޯދަ މަހު ދުވާލު މިތަނުގައި ކާތަން ފެނިއްޖެ ނަމަ ހައްޔަރު ކުރާނެ.
ޔޫއަށް ވަރަށް ވެދުން
05 March 2025
އަދި ތިހިސާބަށް ދާކަށް ނުވޭ! ކުށް ހީއަކި ފާފައެއް. އެކުއްޖާ ގެއްލިގެން ހޯދަނިކޮށް ފެނުނީމަ ޕޮލިހުން އެކުއްޖާއާ ހަވާލުވީ. އެއީ މުޖުރިމެއް ގޮތަށް ހައްޔަރަށްލީ ކުއްޖެއް ނޫން. ދެން ގެއްލިގެން ހޯދި ކުއްޖެއްވީމަ ތަހުގީގުކޮށްފަ އައިލާ ހަވާލު ކުރާނީ.
ވެދުންސަލާމް
05 March 2025
މެލޭޝިއާ ކިޔާ މުސްލިމަކު ނޫޅޭނެ. އެހެންނޫނަސް މެލޭޝިއާގައި ރޯދަމަހު ދުވާލު މަގުމަތީ ކެއުމަކީ މަނާކަމެއް ނޫން. އެއީ ހުސް މުސްލިމުން އުޅޭ ގައުމަކަށް ނުވާތީ، އެކަން މަނާ ނުކުރޭ. މަޢުލޫމާތު ރަގަޅުކުރައްވާ.
ފޮނިޓައްޕު ހަސަނު
05 March 2025
ކަލޭ މޮޔަ ނުގޮވާ. އެސޮރު ރޯދަމަހު ދުވާލު ކާން ހުއްޓާ ކަލޭ ދުށިންތަ.. އެސޮރަށް ނަފްސާނީ ސިއްޚީ މައްސަލައެއް ދިމާވުމުގެ ސަބަބުން މެމޮރީ ގެއްލި މަގުމަތިވީ. ހޮޓަލެއްގެ ބަޔަކަށް ފެނިގެން ފުލުހުންނާއި ހަވާލު ކުރީ. ކުށަކަށް އަރައިގަތީ އެއް ނުން.
ޥެދުންސަލާން
05 March 2025
ތަނެއް ދޮރެއް ނޭންގުނަސް ފިތުނަ ފެތުރޭތޯ ބަލާތި
ފާރާ
05 March 2025
އަލްހަމްދުލިއްﷲ. ވަރަށް އުފާވެއްޖެ.