އުސައިދު: އޭނާ މިއަދު ވަނީ ފެނިފައި
05 މާޗް 2025 - 14:44
މެލޭޝިޔާގައި ގެއްލިގެން ހޯދަމުން އައި ދިވެހި ޒުވާނާ އަހުމަދު އުސެއިދު، އޭނާގެ އާއިލާއާ އެ ގައުމުގެ ފުލުހުން މިއަދު ހަވާލުކޮށްފި އެވެ.
މެލޭޝިއާގެ ސަންވޭ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 24 އަހަރުގެ އުސެއިދު މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަނިކޮށް ފެނުނީ ހޮޓަލަކަށް "އަރާމު ކޮށްލަން" ދިޔަ ތަނުން ހިނގި ހާދިސާއަކާ އެކު، އެ ހޮޓަލުގެ ފަރާތުން ފުލުހުންނާ ހަވާލުކުރި ހިސާބުންނެވެ.
މެލޭޝިއާގައި މިވަގުތު ހުންނެވި އުސެއިދުގެ ބައްޕަ އަދި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ބ. އަތޮޅު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް އަފީފު "މިހާރު" އަށް މިއަދު ވިދާޅުވީ، ބޮޑު ޗުއްޓީ އާއިލާއާ އެކު ހޭދަކުރުމަށް ފަހު، ފެށުނު ވަގުތު މެލޭޝިއާގައި އެކަނި ހުންނަން ޖެހުމުން އުސައިދު މާ ބޮޑަށް މާޔޫސްވެ، މަންމަ ގާތަށް ސްރީ ލަންކާ އަށް ދާން ބޭނުންވީ ކަމަށެވެ.
"އެކަމުގައި އެމްބަސީގެ އެހީތެރިކަން ލިބޭތޯ ދިޔައީ، އޭރު އޭނަ ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސް ކުރެވިގެން ކުރިމަތީގައި ހުރި ހޮޓަލުގައި ވަރުބަލިކަން ފިލަންދެން މަޑުކޮށްލަން ދިޔައީ. އޭގެ ފަހުން އެ ހޮޓަލުގެ ރިސެޕްޝަންގައި ތިބި މީހުންނާ އުސައިދާ ދެބަސްވުމެއް އުފެދި އެ ހޮޓަލުން ގުޅައިގެން އެ ތަނަށް ޕޮލިސް ގޮސް އުސެއިދު ގެންދިޔައީ،" އަފީފު ވިދާޅުވި އެވެ.
"އެހެންވެ، އުސެއިދު ފުލުހުންގެ ކަސްޓަޑީގައި ގެންދިޔައީ. އެ ހިސާބުން އަޅުގަނޑުމެންނަށް ފުލުހުން އަންގައިގެން ދިޔައީ. އުސެއިދާ ބައްދަލުވެއްޖެ. ހާލު ވެސް ރަނގަޅު."
ބައްޕަ ވިދާޅުވީ، މޮނާޝް ޔުނިވާސިޓީގައި ކިޔަވާ އުސެއިދު ބޮޑަށް އުޅުނީ "އެކަނިވެރިވެގެން" ކަމަށާއި އެ ވާހަކަ ސްރީ ލަންކާގައި ދިރިއުޅޭ މަންމަ އާއި އާއިލާގެ މީހުން ކައިރީ ވެސް ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑަށް ވެސް ގުޅާފައި ބުނި ބައްޕަ އަންނާށޭ. އެކަނިވެގެންނޭ މި އުޅެނީ. އަޅުގަނޑު ބުނިން އެބަދަމޭ، ދެ މީހުން އެކުގައޭ ރޯދަވީއްލާނީ ވެސް. އެހެން ކިޔާފައި ހުއްޓާ މި ކަމެއް ދިމާވީ،" އަފީފު ވިދާޅުވި އެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވެސް އުސެއިދު ދިޔައީ މާ ބޮޑަށް މާޔޫސް ވެގެން ކަމަށާއި އެކަމަކު އެތަން ބަންދުކޮށްފައި ހުރުމުން އެއްވެސް މީހަކާ ބައްދަލު ނުވީ ކަމަށް އަފީފު ވިދާޅުވި އެވެ. އެކަމަކު، އަރާމުކޮށްލަން އެމްބަސީ ހިންގާ އިމާރާތުގެ ބޭރު ބައިގައި ޖައްސާލައިގެން އޮތް މަންޒަރު ސީސީޓީ ފުޓޭޖުން ފެނުނު ކަމަށް އަފީފް ވިދާޅުވި އެވެ.
އުސެއިދު ހޯދުމަށް ކުރި މަސައްކަތުން ސީސީޓީވީ ފުޓޭޖުތަކުންނާއި ބައެއް މީހުން ދިން މައުލޫމާތުތަކުން އުސައިދު އާދިއްތަ ދުވަހުގެ ހަވީރު 4 ޖެހިއިރު އެމްބަސީ އަށް ދިޔަ ކަން އެނގުނު ކަމަށް ބައްޕަ ވިދާޅުވެފައި ވެ އެވެ.
"ސެމިސްޓާ ފެށުމާ އެކު، މާ ބޮޑަށް އެކަނިވެރިވެގެން އުޅުނީ. އެހެންވެ، ރެސްޓް ކޮށްލަން އެމްބަސީ އަށް ވަންނަން ދިޔައީ ކަމަށް އުސެއިދު ބުނަނީ. ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއް ނުވުމުން އެ ތަނުގައި ގަޑިއިރެއްހާއިރު މަޑުކޮށްފައި ނުކުމެގެން ދިޔައިރު އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފައި،" އޭނާގެ ބައްޕަ ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓްގައި ވެ އެވެ.
އުސައިދުގެ ވޮލެޓާއި ކާޑު އެމްބަސީން ފުލުހުން މެދުވެރިކޮށް އިއްޔެ ވަނީ އާއިލާއާ ހަވާލުކޮށްފައި ވިއަސް އުސައިދާ ބައްދަލު ނުވާ ކަމަށް އަފީފު އޭރު ވިދާޅުވި އެވެ.
އާއިލާއިން ބުނި ގޮތުގައި އުސެއިދުގެ ސިއްހީ އެއްވެސް މައްސަލައެއް ނޫޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިތޮށި
07 March 2025
އަސްލު މޮނާޝް މީ ވަރައް ދިވެހިން މަދު ޔުނިވާސިޓީ އެއް. އެތާ ކިޔަވާ ކުދިން ދިވެހިން ނަކާ އެހާ ނުގުޅޭނެ. ކުޑަކޮށް ރޭސިސްޓް ގޮތެއް ހުންނާނެ. އެހެންވީމަ އަންޑަސްޓޭންޑް ވޭ އޭނާ އެކަނިވެރި ވެދާނެ ކަން ހަމަ.
މހއމ
06 March 2025
ސިއްހީ މައްސަލައެއް ނޫޅެންޔާ ދެން ކޮންކަހަލަ މައްސަލައެއް އުޅެނީ؟ އޯ.ކޭ ބުނަން ބޭނުންނޫނިއްޔާ ނުބުންޔަސް. ހަމަ އަހާލީ.
ޕުންޓީ
06 March 2025
ސަންވޭ އަކީ ވަރަށް ގިނަ ދިވެހިން އުޅޭ ސަރަހައްދެއް. ކުއްޖާ ވެސް އެހެން މީހުންނާ ގުޅިގެން އުޅެން މަސައްކަތްކުރީމަ ކަންނޭގެ މީހުންނާ ފްރެންޑްވާނީ ވެސް.
ގަމްބެ
06 March 2025
ތި ކުއްޖާ އުޅޭ އެޕާޓްމަންޓުގެ 2 ރޫމް ހުރިއްޔާ އަހަރެން ގޮސް އެއް ރޫމްގަ ހުރެލަދީފާނަން. އޭރުން އެކަންޏެއް ނުވާނެ ގައިމު.
ތެދުބުނުން
06 March 2025
ބޭރުގައުމުތަކުގައި ކިޔަވަންއުޅޭ 24އަހަރުވެފައިތިބޭ ދަރިވަރުންނަށް ވަރަށްގިނަ ކަންކަންއެގޭނެ. އަދި މެލޭޝިއާގެ ތިބުނާ ސަރަހައްދަކީ ދިވެހިން ގިނައިންއުޅޭ ސަރަހައްދެއް، އެހެންވީމާ އެކަނިވެރިވެ މާޔޫސްވެގެން އުޅޭކަށް ނުޖެހޭނެ، އަދި 24 އަހަރުގެ މީހަކު މައިންބަފައިންނާއި އެއްބަޑު ތިމާގެމީހުންނަށް ގުޅާފަ ތިމަންނަ ކައިރިއަށް އަންނާށޭ ބުނަންޖެހޭ ކޮންމެވެސް ސަބަބެއް އޮންނާނެ، ދޮގުނަހަދާ ބުނީމަތާ ދެންތިބި ބަޔަކަށް އެހީތެރިކަމެއް ފޯރުކޮށްދެންވެސް އެނގޭނީ ދޯ !
އަބްޑޫޅް +
06 March 2025
މީނަގެ ނަން އިގިރޭސި ބަހުން އިޝްޕެލިންކު ކުރަނީ، usaid މިހެންތަ؟ އެމެރިކާއިން (އިޒުރޭލު ފަދަ) ބޭރުގެ ދައުލަތްތަކަށް ދޭ އެހީއަށްވެސް ކިޔަނީ، usaid. މެލޭސިޔާގެ ފޮޓަލުން ފުލުހަށް ގޮވީ، މިހެން ހީވެގެން ކަންވެސްނޭގެ. މެލޭސިޔާ މީހުންނަކީވެސް، ކަލޭމެންކަހަލަ އިސްލާން ބައެއްވީމަ އެހެން ހީވެދާނެ.
ޖަމީލް މޫސާ
06 March 2025
ޑރ،ރާމީ ހަސަން ވައިނުޖެހޭގެ ވިދާޅުވާ އެއްޗެއްގެ އިންތިޒާރުގައި
ފޮނިޓައްޕު ހަަސަނު
05 March 2025
މި ޚަބަރަށް ކޮމެންޓު ކުރިމީހުންގެ ކޮމެންޓު ތަކުން ވަރަށް ސާފުކޮށް ދޭހަވޭ އެމީހުން ދަންނަ އެއްޗެއް ނުންކަން "މެންޓަލް ހެލްތަކީ". އެކުއްޖާގެ ބައްޕަ ނޫހަކަށް މައުލޫމާތު ދޭންޖެހޭ އެންމެ ފުރިހަމަކޮށް އެވަނީ މައުލޫމާތު ދީފައި. ސީދާ ޑައިރެކްޓު ކޮށް ނުބުނާނެ ދޯ ސްޓްރެސް ބޮޑުވެގެން ބޯގޮވީއޭ.
ފޮނިޓައްޕު ދިވެހި
06 March 2025
އެވަރު ކުދިން އެކަނި ކިޔަވަން ނުފޮނުވާނީ. އެހެންމީހުން ސްޓްރެސްވީވަރޯ ދިވެހި ދަރިޔަކު ގެއްލިގެން. ބޯގޮވައިގެން އެނމްބަސީ އަށް ރެސްޓްކުރަން މީހުންދޭތަ؟ ދެކޮޅުޖެހޭ ވާހަކަ ދެއްކީމަ މީހުން ގަބޫލު ކުރާނީ އިނގޭ.
ދިވެހިން.
05 March 2025
ސާބަހޭ. ގެއްލިގެން ނުފެނިގެން ނޫހުގަ ޖެހީ މިހާރު ފެނިއްޖެ. ދެން މަޑުން ތިބެންވީނުދޯ ކޮމެންޓު ނުކޮށް. ފެނުނު ގޮތާއި ތަން ނުޖެހި ނަމަވެސް ކޮމެންޓު ސެކްޝަން ވައްޓާލާނެ. މިހާރު ބުނީމަވެސް ސަލާމަތެއްނުވެވުނު.
އަބްޑޫޅް +
06 March 2025
"ފޮނިޓައްޕު ހަަސަނު."، ކަލެޔަކަށް ނޭގެ ނޫން "މެންޓަލް ހެލްތު" އަކީ, ދިވެހި ބަހުން ނަމަ، "ބުއްދީގެ ދުޅައެޔޮކަން" ކަމެއް.
ނަމަވެސް1
05 March 2025
ކުއްޖާގެ އާއިލާ އިންހަދަހަދައިގެން މިދަނޑިވަލުގައި ވާހަކަދައްކަންޖެހޭ ސަބަބެއް އެބައޮތްތަ.
އެހެންނަމަވެސް
06 March 2025
އެބަ އޮތް. އަރާމުކޮށްލަންށޭ!
ކުމްބާ
06 March 2025
ގޭގަ އަރާމު ނުކުރެވެނީތަ؟