ވިޔަފާރި / އަހުމަދު ޝަހީރު

ޚަރަދު ދެކޮޅު ޖެހޭ ކުންފުންޏަކަށް މިފްކޯ ބަދަލުވެއްޖެ: އެސްޓީއޯ

މިފްކޯއާ ބެހޭ ގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު (މ) އަދި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ (ވ) މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެސްޓީއޯ އިން މިފްކޯއާ ހަވާލުވުމާ ގުޅިގެން، އެ ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެސް، ހިންގުން ހަރުދަނާ ކޮށްފައިވާ ކަމަށާއި އަދި މިފްކޯގެ މާލީ ހާލަތު ރަނގަޅުވެ، ހަރަދު ދެކޮޅު ޖެހޭ ކުންފުންޏަކަށް ބަދަލުވެފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެސްޓީއޯ އިން މިފްކޯއާ ހަވާލުވިއިރު، މިފްކޯ އަށް ވިއްކާފައިވާ ތެލަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އޮތް ކަމަށާއި އެ ފައިސާ މިހާރު ސަރުކާރުން ހަމަޖައްސައި ދީފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނީ، މިފްކޯއާ ހަވާލުވިއިރު، މިފްކޯގެ ދަރަނި 338 މިލިއަނަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެސްޓީއޯ އަށް 100 މިލިއަން އަދި މަސްވެރިންނަށް ހަ މިލިއަނެއްހާ ރުފިޔާ ދައްކަން އޮތް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

މީގެ ފަސް މަސް ކުރިން މިފްކޯއާ ހަވާލުވުމަށް ފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، އެ ފިޔަވަޅު އެޅީ ވަރަށް ދަށް ހާލަތެއްގައި ކުންފުނި އޮއްވައި ކަމަށެވެ. އަދި މިފްކޯގެ ދަށުން ހިންގަމުން ގެންދިޔަ ފެލިވަރާއި ކޫއްޑޫ އާއި ކަނޑުއޮތްގިރި އަށް އިންވެސްޓް ނުކުރާތާ ގިނަ ދުވަސްތަކެއް ވުމުން، އެ ތަންތަން އޮތީ ހިންގޭ ފަދަ ހާލަތެއްގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮތުން ކޫއްޑޫ އާއި ކަނޑުއޮތްގިރި އަދި މަސް ގަންނަ ބޯޓުތައް ވެސް ވަރަށް ދެރަ ހާލަތަކަށް ގޮސްފައި. މީގެ ތެރެއިން އަޅުގަނޑުމެން ހަވާލުވިއިރު ފެލިވަރު ވަނީ ކޭނިން ފެސިލިޓީ 50 ޓަނަށް އަޕްގްރޭޑް ކުރެވިފައި. އަޕްގްރޭޑް ކުރި ނަމަވެސް އެ އަށް ބޭނުންވާ ކޮމްޕްލިމެންޓްރީ އެހެން އިންފްރާސްޓްރަކްޗާ ވަނީ ވަރަށް ބޮޑަށް ރަންޑައުން ވެފައި،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސްޓީއޯ އިން މިފްކޯއާ ހަވާލުވިއިރު، އެ ކުންފުނީގެ ފެލިވަރުގައި ހުރި ޖެނެރޭޓަރުތަކާއި ޑީސަލިނޭޝަން ޕްލާންޓާއި ކޯލްޑްސްޓްރޭޖް އަދި ބޯޓުތައް އޮތީ ވަރަށް ނިކަމެތި ހާލަތުގަ އެވެ. އަދި ކޫއްޑޫގައި ވެސް ފްރީޒިން ފެސިލިޓީ އޮތީ ހިންގޭ ވަރަށް ވުރެ ދަށް ހާލަތުގައި ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

މިފްކޯގެ އައިސް ޕްލާންޓްތަކުގެ ހާލަތާ ބެހޭ ގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ 11 އައިސް ޕްލާންޓްގެ ތެރެއިން ހަ އައިސް ޕްލާންޓެއް ބޭނުން ނުކުރެވި ހުރި ކަމަށެވެ. އެކަމަކު މިހާރު 10 އައިސް ޕްލާންޓް އަލުން ބޭނުންކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެލިވަރުގައި މަސް ބަންދުކުރުން ހުއްޓި އަޅުގަނޑުމެންނަށް ލިބުނު މަދު އޯޑަރުތަކަށް އޮނާ ނުކުރެވި އޮތުމުން މިފްކޯއާ ދޭތެރޭގައި ވަރަށް ބޮޑަށް މަސް ގަންނަ ފަރާތްތަކުގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައި. އޭގެ އިތުރުން ފެލިވަރު އަޕްގްރޭޑްކުރަން ޖެހި، ބޭނުންވާ އޮޑިޓް ރިކުއާމަންޓް ވެސް ވަނީ ފުރިހަމަ ނުކުރެވޭ،" ޝަހީރު ވިދާޅުވި އެވެ.

މިފްކޯގެ މާލީ ހާލަތާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ކުންފުނީގެ އެކި މަޝްރޫއުތަކަށް ނެގި ގިނަ އަދަދެއްގެ ލޯނުތައް ނުދެއްކި އޮތް ކަމަށެވެ. އަދި އޭގެ އިތުރުން މިފްކޯގެ ސަޕްލަޔަރުންނަށް ދޭން ޖެހޭ ވަރަށް ގިނަ ފައިސާ ނުދެއްކި ލަސްވެފައި އޮތް ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

"އޭގެ އިތުރުން އަޅުގަނޑުމެން ހަވާލުވިއިރު މަސްވެރިންގެ އަތުން ގަންނަ މަހަށް ވެސް ލާރި ނުދެވި އޮތް،" އޭނާ ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ، އެސްޓީއޯ އިން މިފްކޯއާ ހަވާލުވުމަށް ފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދީ ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އެ އޮންނަ އުސޫލުގެ ތެރެއިން މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

28 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 0%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

GAN Island

14 March 2017

ކަރުދާހުންކުރާ ކޮންމެ ކަމެއް ''މިސަރުކާރުން ކޮށްފާނެ'' ކަން އަހަރުމެންނަށް އެއްވެސް ޝައްކެތްނެތް މިންވަރަށް އިގޭ. . . އަދި ގެއްލުވާލަން ބޭނުން ކޮންމެކަމަކާއި އެއްޗެއް މި ސަރުކާރުން ''ގެއްލުވާލާނެ'' ކަންވެސް އަހަރުމެން ދެނަހުރިން. . . . ޔާމީން އަބުދުލް ޤައްޔޫމް ވެރިކަމަށް ވަޑައި ގަތުމަށް ކެމްޕެއިން ކުރެއްވި އުރު އެބޭފުޅާ އަށް އެންމެ ތުރާވި އެއްކަމަކީ ''ވައްކަމާއި ހިޔާނާތާއި ގުޅުވައިގެން ދެއްކި ވާހަކަތައް'' ކަން ޔަޤީން. . . އަދި މިފަދަ ވާހަކަ ދެއްކުމުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ ޔާމީން އަބުދުލް ޤައްޔޫމް ގެ ހޯމް މިނިސްޓަރ ކަން ކުރެއްވި އުމަރު ނަސީރު. . މިހާރު މިއޮތް ސަރުކާރު ވެރިކަމަށް އަތުވެއްޖެނަމަ ކަންހިގައިދާނެ ގޮތް ސިފަ ކުރައްވާ ރައްޔިތުންނަށް ވިސްނާދެއްވަމުން އުމަރު ވިދާޅުވީ ''ޔާމީން އަބުދުލް ޤައްޔޫމް ވެރިކަމަށް ހޮވައިފިނަމަ ވެރިކަން ދޫކޮށް ވަޑައިގަންނަވާއިރު ، ދައުލަތުގެ ތިޖޫރީ ހުރިތަނުގައި ހުންނާނީ ވަޅުގަނޑެއް'' ކަމަށް. . . ވެރިކަމުގެ ދައުރު ދެ ބައި ނުވަނީސް އުމަރު ދެއްކެވި ވާހަކަ ތެދުވެ ދައުލަތުގެ ހަޒާނާއިން ވައްކަން ކޮށް ރާއްޖޭގެ ތާރީޙް ގައި ވެސް ދައުލަތުން ނުކުރާފަދަ ބޮޑޫ ވައްކަމެއް ކޮށް Maldives Marketing and Public Relations Corporation އިން 300 ބިލިޔަން ޑޮލަރަށް ވުރެން ގިނަ ޑޮލަރު ބަޔަކު ދަވާލިކަން ފަޅާ އެރި. . އަދި ބައިނަލް އަޤުވާމީ ވައްކަމާއި ޙިޔާނާތުގައި ދައުލަތާއި ދައުލަތުގެ އިދާރާތަކުން ބައިވެރިވެފައިވާކަމަށް ދުނިޔޭގެ މީޑީޔާ ތަކުގައި ލިޔަން ފެށި

The name is already taken The name is available. Register?

ސަންޝައިން

14 March 2017

އެސްޓީއޯ އަށް ހަމަ ސާބަސް. އަދްލީމެންނަށް މިފްކޯ މެނޭޖް ކުރަން ނޭގެނީ ރަގަޅަށް ޕްލޭންކޮށްގެން ކުންފުނި ހިންގިނަމަ ގެއްލުން ވާކަށް ނުޖެހުނީސް.

The name is already taken The name is available. Register?

ޒީލޯ

13 March 2017

ކޮންމެ ވިޔަފާރިއެއްވެސް ކޮޅަށް ޖަހަން މަަސައްކަތް ކުރީމަ ކުރިއަރާނެ، ފައިދާވެސް ވާނެ. މީގެ ކުރިން ސަރުކާރުގެ ކުންފުނިތަަކަށް ބެލި ބަޔަކުނެތް. މިއަދު ބަލާލި ކޮންމެ ކުންފުޏެއްވެސް ގެއްލުމެއްނުވެ ބޮޑު ފައިދާއާއިއެކު ދަނީ ކުރިއަށް.

The name is already taken The name is available. Register?

ކަންކުރާގޮތް

14 March 2017

ޢެއްއިރެއްގަވެސް ސަރުކާރު ކުންފުނިތައް ހިނގަންވާވަކަށް ނުހިނގާ. ކޮންމެ ކުންފުންޏެއްގެ ވެސް ވެރިން ބަލަނީ އަމިއްލަ ބާލީހައް ބަންޑާރަ ކަފަ ލެއްވޭތޯ.

The name is already taken The name is available. Register?

ގޮހޮޑާ

13 March 2017

މަރްހަބާ ޝަހީރު. ތިވަރުގެ ކުޅަދާނަ ގާބިލްމީހުން ދުނިޔޭގެ ފެންވަރުގައިވެސް މަދުވާނެ. 5 މަސްދުވަސް ތެރޭގައި ދަރަނިތައްދައްކާ އިންފްރާސްރަކްޗަރ އާކޮށް ކުންފުނީގެ އިތުބާރު ހޯދައިދިނީމާ ބުނެވޭނީ ހަމަ ސާބަހޭ. ވޮރަންބުފޭ ވެސް މިހާރު ހުންނާނީ ޖޭ ވެފަ.

The name is already taken The name is available. Register?

ވޮރަންބުފޭ

14 March 2017

އާނ. އެކިޔާލި ގޮތުން ވެއްޖެއްޔާ އެއީ ދުނިޔޭގެ ރެކޯޑްއެއް. މަށައަށް އަދި ބިލް ގޭޓްސްއަކަށްވެސް ނޭނގެ އެހާ މޮޅެތި ހޮޅި ވާހަކަ ދައްކާކަށް. އެކަމު އެވަރުންވެސް ނުބުނެއެއްނު އަމިއްލަ އެމް.ޑީ ކަން ކުރާ އެސް.ޓީ.އޯ ޕްރޮފިޓް އަހަރުން އަހަރަށް ދައްވާ ވާހަކައެއް ހެހެހެހެ.

The name is already taken The name is available. Register?

ކަނޑުއޮތް ފުރޯ

13 March 2017

އަދުލީ އެއް ނޫންތަ އަޅެފަހެ އެތަނުގަ މިއޮތްހާ ދުވަހު ހުރީ. ބެޔަސް ނުބެޔަސް އެތަނަށް ވީކަމެއް ހަރާމް. ގައިމު މިހާރު ބަދަލު އެއަންނަމުން އެދަނީ ކަމެއް ވެގެންދޯ. ހަމަ ހުރެފަ ކަންކަން ރަނގަޅެއް ނުވާނެ. އިންސާނާ އެކަމަކަށް މަސައްކަތްކުރުމުން ﷲ އެކަން މެދުވެރި ކުރައްވާނީ. އިންޝާﷲ އެސްޓީއޯ ދާނީ ކުރިއަށް! ތިގޮތުގައި މަސައްކަތް ކޮށްލައްވާ!

The name is already taken The name is available. Register?

އޮޅިއްޖެ

13 March 2017

ކޮންމެވެސް މީހަކު ބުނެދީބަލަ! މިފްކޯއަކީ މަސް އެކްސްޕޯޓު ކުރުމާ މަހުގެ ބާވަތް ތަށް އުފައްދާ ކުރިއެރުވަން މަސައްކަތް ކުރަން އުފައްދާފަ އޮތް ކުންފުންޏެއްބާ؟ އެހެން ކަމަށްވަންޏާ އެވިޔަފާރިން ފައިދާ ނެރެން ނޭގުނީމަ ކުއްޔަށް ދޭން އެޕާޓުމަންޓު އަޅަންތަވީ؟ ކިއްލި ވިއްކަންވެސް ވީނުން!

The name is already taken The name is available. Register?

މަސްކާމީހާ

13 March 2017

ޢަދުލީ ތިތަނުގަ ހުންނަތާ ކިތަައް އަހަރު؟ ތިޔަ މަސްވެރިކަން ދަށަށް ދާކަން އެނގިހުރެ ކަމެއް ނުކޮށް ތިބީ ކީއްވެ؟ މިހާރު މީ މަސްވެރިކަން ރަނގަޅުވިއްޔޭ ބަނޑޭ ބުނީމަ ކިހިނެތް ގަބޫލްކުރެވޭނީ. ކީއްވެ ލޮސް އެބްޒޯބް ކޮށްގެން ތިބީ؟ ކީއްވެ ސްޓްރެޓެޖީތަކެޢް ނުރޭވީ؟ އަދުލީ މިހާރުވެސް އެތަނުން ވަކިކުރަންޖެހޭ. މާ ލަސްވެއްޖެ.

The name is already taken The name is available. Register?

މެންޓަލިސްޓް

13 March 2017

ހެހެއް ،،، ކޮމްޕިއުޓަރާއި ކަރުދާސް ހުރީޔާ ކޮންމެ އެއްޗެއްވެސް ހަދާފައި ދެއްކިދާނެ ،، ކައުންސިލް އިންތިޙާބްކައިރިވީމައި ތިޔަހުރިހާ ގޭހެއްވެސް އަނބުރާނެ ،، ހަގީގަތުގައި މިފްކޯ އަދިވެސް ހިނގަނީ ގެއްލުމުގައި ،،،، ވަރަށްވެދުްނ

The name is already taken The name is available. Register?

ލަވްލީ

13 March 2017

ބަޔަކު ރަނގަޅަށް ކަމެއް ކުރީމަ އެކަމަށް ހަޖޫ ޖަހާނީ ކަންކަން ރަނގަޅަށް ނޭނގޭ މީހުން. ހަގީގަތް ނޭނގޭ މީހުން. އެހެންވީމަ އެސްޓީއޯ އިން ތިޔަކުރާ މަސައްކަތަށް އައްސަރިބަހާ ސާބަސް. އެސްޓީއޯ އިން ކަންތައްތައް އަބަދުވެސް ކުރަނީ ރައްޔިތުންގެ ލާބަޔަށް. ބާރަށް ކުރިއަށް!

The name is already taken The name is available. Register?

މަރުދޮޅި

13 March 2017

ސަރުކާރުން އެސްޓީއޯގެ ދަށަށް މިފްކޯ ގެންނާނީ ކަމެއްވެގެން. ގައިމު ކުރިންވެސް މަސްވެރިކަން ރަނގަޅުވާ ދުވަސްތަކެއް ދާނެ. ކީއްވެތަ އަދްލީ އަށް މިހާރު އެކުރާގޮތަށް ކަންތައް ނުކުރެވޭންވީ. ނުބައެއް އުޅޭތީނު އެއީ. ކުންފުންޏަށް ލިބޭ ފައިސާ ރަނގަޅަށް މެނޭޖްކުރުމަކީވެސް އޮންނަންޖެހޭނެކަމެއް. ހަމައެކަނި މަސްވެރިކަން ރަނގަޅުވާނެ ދުވަހަކަށް މަޑުކޮށްގެން ވިޔަފާރި ކުންފުންޏެއް އޮތުމަކީ ގަޅި ކަމެއް. އެހެންވީމަ މިހާރު ފައިސާ ރަނގަޅަށް މެނޭޖްކުރެވެމުންދާ ހެކިތައް މިފެންނަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454