މާލެ ބޮޑުތަކުރުފާނު މަގުގައި ވެހިކަލްތައް ދަތުރުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
06 މާޗް 2025 - 13:27
މާލެ ސަރަހައްދުގައި ޑްރައިވިން ލައިސަންސް ނަގަން ތިއަރީ އިމްތިހާނު ހެދުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ދާން ޖެހޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު މިއަދުން ފެށިގެން ކުރިއަށް ގެންދާނީ މިނިސްޓްރީގައި ކަމަށެވެ.
އެހެންވެ، މިއަދުން ފެށިގެން މާލެ ސަރަހައްދުން މި ހިދުމަތަށް އެދި ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށް ހުށަހަޅާއިރު، ތިއަރީ އިމްތިހާނު ހަދާ ސެންޓަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިހުތިޔާރު ކުރުމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
މީގެ ކުރިން ނޮވެމްބަރު 15، 2023 އިން ފެށިގެން މާލެ ސަރަހައްދުގައި ޑްރައިވިން ލައިސަންސް ނަގަން ތިއަރީ އިމްތިހާނު ހެދުން ބޭއްވީ މޯލްޑިވްސް ޕޮލިޓެކްނިކްގަ އެވެ. އޭގެ ކުރިން އެ ހިދުމަތް ދިނީ ޓްރާންސްޕޯޓް މިނިސްޓްރީ ހިންގިއިރު އެތަނުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ މިހާރު ހިންގަނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލީމު
08 March 2025
ޕޮލިޓެކްނިކްގައި މިކަން ކުރީމަ ގެއްލުމެއްވަނީތަ؟ ކަޓު ނަގަން ފުރުސަތު ނުލިބެނީތަ؟ ބަދަލުކުރަންޖެހޭ ސަބަބު ބުނެދެންޖެހޭ.
ސުވާ ލެއް
07 March 2025
ބީދޭސީންތަށްވެސް މިވަރަށް ލައިސަންސް ތަށް މި ނެގީ ތި ފާސްތަށް ހަމަ ހަދައިގެން.؟
ކަނބިލި
07 March 2025
ސާބަހޭ ރައްޔިތުންނަށް ފަސޭހަކޮށް ކަމެއް އޮތިއްޔާ އުނދަގޫކޮށްލާތީ. އޭރުން އެކަމަކާ ވިސްނައި އެހެންކަމަކާ ނުވިސްނާނީ. ބާރުތައް ޖެހޭނީ މުށުތެރޭގައި ބާއްވަން. އޭރުން ރައްޔިތުން ކޮންޓްރޯލްކުރެވޭނީ
އަހަންމާ33
06 March 2025
މިއީ ރައްޔިތުންނަށް ކުރާ އުނދަގުލެއް. މި ޓެސްޓް ހެދޭނެ ފުރުސަތު މާލޭގައި ހުންނަންޖެހޭނެ. އަދިވެސް އެންމެ އާބާދީ ބޮޑު އަދި އެކި ސަބަބުތަކަަށް ޓަކައިވެސް ގިނަ ރައްޔިތުން އައިސް ތިބެނީ މާލޭގަކަމުން މިއީ ޖެއްސި ބޮޑު ދުއްޕާނެއް. މިއީ ސަރުކާރުގެ ކޮށި ވިސްނުމާ ރައްޔިތުންނާއި މެދު ނުވިސްނާ ކަމުގެ މިސާލެއް.
ފާތިންތަ
06 March 2025
ރައްޔިތުންނައް ދުއްޕާން ކުރުން ނޫންކަމެއް ކުރޭތަ
ކަންމަތީ ބްރޯ
06 March 2025
ކުރިން ދިޔައީ އާސަހަރާއަށްތަ؟
ރާވެރިބެ
06 March 2025
އުނދަގުލެއް ވިިއްޔާ ޖައްސަންވާނެ.
ކޮވެލި
06 March 2025
ބްރޯ އިޝޫއަކީ ތިއެއް ނުން. ލައިސަންސް ނަގަން ދަސްކޮށްދޭ މީހުންނާ އަދި ޕްރެކްޓިކަލް ޓެސްޓް ދޭ މީހުން ގުޅިގެން އަނބުރާ ގޭސް ގަނޑެއް. ސިންގަޕޯރ ފެންވަރުގެ މަގުތަކުގައި ދުއްވަން ދަސްކޮށްމިދެނީ އެފަދަ މަގެއްގައި ބޭރުގެ ތަނެއްގައި ނުދުއްވާ މީހުން. ދެނޯ