ޕާކިސްތާނުގައި އެތައް ބަޔަކު މަރުވި ބޮމުގެ ހަމަލާއެއް ދިން ސަރަހައްދެއްގައި މީހުން ހަރަކާތްތެރިވަނީ: ހަމަނުޖެހުން ބޮޑު ސަރަހައްދެއްގައި ވަނީ ވަޓްސްއެޕް ގްރޫޕަކުން ބޭރުކޮށްލި މައްސަލައެއްގައި ގްރޫޕް އެޑްމިން ވެސް މަރާލާފައި. -- ފޮޓޯ: އޭއެފްޕީ
08 މާޗް 2025 - 15:39
ޕާކިސްތާނުގައި ކޮމިއުނިޓީ ވަޓްސްއެޕް ގްރޫޕަކުން މީހަކު ބޭރުކޮށްލުމުން އެ މީހާ އެ ގްރޫޕްގެ އެޑްމިން ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.
ޕާކިސްތާނު ފުލުހުން މިއަދު ބުނި ގޮތުގައި މުޝްތާގް އަހްމަދު ކިޔާ މީހަކު މަރާލުމުގެ އަމަލު ހިންގާފައިވަނީ އަފްޣާނިސްތާނުގެ ބޯޑަރު ކައިރީ އޮންނަ ޕްރޮވިންސެއް ކަމަށްވާ ޚައިބަރު ޕަހްތޫންހުވާގެ ވެރިރަށް ޕިޝާވަރުގައި ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މިއީ ދީނީ ހަމަނުޖެހުންތައް ބޮޑު ސަރަހައްދެކެވެ.
ފުލުހުން އޭއެފްޕީއާ ހިއްސާކުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މަރުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ އަޝްފާގު ކިޔާ މީހެކެވެ.
އޭއެފްޕީއަށް ފެނުނު ލިޔެކިޔުންތަކުގެ ތެރެއިން މުޝްތާގުގެ ކޮއްކޮ ދީފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ވަޓްސްއެޕް ގުރޫޕުން އަޝްފާގް ބޭރުކޮށްލީ މުޝްތާގާ ދެމެދު ހިނގި ދެބަސްވުމަކަށް ފަހު ކަމަށެވެ.
އޭނާ ބުނީ މި ދެބަސްވުމަށްފަހު ދެ މީހުން ބައްދަލުކޮށް ސުލްހަވާން ނިންމި ކަމަށެވެ. ނަމަވެސް އަޝްފާގު އައީ ފިސްތޯލައެއް ހިފައިގެން ކަމަށާއި އެއިން ހަމަލާދީ މުޝްތާގު މަރާލީ ކަމަށް ބުންޏެވެ.
"އަޝްފާގު ހުރީ ވަޓްސްއެޕް ގްރޫޕުން ނެރެލުމުން އެކަމާ ރުޅިއައިސްފައި،" ބަޔާނުގައިވެ އެވެ.
މި ހާދިސާ ހިނގި ސަރަހައްދަކީ ގަބީލާތަކުގެ ނުފޫޒާ ހެދި އެ މީހުންގެ އާދަކާދައާ އެއްގޮތަށް ހަތިޔާރު ގެންގުޅޭ އަދި ގާނޫނު ތަންފީޒު ނުކުރެވޭތީ މިފަދަ ހާދިސާތައް ގިނަ ސަރަހައްދެކެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަނޑުން
08 March 2025
ޥ ދެރަކަމެއް.... ޕާކިސްތާނަށް ސުލްހަ ދެއްވާށި... އިންޑޮނީޝިއާ، ބަނގްލަދޭޝް، ޕާކިސްތާނު ޔޫރަޕަށްވުރެ ބިޔަ ލަޝްކަރެއް އޮވޭ
އާދަަނު
08 March 2025
އެހެންވީމާ ދިވެހިން އަދި ރަނގަޅެއްނު.
ށްޕްލީމް ޓޯކް
09 March 2025
ޢަޒާން އެހެންވީމަ ރުޅި މަޑު ދޯ
ހަމްދާ
08 March 2025
މީވަރަށް އާދަޔާޙިލާފް ފިރިހެނުން އުޅޭތަނެއް. މަ ތަޖުރިބާ ކުރިން.