މާރުކޭޓުގައި ތަކެތި ގަންނަން ތިބި ބަޔަކު. ކާބޯތަކެތީގެ އިންފްލެޝަން 8.4 ޕަސެންޓަށް އަރައިފި -- ފޮޓޯ: ނިޝާން އަލީ / މިހާރު
09 މާޗް 2025 - 12:07
މިދިޔަ ޖެނުއަރީ މަހުގެ ކާބޯތަކެތީގެ އިންޕްލޭޝަން 8.4 ޕަސެންޓަށް އަރައިފި އެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ކާބޯތަކެތީގެ އިންފްލޭޝަން ހުރި މިންވަރަށް ވުރެ 3.3 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރު ކާބޯތަކެތީގެ އިންފްލޭޝަން އެންމެ ބޮޑަށް މައްޗަށް އެރީ އޮގަސްޓް މަހު އެވެ. އެ މަހު އިންފްލޭޝަން ހުރީ 8.3 ޕަސެންޓުގަ އެވެ.
ކާބޯތަކެތީގެ އިންފްލޭޝަން މަތިވި އިރު ޖެނުއަރީ މަހުގެ ޖުމްލަ އިންފްލޭޝަން ހުރީ 5.3 ޕަސެންޓުގަ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ 4.4 ޕަސެންޓު މައްޗެވެ.
ރެސްޓޯރެންޓްތަކުގެ އިންފްލޭޝަން ހުރީ 29.3 ޕަސެންޓުގަ އެވެ. އަދި މަހުގެ އިންފްލެޝަން ހުރީ 13 ޕަސެންޓުގަ އެވެ.
އެމްއެމްއޭ އިން ބުނީ، އިންފްލޭޝަން އެހާ ބޮޑަށް އުފުލުނީ އިމްޕޯޓު ޑިއުޓީ އާއި ރެސްޓޯރެންޓްތަކުގެ އަގު އުފުލުމުގެ ސަބަބުން ކަަމަށެވެ. އަދި ކާބޯތަކެތީގެ އަގު އެހާ ބޮޑަށް އުފުލުނީ މަހާއި ތަރުކާރީ އާއި މޭވާގެ އަގު އުފުލުމުންނެވެ.
މިދިޔަ އަހަރު އެވްރެޖުކޮށް ކާބޯތަކެތީގެ އަގު ހުރީ 6.5 ޕަސެންޓުގަ އެވެ. އަދި ޖުމްލަ ތަކެތީގެ އަގު ހުރީ 1.4 ޕަސެންޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަދު ސަލީމް
09 March 2025
މިއަށްވުރެ ދަށްވިޔަނުދީ ހިފަހައްޓާލެވެނީ ރައީސް މުއިއްޒުގެ ޚާއްސަ އިރުސާދާ އެއްބާރުލުން ދެއްވާތީ.
އަނި
09 March 2025
ސައީދު ގައިމު ބުނި ވޯލްޑް ބޭންކުން ވެސް ބުންޏޭ އިންފުލޭޝަން މަތިވާނެޔޭ. އެކަމަކި ދަށޭވާނީ. މިއޮތީ ސައީދު ބުނި ވާހަކަ ދިމާވާވަރު ފެންނަން.
އަލީމްގ
09 March 2025
އޯކޭ ވާނެ، އަޅުގަނޑުމެންގެ ރައީސް ވެރިކަމުގައި ހުރުން މުހިންމީ