ގޭގެ ވެރިމީހާއަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހުން--
09 މާޗް 2025 - 14:03
މާލޭގެ ގެއެއްގެ ވެރިމީހާ އަށް ބިރުދައްކައި، އަނިޔާކުރި މައްސަލާގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، ގަލޮޅުގައި ހުންނަ އެ ގޭގެ ވެރިމީހާ އަށް ބިރުދައްކައި އިންޒާރު ދީފައިވާ މައްސަލައެއްގެ ރިޕޯޓް ރޭގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ.
ރޭގެ ދަންވަރު 12:45 ހާއިރު އެ މީހުން އެ ގެ އަށް ވަދެ، ގެއްލުން ދީފައިވާއިރު އެ މީހުން ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
1. އަލީ ނަވާފު، 21، ފަޒާ، ތ. ގުރައިދޫ
2. މުހައްމަދު އަޒާން، 23، ހަވޭލީ، ނ. މަނަދޫ
3. އިބްރާހިމް އަހުނަފް، 21، އެލަސް، ނ. ވެލިދޫ
4. މުހައްމަދު އަފްލާހު، 23، ރީތިހިޔާ، އއ. މާޅޮސް
އެ ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު، ސޯޝަލް މީޑިއާގައި އަންނަނީ އެ ގޭގެ ވެރިމީހާ އަށް އަނިޔާކުރާ ވީޑިއޯއެއް ވެސް ދައުރު ކުރަމުންނެވެ.
އެ މީހާގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް، އެކަކު ހިފަހައްޓައިގެން ހުންނައިރު އިތުރު މީހަކު ރޯކޮށްފައި އޮތް ސިނގިރޭޓެއް އެ މީހާގެ ގައިގައި ޖައްސާތަން އެ ވީޑިއޯ އިން ފެނެ އެވެ. އިތުރު މީހަކު ބޮޑު ހީރަސް ދައްޗަކުން ޖަހަން ވެސް އުޅެ އެވެ.
މިއީ ކޮން މައްސަލައެއްގައި ހިނގި ކަމެއްކަން އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
10 March 2025
މި ހަތަރު މީހުން އިރުގެ އަލި ނުފެންނަ ގޮތަށް 4 އަހަރަށް ބަންދުކޮށް އެކަހެރިކޮށްގެން ގެންގުޅެން ފެނޭ. މިހާ އަނިޔާވެރިންގެ ކިބައިން މުޖުތަމަޢު ރައްކާތެރިކުރަންޖެހޭ!
ވޯލް
10 March 2025
މިއޮތް ކުޑަކުޑަ 5 ކިލޯމީޓަރު ހަމަނުވާ މާލޭގައި މިހެން މީހުންގެ ގެއަށްވަދެ މީހުންނަށް އަނިޔާ ކުރަން ކެރޭކަމުން ސާބިތުވާ އެއްޗަކީ، މި ޤައުމުގެ ފުލުހުންނާ ޝަރުއީ ދާއިރާގައި ކޮރަޕްޝަން އޮތްވަރު. ފާޅުގައި ކުށްތަކަށް އަރާގަތުމަކީ އެ ކުށްކުރާ މީހުން ބޭނުންގޮތަކަށް ކުށްކުރުމަށްފަހު ފުލުހުންނާ ކޯޓުގެ ތެރެއިން އެމީހުންނަށް އެއްބާރުލިބޭނެކަމުގެ ޔަޤީންކަށް އޮންނާތިވާވޮތެއް.
ޓުއިތާ
10 March 2025
މީ މިމީހުން ހެދި މީހުންގެ މަޢްސަލަ ،ތަރުބިއްޔަތު ހަދާފަ އުކާލަނީ
މަފާޒު
10 March 2025
ދެން ތި ކޯޓުތަކުން މި ހަތަރު މީހުން މުޖްތަމައަށް ނުރައްކަލެއް ނެތްކަމަށް ހަދާފައި ދޫކޮށްލާތަން ފެންނާނީ. ބަލަން ތިބެ މާ.
ރަދީފްއޮފިޝަލް / ގައުމުގެ ކަންކަމާއިމެދު ވިސްނަން ހިތާމައިގަ
10 March 2025
ކިހާ ދެރަކަމެއް.މިދެން ސައުތު އެމެރިކާ ތަ؟؟ މިއީ ރާއްޖޭގެ ''ޖަލިސްކޯ ނިއު ޖެނެރޭޝަން'' ''ގަލްފް ކާޓެލް'' ނުވަތަ ''ކާޓެލް ޑި ސިނަލޯއާ' ތަ؟؟ ލަދު ކޮބާ؟؟ މިފަދަ މީހުންނަށް ގާނޫނުގަ އޮތް އެންމެ ހަރުކަށި އަދަބުދިނުމަށް ދައުލަތުގެ އިސްފަރާތްތަކަށް ގޮވާލަން.މިފަދައިން މީހުންނަށް ހަމަލާދޭން ފަށައިފިނަމަ އެ ހުޅުވެނީ ވަަރަަށް ފިތުނައިގެ ވަރަށް ބޮޑު ދޮރެއް.ކޯޓްތަކާއި މަޖްލިހުން މިކަމަށް އަވަސް ފިޔަވަޅު އަޅަންޖެހޭ.ވ.ވ.ވެދުން
ވަކީލު
10 March 2025
މިއީ ޓްރަރިޒަމްގެ އަމަލެއް. ޙުކުމް ލުއި ކުރަން އެހެން ދައުވާއެއްކޮށް މި 4 މީހުންނަށް ކޮށްފިއްްޔާ ޕީޖީ އަށް ހެދެނީ ވަރަށް ބޮޑު ގޯހެއް.
އިބްރޭސް
10 March 2025
އުމުރުން 25 އަހަރުވެސް ނުވާ، ރާއްޖެތެރެއަށް ނިސްބަތް 4 މީހަކު އެކަނި ކުރި ކަމެއްކަން ގަބޫލުކުރަން ވަރަށް ދައްޗެވެ. މިކަމުގެ އަޑީގައި ހަރު އުމުރުގެ މީހުން ނެތި މިވަރު ޖަރިމާއެއް ނުހިނގޭނެއެވެ. އެކަމަކު، ހައްޔަރުކޮށް ތަހުގީގު ކުރަނީ މުޅިންވެސް ޑެލިވެރީ ބޯއިސްއެވެ. ދެން ކޮން ތަހުގީގެއް ތިކުރަނީ؟
ޔުތާނު
09 March 2025
ގޭގެ ވެރިފަރާ ތައް މިހާރު މާބިރުބޮޑު ވާނެ. މާދަމާ އެމީހުން ދޫވާނެ. މިގައުމު ގަ ރައްކާތެރި ވާނީ ސިޔާސީ މީހުން އެކަނި.
އަހައްމަދޫ
09 March 2025
ދެން 15 ދުވަސްވީމާ ދޫކޮށްލާނީކީނޫން.
ޙަރުގަނޑު 2025
09 March 2025
ނޫކަަށިފުރައިގެ ޒުވާނުން.. ގައުމުގެ ހާލަތު.. ވަޒަން ކޮށްލާ.. ސިޔާސީގަ ޖެހި ގައުމު އޮޔާގޮއްސި.. 2 ޒުވާނުން މަޖިލީހަށް.. 20000 ޒުވާނުން ކުށުގެ ވެށީގައި..