މެމްބަރު ސިނާން: އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގަތުމަށް ނިންމާފައި --- ފޮޓޯ/މިހާރު
09 މާޗް 2025 - 14:25
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.
ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިސްލާމިކް ބޭންކަށް އޭނާ ދައްކަވަންޖެހޭ ލޯނެއްގެ ފައިސާ ދެއްކުމަށް ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކަވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބު ސަލީމް ކިޔާ މީހެކެވެ.
އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ގަވާއިދާ އެއްގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާތީ އެ ބަލައިގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މިއަދު އެވެ.
ގާނޫނުއަސާސީ ބުނާގޮތުން ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.
މިއީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ މެމްބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލާ ފުރަތަމަ ފަހަރެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތްއިރު، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމުން އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދާދިފަހުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސޫ
10 March 2025
ޢުސޫލެއްގެ ގޮތުން މީނަގެ ގޮނޑި ގެއްލިއްޖެ ކަމަށް އަޅުގަނޑަށް ވިސްނެނީ. ސާބިތު ދަރަންޏެއް އޮވެ ހުކުމާއި އެއްގޮތައް އަމަލުނުކޮށް އޭގެ ފަހުން ކޯޓަށް މައްސަލަ ހުށައަޅާ ހިސާބުން އެ މެންބަރެއްގެ ގޮޑި ގެއްލިގެންދާނެ ކަމަށް ޤާނޫނު އަސާސީގެ އެ މާއްދާއަށް ބެލިކަމުގައި ވީނަމަވެސް ދޭހަވޭ.
ޑީޕް ސީ
10 March 2025
ދައްކަވަން އޭ ކިޔާފަ 'އޭނާ' އިން މުހާތަބު ކުރޭތަ؟
ޖެރާ
10 March 2025
ދެފެން ދޭތެރެއިން ބަސް ބޭނުންކޮއްފައި އެހުރީ..
މަރަދޫ ހަސަނާ
10 March 2025
ކައުންސިލަރު ހުވަދޫ ޝިނާޒު މިހާރު ހުރީ މާލެދާންވެސް ތައްޔާރަށް...އާނ ދެން ގޮޑިގެއްލޭއިރަށް ހޮވުނީ ވިއްޔާ....ކުރިމަތިލާ މީހަކު ހުރިއްޔާ ސީދާ ގަނެލާނީ....ކުރިންވެސް ހެދިގޮތަށް...މީގެ ނަސީބެެއް ދެން ލިބެން އޮތީ ޝުއާއުއަށް އޭނާވެސް އެކަމަށް ވަރަށް ތައްޔާރުވަމުން އެދަނީ...މޭރީބުރައުނަކާއި ދެންހުރި ތަނަކުން އަޅާ ކަޓުތައް ސޭވް މިކުރަނީ ކަމެއް ވެގެންތާ މިމީހުން.. ކޮންމެ ކުލީބިމަކުން ޕްރޮޖެކްޓަކުން ކަޓު އެބަވަދޭ ޖީބަށް
ދާއިރާ
09 March 2025
އަލްހަމްދު ލިއްލާހި .2ވަނަފަހަރަށް ޖީބުތައް ތަނަވަސްވެ. ވަޒީފާ ލިބި އާސަންދު ފަސޭހަވާ މޫސުމަށް މަރުހަބާ.
ޒެފިއަރ ހަރާ
09 March 2025
ދަރަނި ހަލާސް ކުރެވޭނެ ނަހަމަ އެތައް ދޮރެއް ސިނާއަށް ހުޅުވިފައި ވީ ނަމަވެސް، އެ އިހްތިޔާރު ކުރީ އިހްލާސްތެރިކަން. އަމިއްލަ ދަރަނިތައް އަދާކުރަމުން، އާއްމުންނަށް ހިދުމަތްކުރުމުގައި، ސިނާ ދެމި ހުންނާނެކަން ޔަގީން. ގާނޫނެއްގެ ތަންފުކެއް ނަގައިގެން، ބިރުދައްކާނަމޭ ހިތައި އުޅުނަސް، މި އަޒުމެއް ގުޑުވައެއް ނުލެވޭނެ.
ރެފިއަރ މަޑާ
10 March 2025
ހެހެހެހެހެހެ. ތޭ ހަމަ ތެދަކީ؟؟
ރަދީފްއޮފިޝަލް / ހިތަދޫ އުތުރު ދާއިރާ
09 March 2025
އަބްދާހި ކެހެނަކަށް ތެހަދަނީ.
ރެކިބެއްޔާގެ އަހަންމަދަ ކަލޯ
10 March 2025
އެކުދިން އަދި ރަނގަޅަވޭހެއް.
ނޮޓް އަފީފު ދީދީ
09 March 2025
މީނަމީ ކާކުކަމާއި މި ހުރިހާ ދުވަހު ކީއްކުރަން އުޅުނު މީހެއްކަމާއި ކޯޓުތަކުގައި ކުރިން މީނާގެ މައްޗަށް ހިންގާފައި ހުރި ޝަރީއަތްތައް އެކަނި ބަލާލިޔަސް އައްޑޫއިން ހޮވޭނެ ކަމަށް ގަބޫލުކުރި މީހެއްނޫން، މިއަދު އެ ތައުލީމީ އައްޑޫވެސް ބަދަލުވެއްޖެ
ރަދީފްއޮފިޝަލް / އަތިރޭގެ ބެއްޔާކަލޯގެ ބޭބޭ
10 March 2025
ވޯޓް ދިން މީހުން އޭ ހުސްކޮހާ ދީ.
ހަމްދާ
09 March 2025
މިހާރު ހުވަދޫ ޝިނާޒުގެ ހިތުގެ ވިންދު އަވަސްވާނެ
ނޫރު.
10 March 2025
ތަނެއްގައި ޖަހާ ވިންދެއް ޖަހަޖަހާ ހުރެދާނެ. އައްޑޫގެ ގޮނޑިތަކަށް އައްޑޫ މީހުން އިންތިޙާބު ކުރާނީ ސީދާ އައްޑޫ މީހުން.
ސައްޙާފް
09 March 2025
ރާއްޖޭގެ ކަން ހިނގާ އުސުންނަމަ މިހާރު ސަރުކާރު އެންމެ ޑެސްޕަރޭޓް އެއްކަމަކަށްވާނީ ސުޕްރީމްކޯޓަށް ނުފޫޒު ނުފޯރުވާކަން ދެއްކުން. އެކަމަށް މިފަހަރު ބޭނުންކުރާނެ ގުރުބާނީއަކީ ސިނާން. އެހެންވީމާ ދާދި ފަސޭހައިން ސިނާން މަގާމު ގެއްލޭނެ. ތައުލީމީ އަދި ސިޔާސީ ނުފޫޒަށް ބަލާއިރު ސިނާން ގެއްލުމުން ސަރުކާރަށް ލިބޭ ޑެމޭޖް ކުޑަވާނެ.
އައްލާ
09 March 2025
ނިބެއި މީހަކާއް ވޯޓު މި ދިޔެނެއި. ކިޔަން ކެރާނެއި ދީ!؟