ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އާއި އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރުގެ އަހުމަދު ސައުދީ، އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު.-- ފޮޓޯ: ސްޓެލްކޯ
10 މާޗް 2025 - 13:32
މި އަހަރުގެ ހޫނު މޫސުމުމަށް ތައްޔާރު ވުމަށް ހުޅުމާލޭގައި 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކު ބަހައްޓަން ސްޓެލްކޯ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވާ މައްސަލައިގެ ޝަކުވާ އާއި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވުމުން ކަރަންޓު ކެނޑޭ ޝަކުވާ ވެސް އާންމުން ކުރެ އެވެ.
ސެޓެލްކޯ އިން ބުނީ އެ ތެޔޮ ޓޭންކުތައް ބަހައްޓަނީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން ގްރޭޓާމާލޭ ޕަވާ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އާއި އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރުގެ އަހުމަދު ސައުދީ، އެއްބަސްވުމުގައި ސޮއި ކުރައްވަނީ.-- ފޮޓޯ: ސްޓެލްކޯ
ހުޅުމާލެ 1 ގައި ގާއިމް ކުރާ ހުޅުމާލެ ޕަވާ ހައުސް އެންކްސް 2 ގައި 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކް ބެހެއްޓުމަށްޓަކައި އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއި ކުރީ މިއަދެވެ.
އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރުގެ އަހުމަދު ސައުދީ އެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އާއި އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރުގެ އަހުމަދު ސައުދީ، އެއްބަސްވުމުގައި ސޮއި ކުރައްވަނީ-- ފޮޓޯ: ސްޓެލްކޯ
ބައެއް މަސްތަކުގައި ކަރަންޓު ބިލު ބޮޑުވާ ކަމުގެ ޝަކުވާ އާންމުކުރެ އެވެ. އެކަމާ ގުޅިގެން ސްޓެލްކޯ އިން ވަނީ ވަޓްސްއަޕް ނުވަތަ ޓެލެގްރާމު މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ގޮތް ވެސް ހަދައިފަ އެެވެ.
މި އަހަރުގެ ރޯދަމަހުގެ ކަރަންޓު ބިލުން ވެސް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރު ވެސް ރޯދަމަހާ ދިމާކޮށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާނިި
10 March 2025
ފަހުމީ އަބަދު ހިންގާތަން މިފެންނަނީ.
ކަކުނިބޯ
10 March 2025
ތެޔޮހުސްވެގެން ކަރަންޓްކެޑޭނަމަ ތިވެދާނެ ހައްލަކަށް