އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި މީގެ ކުރިން ބޭއްވި ޖަލްސާގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 މާޗް 2025 - 17:16
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނީ އޭސީސީގެ ރައީސް އާދަމް ޝާމިލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމަނައިގެން ކަމަށް ވިދާޅުވެ، ޝާމިލްގެ މައްސަލަ، އެ ފަނޑިޔާރުންގެ ތެރެއިން ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ހުށަހަޅުއްވައިފި އެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ސުޕްރީމް ކޯޓުން މި ފަހުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކޮށްފަ އެވެ.
ނަމަވެސް، ފަނޑިޔާރުންނާ ގުޅޭގޮތުން އޭސީސީން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަކަށް ނުބުނެ އެވެ.
އެ ކޮމިޝަންގެ ރައީސް ޝާމިލްއަށް ފޮނުވި ސިޓީގައި އަޒްމިރަލްދާ ވިދާޅުވީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އޭނާ އެކަހެރިކުރިއަސް އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއްގައި އެއްވެސް މައްސަލައެއް ބަލާކަން އޭސީސީން އަންގާފައިނުވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 26 ގައި އޭސީސީން ފަނޑިޔާރުންގެ މައްސަލަ ބަލާ ކަމަށް ބުނެ ސިޓީ ފޮނުވާފައިވަނީ ވެސް އިޖުރާއަތުތަކާ އުސޫލުތަކުގެ ބޭރުންކަމަށް މީޑިއާތަކުގައި އާއްމުވެފައިވާ މައުލޫމާތުތަކުން ގަބޫލުކުރެވޭ ކަމަށް ބުނެފައިވެ އެވެ.
އެގޮތަށް މައިގަނޑު ފަސް ކަމެއް އަޒްމިރަލްދާގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. އެއީ؛
- އޭސީސީން ޖޭއެސްސީއަށް ސިޓީ ފޮނުވާފައިވަނީ އާއްމު އުސޫލާ ހިލާފަށް ޖެމްސް މެދުވެރިކޮށް ނޫންކަމާއި އަތުން އަތަށް ސިޓީ ފޮނުވައިގެންކަން
- އޭސީސީން ފޮނުވި ސިޓީގައި ސިޓީ ނަމްބަރެއް ނެތްކަން
- އޭސީސީން އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ސިޓީއަކުން ޖޭއެސްސީއަށް އެންގިއިރު އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަން އޭސީސީން ނިންމާފައިނުވާކަން
- އޭސީސީގެ އިޖުރާއަތްތައް ތަރުތީބުވެފައިވާ ގޮތުން އަޒްމިރަލްދާއާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ތަހުގީގެއް އެ ކޮމިޝަނުން މިހާތަނަށް ވެސް ފަށާފައިނުވާކަމާއި މާޗް 4، 2025 އާ ހަމައަށް ވެސް މައްސަލަ އޮތީ އިވެލުއޭޝަން ނުވަތަ ޕްރީ އިންވެސްޓިގޭޝަން ސްޓޭޖުގައިކަން އަދި އެއީ ތަހުގީގުކުރުމަށް ފެށުމުގެ ކުރިން މައުލޫމާތު އެއްކުރުމުގެ މަރުހަލާކަން
- އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ކުށުގެ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ދީފައިވަނީ ދޮގު މައުލޫމާތެއްކަން
އަޒްމިރަލްދާ ތުހުމަތުކުރެއްވި ގޮތުގައި ޝާމިލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ފޮނުވި ސިޓީއަކީ، ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި އޮތް ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވަން ކޮށްފައިވާ ކަމެކެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އެންޓި ކޮރަޕްޝަން ކޮމިޝަންގެ އާއްމު އިޖުރާއަތުތަކާ ހިލާފުވެ މަގާމުގެ ނުފޫޒު ނާޖާއިޒުގޮތުގައި ބޭނުންކުރައްވައި ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުން ސަސްޕެންޑުކުރުމަށް ސިޓީ ފޮނުއްވާފައިވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދެވުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ ފަރާތުން ބޭނުންވާތީ އެ މަގުސަދު ހާސިލްކޮށްދިނުމަށާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތެއް ކަމަށް އެ ކޮމިޝަންގެ ގާނޫނަށް ގެނެވުނު ތިން ވަނަ އިސްލާހުގައި ކަނޑައަޅާފައިވާތީ އަމިއްލަ މަގާމު ދިފާއުުކުރުމުގެ މަސްހަލަތުކަމުގައި ވެސް ދެކެމެވެ،" އެ ސިޓީގައިވެ އެވެ.
އެ ކަންކަމަކީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، އެކަމުގައި ތިމާއަށް އަދި މަންފާ ލިބެންނުޖެހޭ ފަރާތަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމަކަށް ވާތީ ޖިނާއީ ކުށުގެ އެ އަމަލު އަވަހަށް ތަހުގީގުކޮށްދިނުމަށް އަޒްމިރަލްދާ ވަނީ އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާނަ
10 March 2025
އިއްޒަތްތެރި ގާޒީން ކީއްވެބާ މި ސިޓީތައް ފޮނުވަންޖެހޭ ފަރާތްތަކަށް ނުފޮނުވަނީ، ތިޔަ ސިޓީ ފޮނުވަން ޖެހެނީ މިނިވަން މުއައްސަސާ ތަކާބެހޭ ކޮމެޓީއަކަށް ނޫންތަ
ހަޑިބެ
10 March 2025
މި ޝާމިލު މީ ހިތި ބޭހެއް ބޯނެ މީހެއް. މީނަ ލައްވާ ގޭމް ކުޅުވާފަ ގޭމް ނިމޭއިރު ޕިކްޗަރ ގެ މިސޮރުވެސް ނީންނާނެ ހާދަ ހީވެއޭ. މުއިއްޒަށް އިނގޭނެ މިހެން ހަޑިހާވަދޭ މީހުން ކޮންމެފަދަ ގަޑިއެއްގަ ކޮންމެފަދަ މީހަކަށްވެސް ލޮޓިއެއް ދީފާނެކަން. އޭގެކުރިން މުއިއްޒު ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެއޭ މަ ހިތް ބުނަނީ
ޕަޕެޓު
10 March 2025
މިސަރުކާރުގަ މިހާރު ސަލާމަތުންހުރި މުއައްސަސާއެއްނެތް. އެމްއެމްއޭ ވެސް މޮޑޭފުއްގަނޑެއްހެން މޮޑެނިންމަނީ. އޭސީސީ އަކީވެސް ރައީސްއޮފީހުގެ ގޮތްޕެއް. މިނިސްޓްރީތައްވެސްހިނަގަންއުޅެނީ ހިތުހުރިގޮތަކަށް. ތަންދޮރު އނގޭމީހަކު ހުރިއްޔާ ދެނީ އިސްތިއުފާ .
އަފްރާސިޔާބު
10 March 2025
ސަލާމަތުން ހުރި މީހަކުވެސްް ހަމަ ނެތީތަ؟
ސޮއްލިބެ
10 March 2025
މީ އަނެއްކާ ސަރުކާރުން އޭސީސީ މެންބަރުން ދުއްވާލަން އެމީހުން ލައްވާ ކުޅުވި ގޭމެއްބާ؟ މިމީހުން ހަދާނެ ނަހަދާނެ އެެއްނޭނގެ. ކޮބާ ފަޓާސްބަރިއެއްހެން ފާސްކުރި ބިލު؟ އަދިވެސް ތަސްދީގުނުކުރޭ.
ގުލާބޭރުން
10 March 2025
އަޒުމިރަލްދާގެ ފިރިމީހާގެ މައްސަލަ، ކްރިމިނަލް ކޯޓުން ނުކިއްސަރު ގޮތަކަށް ޢަމަލްކޮށްފައިވާކަން އެނގޭ..ޢާންމު އުސޫލުން އަމުރު ބެޞްސައިޓްގައިނެތުމާއި، އެއްހާލަތެއްގައި އެއްކޮޓަރިން ހައްޔަރުކުރެވުނު ދެމީހުންތެރެއިން، އަންހެންމީހާއަށް ބަންދު އަމުރެއްއައިސް، އަޒުމިރަލްދާގެ ފިރިމީހާއަށް އެފަދަ ބަންދު އަމުރެއް ނައުމަކީ ހަމަހަމަ އިންސާފުވެރި ނިންމުމެއްކަމަށް ގަބޫލެއްނުކުރެވޭ..އެފަދަ ގޮތަކަށް ޢަލަމްކުރި ފަނޑިޔާރުންގެ ސްލޫކީ މައްސަލަބެލެންވާނެ
އާމިނ
10 March 2025
އާދަމް ޝާމިލް ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލާން. ތިހުރީ ގައުމަށް ޚިޔާނާތްތެރިވެފައި. ﷲއަށް ބިރުވެތިވެ މަޤާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ނުވާ ނަމަ އިސްތިއުފާ ދޭންޖެހޭ.
އަފްރާސިޔާބު
10 March 2025
ކީއްވެ އިސްތިއުފާ ދޭންވީ. އިސްތިއުފާދިނީމާ ދެން މައްސަލަ ބަލަން ހުންނާކީ ކާކު؟ އިފްރީތުން ނުބަލާނެ އިންސާނުންގެ މައްސަލަތަކެއް. އިބިލީހާއި އޭނާގެ އައުވާނުންނަކީ އިންސާނުންގެ ހަލާކަށް މަސައްކަތްކުރާ ބައެއް.
ޏޯކްލާސް
10 March 2025
ޢާސީސީގަ ތިތިބީ ތަނެއް ދޮރެއް ނޭގޭ ނާބާގާބިލު މީހުންކަން ތިއެގެނީ.
ދިއްދޫމީހާ
10 March 2025
މިފެންނަނީ ވެރިކަމެއް ނިމިގެންދާ ކަމުގެ ފުރިހަމަ އަލާމާތްތައް މީގެކުރިންވެސް މީހަކު މިގައުމުގައި އުޅުނު މިކަހަލަ ސަކަރާތެއްޖަހަން އެކަމް ދައުރު ހަމަނުވަނީސް އެކަންތައް ނިމުނީ އަނެއްކޮޅުން ރާއްޖޭގެ ތާރީހުގައި މުހައްމަދުއަކަށް ވެރިކަމުގެ ދައުރެއް ފުރިހަމަ ނުކުރެވޭ.މުހައްމަދު އަމީން މުހައްމަދު ނަޝީދު މުހައްމަދު….
ޢަލިކޮއެ/ހުޅުމާލެ
10 March 2025
މި ޝާމިލަކީ އެއްވެސް ބެކްބޯނެއް ނެތް، މަގާމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަރަޕްޓް ބޭފުޅެއް ކަމަށް އޭސީސީ ކުދިން ބުނޭ. މީނާގެ މައްސަލަބަލާ އަދަބުދޭނެ ދުވަހެއް އިރާދަ ކުރެއްވިއްޔާ އަންނާނެ. ދިރިތިބީންނަށް މިސާލަކަށް އެކަން ހަދަން ޖެހޭ.
ބިސްބެ
10 March 2025
ދަރިންނޭ ގައުމުގެ ދުވަސް މި ދިޔައީ. ޢަދުލު އިންސާފު ނެތްތަނެއްގައި ދެން ކުރާނެކަމެއް ނޯންނާނެ