އަނަސް މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން އިއްޔެ ޝަރީއަތުގެ މަޖިލީހުގައި
11 މާޗް 2025 - 12:46
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.
ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކްރިމިނަލް ކޯޓުން ނިންމީ ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތް ކުރާއިރު، އެ ހަތް މީހުން އެ ކުށުގައި ބައިވެރިވި ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.
އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދިފައިވެ އެވެ. ނަމަވެސް ހައި ކޯޓުން އިއްޔެ ނިންމާފައިވަނީ އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން އަލުން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.
ހައި ކޯޓުގެ ނިންމުމުގައި ބުނީ ހަތް މީހުން އިސްތިއުނާފީ މަރުހަލާގައި ބަންދުކުރަން ޖެހޭ އެއްވެސް ހާލަތެއް އަދި ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ. އެ ނިންމުމުގައިވާ ގޮތުން އިސްތިއުނާފީ މަރުހަލާގައި މީހަކު ބަންދު ކުރެވޭނީ މައިގަނޑު ތިން ޝަރުތެއް ފުރިހަމަވެގެންނެވެ..
އެއީ ފިލައިގެން ގޮސްދާނެ ކަމުގެ ފުރުސަތު އޮތުމާއި މުޖުތަމައުގެ މަސްލަހަތެއް ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތެއް އޮތުމާއި މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވުމެވެ. ނަމަވެސް އެ މައްސަލާގައި، މައްސަލަ ކާމިޔާބުވުމުގެ ފުރުސަތެއް އަދި ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކިތަކެއް ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލާގައި ކުރި ހުކުމުގައި ބުނެފައިވަނީ ދައުވާލިބޭ ހަތް މީހުން ކަށަވަރު ކުރަން ވެސް އިތުރު އެހެން އެއްވެސް ހެއްކެއް، އަދި ބާރު ދޭނެ ހެއްކެއް ވެސް ހުށަހަޅާފައި ނެތް ކަމަށެވެ. ހެކިންނާއި ސިއްރު ހެކިވެރިންނާއި ހަބީރުންގެ ހެކިބަހުން ވެސް، ކުށުގެ އަމަލު ހިންގާފައިވަނީ އެ ހަތް މީހުން ކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމްގައިވެ އެވެ.
ހުކުމުގައިވާ ގޮތުން، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކޯލް ރެކޯޑާއި ތަހުގީގީ ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓަށް ބުރަދަނެއް ދެވެން ނެތެވެ. އެއީ، އެ ރިޕޯޓްތަކަކީ ކުށް ސާބިތުކުރަން ރިއާޔަތް ކުރެވޭނެ އެއްޗަކަށް ނުވުމާއި ކޯލް ރެކޯޑަކީ ފުލުހުން އަމިއްލަ އަށް ތައްޔާރު ކޮށްފައިވާ އެއްޗަކަށް ވާތީ އެއީ ހެއްކެއް ކަމަށް ބަލައިގަނެވެން ނެތުމުން ކަމަށް ހުކުމްގައި ބުންޏެވެ.
އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުވާ ކުރި އެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވާފައި ވީނަމަވެސް އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޫޤީ
11 March 2025
ގައުމުގެ އެންމެ މަތިންފެށިގެން އެންމެ ތިރިޔާ ހަމައަށް މިއޮންނަނީ ގޭންގުތަކާ ގުޅިލާމެހިފައި. ގޭންގު މީހެއްގެ މައްސަލަ ތަހުގީގުކުރާ ހިސާބުންފެށިގެން ނިމެންދެން އެކަމެއްގެ އަޕްޑޭޓު އެގޭންގުގެ އެންމެ އިސްލީޑަރަށް ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ލިއްބައިދޭ. މިގޮތަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ސަބަބުން ހެކިވެރިންނަށް ބިރުދެއްކުމާއި އިޖުރާއަތްތައް ފުރިހަމަ ނުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޭންގު ނުފޫޒު ފޯރުވާ. ވީމާ ހައްލަކީ ހަމަ ޢުމަރޭ ދެންނެވޭނީ.
ސެންބެ
11 March 2025
ހައި ކޯޓުގައި ތި މައްސަލަ ބެލި ޤާޟީންގެ ނަންތައް ނެތި މި ޚަބަރު ފުރިހަމައެއް ނުވޭ.
ފުރޭނިި
11 March 2025
ބަންދުގައި ބަހައްޓަން ހުކުމް ކުރެވޭނެ 2 ވަނަ ޕޮއިންޓްގައި އޮތްހެން އެމީހުންނަކީ އަބަދުވެސް މުޖުތަމައުގެ މައްސަލަހަތު ގެއްލުވާނެ މީހުން. ގެއްލުވާތީތާ މީހުން މަރަމުން ޤާނޫނަށް ބޯނުލަބާ ހިތުހުރި ގޮތަކަށް އުޅެނީ. އެވަރު ޤާޒީއަށް ނުވިސްނެޏްޏާ ޤާޒީގެވެސް މައްސަލަ އެބައުޅޭ.
އަންތަރީސްހީވޭ
11 March 2025
އަންތަރީސް އަންތަރީސް ސީސީޓީވީ ފުޓޭޖުން ސާފުކޮށް ފެންނަށް އެހުރީ. އިތުރު ހެއްކެތް ބޭނުންވޭތަ. ފަނޑިޔާރު މަނިކުފާނު ބިރުގަންނަނީ
ވަކީލު
11 March 2025
މި ފަދަ ޝަރީޢަތްތައް ލައިވް ކުރެވެން ޖެހޭނެ. އަނަސްގެ ދިފާޢީ ވަކީލުން މިކަމާ މެދު ވިސްނެވުން އެދެން.
އަންތަރިސް
11 March 2025
އެހެންވީމާ މިތާ ސިފައިން ހިންގާ ތަހުގީގުތައް މިތާ ސަދޫމް ކޯޓުތަކުން ގަބޫލު ނުކުރަނީތާ. ދުނިޔޭގެބިރަށް ގާތިލުންނަށް މިނިވަންކަން ގާޒީންނާށް ދެވިދާނެ އެކަމަކު އާހިރަތްދުވަހުން ތިޔަ ގާތިލުންނަށާ އިންސާފެއްނެތި ހުކުންތިކުރާ ފަނޑިޔާރުންނަށްވެސް އަދަބު އަންނާނެ.
މުހައްމަދު
11 March 2025
އަނަސް މަރުވީ ކަމަޢް ނިންމީ ޑަކްޓަރުގެ ލިޔުމަކުން. އެހެން ވީމަ ތިޔަ ފަނޑިޔާރުން ބުނާ ގޮތުން މަރާލީ ކަމަކައް ނުބެލެވޭނެތާ…؟؟
ފަނޑިޔާ
11 March 2025
އަނަސް މަރާލުމުގައި ބައިވެރިވި ބައެއް މީހުންގެ މޫނު ސީސީ ޓީވީ ފޫޓޭޖުން ފެނޭ. މިވަރުންވެސް ބަހަނާ ދައްކައިގެން މި މީހުން ސަލާމަތް ކުރަން މަސައްކަތް މިކުރަނީ.
ސަންޑޭ
11 March 2025
އަނަސް އަމިއްލައަށް މަރުވީ ކަމަށް ނިންމާ ތި މައްސަލަ ކްލޯޒް ކޮށްލާ. ގަޓު ނެތިއްޔާ ކަލޭމެން ފަނޑިޔާރުކަމުން އިސްތިއުފާ ދީފަ ގޭގައި ހަދިކާ ހަދަން ތިބިއްޔާ މާ ތާހިރުވާނެ.
ޕައިޕް
11 March 2025
ކެކެކެ. ގަޓެއް ނުހުންނާނެ، ދެކޮޅުން ކިބުރުވެރިކަމާ ނުބައިނުލަފާކަން ބޭރުވިޔަސް.
އަދުލުވެރި ފަނޑިޔާރުގެ
11 March 2025
ދިވެހިރާއްޖޭގެ ފަނޑިޔާރުން ބިރު ގަންނަނީ ގޭންގުތައް ދެކެ، ނިކަމެތި އާއިލާއެއް ކުއްޖެއް ވީމައި ކެމެރާ ފުޓޭޖުން ފެންނަން ހުރި އަދި ލިޓަސް މުއައްޒަފުންނާއި ، މަގުމަތިން ދިޔަ މީހުންނަށް ފެންނަން ހުރި ވަރަށް ސާފު މައްސަލައެއްގައި ކަންތައް ކުރާގޮތް ޔިޔަހުރީ.. ދެން އެފަކީރު މަރާލީ ޖިންނިން ތަކެއްތޯ؟. ހެކި ނެތިގެން ސާބިތު ނުވާންޖެހޭ ސަބަބެއް ނޯންނާނެ..މިއޮތީ އިންސާފު ހުންނަ ގޮތް.. ސިޔާސީ ބޮޑު މީހެއްގެ މައްސަލައެއް ނަމަ ސާބިތު ވީސްކަން ޔަގީން..