ދައުވާލިބޭ މީހުން ބަންދުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމް އިއްވަމުން ދިޔަ ވަގުތު ---
22 ޖޫން 2025 - 15:29
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުން ބާތިލްކޮށް، އެ އެންމެން ބަންދުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. އެގޮތުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.
މީގެ އިތުރުން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމީ އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދުނު ނަމަވެސް ހައި ކޯޓުން ކުރިން ނިންމާފައިވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ، ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.
ސުޕްރީމް ކޯޓުން ފުރަތަމަ ނިންމީ އެ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގާނޫނުން ބޭރު ސަބަބުތަކެއް ދެއްކުމަށް ފަހު ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ހައި ކޯޓުން އަލުން ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓުން އޭރު އެންގި އެވެ.
ނަމަވެސް ދެވަނަ ފަހަރަށް މިދިޔަ މަހު ހައި ކޯޓުން އަނެއްކާވެސް ނިންމީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާނެ ތަނެއް ނެތް ކަމަށެވެ. ހައި ކޯޓުން ނިންމީ އެ މީހުން އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކެއް ހުރިކަމުގެ ތަފްސީލެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ.
އެހެންވެ، ދައުލަތުން ވަނީ ހައި ކޯޓުގެ އެ ނިންމުން އަނެއްކާވެސް ސުޕްރީމް ކޯޓާ ހަމައަށް ގެންގޮސްފަ އެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ވިދާޅުވީ ދައުވާލިބޭ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށާއި އެމީހުންގެ މައްޗަށް ކުރެވެނީ މުޖުތަމައުއެއްގައި ހިނގާނެ އެންމެ ބޮޑު ކުށުގެ ތުހުމަތު ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ހުށަހެޅި ހެކިތަކަކުން ތުހުމަތުތަކަށް ބާރު ލިބޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އެމީހުންގެ މައްޗަށް އެކަށީގެންވާ ހެކި ހުރި ހާލަތުގައި ބަންދުން ދޫކޮށްލައިފިނަމަ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި އަދި އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުރަވެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ފަނޑިޔާރު އަލީ ރަޝީދުގެ އެ ރައުޔަށް ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދު ތާއިދު ކުރެއްވި އެވެ.
އެހެންވެ އެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ހައި ކޯޓުގެ ނިންމުން ބާތިލްކޮށް، ދައުވާލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު ހައި ކޯޓުން އިތުރަށް ގޮތެއް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި އެ މީހުން ބަންދު ކުރުމަށެވެ.
ނަމަވެސް އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ ހައި ކޯޓުގެ ނިންމުމަށް ތާއިދު ކުރައްވައިފަ އެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ ދަށު ކޯޓުން އެ ހަތް މީހުންގެ މައްޗަށް ސާބިތުނުވީ ހުށަހެޅި ހެކިތަކުގެ މައްޗަށް ބަލާއިރު އެ މީހުން ކުށްކުރި ކަން ސާބިތު ނުވާތީ އެ ސަބަބުގެ މައްޗަށް ކަމަށެވެ. އަދި ކުށުގެ އަމަލު ހިންގި މީހުންނަކީ ކޮބައިކަމެއް އެ މައްސަލައިގެ ތެރެއިން ކަށަވަރުވެފައިނުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ. އަދި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް، އެ މީހުންނަކީ ކުށްކުރި މީހުންކަން އެނގެން ނެތް ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
އެހެންވެ، އެ މީހުން ބަންދު ކުރުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން އެ ހުކުމް އިއްވަމުންދިޔަ ވަގުތު ދައުވާލިބޭ މީހުންގެ މޫނުމަތިން މާޔޫސްކަން ވަރަށް ބޮޑަށް ފެނުނެވެ.
ސުޕްރީމް ކޯޓުގައި އަޑުއެހުންތައް ކުރިއަށް ދިޔައިރު އޭގެ ތެރެއިން ގިނަ މީހުން ވަނީ ދަށު ކޯޓުގެ މަރުހަލާގައި ގިނަ އަހަރުތަކެއް ވަންދެން އެ މީހުން ބަންދުގައި ތިބުމުން އިތުރަށް ބަންދު ނުކުރަން އެދިފަ އެވެ. އަދި، ކުށުގެ ވެށީގައި މިހާރު ނޫޅޭ ކަމަށާއި އާ ދިރިއުޅުމެއް ފަށައިގެން ދަރިން ލިބި، މިހާރު ވަޒީފާތަކަށް ވެސް ދާ ކަމަށް އޭގެ ތެރެއިން ބައެއް މީހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެލޭސިޔާ ހުސޭނު
23 June 2025
ވަރުގަދަ ކަމެކޭމީދޯ. ބަލަ އިތުރުގަޑިއަކީ އާންމު ކަމަަކަށް ނުހަދާބަލަ. ކޮންމެ މީހަކަށް ވެސް ޓާސްކް ބޭސްކޮށް މަސައްކަތް ހަވާލުކޮށް ބަލަ ތިބުނާ ރަސްމީ ގަޑީގައި ކުރެވޭ ވަރަށް. މިހާރު ގަޑިޔަށް ބަލައިގެން ތިޔަ ކުރަނީ އިރުތު ގަޑީގަ ނުކޮށް ނުވާގޮތަށް. ޓާސްކް ބޭސްކޮށް ކުރަން ފެށީމަ އެކަމެއް ނިމުނީމަ އޭނަގެ ގަޑި ނިމޭނީ. ދެން ހުރެދާނެ ދިގުލައިގެން ދާ ކަންކަން. ނިސްބަތުން މާރަގަޅުވާނެ މިހާރު ތިޔަ އޮންނަ ގޮތަށް ވުރެ.
ކޮރަލް
23 June 2025
އަދިވެސް ގާޒީ އެއްގެ މައްސަލަ އެއް ބަލާ ލާކަށް ނުވޭ ހެއްޔެވެ؟ ނޫނީ އެކައުންޓް ގެ ބެލެންސ ބަލާލިއަސް ރަނގަޅު ވާނެ އެވެ.
ލޮނުހަކުރު
23 June 2025
"އަދި، ކުށުގެ ވެށީގައި މިހާރު ނޫޅޭ ކަމަށާއި އާ ދިރިއުޅުމެއް ފަށައިގެން ދަރިން ލިބި، މިހާރު ވަޒީފާތަކަށް ވެސް ދާ ކަމަށް އޭގެ ތެރެއިން ބައެއް މީހުން ބުނެފައިވެ އެވެ." އެ ހެޔޮ ދޯ މީހަކު ރޯމާ ދުވާލު މަގުމަތީ ޖަނަވާރެއް މަރާހެން މަރާލިއަސް؟
ޢިއްޒަތްތެރިން
23 June 2025
ޢެއީ މި ސަދޫމް ޖަސްޓިސް އަށް ގޮވާލާ ގައުމުގެ ވެރީންނަކީ!!!!
އަލިމަނިސް
23 June 2025
ޝުޖޫނު ތިހުރީ ރައްޔިތުންގެ ފަޅީގަތަ.
ށސ11
23 June 2025
މީހުންމަރާ، މާރާމާރިހިންގުމާ، މަގުފޭރުމާ، ރަހީނުކުރުމާ، މިފަދަ މުޖުތަމައަށާ އާންމުބފަރުދުނނަށް ގެއްލުންލިބޭ ޖަރީމާތައް ހިންގާމީހުން ދޫވެގެންނުވާނެ.
ހހހހހހހހހހހ
23 June 2025
މިކަހަލަ ކަންކަން ބަހައްޓާފަ ޖެމްކިއު ފަހަތުން ދުވީމަ އޯކޭވާނެ
ޑީދީ
23 June 2025
ތި މީހުން ތިބި ގޮތް ބަލައިލީމައި އިނގޭ ވަރަށް އިސްލާހުވެފަތި ތިބިކަން.
މޮޅުގޮތް
23 June 2025
ހަދާނެ އެއްޗެއް ހަދާފަ، ކުށެއް ކުރިކަން ސާބިތު ނުވެއޭ ފަޑިޔާރުން ކިޔާފަ، ގިނަ ދުވަސްތަކެއް ވަންދެން ހުކުމް ނުކޮށް ތިބެފަ، ދެން މިކިޔަނީ ކުށުގެ ވެށީގަ ނުޅޭ ބައެކޭ... މީހުންނާ އިދެ ދަރިން ލިބިފައޭ ތިބީ. އެހެން ވެއްޖެނަމަ ކުއްކުރާ ހުރިހާ މީހުންވެސް މިގޮތަށް ކަން ކުރީމާ، ކުށެއް ނުކުރާބަޔަކަށްތާދޯ ވާނީ. ފަޑިޔާރުންނަށްވެސް ނޭންގޭ ކިޔޭ ނުކިޔޭ އެއްޗެއްވެސް.
އާ ދިރިއުޅުމެއް ފެށިއްޔޭ! ދަރިން ލިބުނިއްޔޭ!
22 June 2025
ދަރިންކައިރީގައި ބުނޭ "ދެން ބައްޕައެއް ނުފެންނާނެޔޭ، މީގެ 8 އަހަރު ކުރިން އަނަސް މަރާލީމައި އެކަމުގެ ޙުކުމް ތަންފީޒް ކުރަން ޖެހިގެން މިދަނީ ޖަލަށޭ"
ފޮނިޓައްޕު ހަސަނު
22 June 2025
މި މީހުންނަށް މިހާރު ތިއޮތީ ރާކަނިމަސް ރަނގަޅަށް ކެވިފައި. މިރާއްޖޭގައި މީހުން މަރާ މީހުންނަށް މަރުގެ އަދަބުދީ އަދި އެއަދަބު ތަންފީޒު ކުރަން ފަށަނިކޮށް މިކަހަލަ ނުބައި ނުލަފާ މީހުން މިގައުމުން މަދުކޮށް ލެވިދާނެ.